ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2022/137
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 08:13
ސުންގަޑި: 28 ޖޫން 2022 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމާ ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2022 ޖޫން 25، 26 އަދި 27 ވަނަދުވަހު 18:30 އިން 21:30 އަށް ކ. ގިރިފުށިގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

މިނީފްލޭއަރ، ޓްރިޕް ފްލޭއަރ

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:               

5000 މީޓަރ

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

100 މީޓަރ

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ކ. ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

20 ޖޫން 2022