ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މެންޑޭޓްގައިވާ ކަންތައްތަކާއި ގުޅޭގޮތުން ފޯރުކޮށްދޭ ޚިދުމަތްތަކަށް، ޤާނޫނީގޮތުން ފުރިހަމަކުރުމަށް ބޭނުންވާ އެންމެހައި ޚިދުމަތްތައް، ރީޓެއިނާރ އުސޫލުން 1 އަހަރު ދުވަހަށް ފޯރުކޮށްދޭނެ ޤާނޫނީ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ޚިދްމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހު 11:00ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިމިނިސްޓްރީގެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދައުވަތު އަރުވަމެވެ. އަދި ބިޑް ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 01 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ތިންވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމްގައެވެ. ދެންނެވިފައިވާ ގަޑިއަށް ހުރިހާ ބީލަންތަކެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ބަލައިގަތުމަށް ކަނޑއަޅާފައިވާ ސުންގަޑީގެ ކުރިން އަދި ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333174 އާ ގުޅުއްވުން އެދެމެވެ.
ބީލަމާބެހޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
26 ޛުލްޤަޢިދާ 1435