ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KRH-HR/2022/43
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 26 ޖޫން 2022 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރުން ބޭނުންވެއްޖެ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:          

ކުމުންދޫ ސިއްހީމަރުކަޒުގއި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމްގެ ނަންބަރު:

J-350095 / J-350096

ބޭނުންވާ ޢަދަދު:

2 (ދެއެއް)

މަޤާމުގެ ގިންތި:

ދާއިމީ

މާޤާމުގެ ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުމުންދޫ ޞިއްހީ މަރުކަޒު ، ހދ. ކުމުންދޫ

މުސާރަ:

މަހަކު 4465.00 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ )

ސަރވިސް އެލަވަންސް:

މަހަކު 1500.00 ރުފިޔާ ( ފަނަރަސަތޭކަ ރުފިޔާ )

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު 700.00 ރުފިޔާ ( ހަތްސަތޭކަ ރުފިޔާ )

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، ރިސްކް އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

  1. ޞިއްޙީ މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކި ކަންކަމު އަންނަ މީހުންނަށް މަރުހަބާ ކިއުމާއި އެކު އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި ޚިދުމަތް ދިނުމާއި، އަންނަ ފޯންކޯލްތަކަށް ޖަވާބްދާރީވެ، ޔަޤީން މަޢުލޫމާތު ފޯރުކޮށްދިނުމާ، ފޯނުން ލިބޭ މެސެޖް ނޯޓްކޮށް އަވަހަށް އެފަރާތްތަކަށް ރައްދުކުރުމާ، އޯޕީޑީ އިން ޢާންމުކޮށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅުން.
  2. ފަރުވާހޯދުމަށް އަންނަ ކޮންމެ މީހަކަށް އެކަމާގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައްކޮށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ލަސްނުވެ ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  3. އާސަންދައިގެ ދަށުން އަދި އެހެނިހެން ގޮތްގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ނަގަންޖެހޭ ފައިސާ ނެގުމާއި، ބިލްތަކާއި ރިޕޯރޓްތައް ތައްޔާރުކުރުން.
  4. ހާލުދެރަ ބަލިމީހަކު ޞިއްޙީމަރުކަޒަށް ގެންނަން ވެއްޖެނަމަ ނުވަތަ ބަލިމީހަކު އަންނަކަމުގެ މަޢުލޫމާތު ލިބުމުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބަލި މީހާއަށް އަވަހަށް ފަރުވާ ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  5. ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޢާއްމު މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި، ނިޝާންތައް ފެންނާނޭހެން ބެހެއްޓުމާއި، ޙަވާލުކުރަންޖެހޭ ލިޔުންތައް ނުވަތަ މަޢުލޫމާތު ފޯރުކޮށް ދިނުން.
  6. ޞިއްހީ މަރުކަޒަށް އަންނަ ކޮންމެ މީހަކާއި ނުވަތަ ފޯނުންގުޅާ ކޮންމެމީހަކާއި ބައްދަލުކޮށް އިހުތިރާމާއި އެކު މެހެމާން ދާރީ އަދާކުރުމާއި އޭނާގެ ބޭނުމަށް އެކަށީގެންވާ ގޮތުގެމަތީން ޖަވާބުދީ އަވަސްކޮށް ކަންކަން ނިމިގެންދާނެ އިންތިޒާމު ހަމަޖެއްސުން.
  7. ހިތްހަމަޖެހޭގޮތެއްގެ މަތީން ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުމާއި، އިޙްތިރާމާއި އޯގާތެރިކަން އެމިހަކާއި މެދު ބެހެއްޓުމާއި، އަވަސްކޮށް ހަލުއިކޮށް ޚިދުމަތްފޯރުކޮށް ދިނުމަށް މަސައްކަތްކުރުން.
  8. އެމީހަކުބޭނުންވާކަމެއް ވަގުތުންކޮށް ނުދެވޭނަމަ ނުވަތަ ލަސްވާނަމަ ޚިދުމަތް ލިބިގަތުމަށް މަޑުކުރާ މީހެއްގެ ކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމީހަކަށް ލިބޭނެގޮތް ހަމަޖެއްސުން.
  9. ވަގުތުން ފަރުވާ ދޭންޖެހޭ ސީރިއަސް ބަލިމީހެއްނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމާއެކު ނަރުހުންގެ ޝިފްޓް އިންޗާޖަށް އެންގުން، މެޑިކަލް އޮފިސަރަށް އެންގުން، ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި ފަރާތައް އެންގުން، އެންބިއުލާންސް ތައްޔާރު ކުރުވާ އެބަލިމީހަކު ބަލާ ފޮނުވުން، އެޓެންޑެންޓުން ތައްޔާރަށް ބޭތިއްބުން.
  10. ޑޮކްޓަރުންނާ ނަރުހުންނާ މިނޫންވެސް ޑިއުޓީ މުވައްޒަފުންގެ ޑިއުޓީރޯސްޓާތައް ފަސޭހައިން ޑިއުޓީ އެނގޭގޮތަށް ބެހެއްޓުމާއި ޑޮކްޓަރުންގެ ޑިއުޓީ ރޭވިފައިވާގޮތް ޑިއުޓީރޯސްޓަރަށްބަލާ މަޢުލޫމާތު ދިނުން.
  11. ޝިފްޓް ޑިއުޓީގައި ޙާޟިރީ ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރުމާއި އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑިތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން.
  12. ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށް އޯޕީޑީ / އައިޕީޑީ ގައި ބަލިމީހާ ބުނާ ވާހަކަ ޑޮކްޓަރަށާ ބަލިމީހާއަށް އޮޅުން ފިލުވައި ދިނުން. އަދި ޑޮކްޓަރު ބުނުއްވާ ވާހަކަ ބަލިމީހާއަށް ތަރުޖަމާ ކޮށްދިނުމާއި ބޭސް ސިޓީ ލިޔުމުގައާއި ލިޔެފައިވާ ބޭސް ސިޓީ ބަލިމީހާއަށް ސާފުކޮށް ކިޔައި ދިނުން.
  13. މަސައްކަތަށާއި ވެރިންނަށް އިޙްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އިދާރީ ބައިން އަންގަވާ ކަންތައްތައް ކުރުން.
  14. މެޑިކަލް ރެކޯރޑް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި،ޑެއިލީ އަދި މަންތްލީ ރިޕޯރޓްތައް ތައްޔާރުކުރުމުގައި ބައިވެރިވުމާއި މެޑިކޯ ލީގަލް ރިޕޯރޓް ތައްޔާރު ކުރުން.
  15. ޞީއްޙީ މަރުކަޒުން ޙިދުމަތްހޯދާ ހުރިހާ ފަރާތްތަކަށް އާސަންދައާއި އެހެނިހެން އިންސްއަރެންސް ސްކީމްތަކުގެ ޚިދުމަތް ޤަވާއިދާ އެއްގޮތަށް ދިނުން އެފަރާތްތަކަށް ހަދަންޖެހޭ ބިލްތައް އަދި އިންވޮއިސް ހެދުމާއި އެފައިސާ ހޯދުމަށް މަސައްކަތް ކުރުމާއި، އަދި އަގުނެގުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް އަގުނެގުމާއި، ލިބޭ ފައިސާ ބަލައި ގަތުމާއި، ރަސީދު ހެދުން.
  16. ޙާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  17. ސިއްހީ އެމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނޯޓް:

މަތީގައިވާ ދެވަނަ ޝަރުތުން މަޤާމަށް ޝަރުތުހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ލޭންގްއޭޖް' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ، އެސަނަދުން ޖީ.އެސް. 3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮންޕޯނަންޓް ފުރިހަމަވާ ކަމުގައި (އެސަނަދުން މަގާމަށް ޝަރުތު ހަމަވާކަމުގައި) ބަލަންވާނެއެވެ.

ތައުލީމީ ރޮނގުތައް

ތަޢުލީމީ ރޮނގު(ތައް):  

ނެތް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް
  3. ކަސްޓަމަރ ސާރވިސަސް

 

މަޤާމުގެ ކޯ ޑިސިޕްލިން:

    ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2486) އަދި ކުމުންދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ރަސްމީ ބަންދުދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާއި ދެމެދު ލިބެންހުންނާނެއެވެ.)
    1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. އަސާސީ ޝަރުތު ހަމަވުމުން (ކަނޑައެޅިފައިވާ އިންސައްތަ: %30)
  2. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (ކަނޑައެޅިފައިވާ އިންސައްތަ: %5)
  3. އަސާއީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %5)
  4. އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކަޓިކަލް) %25
  5. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: %35)

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް) އިންސައްތަ އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ ގެ 14:00ގެ ކުރިން، ކުމުންދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:  އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މި މަރުކަޒަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މި މަރުކަޒުން މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ 10 ފަރާތެއް ޝޯރޓްލިސްޓް ކުރެވޭއެވެ.

އިންޓަރވިއުއާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ، 27 ޖޫން 2022ން 26 ޖުލައި 2022އާ ދެމެދު  ހދ. ކުމުންދޫ ޞިއްޙީ މަރުކަޒުގައެވެ.

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު ފަހު 14:00 ށް މިމަރުކަޒުގެ ނަންބަރު 6520542 އެވެ. އީ-މެއިލް ކުރާނީ  [email protected]

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ("   (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

19 ޖޫން 2022