ނީލަން
ނަންބަރު: Q10C-A/2022/19
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 26 ޖޫން 2022 10:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަމުގައި ނުވިކިހުރި ބައެއް ތަކެތި ވިއްކާލުމަށް

އިޢުލާން

މިކޯޓުގެ ނަންބަރު Q10C-A/2022/08 (19 މެއި 2022) އިޢުލާނުން ނީލަމަށް ހުޅުވާލި ތަކެތީގެ ތެރެއިން ނުވިކިހުރި ތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ކުރެވުނު ނަންބަރު Q10C-A/2022/13 (12 ޖޫން 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ، މިތަކެތި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ގަތުމަށް ބޭނުންވާ ފަރާތްތަކުން 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށްފަހު،  2022 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާފަރާތަކަށް ލިބޭ އުސޫލުންނެވެ. ތަކެއްޗަށް ފައިސާ ދައްކަވަން ޖެހޭނީ "ބަނޑޭރި ޕޭ" މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

  • 03 އެގްޒެކެޓިވް ޗެއަރ (ހައިބެކް)
  • 14 ސެކްރެޓަރީ ޗެއަރ (މީޑިއަމް ބެކް)
  • 05 ސެކްރެޓަރީ ޗެއަރ (ހައިބެކް)
  • 10 ޔޫޕީއެސް ޕަވަރ ސަޕްލައި
  • 02 އެއަރކަންޑިޝަން (ސީލިންގ މައުންޓް) - 24000 ބީޓީޔޫ

ވީމާ، މިކަން ޢާންމުކޮށް އެންގުމުގެގޮތުން އިޢުލާންކުރީމެވެ.

19 ޖޫން 2022