ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)353/2022/25
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 30 ޖޫން 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕް ލޮރީއެއް ގަންނަން ބޭނުން

 

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ ދިވެހިރާއްޖެ.

 

ނަންބަރު: (IUL)353/2022/25

އިޢުލާން

 

ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕް ލޮރީއެއް ގަތުން

މި ކައުންސިލުން ހިންގާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުންކުރުމަށް 2 ޓަނުގެ ސެކަންޑް ހޭންޑް (ކަންޑިޝަން ރަނގަޅު) ޕިކަޕް ލޮރީއެއް ގަންނަން ބޭނުންވެއެވެ.

ވީމާ، އެފަދަ ޕިކަޕް ލޮރީއެއް ވިއްކަން ބޭނުންވާ ފަރާތްތަކުން މި ކައުންސިލް އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕިކަޕް ލޮރީ ރަށަށް ގެނެސްދެވޭނެ އަގާއި މުއްދަތު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ އަގުގެ 50 އިންސައްތަ ފައިސާ އެޑްވާންސްކޮށް ދެއްކުމަށްފަހު، އަނެއް 50 އިންސައްތަ ފައިސާ ދެއްވުމަށް ހަމަޖެހިފައިވަނީ ޕިކަޕް ލޮރީ ކައުންސިލް އިދާރާއަށް ޙަވާލުކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައެވެ.

އަގު ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތު އަދި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

  1. ޓްރަކާބެހޭ މަޢުލޫމާތު (ބޭނުންކުރި ގޮތާއި މުއްދަތު އަދި ކަންޑިޝަން)
  2. ޓްރަކްގެ ރަޖިސްޓްރީ އާއި ފީތައް ދައްކަމުންގެންދާކަމުގެ ލިޔުންތައް
  3. ޓްރަކް ވިއްކާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680631 ނުވަތަ 7905277  ނަންބަރަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

1443 K 19

19 ޖޫން 2022

 

 (ސޮއި)

އިބްރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް

19 ޖޫން 2022