ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2022/31
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:55
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ

1443 ވަނަ އަހަރު ދިވެހިރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މިރަށުގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވާ 127 ޕަކެޓް ކަދުރުގެ ތެރެއިން 1443 (2022) ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ (11 ގޭބިސީ) ކޮންމެ ގޭބިސީއަށް 1 ޕަކެޓް ދިނުމަށްފަހު ބާކީ ހުރި 116 ޕަކެޓް (362 ގޭބިސީއަށް ބަހަންޖެހޭ) 2022 ޖޫން 19 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:15 ން 13:30 އަށް، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސިއަކަށް 1 ޕަކެޓްގެ އުސޫލުން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ކަދުރު ދޫކުރާނީ ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ޖޫން 2022