ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ 04 މިސްކިތެއްގައި ހުރި ބައެއްމަރާމާތުތައް ކުރުން.
މިރަށު 04 މިސްކިތެއްގައި ހުރި ބައެއްމަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)387/387/2022/20 (11 މެއި 2022)ގެ އިއުލާނާ ގުޅިގެން ބިޑު ހުށަހަޅުއްވާފައިވަނީ 02 ފަރާތުން ކަމުގައިވާތީ، އިއުލާނު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 19 ޖޫން 2022 ވަނަދުވަހުގެ 8:30 އިންފެށިގެން 27 ޖޫން 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 18 ޖުލައި 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 27 ޖޫން 2022 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
16 ޛުލްގައިދާ 1443
16 ޖޫން 2022