ދިވެހިރާއްޖެ
މިމަރުކަޒުގެ ދަރިވަރުންގެ ތެރެއިން 2013 ވަނައަހަރު އެކިއެކި ވަނަތައް ހާސިލުކޮށްފައިވާ ދަރިވަރުންނަށް އިނާމުދިނުމަށް ލިސްޓުކުރެވިފައިވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު 02 ސެޕުޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އަންދާސީހިސާބު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިދެންނެވި ތާރީޚުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ. މިމަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މެއިލް އެޑްރެސް : [email protected]
މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6820029 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:30 އަށް ބަޖެޓް ސެކުޝަނާއެވެ.
ޕޮއިންޓް ދިނުމުގައި ބެލެވޭ ކަންތައްތައް
- އެންމެ އަވަސް މުއްދަތެއްގައި ތަކެތި ތައްޔާރުކޮށްދެވޭނެ ފަރާތެއް % 10
- ތަކެތީގެ ފެންވަރު % 10
- އެންމެ ހެޔޮ އަގު %60
- ޑެލިވަރީ ކޮށްދިނުން (ގއ. ކޫއްޑޫ އެއަރކާގޯއިން) % 10
- އިނާމު ލިސްޓުގައިވާ ބައިތަކަށް ހުށަހަޅާ ތަކެތީގެ ފޮޓޯ އަގާއެކު ފޮނުވުން %5
- މަސައްކަތުގެ ތަޖުރިބާ %5
އިނާމު ލިސްޓު
| # | ތަފުސީލު | އިނާމު ބޭނުންވާ އަދަދު | ބާވަތް | ސައިޒު | 
| 1 | ގެނަރަލް ޕްރޮފެސިއެންސީ ޕުރައިޒު | 34 | ތަށި | "10 | 
| 2 | ކުލާސް ޕުރައިޒު ( އެއްވަނަ ) | 14 | ޝީލްޑް | 
 | 
| 3 | ކުލާސް ޕުރައިޒު ( ދެވަނަ ) | 11 | ތަށި | "10 | 
| 4 | ކުލާސް ޕުރައިޒު( ތިންވަނަ ) | 9 | ތަށި | "8 | 
| 5 | ކުލާސް ޕްރޮގުރަސް ޕުރައިޒު | 14 | ތަށީ | "8 | 
| 6 | ސަބުޖެކްޓް ޕުރައިޒު | 60 | ޕްލެޓް ތަށި | 
 | 
| 7 | އޮނަލިސްޓް ޕުރައިޒު | 9 | ޝީލްޑް | 
 | 
| 8 | ޑިސިޕްލީން ޕުރައިޒު | 14 | ތަށި | "10 | 
| 9 | ކޭމްބުރިޖް އޯލެވެލް ، އައި .ޖީ.ސީ.އެސް.އީ އަދި އެސްއެސް.ސީ އިމްތިހާންގެ އެންމެ މޮޅު 10 ދަރިވަރުން | 10 | ޕްލާސްޓިކް ޝީލްޑް | 
 | 
| 10 | އެޑެކުސެލް އޭލެވެލް އެޗް.އެސް.ސީ އިމްތިޙާންގެ އެންމެ މޮޅު 10 ދަރިވަރުން | 11 | ޕްލާސްޓިކް ޝީލްޑް | 
 | 
| 11 | ޑިކްޓިންޝަން – ދަރިވަރުން ( އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާން ) | 32 | ޕްލާސްޓިކް ޝީލްޑް | 
 | 
| 12 | ޑިޓިންޝަން ޕްރޮވައިޑާރސް- ޓީޗަރސް ( އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާން ) | 7 | ތަށި | "12 | 
| 13 | ސަބުޖެކްޓް ޕްރޮގުރެސް – ޓީޗަރސް ( އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާން ) | 4 | ތަށި | "12 | 
| 14 | ސަބުޖެކްޓް ޕްރޮގުރެސް – ޓީޗަރސް ( އެޑެކުސެލް އޭލެވެލް އެޗް.އެސް.ސީ އިމްތިޙާން ) | 3 | ތަށި | "12 | 
| 15 | ނެޝަނަލް ޓޮޕްޓެން އެޗީވާރސް (އޯލެވެލް ) | 4 | ޝީލްޑް / މޮޅު ގަލަމެއް | 
 | 
| 16 | ބެސްޓް އޯލް ރައުންޑް ( ސެކަންޑަރީ ) | 1 | ޝީލްޑް/ އަތުކުރީ ގަޑި/ ޝޭޝް | 
 | 
| 17 | ބެސްޓް އޯލް ރައުންޑް ( ހަޔަރ ސެކަންޑަރީ ) | 1 | ޝީލްޑް/ އަތުކުރީ ގަޑި/ ޝޭޝް | 
 | 
| ޖުމުލަ: އިނާމު | 238 | 
 | ||