ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414-1/414/2022/43
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 07 ޖުލައި 2022 14:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫގެ މިސްކިތުގެ ހުކުރުނަމާދާއި،ޢީދު ނަމާދާއި،ކޭތަ ނަމާދު ކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަން:

  • ޚަޠީބު

އުޖޫރަ:

  • އިމާމުވެ ކަނޑައެޅިފައިވާ ނަމާދެއްކުރުމަށް 300/- ރުފިޔާ

މައިގަނޑު މަޞްޢޫލިއްޔަތު:

  • ހުކުރު ނަމާދާއި، ދެ ޢީދު ދެ ނަމާދާއި ކޭތަ ނަމާދު އިމާމުވެ ކުރުމާއި ޚުތުބާ ކިޔުން

ޝަރުތުތަށް :

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އިމާމްވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުމުގެ 3 ވަނަ ދަރަޖައިގެ ހުއްދަ ލިބިފައިވުން. އަދި މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތަށް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ
  • އައިޑީ ކާޑްގެ ކޮޕީ
  • އިމާމުވެ ހުކުރުނަމާދާއި، ޢީދު ނަމާދު ކުރުމުގެ 2ޗވަނަ ދަރަޖައިގެ ހުއްދައިގެ ކޮޕީ
  • ޕާސްޕޯޓް ސައިޒުގެ ކޮޕީއެއް
  • ވަނަވަރު އަންގައިދޭ ލިޔުމެއް. (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ސިޓީ ހުށަހަޅާނީ 07 ޖުލައި 2022 ގެ 14:00 ގެ ކުރިން، ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ އަށެވެ.
  • ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަރވިއު:

  • މި މަޤާމުގެ އިންޓަވިއު އޮންނާނީ 2022 ޖުލައި މަސް ތެރޭގައި، ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

20 ޖޫން 2022