ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޕަވަރހައުސް، ޕްރައިވެޓްރޫމް އަދި މިނޫންވެސް ބައެއް ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/I/2014/028 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ ބަޔާންކުރެވިފައިވާ ނަންބަރު އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވޭނީ 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިއުމަންޓް ނަންގަވާ ފަރާތްތަކަށެވެ. ބީލަން ދޫކުރެވޭނީ ޕްރިންޓް ކޮށްފައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އެވެ.
28 ޛުލްޤަޢިދާ 1435