މަސައްކަތް
ނަންބަރު: Q10C-A/2022/17
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 26 ޖޫން 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހުޅަނގު ފަރާތު ވަށާފާރުގައި ގޭޓް ހަދާ ހަރުކުރުމުގެ މަސައްކަތް

އިޢުލާން

ހުޅަނގު ފަރާތު ވަށާފާރުގައި ގޭޓް ހަދާ ހަރުކުރުމުގެ މަސައްކަތް(.)

މިކޯޓުގެ ހުޅަނގު ފަރާތު ވަށާފާރުގައި ގޭޓް ހަދާ ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q10C-A/2022/14 އިޢުލާނާއި އެކުގައިވާ މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް އައިސްފައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މަސައްކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މަޢޫލޫމާތު ދިނުން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކޯޓުގައި އޮންނާނެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިކޯޓުގެ އީ-މެއިލް [email protected]  އަށް ކޯޓޭޝަން އީމެއިލް ކޮށްދެއްވުން އެދެމެވެ.

މިކޯޓުގެ ނަންބަރު Q10C-A/2022/17 (19 ޖޫން 2022) އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓް

(ހުޅަނގު ފަރާތު ވަށާފާރުގައި ގޭޓް ހަދާ ހަރުކުރުމުގެ މަސައްކަތް)

  1. ގޭޓުހެދުމަށް ފާރުކެނޑުމާއި، ކޮލަމްހެދުން.
  • ޢިމާރާތުގެ ހުޅަނގު ފަރާތުގައި  ގޭޓު ހަރުކުރުމަށްޓަކައި، ގޭޓު ހެދުމަށް އެނެކްސް 1 ގައިވާ ކުރެހުމުގައިވާ ސައިޒްގެ ގޭޓު ހަރުކުރެވޭވަރަށް ފާރުކަނޑައި، 150X150 އެމް.އެމްގެ 2 ކޮލަމް 10 އެމްއެމް ގެ 4 ދަގަނޑު ލައްވައިގެން ދެފަރާތުގައި އަޅަންވާނެއެވެ. އަދި ކޮލަމްތަކުގައި ދެ ފަރާތުގައި ސިމެޓް ޖަހައި ތަޅުން އެޅަންވާނެއެވެ. ގޭޓް އެރުވުމުގެ ހަމަ ބިމުގެ ލެވެލް އަށް ބަލަންވާނީ މަގުމަތީގެ ހަމަބިމުގެ ލެވެލް އަށެވެ. އަދި ގޭޓުގެ ދެފަރާތުގައި ޖަހާފައިވާ ތަބުތައް އުސްކޮށް ލައިޓް ހަރުކުރެވޭގޮތަށް ހަދަންވާނެއެވެ.
  1. ތަނބު
  •  ގޭޓު ހަރުކުރުމަށް ހަދާ ކޮލަމްގެ ދަގަނޑުތައް، ރާނާފައިވާ ފާރުގެ ފައުންޑޭޝަނާ ގުޅުވާލުމަށްޓަކައި ފައުންޑޭޝަން ބީމް ހަލާކުނުވާގޮތަށް 1.5 އިންޗި ފުންމިނަށް ލޯވަޅު ތޮރުފުމަށްފަހު، އެންކަރ ކްރެސްޓް ފަދަ ކެމިކަލެއް ބޭނުންކޮށްގެން ކޮލަމްގެ ދަގަނޑުތައް އިންދާ ކޮލަމާއި ފައުންޑޭޝަން ބީމާ ގުޅުވާލަންވާނެއެވެ.
  1. ތަޅުން އެޅުން
  • ގޭޓްގެ ތިރީގައި ގޭޓްގެ ފުޅާމިނަށް  2 އިންޗި ބޯމިނުގެ ކޮންކްރީޓް އެޅުމަށްފަހު ތަޅުން އަޅަންވާނެއެވެ.
  1. ސިމެންތި ޖެހުން
  • ސިމެންތި ޖަހާނީ ފާރުގެ ދެފަރާތުންކުރެ ކޮންމެ ފަރާތެއްގައާއި 25mm ގެ ބޯމިނުގައެވެ. ތަންބުތަކާއި މަތީބެރީގައި ސިމެންތި ޖަހަންވާނީ ރަނގަޅަށް އޮލަސިމެންތި ތަތްކުރުމަށްފަހުގައަވެ.
  1. ސިމެންތީގެ މަސައްކަތަށް ތަކެތި ބޭނުންކުރާނެގޮތް.

·         ކޮންކްރިޓް މަސައްކަތައް ބޭނުންކުރާނީ އަކިރި، ލޮނުގެ އަސަރު ނުހުންނަ ދޮންވެލި، ސިމެންތި އެވެ. ތަކެތި ބޭނުންކުރާނީ 1:2:3 ގެ ރޭޝިއޯއިންނެވެ.

·         ސިމެންތި ޖެހުމަށް ބޭނުންކުރާނީ ލޮނުގެ އަސަރު ނުހުންނަ ދޮންވެއްޔެވެ. ސިމެންތި ޖެހުމަށް ތަކެތި ބޭނުންކުރާނީ 1:4 ގެ ރޭޝިއޯއަށެވެ.

6.     ގޭޓް ހެދުން.

  • ދަގަނޑު އެއް ގޭޓް
  • ގޭޓްހެދުމަށް ދީފައިވާ ކުރެހުމާއެއްގޮތަށް ގޭޓް ހަދާ ހަރުކޮށް ތަޅުލެވޭގޮތަށް ހަދައި، ގޭޓުގެ ދެފަޅީގައި ތަންޑުހަރުކުރަންވާނެއެވެ. ގޭޓް ހަރު ކުރުމަށް ކޮންމެ ފަރާތެއްގައި މަދުވެގެން 6 އިންޗީގެ 3 ހުޅު ހަރުކުރަން ވާނެއެވެ. އަދި ގޭޓުގައި ރެޑްއޮކްސައިޓް ދަވާދު ކޯޑެއް ލުމަށްފަހު ހައިޓެމްޕޯ މަޑުފެހި ކުލައިގެ ދަވާދެއް ލާންވާނެއެވެ. ގޭޓުގެ ކުރެހުން އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ. ގޭޓް ހަދާ ހަރުކުރަންވާނީ ކުރެހުމުގައިވާ ގޮތަށެވެ.

7.     ކުލަލުން.

  • ކޮލަމްތަކުގައި އައުޓްޑޯ ޕުޓީލައި އޮމާންކޮށް، ނިޕޯން ނުވަތަ އެފެންވަރުގެ އައުޑްޑޯ ވޯލްސީލާ ކޯޑެއް ލުމަށްފަހު މަދުވެގެން ދެކޯޑްކުލަ ލާންވާނެއެވެ. ކުލަލާނިމޭއިރު އެއްވެސް ދިމާލަކުން ކުލަފަނޑުވެފައި ހުރެގެން ނުވާނައެވެ. ނިޕޯން ނޫން ކުލައެއް ލާނަމަ ވެރިފަރާތައް ހުށަހަޅައި އެޕްރޫވް ކުރަންވާނެއެވެ.  މިގޮތުން ހުށަހަޅާ ކުލައަކީ ނިޕޯން ކުލައާއި އެއްފެންވަރު ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރެއްގެ ކުލައަކަށްވާންވާނެއެވެ.
  1. އެހެނިހެން މަސައްކަތްތަކާއި، މަސައްކަތް ނިންމުމަށްޓަކައި އިތުރަށްކުރަންޖެހޭކަމަށް އަގުހުށަހަޅާފަރާތަށް ފާހަގަކުރެވޭ މަސައްކަތް:
  • ކުރެހުމުގައިވާ މިންތަކާއި މަސައްކަތްކުރުމާއިބެހޭ ގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ކޮންމެހެން ހިމަނަންޖެހޭ އިތުރުކަންކަމުގެ ގޮތުގައި މަސައްކަތަށް އަގު ހުށަހަޅާފަރާތަށް ފާހަގަ ކުރެވޭ އެންމެހާ ކަންކަމުގެ އަގު ކޯޓޭޝަންގެ އެހެނިހެން މަސައްކަތްތަކުގެ ގޮތުގައި ހިމަނަންވާނެއެވެ. މަސައްކަތް ހަވާލުވުމަށްފަހު އެފަދަކަމެއް ފާހަކޮށްފިނަމަވެސް އެމަސައްކަތަކަށް އިތުރުއަގެއް ނުދެވޭނެއެވެ.
  1. އެޑްވާންސް ފައިސާ:
  • މި މަސައްކަތައް އެޑްވާންސް ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  1. މަސައްކަތް ޙަވާލުކުރުމަށް ފަރާތެއް ކަނޑައެޅުމުގައިޕޮއިންޓްދެވޭނެގޮތް:
  • 70 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 20 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10ޕޮއިންޓް ތަޖުރިބާ އަށް (2018 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ އެންމެގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް.
  1. ކޯޓޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  • ކޯޓޭޝަން ހުށަހަޅުއްވާއިރު ކޯޓޭޝަންގައި މަސައްކަތުގެ މުއްދަތު ޖަހަންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  • ކޯޓޭޝަން
  • ޖީ.އެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ
  • ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންވެސްޓްމަންޓްގެ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް ހުރިނަމަ ލިޔުންތަކުގެ ކޮޕީ

  1. ކޯޓޭޝަން ހުށަހެޅުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިކޯޓުގެ އީ-މެއިލް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

  1. ކޯޓޭޝަން ބާތިލުކުރުން
  • މިމަޢުލޫމާތު ޝީޓުގެ 11 ވަނަ ނުކުތާގައި ހިމެނޭ ލިޔެކިޔުމެއް މަދުން ހުށަހަޅާފައިވާނަމަ ކޯޓޭޝަން ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

  • މާލިއްޔަތުގެ ޤަވާޢިދާއިއެއްގޮތަށް މިމަސައްކަތަށް ހޮވޭ ފަރާތަކާއި މިކޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.

  • މި މަސައްކަތުގެ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިކޯޓުގެ ނަންބަރު 68401601 އަށް ގުޅުއްވުން އެދެމެވެ. އަދި ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 23 ޖޫން 2022 ދުވަހުގެ 13:00އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

19 ޖޫން 2022