މަސައްކަތް
ނަންބަރު: (IUL)A01-HC/2014/03
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 29 ސެޕްޓެންބަރު 2014 13:00
ތުރާކުނު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިމަރުކަޒުގެ ނަންބަރު:A01-HC/2014/02ފ(IUL)ފ(16 ޖޫން 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ، ދެއްވާފައިވާ މަޢުލޫމާތާ އެއްގޮތަށް ނޫންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:00 އަށް ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ނުވަތަ މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ނުވަތަ މި މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ތުރާކުނު ޞިއްޙީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތަކަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014