ދިވެހިރާއްޖެ
ވ.ކެޔޮދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކުރުމަށް 2 ޖުލައި 2014 ވަނަ ދުވަހު ކުރި މިހޮސްޕިޓަލްގެ ނަންބަރު: IUL)VAH/J4-HC/2014/5) އިޢުލާން ބާޠިލްކޮށް،އަލުން މިދަންނަވާ މަރާމާތުކޮށް, އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
| 
 މޮޑެލް ނަންބަރު :  | 
 NISSAN – KR-SKF2MN  | 
| 
 ޗެސިސް ނަންބަރު :  | 
 SKF2MN-100112  | 
| 
 އިންޖީނު / މޯޓަރު އުފެއްދި ކުންފުނި :  | 
 NISSAN  | 
| 
 އިންޖީނު / މޯޓަރ ސީރިއަލް ނަންބަރު :  | 
 RF-873291  | 
| 
 އިންޖީނު / މޯޓަރ ކެޕޭސިޓީ :  | 
 1990.00 cc  | 
| 
 ބާވަތް :  | 
 B1  | 
| 
 ހަކަތަގެ ބާވަތް :  | 
 DIESEL  | 
| 
 އުފުލޭ މީހުންގެ އަދަދު :  | 
 06  | 
ކުރަންހުރި މަރާމާތުތަކުގެ ތަފުސީލު:
- އިންޖީނު އޯވަރހޯލްކުރުން.
 - އެއަރކޯން ސިސްޓަމް މަރާމާތު ކުރުން.
 - އެމްބިއުލާންސްގެ އެތެރޭގެ ލައިޓް ކޮމްޕްލީޓް މަރާމާތު ކުރުން.
 
މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 1 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 ގައި ކެޔޮދޫ ޞިއްޙީމަރުކަޒަށް ނުވަތަ ވ.އަތޮޅު ހޮސްޕިޓަލްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 6 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކެޔޮދޫ ޞިއްޙީމަރުކަޒަށް ނުވަތަ ވ.އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
23 ޛުލްޤަޢިދާ 1435