ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)462/1/2022/13
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 27 ޖޫން 2022 13:30
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

 (IUL)462/1/2022/13 :ނަންބަރު

 

ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

 

މި ކޮމިޝަނުގައި ވޮލެއިންޓިއަރެއްގެ ގޮތުގައި މަސައްކަތްކޮށް މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު:

6  (ހައެއް)

މުއްދަތު:

6 (ހައެއް) މަސްދުވަސް

ކްލެސިފިކޭޝަން:

އޮފިސަރ  (GS-3)

މަސައްކަތުގެ ވަގުތު:

ރަސްމީ ދުވަސްތަކުގައި ދުވާލަކު 4 (ހަތަރެއް) ގަޑިއިރު

ތަޖުރިބާގެ ލިޔުން ދިނުން.

ކޮމިޝަނުގައި ވޮލައިންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމުން، މަސައްކަތް ކުރި މުއްދަތާއި، ކުރި މަސައްކަތްތައް އެނގޭ  ގޮތުގެ ލިޔުމެއް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް އިމްތިހާނު ނިންމާފައިވުން.  ނުވަތަ
  2. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4، 5 ނުވަތަ 6 ގެ ސަނަދެއް ލިބިފައިވުން. ނުވަތަ
  3. ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ލިބިފައިވުން.

މައިގަނޑު މަސައްކަތްތައް

  • ވޮލައިންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން ހިޔާރުކުރާ ދާއިރާ ފާހަގަކޮށް މަގާމަށް އެދި ހުށަހެޅިދާނެއެވެ.

 1 ކޮމިޝަނުންކުރާ ތަޙްޤީޤުތަކާ ގުޅޭ މަސައްކަތްތައް.

   1.1   މީހުން ހާޟިރުކުރުމާ ގުޅޭ މަސައްކަތް

   1.2   ބަޔާން ނެގުމާ ގުޅޭ މަސައްކަތް

   1.3   ތަޙްޤީޤު ރިޕޯޓް ލިޔުމާއި ގުޅޭ މަސައްކަތް

   1.4   ސިޓީ ލިޔުމާއި، ތަހްޤީޤުއަށް ބޭނުންވާ އިތުރު މައުލޫމާތު  ހޯދުމުގެ މަސައްކަތް.

   1.5   އާކައިވް ކުރުމުގެ މަސައްކަތް

 2 ކޭސް މެނޭޖްމަންޓް މަސައްކަތް

   2.1   ކޭސް ރަޖިސްޓްރީ ކުރުމާގުޅޭ މަސައްކަތް

   2.2  ކޮމްޕްލެއިންސް ކޮމިޓީގެ މަސައްކަތް.

   2.3  ރިޕޯޓް ތައްޔާރުކުރުން

   2.4  ޑޭޓާ އެންޓްރީ ކުރުން.

   2.5  އާކައިވް ކުރުމުގެ މަސައްކަތް

 3 އެޑްމިނިސްޓްރޭޓްރޭޓިވް މަސައްކަތް

   3.1.   ޔައުމިއްޔާ ލިޔުން.

   3.2.   ސިޓީ ލިޔުން.

   3.3.   ޕްރޮޓޮކޯލްއާ ގުޅޭ މަސައްކަތް.

   3.4.   ޓްރޭނިންގއާ ގުޅޭ މަސައްކަތް

   3.5.   މުވައްޒަފުންގެ ހާޟިރީ / ސަލާމް ޗުއްޓީއާ ގުޅޭ މަސައްކަތް

   3.6.   ކޮމިޝަނަށް ހޯދާ މުދަލާއި / ޚިދުމަތް ހޯދުމާ ގުޅޭ މަސައްކަތް

   3.7.   ރިސެޕްޝަންގެ މަސައްކަތް  

ވޮލައިންޓިއަރުން ހޮވުން

  • ތަޢުލީމާއި ތަޖްރިބާ އަދި، އިންޓަރވިއު އިން ޕޮއިންޓް ލިބޭ ތަރުތީބުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ "ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފޯމް"
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ލިބިފައިވާ ތަޖްރިބާ އެނގޭނެ ލިޔުންތަކުގެ ކޮޕީ
  4. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ވޮލެންޓިއަރަކަށް ވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވަ ލިޔުންތައް ކިޔަންއެނގޭފަދަ) ކޮޕީއެއް.

އެޕްލިޝަން ސުން ގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ކޮމިޝަނަށް "ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފޯމު" އާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް  [email protected] އަށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް ކޮމިޝަނަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

  • ވޮލެންޓިއަރުންނަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އެ ފަރާތްތައް ޝޯޓް ލިސްޓް ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
  • ވޮލައިންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަކުން ކޮމިޝަނުން ހަވާލުކޮށްފައިވާ ފަރާތްތަކުން ކޮމިޝަނުން ވަކިވާން ބޭނުންވެއްޖެނަމަ ލިޔުމުން އެކަން ހުށަހެޅުމުން ވަކިކޮށްދެވޭނެއެވެ.
16 ޖޫން 2022