ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ މެރިން ރިސާރޗް ސެންޓަރުގައި ގުދަނެއް އަދި މިނޫންވެސް އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު IUL)30-C/1/2014/91) އިޢުލާނުގައިވާ މަޢުލޫމާތު ފުރިހަމަނުވުމުން މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
02 އޮކްޓޫބަރު 2014 ބުރާސްފަތި ދުވަހުގެ 12:00 އަށް |
30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
27 ޛުލްޤަޢިދާ 1435