ދިވެހިރާއްޖެ
X
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
ފޮނަދޫ، ދިވެހިރާއްޖެ
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022
ފިހުރިސްތު
ފުރަތަމަ ބައި 1
އިބްތިދާއީ ކަންކަން. 1
ތަޢާރަފު 1
ނަން. 1
ގަވާއިދުގެ މަޤުޞަދު. 1
މާނަކުރުމާއި ތަންފީޒުކުރުން. 1
ޤާނޫނަށް އިސްކަން ދިނުން. 1
ރަދީފް 1
ދެވަނަ ބައި 3
ކޯޓުތަކުގެ އިޚްތިޞާޞް.. 3
މައުޟޫޢީ އިޚްތިޞާޞް.. 3
ކޯޓުގެ މައުޟޫޢީ އިޚްތިޞާޞް.. 3
ސަރަޙައްދީ އިޚްތިޞާޞް.. 4
ވަގުތީ ފަރުވާގެ ފިޔަވަޅު އެޅި މައްސަލަ ކޯޓަށް ހުށަހެޅުން. 8
އެއް ކޯޓަކަށްވުރެ ގިނަ ކޯޓަށް ހުށަހެޅޭ މައްސަލަ 9
އިޚްތިޞާޞްއާމެދު ގޮތެއް ކަނޑައެޅުމުގެ މުއްދަތު 9
ތިންވަނަ ފަރާތަކުން ހުށަހަޅާ ދަޢުވާ 10
ތިންވަނަ ބައި 10
ދަޢުވާކުރުމުގެ މުއްދަތުތައް 10
ދަޢުވާކުރުމުގެ މުއްދަތު 10
ތަރިކައާބެހޭ ދަޢުވާގެ މައްސަލަ 10
ޖުޑިޝަލް ރިވިއުގެ ދަޢުވާ ހުށަހެޅުމުގެ މުއްދަތު 10
ހަތަރުވަނަ ބައި 11
ޚަޞްމުން އަދި ޚަޞްމުން ތަމްސީލުކުރުން. 11
ދަޢުވާ ކުރުމުގެ ހައިސިއްޔަތު 11
ޖުޑިޝަލް ރިވިއުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ހައިސިއްޔަތު 11
ގިނަ ޚަޞްމުން މައްސަލަ ހުށަހެޅުން. 12
ދައުލަތް ތަމްސީލުކުރުން. 12
ޕާޓްނަޝިޕް 12
ކުންފުނި. 12
ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއް ނުވަތަ ކްލަބް 13
ސިޔާސީ ޕާޓީ. 13
ކޮމިޝަން. 13
ޤާނޫނީ ޝަޚްޞު.. 13
ޤާނޫނަކުން ޢައްޔަންކުރެވޭ މަޤާމުތައް 14
ލޯކަލް ކައުންސިލް 14
ޕާޓްނަޝިޕަކުން ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުން. 14
ސޯލް ޕްރޮޕްރައިޓަރޝިޕް 14
ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތައް 14
ތަރިކަ އާއި މުދަލުގެ މައްސަލަތަކުގައި އެއް ޚަޞްމަކު އެހެން ޙަޞްމެއް ތަމްސީލުކުރުން. 15
އެކުގައި މަޞްލަޙަތު ހިމެނޭ ޚަޞްމަކު އެހެން ޙަޞްމެއް ތަމްސީލުކުރުން. 16
މަޞްލަޙަތު ހިމެނޭ ހުރިހާ ފަރާތެއް ޚަޞްމުންގެ ގޮތުގައި ހިމެނުން. 16
މައްސަލައެއްގެ ތެރެއަށް ތަދައްޚުލުވުމަށް އެދި ހުށަހެޅުން. 17
ތަދައްޚުލުވުމަށް އެދި ހުށަހެޅުމުގެ މުއްދަތު 18
ތަދައްޚުލުވާ ފަރާތް ޙާޟިރުނުވުން. 18
އެކުގައި އަދި ވަކިން ދަރަންޏަށް ޒިންމާވުން. 18
ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމަކު ވަކިކުރުން. 19
ދެ ޤަޟިއްޔާ އެކީ ޙުކުމްކުރުން. 19
ގުޅުންހުރި ދެ ޤަޟިއްޔާ. 20
ޤާނޫނީ ވަކީލުން ޢައްޔަންކުރުން. 20
ކުންފުނި، ޖަމްޢިއްޔާ، ޤާނޫނީ ޝަޚްޞުން ތަމްސީލުކުރުން. 23
ޢައްޔަންވެވޭ ފަރާތް ވަކި ލިޔުމަކުން އެއްބަސްވުން. 25
ތަމްސީލު ކުރަމުންދާ މައްސަލައަކުން ތަނާޒުލުވުން. 25
ވަކީލުން ސުލޫކީ މިންގަނޑާ ޚިލާފުވުން. 26
ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރާނޭ ވަގުތު 27
ތިން ލައްކަ ރުފިޔާއަށްވުރެ ކުދި މަދަނީ މައްސަލަ 28
ވަކީލު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތެއް ވަކިކުރުން. 28
ޚަޞްމަކު ނިޔާވުން. 29
ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް 30
ފަސްވަނަ ބައި 31
ދަޢުވާ ހުށަހެޅުން. 31
ދަޢުވާކުރުމުގެ ކުރިން ނޯޓިސް ދިނުން. 31
ދަޢުވާ 32
ދަޢުވާ ފޯމު އިޞްލާޙުކުރުން. 32
ދަޢުވާގެ ތަފްސީލު 32
ދަޢުވާ ބިނާކުރާ ސަބަބު ބަޔާންކުރުން. 33
އިޚްތިލާފު އޮންނަ ބާވަތުގެ މައްސަލަތައް ހުށަހަޅާ ފޯމު. 34
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަ ހުށަހަޅާ ފޯމު. 35
ތަރިކައިގެ މައްސަލަ 36
ތަރިކައިގެ މައްސަލަ ހުށަހަޅާ ފޯމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު 37
ވާރުތަ މުދަލުން ލިބޭ ބައި ވާރިޘުން އެކަކު އަނެކަކަށް ހަދިޔާކުރުން. 38
މިލްކުވެރިކަން ސާބިތުކުރުން. 38
ތަރިކައިގެ މައްސަލަ ރައްދުކުރުން. 38
ގޯތި ބައިކުރުމުގެ މައްސަލަ ތަރިކައިގެ ޤަޟިއްޔާ ނިމުމުން ހުށަހެޅުން. 38
ގޯތި ބައިކުރުމަށް ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު 39
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް ހުށަހެޅުން. 39
ހިބަ އާއި ވަޞިއްޔަތުގެ މައްސަލައިގައި ދަޢުވާ ރައްދުކުރާ ފަރާތް 40
ބިމެއް ނުވަތަ ތަނެއް 40
ވިއްކުމުގެ މައްސަލަ 40
ހޮވައިގެން ގެނެވޭ ތަކެތި 41
ޙައްޤެއް ދޫކޮށްލުން. 41
ހަވަނަ ބައި 42
ކޯޓުގެ ރަޖިސްޓްރަރ. 42
ކޯޓުގެ ރަޖިސްޓްރަރ. 42
ކޯޓުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް 42
ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހެޅުން. 44
ހަތްވަނަ ބައި 44
ދަޢުވާއާއި މައްސަލައިގެ ފޯމު ބަލައިގަތުން. 44
ދަޢުވާއެއް ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް 44
ރަޖިސްޓްރޭޝަން ފީ 46
ފޯމު ބާޠިލުކުރުމަށް ރަޖިސްޓްރަރ ނިންމި ނިންމުން އަލުން ބެލުން. 46
އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް މައްސަލަ ހުށަހެޅުން. 47
އަށްވަނަ ބައި 47
މައްސަލަ ބަލައިގަތުމަށްފަހު ޢަމަލުކުރާ ގޮތް 47
މައްސަލަ ރަޖިސްޓްރީވުން މައްސަލަ ބަލާ މެޖިސްޓްރޭޓް ޢައްޔަންކުރުން. 47
މައްސަލަ ބަލަމުންދާ ގޮތް ކަށަވަރުކުރުން. 48
ކޯޓުގައި އެއް އުޞޫލަކުން އަމަލުކުރުން. 49
މައްސަލައިގެ ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތާ ޙަވާލުކުރުން. 49
ނުވަވަނަ ބައި 51
އިޚްތިލާފު އޮންނަ މައްސަލަތަކުގެ ބަޔާން ބަދަލުކުރުމުގެ މަރުޙަލާ 51
ބަޔާން ބަދަލު ކުރުން. 51
ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުން. 52
ކޯޓުން ލިޔެ ކިޔުންތައް ބަލައިގަތުން. 53
ކޯޓުން ލިޔެކިޔުންތައް ދަޢުވާކުރާ ފަރާތަށް ރައްދުކުރުން. 53
މުޅި ދަޢުވާއަށް އެއްބަސްވުން. 53
ޝަރީޢަތް ހިންގުމެއް ނެތި ޙުކުމްކޮށްދިނުމަށް އެދުން. 55
ސާބިތު ދަރަނީގެ ރެކޯޑު ބެލެހެއްޓުން. 57
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވި ނަމަވެސް ޙުކުމްކުރުމަށް ކޯޓުގައި އެދިފައިނުވާ މައްސަލަތައް 57
ދަޢުވާގެ ބަޔަކަށް އެއްބަސްވުން. 58
މައްސަލަ ނިންމައިދިނުމަށް އެދުން. 58
ދަޢުވާގެ ދިފާޢު 59
ދިފާޢުއަށް ޖަވާބުދިނުން. 60
ދިފާޢުގެ ޖަވާބަށް ރައްދު ދިނުން. 60
ރައްދު ދަޢުވާ 60
ފަހުން ރައްދު ދަޢުވާއެއް ހުށަހެޅުން. 61
ޚަޞްމަކު އިތުރުކުރަން އެދޭ ފޯމު. 61
އިތުރު ދަޢުވާ 61
ފަހުން އިތުރު ދަޢުވާއެއް ހުށަހެޅުން. 61
ދިފާޢު ހުށަހަޅާއިރު ރައްދު ދަޢުވާއެއް ނުވަތަ އިތުރު ދަޢުވާއެއް ހުށަހެޅުން. 62
ބަޔާން ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން އެދި ހުށަހެޅުން. 62
ދިހަވަނަ ބައި 63
ޣައިރު ޙާޟިރުގައި ކުރާ ޙުކުމް. 63
ޣައިރު ޙާޟިރުގައި ޙުކުމްކުރުން. 63
ދިފާޢު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުން. 63
ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް ހުށަހެޅުން. 64
އަމުރު ރައްދުނުވުން. 64
ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލު ކުރުމާއި ބަދަލުކުރުން. 65
އެގާރަވަނަ ބައި 65
ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވައި މައްސަލަ ނިންމުން. 65
ޝަރީޢަތް ނުހިންގައި މައްސަލަ ނިންމުން. 65
ޝަރީޢަތް ނުހިންގައި މައްސަލަ ނިންމައި ދިނުމަށް އެދުން. 65
ބާރަވަނަ ބައި 66
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގައި ދަޢުވާއަށް ރައްދު ދިނުން. 66
މައްސަލައިގެ ލިޔެކިޔުން ރައްދުކުރުން. 66
އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުން. 66
ތޭރަވަނަ ބައި 67
އިޚްތިލާފު އޮންނަ ބާވަތުގެ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާ 67
ޝަރީޢަތުގެ މަރުޙަލާއަށް ފޮނުވާ މައްސަލަތައް 67
ޝަރީޢަތަށް ފޮނުވޭ މައްސަލަތައް ބެހިގެންވާ ބައިތައް 68
ސާދަވަނަ ބައި 69
އިޚްތިލާފު އޮންނަ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުން. 69
އިބްތިދާއީ އަޑުއެހުން. 69
އިބްތިދާއީ އަޑުއެހުމުގައި ކުރަންޖެހޭ ކަންކަން. 69
ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެދި ހުށަހެޅުން. 70
ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރެވުނުކަން ނުވަތަ ނޫންކަން އެންގުން. 70
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރަން އެދި ހުށަހެޅުން. 71
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމުގެ އިޖުރާއަތު 71
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމުގައި ޢަމަލުކުރާނެ ގޮތް 71
މައްސަލަ ޙައްލުކުރުމުގެ ބައްދަލުވުމުގެ ނޯޓިސް ދިނުން. 72
މައްސަލަ ހައްލުކުރުމުގެ މަރުޙަލާ ނިމުން. 74
ޚުޞޫމަތު ނިންމުމަށް އެއްބަސްވުން. 74
ޓްރެކް ކަނޑައެޅުން. 75
ޝަރީޢަތުގެ ބޭރުން ބޭއްވޭ ބައްދަލުވުންތައް 75
ފަނަރަވަނަ ބައި 76
އިޚްތިލާފު އޮންނަ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް 76
ޝަރީޢަތްކުރެވޭ ބަސް.. 76
ސޯޅަވަނަ ބައި 77
އިޚްތިލާފު ނެތް ބާވަތުގެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުމާއި ޝަރީޢަތް 77
އިޚްތިލާފެއް ނެތް މައްސަލަތަކުގެ އިރުޝާދު ދިނުމުގެ އަޑުއެހުން. 77
ތަރިކައިގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް 79
ވާރިޘުން ސާބިތުކުރިގޮތުގެ ސެޓްފިކެޓް. 82
ތަރިކައިން ލިބޭބައި ހަދިޔާކުރުން. 82
އަމުރުތައް ނެރުމުގެ ބާރު. 83
ތަރިކައިން ލިބުނުގޮތް ބަޔާންކުރުން. 83
ގޯތި ބައިކުރުމުގެ މައްސަލަތައް 83
ގޯތި ނުވަތަ ތަން ބައިކުރުމުގެ މައްސަލަތަކުގައި ކޯޓުން ޢަމަލުކުރާނެ ގޮތް 84
ބިމާބެހޭ ޗާޓު ހޯދުން. 84
ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަނޭޅުން. 84
ހެކިބަސް ކަށަވަރުކުރުން. 84
އިއުތިރާޒުކުރުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ ބަސް ހުށަހެޅުން. 85
ޣައިރު ޙާޟިރުގައި ޙުކުމްނުކުރުން. 85
ދަޢުވާ އަނބުރާ ނުގެންދެވުން. 86
ޞައްޙަކަން ކަނޑައެޅުން. 86
ދަޢުވާކުރާ ފަރާތެއް ހުރިތޯ ބެލުމަށް އިޢުލާނުކުރުން. 86
ދަރަންޏެއް އޮތްތޯ ބެލުން. 87
އިއުތިރާޒު ނެތްކަމުގެ ލިޔުމެއް ހޯދުން. 87
ސަތާރަވަނަ ބައި 88
ކޯޓު އަމުރު. 88
ކޯޓު އަމުރު. 88
އަށާރަވަނަ ބައި 89
ވަގުތީ ފަރުވާ އާއި ރައްކާތެރިކަމުގެ އަމުރު. 89
ވަގުތީ އަމުރު. 89
މުދާ ބަލައި ފާސްކުރުމުގެ އަމުރު. 90
ފައިސާ ދެއްކުމުގެ ވަގުތީ އަމުރު. 90
ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީ ހޯދުމުގެ އަމުރު. 90
އެއް ޚަޞްމުގެ ޣައިރު ޙާޟިރުގައި އަމުރު ނެރުން. 90
ނަވާރަވަނަ ބައި 93
ދަޢުވާ އަނބުރާ ގެނައުން. 93
ދަޢުވާ އަނބުރާ ގެންދިއުމަށް ހުށަހެޅުން. 93
ދަޢުވާ އަނބުރާ ގެނައުމަށްފަހު އަލުން އެ ދަޢުވާ ކުރުމުގެ ހުއްދަ ހޯދުން. 95
ދަޢުވާލިބޭ ފަރާތުން ޚަރަދު ނަގައިދިނުމަށް އެދުން. 95
ވިހިވަނަ ބައި 97
ޙުކުމްކުރުން. 97
ޙުކުމްކުރުން. 97
ޙުކުމުގެ ތަންފީޒީ ބާރު ހިނގަން ފެށުން. 98
ޙުކުމް ނުވަތަ އަމުރު ރައްދުކުރުން. 99
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން. 99
އެކާވީސްވަނަ ބައި 100
ނިހާއީ ޙުކުމް މުރާޖަޢާ ކުރެވޭނެ ޙާލަތްތައް 100
ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރުން. 100
ނިހާއީ ޙުކުމެއް މުރާޖަޢާ ކުރުމަށް އެދި ހުށަހެޅޭނެ މުއްދަތު 101
ނިހާއީ ޙުކުމެއް މުރާޖަޢާ ނުކުރުމަށް ނިންމާ ނިންމުން އިސްތިއުނާފު ނުކުރެވުން. 102
ބާވީސްވަނަ ބައި 103
ޝަރީޢަތުގެ ޚަރަދު ނަގައިދިނުން. 103
ޝަރީޢަތުގެ ޚަރަދު ނަގައިދިނުން. 103
ޝަރީޢަތުން ޚަރަދު ނަގައިނުދެވޭނެ މައްސަލަތައް 104
ޝަރީޢަތުގެ ޚަރަދާމެދު މުވައްކިލަށް ލަފާ ދިނުން. 104
ޝަރީޢަތުގެ ޚަރަދު ލިބޭނެ ޚާލަތްތައް 104
ޝަރީޢަތުގެ ޚަރަދު ހޯދަން އެދޭގޮތް 104
ޚަރަދާމެދު ކޯޓުން ނިންމާގޮތް 105
ޚަރަދު ނަގައިދެވޭނެ ގޮތް 105
ޝަރީޢަތުގެ ޚަރަދުގެ އަމުރެއް ނެރުމާއެކު ލަސްނުކޮށް އެކަން މުވައްކިލަށް އެންގުން. 108
ކުދި މައްސަލަތަކުގައި ޚަރަދު ނަގައިދެވިދާނެ ހާލަތްތައް 108
މުވައްކިލުގެ ޚަރަދާއި ވަކީލު ޒިންމާކުރުވުން. 109
ޚަރަދު ދެއްކުމުގެ މުއްދަތު 110
ކޯޓުގެ އަމުރަކާ ނުވަތަ އެންގުމަކާ ޚިލާފުވުމުން ޚަރަދު ނަގައިދިނުން. 110
އަޅައިކަނޑާލުން ނުވަތަ ފަސްކުރުން. 111
ދަޢުވާ އަނބުރާ ގެންދާ މައްސަލަތަކުގައި ޚަރަދު ނަގައިދިނުން. 111
ޚަރަދު ދެއްކުން ފަސްކުރުމަށް އެންގުން. 111
ޝަރީޢަތުގެ ޚަރަދުގެ ބާވަތްތައް 111
ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދޭ ފޯމު. 113
ކޯޓުން ޚަރަދު ބަލައި ވަޒަންކުރުން. 113
ޚަރަދުގެ އަމުރު މުރާޖަޢާ ކޮށްދިނުމަށް އެދުން. 114
ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ހިނގާ ޝަރީޢަތުގެ ޚަރަދުތައް 114
އިޚްތިޞާޞްގެ މައްސަލަތަކުގެ ޚަރަދު. 114
ޝަރީޢަތުގެ ޚަރަދުދިނުމަށް ކަނޑައަޅާގޮތް 114
ތޭވީސްވަނަ ބައި 114
ހެކިހާމަކުރުން. 114
އިޚްތިލާފެއް ނެތް މައްސަލަތަކާއި ކުދި މައްސަލަތަކުގައި ހެކި ހާމަކުރުން. 114
ހެކިހާމަކުރުމުގެ އިސްތިސްނާ ޙާލަތް 115
ހެކި ހާމަކުރުމުގެ އިޖުރާއަތު 115
ޚަޞްމުންނަށް ލިޔުންތަކުގެ ލިސްޓު ކޯޓުން ރައްދުކުރުން. 116
ހެކި ހާމަކުރުމުގެ ޚާއްޞަ އުޞޫލުގެ އިޖުރާއަތު 116
ޚަޞްމަކަށް ނުވާ ފަރާތެއްގެ މައްޗަށް ހެކި ހާމަކުރުމަށް ކުރާ އަމުރު. 117
ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން. 117
ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުމާބެހޭ ޚާއްޞަ އިޖުރާއަތު 117
ލިޔުމެއް ހުއްޓުވުމުގެ އަމުރަކަށް އެދުން. 117
ސައުވީސްވަނަ ބައި 118
ހެއްކާގުޅޭ ޢާންމު އުޞޫލުތައް 118
ހެކިބަހާބެހޭ ޢާންމު އުޞޫލު 118
ހެކިބަހުގެ ބަޔާން އޮންނަންވީ ގޮތް 118
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ދެވޭ ހެކި 119
ދޮގު މަޢުލޫމާތު ދިނުން. 119
އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައި ރިޢާޔަތްކުރެވޭ ހެކި 120
އެފިޑަވިޓަކުން ހެކިބަސް ހުށަހެޅުން. 120
އެފިޑަވިޓްގެ ބޭނުމަށް ހުވާކުރުން. 120
ހެކިބަސްދޭ މީހާގެ ޝަރުޠު ފުރިހަމަވުން. 121
ހެކިބަސް ދިނުމުގެ ކުރިން ހުވައިކުރުން. 121
ފަންސަވީސްވަނަ ބައި 121
ހެއްކާގުޅޭ ޚާއްޞަ އުޞޫލުތައް 121
ވަކި ކަމެއް އިވުނުކަމަށް ބުނެ ދޭ ހެކި 121
އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ލިޔެކިޔުން. 122
ސައްބީސްވަނަ ބައި 122
ޚަބީރުން. 122
ޚަބީރުންގެ ހެކި ބަސް ނެގުމުގައި ޢަމަލުކުރާނެ ގޮތް 122
ޚަބީރުގެ ޝަރުޠު/ އިލްމީ ސަނަދު. 123
ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގައި ޚަބީރުން ހެކިބަސް ނެގުން. 123
ޚަބީރުގެ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް 124
ހަތާވީސްވަނަ ބައި 124
ޙުކުމް ތަންފީޒުކުރުން. 124
ތަންފީޒީ ޑިވިޝަން. 124
ތަންފީޒު ކޮށްދިނުމަށް އެދުން. 125
ތަންފީޒު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 126
ފޯމާމެދު ގޮތެއް ނިންމުން. 127
ފޯމެއް ހުށަހެޅުމެއްނެތި ތަންފީޒުކުރަންޖެހޭ ޙުކުމްތަކާއި އަމުރުތައް 127
ތަންފީޒުކުރަން ހުށަހެޅިކަން އެންގުން. 127
ތަންފީޒު ކުރުމުގެ ނޯޓިސް ރައްދުކުރުން. 127
ޤާނޫނީ ޝަޚްޞެއްގެ މަސްއޫލުވެރިން ކަމުގައި ބަލާނެ މީހުން. 129
ޙުކުމް ނުވަތަ އަމުރު ތަންފީޒު ކުރާނެ ގޮތް 129
ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ބެހިގެންވާ ގޮތް 130
ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ޢާންމު އުޞޫލު 130
ދަޢުވާކުރާ ފަރާތުން ދޭން ބޭނުންނުވާ ފުރުޞަތެއް ކޯޓުން ނުދިނުން. 130
ޙުކުމް ތަންފީޒު ކުރުން ފަސްކުރުން. 131
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ 131
ރަހުނު ހިމެނޭ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތާމެދު އެހެން ފިޔަވަޅެއް ނޭޅުން. 133
ދަރަންޏަށް ޒިންމާކުރުވުން. 133
ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުން. 134
މުދަލަކުން ލިބޭ ކުލި ކޯޓަށް ދެއްކުން. 135
ރަހުނު ތަންފީޒުވަންދެން ޤަޟިއްޔާގައި ޙުކުމެއް ނުކުރުން. 136
ރަހުނު ވިއްކާލުމުގެ ހުއްދަ ދެވުނު މުއްދަތު އިތުރުކުރުން. 136
ރަހުނު ވިއްކާލައިގެން ދަރަނި އަދާވުން. 137
ރަހުނު ވިއްކާލައިގެން ދަރަނި އަދާ ނުވުން. 137
އިންޓްރެސްޓް ނިމުން. 137
ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ 138
އަޅަންވާނެ ފިޔަވަޅުތައް 138
ޙުކުމާއެއްގޮތަށް ފައިސާ ނުދެއްކުމުގެ އަދަބު 140
ދަރަނި އަދާނުކުރެވޭ ހާލަތުގައި ކުންފުނި އުވާލުން. 141
ޙުކުމް ތަންފީޒުކުރުމަށް އަންގާ ޗިޓު. 141
އަދަބު ކަނޑައަޅާފައިވަނިކޮށް ޙުކުމާއެއްގޮތަށް ޢަމަލުކުރުން. 142
ޕާސްޕޯޓު ދޫކޮށްލުން. 142
ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ނިވާފަތްގަނޑު ނެގުމުގެ މައްސަލަ ނުބެލުން 142
ޝަރީޢަތުން މުދާ ވިއްކުން. 142
މުދާ ވިއްކުމުގެ ނޯޓިސް.. 143
ދަރަނިވެރިންގެ ފައިސާ ހިފެހެއްޓުން. 144
ކޯޓަށް ގެނެވޭ ފައިސާ އަރަނިވެރިންނަށް ދޫކުރުން. 145
ދަރަނިވެރިޔާގެ މާނަ. 145
ބޭރު ޤައުމުތަކުގެ ޙުކުމްތައް ތަންފީޒުކުރުން. 145
ކުށުގެ މައްސަލަތަކުގެ ޖުރުމާނާގެ ފައިސާއާއި ޙުކުމުގެ ފައިސާ.. 145
އަށާވީސްވަނަ ބައި 146
ލިޔެކިޔުން ތައްޔާރުކުރުމާއި ކޯޓަށް ހުށަހެޅުން. 146
ކޯޓަށް ހުށަހަޅާ ލިޔުންތައް 146
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އިލެކްޓްރޯނިކްގޮތަކުން އެދުން. 147
ނަވާވީސްވަނަ ބައި 147
ކޯޓުން ޚަޞްމުންނަށް ލިޔެކިޔުން ރައްދުކުރުން. 147
ލިޔެކިޔުން ރައްދުކުރުން. 147
ތިރީސްވަނަ ބައި 148
ޚަޞްމުންނާއި ވަކީލުންގެ ޗުއްޓީ. 148
ޚަޞްމު ނުވަތަ ޤާނޫނީ ވަކީލު ރަށުން ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން. 148
އެއްތިރީސްވަނަ ބައި 148
މައްސަލަ ބަލާ މެޖިސްޓްރޭޓް، މައްސަލައިގެ ފައިލު އަދި ލިޔެލިޔުން. 148
މައްސަލަ ބަލާނެ މެޖިސްޓްރޭޓުންގެ އަދަދު. 148
މައްސަލައިގެ އަޑުއެހުންތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިން ބެލެހެއްޓުމާއި އަރުޝީފުކުރުން. 149
އިސްމެޖިސްޓްރޭޓްގެ މަސްއޫލިއްޔަތު 150
މައްސަލައިގެ ފައިލް އަރުޝީފުކުރުން. 150
ބާތިލު ލިޔުމެއް ހޯދުމަށް އެދުން. 150
ތަހުވީލުކުރެވޭ މައްސަލަތައް 150
ބައްތިރީސްވަނަ ބައި 151
ލިޔެކިޔުން ރަޖިސްޓަރީ ކުރުމާއި ތަޞްދީޤުކުރުން. 151
އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް ކޯޓުގައި ރަޖިސްޓްރީ ކުރުން. 151
ތެއްތިރީސްވަނަ ބައި 151
އެހެނިހެން ކަންކަން. 151
ކޯޓު ގެޒެޓް. 151
ކޯޓުގެ ވެބްސައިޓް. 151
ޖަދުވަލު އަދި އެޕެންޑިކްސް.. 152
ގަވާއިދަށް ޢަމަލުކުރަން ފެށުން. 152
މި ގަވާއިދު މުރާޖަޢާކުރުން. 152
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022
15 ޖޫން 2022
ފުރަތަމަ ބައި |
||||
އިބްތިދާއީ ކަންކަން |
||||
ތަޢާރަފު |
|
(ހ) |
މިއީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 425 ވަނަ މާއްދާގެ (ހ) ދަށުން ބާރު ލިބިގެން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލާފައިވާ ގަވާއިދެކެވެ. |
|
ނަން |
|
(ށ) |
މި ގަވާއިދަށް ކިޔާނީ، "ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022" މި ގޮތަށެވެ. |
|
ގަވާއިދުގެ މަޤުޞަދު |
|
މި ގަވާއިދުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 2021/32 |
||
މާނަކުރުމާއި ތަންފީޒުކުރުން |
|
މަދަނީ އިޖުރާއަތުގެ ޤާނޫނާއި މި ގަވާއިދު ކޯޓުން މާނަކޮށް ތަންފީޒު ކުރާނީ އަދި، މަދަނީ މައްސަލަތައް ބެލުމުގައި ކަންކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެންމެ އަސާސީ މަޤުޞަދުތައް ހާސިލުކުރެވޭނެ ގޮތަށެވެ. |
||
ޤާނޫނަށް އިސްކަން ދިނުން |
|
މި ގަވާއިދުގައި ބަޔާންކުރާ ކަމަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުށުއަރާނަމަ، އެކަމެއް މާނަކޮށް ތަންފީޒު ކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތަށް އިސްކަންދީގެންނެވެ. |
||
ރަދީފް |
|
މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަވާ ގޮތަށް އެ ލަފްޒެއް ނުވަތަ އެ އިބާރާތެއް ބޭނުންކޮށްފައިނުވާނަމަ؛ |
||
|
|
(ހ) |
"މި ގަވާއިދު" ކަމަށް ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާފައިވާ މި ގަވާއިދަށާއި، މި ގަވާއިދަށް ގެނެވޭ އިޞްލާޙުތަކަށެވެ. |
|
|
|
(ށ) |
"މައްސަލައިގެ ބަޔާންތައް" ކަމަށް ބުނެފައިވަނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާ ދަޢުވާ ފޯމާއި، ދިފާޢު ފޯމާއި، ދިފާޢުގެ ޖަވާބު ފޯމާއި، ދިފާޢަށްދޭ ޖަވާބަށް ރައްދުދޭ ފޯމާއި، ރައްދު ދަޢުވާފޯމާއި، ރައްދު ދަޢުވާގެ ދިފާޢުގައި ހުށަހަޅާ ދިފާޢުއާއި، އިތުރު ދަޢުވާ އާއި، އިތުރު ދަޢުވާގެ ދިފާޢު އާއި، ދެފަރާތުގެ ދެމެދުގައި ދަޢުވާއާބެހޭ ގޮތުން ނުވަތަ ދިފާޢުއާބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތަކަށެވެ. |
|
|
|
(ނ) |
"މައްސަލައިގެ ބަޔާން ބަދަލުކުރުމުގެ މަރުޙަލާ" ކަމަށް ބުނެފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަރުޙަލާ ފެށުމުގެ ކުރިން، މައްސަލައިގައި ޚަޞްމުންގެ ފަރާތުން ހުށަހަޅާ ދަޢުވާ ފޯމާއި، ދިފާޢު ފޯމާއި، ދިފާޢުގެ ޖަވާބު ފޯމާއި، ދިފާޢަށްދޭ ޖަވާބަށް ރައްދުދޭ ފޯމާއި، ރައްދު ދަޢުވާފޯމާއި، ރައްދު ދަޢުވާގެ ދިފާޢުގައި ހުށަހަޅާ ދިފާޢުއާއި، އިތުރު ދަޢުވާއާއި، އިތުރު ދަޢުވާގެ ދިފާޢު އާއި، ދެ ފަރާތުގެ ދެމެދުގައި ދަޢުވާއާބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތައް ޚަޞްމުންގެ މެދުގައި ބަދަލުކުރެވޭ މަރުޙަލާއަށެވެ. |
|
|
|
(ރ) |
"ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައިވަނީ |
|
|
|
(ބ) |
"ޤާނޫނީ ވަކީލަކު ޢައްޔަންކުރާ ލިޔުން" ކަމަށް ބުނެފައިވަނީ ކޯޓުގެ މަރުޙަލާތަކުގައި ޚަޞްމަކު ތަމްސީލު ކުރުމަށް އެ ޙަޞްމެއްގެ ފަރާތުން ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް |
|
|
|
(ޅ) |
"ކޯޓުގެ ރަޖިސްޓްރަރ" ކަމަށް ބުނެފައި އެ ވަނީ ކޯޓުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރަރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތް ނެތް ހާލަތެއްގައި ރަޖިސްޓަރަރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. |
|
|
|
(ކ) |
"މައްސަލަ ބަލާ މެޖިސްޓްރޭޓް" ކަމަށް ބުނެފައި އެ ވަނީ |
|
|
|
(އ) |
"ކޯޓު" ކަމަށް ބުނެފައި އެ ވަނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަ ށެވެ. |
|
ދެވަނަ ބައި |
||||
ކޯޓުތަކުގެ އިޚްތިޞާޞް |
||||
މައުޟޫޢީ އިޚްތިޞާޞް |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނާ މާއްދާ އާއި އެ ޤާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަދަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންވެއެވެ. |
||
ކޯޓުގެމައުޟޫޢީއިޚްތިޞާޞް |
|
(ހ) |
އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް |
|
|
|
|
(1) |
ޢާންމު މަދަނީ ދަޢުވާތައް؛ |
|
|
|
(2) |
ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ޖުޑިޝަލް ރިވިއުގެ މައްސަލަތައް؛ |
|
|
|
(3) |
ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މަދަނީ މައްސަލަތައް؛ |
|
|
|
(4) |
މި ނޫން ވެސް މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއްގައި ފުރަތަމަ މަރުޙަލާގައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދޭ ޙާލަތުގައި އެ ޤާނޫނެއްގެ ދަށުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަތައް. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ޖުޑިޝަލް ރިވިއުގެ މައްސަލަތައް ކަމަށް ބުނެފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުމެއް ނުވަތަ އެއިން ފަރާތަކުން އަޅާ އިދާރީ ފިޔަވަޅެއްގެ ޞައްޙަކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ މައްސަލަތަކަށެވެ. |
|
ސަރަޙައްދީ އިޚްތިޞާޞް |
|
(ހ) |
މަދަނީ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް މި ކޯޓަށް ލިބިގެންވަނީ ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ދާއިރާގެ ކޯޓަކީ، މި ކޯޓު ކަމުގައި ވާނަމައެވެ. |
|
|
|
(ށ) |
ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ދާއިރާގެ ކޯޓު ކަމަށް ކޯޓު ބަލާނީ، ދަޢުވާލިބޭ ފަރާތުގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ރަށަށް ނިސްބަތްވާ ފުރަތަމަ މަރުޙަލާގެ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެން ވާނީ މި ކޯޓަށް ކަމަށް ވާނަމައެވެ. |
|
|
|
(ނ) |
މި މާއްދާގެ ބޭނުމަށްޓަކައި، ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ތަން ކަނޑައެޅުމުގައި، ދަޢުވާލިބޭ ފަރާތް އެ ތަނެއްގައި ވަކި މުއްދަތަކަށް ދިރިއުޅުން ލާޒިމެއް ނޫނެވެ. |
|
|
|
(ރ) |
ވަޒީފާ އަދާކުރުމުގައި ދަޢުވާލިބޭ ފަރާތް ކައިބޮއި ނިދަނީ އުޅަނދެއްގައި ކަމަށްވާނަމަ، އޭނާ ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ކަމަށް ބަލާނީ އެ އުޅަނދެއް ހިންގާ ފަރާތް ގާއިމުވެފައިވާ ރަށެވެ. |
|
|
|
(ބ) |
ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ބަލާނެ ގޮތް މި މާއްދާގެ (ށ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާގެ ބޭނުމަށް ދަޢުވާލިބޭ ފަރާތް ދިރިއުޅެނީ ކޯޓެއް ގާއިމުވެފައިނުވާ ރަށެއް ނުވަތަ ސަރަހައްދެއްގައި ކަމަށް ވާނަމަ، އެ މީހަކު ޢާންމު ގޮތެއްގައި ދިރިއުޅޭ ރަށް ކަމަށް ބަލާނީ އެ މީހަކު އެ ވަޒީފާއަދާކުރާ ތަނުގައި ނުހުންނައިރު، ޢާންމުކޮށް ދިރިއުޅޭ ރަށެވެ. |
|
|
|
(ޅ) |
ދަޢުވާލިބޭ ފަރާތަކީ ޤާނޫނީ ޝަޚްޞެއްނަމަ، ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދަޢުވާލިބޭ ފަރާތުގެ މައި އޮފީސް ހުރި ނުވަތަ މައިގަނޑު މަސައްކަތް އިންތިޒާމުކޮށް ހިންގަމުންގެންދާ ތަން ހުރި ރަށެވެ. |
|
|
|
(ކ) |
މި މާއްދާގެ (ހ) ގައިވާ ގޮތުން ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވަނީ ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ރަށުގެ ކޯޓަށް ކަމަށް ބުނެފައިވީނަމަވެސް، އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މި ކޯޓަށް ލިބިގެންވެއެވެ. |
|
|
|
|
(1) |
އެހެންގޮތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މި ގަވާއިދުގައި ނުވަތަ ކޮންޓްރެކްޓުގައި ބުނެފައި ނުވާނަމަ، ކޮންޓްރެކްޓުގެ މައްސަލަތަކުގައި، ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭ ތަން ނިސްބަތްވާ ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(2) |
ފައިސާގެ މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތުން އަދާކުރަންޖެހޭ ދަރަންޏެއް އަދާކުރަންޖެހޭ ތަން ހުރި ނުވަތަ ފަރާތް ހުރި ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(3) |
ޓޯޓްގެ މައްސަލަތައް ހާދިސާ ހިނގި ރަށުގެ ކޯޓަށް، މި ކޯޓު ވުން، ނަމަވެސް އެ ހާދިސާ ހިނގީ ކަނޑުމަތީގައި ނުވަތަ ކޯޓެއް ނެތް ރަށެއް ނުވަތަ ސަރަހައްދެއްގައި ކަމުގައި ވާނަމަ، ދަޢުވާލިބޭ ފަރާތް ޢާންމުކޮށް ދިރިއުޅޭ ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(4) |
ބިމާބެހޭ ނުވަތަ އެ ނޫން ވެސް ނުއުފުލޭ މުދަލަކާގުޅޭ މައްސަލައެއްނަމަ، އެ ބިމެއް ނުވަތަ މުދަލެއް ހުރި ރަށުގެ ކޯޓަށް، މި ކޯޓު ވުން، ނަމަވެސް އެ ބިން ނުވަތަ މުދާ ހުރީ، ކޯޓެއް ނެތް ރަށެއް ނުވަތަ ސަރަހައްދެއްގައި ކަމުގައި ވާނަމަ، ދަޢުވާލިބޭ ފަރާތް ޢާންމުކޮށް ދިރިއުޅޭ ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(5) |
ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ކުންފުނިތަކާއި ޖަމްޢިއްޔާތަކާއި އެހެނިހެން ޤާނޫނީ ޝަޚްޞުތަކުގެ ޞައްޙަކަން ބެލުމާ ގުޅޭގޮތުން ނުވަތަ އެފަދަ ތަންތަން އުވާލުމާ ގުޅޭގޮތުން ކަމަށް ވާނަމަ، ނުވަތަ އެ ތަންތަނުގެ ގުނަވަންތަކުން ނިންމާ ނިންމުންތަކުގެ ޞައްޙަކަން ބެލުމާ ގުޅޭގޮތުން ކަމަށް ވާނަމަ، އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ މައި އޮފީސް ގާއިމުކޮށްފައިވާ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(6) |
ދަޢުވާއެއްގެ އަސާސް ބިނާވެފައި ވަނީ ޢާންމު ރަޖިސްޓަރީއެއްގައި ލިޔެފައި އޮންނަ އެއްޗެއްގެ ޞައްޙަކަން ކަނޑައެޅުމާ ގުޅޭގޮތުން ކަމަށް ވާނަމަ، |
|
|
|
(7) |
ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ވަކި ތަނަކަށް ހުށަހަޅަންޖެހޭ ނުވަތަ ވަކި ތަނެއްގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ފިކުރީ މުދަލާގުޅޭ ޙައްޤުތައް ރަޖިސްޓަރީ ކުރުމާއި، އޭގެ ޞައްޙަކަން ކަނޑައެޅުމާގުޅޭ ގޮތުން ކަމަށް ވާނަމަ، އެ އެއްޗެއް ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ތަން ހުރި ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(8) |
ޙުކުމެއް ތަންފީޒުކުރުމާގުޅޭ މައްސަލައެއްނަމަ، ފުރަތަމަ މަރުޙަލާގައި އެ ޙުކުމެއް ކުރި ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(9) |
އުފުލޭ މުދާ ވިއްކުމުގެ ނުވަތަ ޚިދުމަތް ހޯދުމުގެ އެއްބަސްވުމަކާގުޅޭ މައްސަލައެއްނަމަ، މުދާ ގަންނަ ނުވަތަ ޚިދުމަތް ހޯދާ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(10) |
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞްގައި ނުހިމެނޭ ވަޒީފާގެ މައްސަލަތައް ވަޒީފާއަދާކުރާ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ |
|
|
|
(11) |
އިފްލާސްކުރުމުގެ މައްސަލަތައް ދަރަނިވެރިޔާގެ މައިގަނޑު މަޞްލަޙަތުތައް ގާއިމުވެފައި ހުރި ރަށުގެ ކޯޓަށް، މި ކޯޓު ވުން؛ ނުވަތަ ދަރަނިވެރިޔާގެ މައިގަނޑު މަޞްލަޙަތުތައް ގާއިމުވެފައިވާ ތަނެއް ނެތްނަމަ، ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް ނުވަތަ އެޖެންސީއެއް ނުވަތަ އެ ނޫން ވެސް ތަނެއް ހުރި ރަށުގެ ކޯޓަށް، މި ކޯޓު ވުން. |
|
|
(އ) |
މި މާއްދާގެ (ކ) ގެ (1) ގައި ބުނެފައިވާ 'ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭ ތަން' ކަނޑައަޅާނީ އަންނަނިވި ގޮތަށެވެ. |
|
|
|
|
(1) |
ކޮންޓްރެކްޓުގެ އަސާސީ އިލްތިޒާމުތައް އަދާކުރާ ތަން ކޮންޓްރެކްޓުގައި ބުނެފައިވާނަމަ، ނުވަތަ އެކަން ކޮންޓްރެކްޓުން އެނގެން އޮތްނަމަ އެ ތަނެއް؛ |
|
|
|
(2) |
ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމަކީ ފައިސާ ދެއްކުން ކަމަށް ވާނަމަ، ފައިސާ ލިބެންޖެހޭ ފަރާތް ދިރިއުޅޭ ނުވަތަ އެ ފަރާތުގެ މައިގަނޑު މަސައްކަތް އިންތިޒާމުކޮށް ހިންގަމުންގެންދާ ތަން؛ |
|
|
|
(3) |
ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމަކީ ފައިސާ ދެއްކުން ފިޔަވައި އެހެން ބާވަތެއްގެ އިލްތިޒާމެއްނަމަ، |
|
|
(ވ) |
އެ ފަރާތެއްގެ މައިގަނޑު މަސައްކަތްތައް އެއް ރަށަށްވުރެ ގިނަ ރަށުގައި ގާއިމުވެފައިވާނަމަ، މި މާއްދާގެ (ކ) ގެ (2) އަދި (3) ގެ ބޭނުމަށްޓަކައި އެ ކޮންޓްރެކްޓުގެ މައިގަނޑު އިލްތިޒާމު އަދާކުރަންޖެހޭ ތަން ކަމުގައި ބަލާނީ އެ ކޮންޓްރެކްޓާ އެންމެ ގާތްގުޅުމެއް އޮތް ތަނެވެ. |
|
ވަގުތީ ފަރުވާގެ ފިޔަވަޅު އެޅި މައްސަލަ ކޯޓަށް ހުށަހެޅުން |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރަކަށް އެދި |
||
އެއް ކޯޓަކަށްވުރެ ގިނަ ކޯޓަށް ހުށަހެޅޭ މައްސަލަ |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 49 (ހ) ގެ މަޤުޞަދު ހާސިލުކުރުމަށްޓަކައި، ދަޢުވާ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ޚަޞްމުންތަކެއް ހިމެނޭ މައްސަލައެއް ދިވެހިރާއްޖޭގެ އެހެން ކޯޓަކަށް ހުށަހަޅާފައި ނުވާކަން ކަށަވަރުކުރުމަށް، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ރަޖިސްޓަރީ، ޢާންމުކޮށް އެންމެންނަށް ބެލެނޭ ގޮތަށް ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށް އަދާހަމަކުރަންވާނެއެވެ. |
|
|
|
(ށ) |
ދަޢުވާ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ޚަޞްމުންތަކެއް ހިމެނޭ މައްސަލައެއް ދިވެހިރާއްޖޭގެ އެހެން ކޯޓަކަށް ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން އެނގޭނަމަ، ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާ ދަޢުވާ ފޯމުގައި އެކަން ބަޔާންކުރަންވާނެއެވެ. |
|
އިޚްތިޞާޞްއާމެދު ގޮތެއް ކަނޑައެޅުމުގެ މުއްދަތު |
|
(ހ) |
ހުށަހެޅިފައިވާ މައްސަލައަކީ، މި ކޯޓަކަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ބުނެ ދަޢުވާލިބޭ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓުގެ އިޚްތިޞާޞްއާމެދު އިއުތިރާޒުކޮށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ އިއުތިރާޒަކީ ކޯޓަށް ބަލައިގަނެވޭނެ އިއުތިރާޒެއްކަން ނުވަތަ ނޫންކަން، އެ ހުށަހެޅުން ހުށަހަޅާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ ބަލާ މެޖިސްޓްރޭޓް ކަނޑައަޅަންވާނެއެވެ. އަދި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެ ހުށަހެޅުމާމެދު އެންމެ ލަސްވެގެން އެ ހުށަހެޅުމެއް ހުށަހެޅުނުތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ. |
|
|
|
(ށ) |
ހުށަހެޅިފައިވާ މައްސަލައަކީ ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅާނަމަ، އެކަން ކަނޑައަޅަންވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއާ އެއްގޮތަށް މި ކޯޓުން ނިންމާ ނިންމުމަކުންނެވެ. އިޚްތިސާސްއާމެދު ކޯޓުން ނިންމާ ނިންމުން އޮންނަންވާނީ މި ގަވާއިދުގެ އެޕެންޑިކްސް I ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
|
|
(ނ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާ އާއި 110 ވަނަ މާއްދާގެ ދަށުން ކޯޓުން އިޚްތިޞާޞްއާމެދު ގޮތެއް ނިންމުމުން، |
|
ތިންވަނަ ފަރާތަކުން ހުށަހަޅާ ދަޢުވާ |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ތިންވަނަ ފަރާތަކުން ހުށަހަޅާ މައްސަލަ ބަލާނީ އެމައްސަލައަށް އައު ޤަޟިއްޔާ ނަންބަރެއް ދިނުމަށްފަހު، ފުރަތަމަ ހުށަހެޅުނު މައްސަލަ ބަލަމުންދާ ފަނޑިޔާރެވެ. |
||
ތިންވަނަ ބައި |
||||
ދަޢުވާކުރުމުގެ މުއްދަތުތައް |
||||
ދަޢުވާކުރުމުގެ މުއްދަތު |
|
މި ގަވާއިދުގެ ބޭނުމަށް ދަޢުވާކުރުމުގެ މުއްދަތުތައް ގުނާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. |
||
ތަރިކައާބެހޭ ދަޢުވާގެ މައްސަލަ |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރަނީގެ ތެރޭގައި ކޮންޓްރެކްޓުތަކުގެ ދަށުން އުފެދިފައިވާ އިލްތިޒާމުތަކާއި މުދަލުގެ މައްޗަށް އުފެދިފައިވާ ދަރަނިތަކެއް ނުހިމެނެއެވެ. |
||
ޖުޑިޝަލް ރިވިއުގެ ދަޢުވާ ހުށަހެޅުމުގެ މުއްދަތު |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅަކީ ވަކި ފަރާތެއްގެ މައްޗަށް އެޅި އިދާރީ ފިޔަވަޅެއް ކަމުގައިވާނަމަ، އެ ފިޔަވަޅު އެޅި ތާރީޚު ކަމުގައި ބަލާނީ އެ ފިޔަވަޅު އެޅިކަން އެ ފަރާތަށް އެނގުނު ތާރީޚެވެ. |
ހަތަރުވަނަ ބައި |
||||
ޚަޞްމުން އަދި ޚަޞްމުން ތަމްސީލުކުރުން |
||||
ދަޢުވާ ކުރުމުގެ ހައިސިއްޔަތު |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކޮންމެ ތަބީއީ ޝަޚުޞަކަށް، އަދި ޤާނޫނީ ޝަޚުޞަކަށް އެ ފަރާތެއް އަމިއްލައަށް ނުވަތަ އެ ފަރާތުން ޢައްޔަންކޮށް ކަނޑައަޅާ ޤާނޫނީ ވަކީލަކު މެދުވެރިކޮށް، ދަޢުވާއެއް އުފުލައި ނުވަތަ ދަޢުވާއެއް ދިފާޢުކޮށް ހެދިދާނެއެވެ. ނަމަވެސް، ކޯޓަށް ދަޢުވާއެއް ހުށަހެޅޭނީ |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަޢުވާގެ މާނައިގެ ތެރޭގައި އަމުރެއް ހޯދަން ހުށަހަޅާ ހުށަހެޅުމާއި މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުން ވެސް ހިމެނެއެވެ. |
|
ޖުޑިޝަލް ރިވިއުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ހައިސިއްޔަތު |
|
(ހ) |
ދަޢުވާކުރުމުގެ ހައިސިއްޔަތު އަންނަނިވި ގޮތަށް ލިބިފައިވާ ފަރާތަކަށް ޖުޑިޝަލް ރިވިއުގެ މައްސަލައެއްގައި ދަޢުވާކުރެވިދާނެއެވެ. |
|
|
|
(1) |
ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުމުއް ނުވަތަ އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން އެ ފަރާތެއްގެ ޙައްޤެއް ގެއްލިފައިވާ ފަރާތެއް؛ ނުވަތަ |
|
|
|
|
(2) |
ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުމުއް ނުވަތަ އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން މުޖުތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެ ކޮންމެ ފަރާތެއް؛ ނުވަތަ |
|
|
|
(3) |
ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުމުއް ނުވަތަ އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި އަސަރު ފޯރައިފާނެ ކޮންމެ ފަރާތެއް. |
ގިނަ ޚަޞްމުން މައްސަލަ ހުށަހެޅުން |
|
އެއް އަސާސެއްގެ މައްޗަށް ބިނާވެގެންވާ ދަޢުވާއެއް ނުވަތަ ދަޢުވާތަކެއް ހިމެނޭ މައްސަލަތަކުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެކުވެގެން، އެއް މައްސަލައެއްގެ ގޮތުގައި މި ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ. އަދި، އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް މައްސަލަ ރައްދުވާ ގޮތަށް ވެސް އެފަދަ މައްސަލަތައް މި ކޯޓަށް ހުށަހެޅިދާނެއެވެ. |
||
ދައުލަތް ތަމްސީލުކުރުން |
|
(ހ) |
ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކުގައި އަދި ދައުލަތުގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަ ނައިބު ނުވަތަ އޭނާ ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
|
|
|
(ށ) |
ދައުލަތް ތަމްސީލުކުރުމަށް ބަންޑާރަ ނާއިބުގެ ފަރާތުން ޤާނޫނީ ވަކީލުން ޢައްޔަންކުރާނީ މި ގަވާއިދުގެ 42 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކުންނެވެ. |
|
|
|
(ނ) |
ބަންޑާރަ ނާއިބުގެ މަޤާމު ހުސްވެފައިވާ ވަގުތުތަކުގައި ބަންޑާރަ ނާއިބުގެ އޮފީސް ހިންގަން ހަވާލުވެފައިވާ ވެރިއަކު ޢައްޔަންކުރާ ބަންޑާރަ ނާއިބު އޮފީހުގެ ޤާނޫނީ ވަކީލުންނަށް ކޯޓުގައި ދައުލަތް ތަމްސީލުކުރެވޭނެއެވެ. |
|
ޕާޓްނަޝިޕް |
|
ޕާޓްނަޝިޕެއް ކޯޓުގައި ތަމްސީލުކުރާނީ އެ ޕާޓްނަޝިޕަކުން ޢައްޔަންކުރާ ޕާޓްނަރަކު ނުވަތަ އެ ޕާޓްނަޝިޕަކުން ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
||
ކުންފުނި |
|
ކުންފުންޏެއް ކޯޓުގައި ތަމްސީލުކުރާނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޢައްޔަންކުރާ އެ ކުންފުނީގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
||
ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއް ނުވަތަ ކްލަބް |
|
ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ނުވަތަ ކްލަބެއް ކޯޓުގައި ތަމްސީލުކުރާނީ އެ ތަނެއްގެ ހިންގާ ކޮމިޓީން ޢައްޔަންކުރާ |
||
ސިޔާސީ ޕާޓީ |
|
ރަޖިސްޓްރީކުރެވިފައިވާ ސިޔާސީ ޕާޓީއެއް ކޯޓުގައި ތަމްސީލުކުރާނީ |
||
ކޮމިޝަން |
|
ޤާނޫނަކުން ވަކި ޤާނޫނީ ޝަޚުޞެއްގެ ގޮތުގައި އުފައްދާފައިވާ ކޮމިޝަނެއް ކޯޓުގައި ތަމްސީލުކުރާނީ އެ ކޮމިޝަނުން ޢައްޔަންކުރާ އެ ކޮމިޝަނެއް ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް ނުވަތަ އެ ކޮމިޝަނުން ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
||
ޤާނޫނީ ޝަޚްޞު |
|
ޤާނޫނަކުން ވަކި ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި އުފައްދާފައިވާ އޮތޯރިޓީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހިންގަނީ ޑިރެކްޓަރުންގެ ބޯޑަކުން ނުވަތަ ގަވަރނިންގ ބޯޑަކުން ކަމުގައިވާނަމަ، ކޯޓުގައި ތަމްސީލުކުރާނީ |
||
ޤާނޫނަކުން ޢައްޔަންކުރެވޭ މަޤާމުތައް |
|
ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިދޭގޮތަށް ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން މަޤާމެއް އުފައްދައި އެ މަޤާމު ފުރާނޭ މީހަކު ޢައްޔަން ކޮށްފައިވާނަމަ، އެ މީހަކު ކޯޓުގައި ތަމްސީލުކުރާނީ އޭނާ އަމިއްލައަށް ނުވަތަ އޭނާ ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
||
ލޯކަލް ކައުންސިލް |
|
ލޯކަލް ކައުންސިލުތައް ކޯޓުގައި ތަމްސީލުކުރާނީ އެ ކައުންސިލަކުން ޢައްޔަންކުރާ އެ ކައުންސިލެއްގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް ނުވަތަ އެ ކައުންސިލުން ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
||
ޕާޓްނަޝިޕަކުން ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުން |
|
(ހ) |
ޕާޓްނަޝިޕަކުން ދަޢުވާކުރާނަމަ އަދި ޕާޓްނަޝިޕެއްގެ މައްޗަށް ދަޢުވާލިބޭނަމަ އެކަން ކުރަންވާނީ ޕާޓްނަޝިޕްގެ ނަމުގައެވެ. ޕާޓްނަޝިޕްގެ ނަން ބަދަލުވެފައިވާނަމަ، ދަޢުވާ ބިނާކުރާ ސަބަބު މެދުވެރިއިރު ޕާޓްނަޝިޕްގެ ނަން ކަމުގައި އޮތް ނަން މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. |
|
|
|
(ށ) |
ޕާޓްނަޝިޕަކުން ދަޢުވާކުރާ ހާލަތުގައި ނުވަތަ ޕާޓްނަޝިޕެއްގެ މައްޗަށް ދަޢުވާލިބޭ ހާލަތުގައި، އަނެއް ޚަޞްމު ލިޔުމަކުން އެދިއްޖެނަމަ، ދަޢުވާގައި ހިމެނޭ ޙައްޤު އުފެދުނުއިރު |
|
ސޯލް ޕްރޮޕްރައިޓަރޝިޕް |
|
ސޯލް ޕްރޮޕްރައިޓަރޝިޕްއެއްގެ މައްޗަށް ދަޢުވާކުރާނަމަ ދަޢުވާ ކުރާނީ |
||
ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތައް |
|
(ހ) |
އެހެން ގޮތަކަށް ކޯޓުން އަމުރުކޮށްފައި ނުވާނަމަ، މަދަނީ މައްސަލަތަކުގައި ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ކޯޓުގައި ތަމްސީލުކުރާނީ އެ ކުޑަކުއްޖާ ނުވަތަ އެ ފަރާތުގެ ޝަރުޢީ ބަލަދުވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާ ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. ނަމަވެސް، ކުޑަކުއްޖާގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހާގެ ޤާނޫނީ ބަލަދުވެރިޔަކު ޢައްޔަނުކުރެވިފައިވާނަމަ ކޯޓުގައި އެ ފަރާތެއް ތަމްސީލުކުރާނީ އެ ފަރާތުގެ ޤާނޫނީ ބަލަދުވެރިޔާ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް އަމިއްލަ މަޞްލަޙަތު ފުށުއަރާ މައްސަލަތަކުގައި އެފަދަ ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކުން ޢައްޔަންކުރާ ޤާނޫނީ ވަކީލަކަށް ކޯޓުގައި ކުޑަކުއްޖަކު ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލުނުކުރެވޭނެއެވެ. މި ހާލަތުގައި ކުޑަކުއްޖާ ނުވަތަ ރައްކާތެރިކަން ލިބިގެންވާ |
|
|
|
(ނ) |
ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލުކުރާ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނަންވާނީ އެ ކުޑަކުއްޖާ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ރައްކާތެރިކުރުމަށެވެ. |
|
|
|
(ރ) |
މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ތަމްސީލުކުރާ މީހަކު، ކުޑަކުއްޖެއްގެ މައްޗަށް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއްގެ މައްޗަށް ދަޢުވާލިބޭ މައްސަލައެއްގައި އިޢުތިރާފުވެ، ނުވަތަ ޞުލްޙައިގެ ހައްލަކަށް އެއްބަސްވެ ޤަބޫލުކުރަންވާނީ ކޯޓުގެ ހުއްދައާއެކުގައެވެ. |
|
ތަރިކަ އާއި މުދަލުގެ މައްސަލަތަކުގައި އެއް ޚަޞްމަކު އެހެން ޙަޞްމެއް ތަމްސީލުކުރުން |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަރިކައިގެ މައްސަލަތަކުގައި އާއި، މުދަލާއި ބިން ބައިކުރުމުގެ މައްސަލަތަކުގައާއި ހިބަ އާއި ވަޞިއްޔަތުގެ މައްސަލަތަކުގައި، އެ މައްސަލައެއްގެ އެއް ޚަޞްމަކަށް އެ މައްސަލައިގެ އެހެން ޚަޞްމަކު ކޯޓުގައި ތަމްސީލުކުރެވިދާނެ އެވެ. އެހެންނަމަވެސް، ޢައްޔަންކުރެވޭ ޚަޞްމުގެ މަޞްލަޙަތު ފުށުއަރާނަމަ، އެއް ޚަޞްމަކަށް އަނެއް ޚަޞްމު ތަމްސީލުނުކުރެވޭނެއެވެ. މި މާއްދާގެ ދަށުން އެއް ޚަޞްމަކު އެ މައްސަލައިގެ އެހެން ޚަޞްމަކު ތަމްސީލުކުރާނަމަ، މި ގަވާއިދުގެ 42 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންވާނެއެވެ. |
||
އެކުގައި މަޞްލަޙަތު ހިމެނޭ ޚަޞްމަކު އެހެން ޙަޞްމެއް ތަމްސީލުކުރުން |
|
މަދަނީ އިޖުރާއަތު ޤާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ އިތުރުން އެހެނިހެން މަދަނީ މައްސަލަތަކުގައި ވެސް އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މަޞްލަޙަތު އެކުގައި ހިމެނޭނަމަ، އޭނާ އެ މައްސަލައިގައި ކޯޓުގައި ތަމްސީލުކުރުމަށް އޭނާއާއެކު އެ މައްސަލައިގައި އެއް މަޞްލަޙަތެއް ހިމެނޭ އެހެން މީހަކު ޢައްޔަނުކުރެވިދާނެ އެވެ. މި މާއްދާގެ ދަށުން އެއް ޚަޞްމަކު |
||
މަޞްލަޙަތު ހިމެނޭ ހުރިހާ ފަރާތެއް ޚަޞްމުންގެ ގޮތުގައި ހިމެނުން |
|
(ހ) |
ކޯޓަށް ހުށަހެޅިފައިވާ ދަޢުވާ ނުވަތަ މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމައަށް އަދި މުޅިން ނިންމުމަށްޓަކައި އެ ޤަޟިއްޔާގެ ޚަޞްމުންގެ ގޮތުގައި ކޮންމެހެން ބައިވެރިވާންޖެހޭނޭ އެންމެހައި ފަރާތްތައް އެ ޤަޟިއްޔާގެ ޚަޞްމުންގެ ގޮތުގައި ހިމަނަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގެ މަޤުޞަދަށްޓަކައި، ދަޢުވާކުރާ ފަރާތުން ކުރާ ދަޢުވާގައި ހިމެނޭ ޙައްޤަކީ އެ ފަރާތާއެކު ނުވަތަ އެ ފަރާތުގެ އިތުރަށް އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބެންވާ ޙައްޤެއް ނުވަތަ ޙައްޤުތަކެއް ހިމެނޭ ދަޢުވާއެއްނަމަ، އެ ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތްތަކުގެ ގޮތުގައި އެފަދަ ހުރިހާ ފަރާތްތަކެއް ހިމަނަންވާނެއެވެ. ޤަޟިއްޔާގެ ޚަޞްމުންގެ ގޮތުގައި ހިމަނަންޖެހޭ ކަމަށް ޤަބޫލުކުރެވޭ މީހަކު ދަޢުވާކުރާ ފަރާތެއްގެ ގޮތުގައި އެ ޤަޟިއްޔާގައި ހިމެނުމަށް އިޢުތިރާޟުކުރާނަމަ، އެ މީހަކު އެ ޤަޟިއްޔާގެ ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމެނިދާނެއެވެ. |
|
|
|
(ނ) |
ކޯޓަށް ހުށަހެޅިފައިވާ ދަޢުވާ ނުވަތަ މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމައަށް އަދި މުޅިން ނިންމުމަށްޓަކައި ޤަޟިއްޔާގެ ޙަޞްމެއްގެ ގޮތުގައި ހިމަނަންޖެހޭ ފަރާތެއް ކަމަށް ކޯޓަށް ފެންނަ ފަރާތްތައް ޚަޞްމެއްގެ ގޮތުގައި ޤަޟިއްޔާގައި ހިމެނުމަށް ކޯޓުން ދަޢުވާކުރާ ފަރާތަށް އަމުރުކުރަންވާނެއެވެ. |
|
|
|
(ރ) |
މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި ހިމަނާފައިވާ މީހަކު |
|
މައްސަލައެއްގެ ތެރެއަށް ތަދައްޚުލުވުމަށް އެދި ހުށަހެޅުން |
|
(ހ) |
ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މަޞްލަޙަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައަކަށް ތަދައްޚުލުވުމަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އެ މައްސަލައިގައި ތަދައްޚުލުވުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން މައްސަލައަކަށް ތަދައްޚުލުވުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 23 އިންނެވެ. |
|
|
|
(ނ) |
މައްސަލައަކަށް ތަދައްޚުލުވުމަށް އެދި ހުށަހަޅާ ފަރާތުން ތަދައްޚުލުވުމަށް އެދި ހުށަހަޅަނީ ދަޢުވާކުރާ ފަރާތެއްގެ ގޮތުގައިކަން ނުވަތަ ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައިކަން ތަދައްޚުލުވުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. |
|
|
|
(ރ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ތަދައްޚުލުވުމަށް އެދި ހުށަހެޅުމުން އެ މައްސަލައަށް ތަދައްޚުލުކުރެވޭނީ، މި ގަވާއިދުގެ އެޕެންޑިކްސް D ގައި އެކަމަށް ބަޔާންކޮށްފައިވާ ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. |
|
ތަދައްޚުލުވުމަށް އެދި ހުށަހެޅުމުގެ މުއްދަތު |
|
ޤަޟިއްޔާއެއްގައި ޚަޞްމަކު ހިމެނުމަށް ނުވަތަ ޤަޟިއްޔާއަށް އެއްވެސް ފަރާތެއް އިތުރުކުރުމަށް ނުވަތަ ތަދައްޚުލުވުމަށް އެދޭނަމަ އެފަދަ ހުށަހެޅުމެއް ހުށަހެޅޭނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަރުޙަލާތައް ނިމުމުގެ ކުރިންނެވެ. މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފެށުމަށްފަހު އެފަދަ ހުށަހެޅުމެއް ބަލައިގަނެވޭނީ އޭގެ ކުރިން އެ ހުށަހެޅުން ހުށަނޭޅުނީ މަޤުބޫލު ސަބަބެއް އޮވެގެންކަން ކޯޓަށް ޤަބޫލުކުރެވޭ މިންވަރަށް ސާބިތުކޮށް ދިނުމުންނެވެ. |
||
ތަދައްޚުލުވާ ފަރާތް ޙާޟިރުނުވުން |
|
މައްސަލައަކަށް ތަދައްޚުލްވުމަށް އެދި ހުށަހެޅުމުން ތަދައްޚުލްވުމުގެ ހުއްދަދެވި، އެ ފަރާތެއް ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ޢަމަލުކުރާނީ ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުމުން ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. |
||
އެކުގައި އަދި ވަކިން ދަރަންޏަށް ޒިންމާވުން |
|
ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ ދަޢުވާލިބޭ ފަރާތްތަކަކީ އެކުގައި އަދި ވަކިން ވެސް ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއްނަމަ، އެ ދަޢުވާއެއް ހުށަހަޅާނީ އެ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތުގެ މަތިންނެވެ. |
||
ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމަކު ވަކިކުރުން |
|
(ހ) |
ޤަޟިއްޔާއެއްގައި، ޚަޞްމެއްގެ ގޮތުގައި ހިމެނިފައިވާ ފަރާތެއް ހިމެނިފައި އޮތުމުގެ ސަބަބުން ޝަރީޢަތް ހިންގުން ލަސްވާނެ ކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެކަމުގެ ސަބަބުން ޤަޟިއްޔާގައި ހިމެނޭ ޚަޞްމެއްގެ ޙައްޤަކަށް އުނިކަން ލިބޭކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އެ ޚަޞްމަކު އެ ޤަޟިއްޔާއިން ވަކިކޮށް، އެ ގޮތުން ވަކިކުރެވޭ ޚަޞްމުގެ ބައި ވަކި ޤަޟިއްޔާއެއްގެ ގޮތުގައި ބެލުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ށ) |
ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ނުވަތަ މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނާފައިވާ ފަރާތެއްގެ ބައި، |
|
ދެ ޤަޟިއްޔާއެކީ ޙުކުމްކުރުން |
|
(ހ) |
އަންނަނިވި ޙާލަތްތަކުގައި، ދެ ޤަޟިއްޔާއަކުން ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ނުވަތަ ދެ ދަޢުވާއެއް ބަލައި ޙުކުމްކުރަންވާނީ ދެ ޤަޟިއްޔާ އެއްކޮށް، އެކުއެކީގައެވެ. |
|
|
|
|
(1) |
ދެ ދަޢުވާގައި ނުވަތަ ދެ މައްސަލައިގައި ވެސް ހިމެނޭ ސުވާލަކީ އެއް ސުވާލެއް ކަމަށް ވުން؛ ނުވަތަ |
|
|
|
(2) |
އެއް ޤަޟިއްޔާގައި ކުރާ ޙުކުމުން އަނެއް ޤަޟިއްޔާގެ ޙުކުމަށް އަސަރުކުރާނެނަމަ ނުވަތަ އެއް މައްސަލަ ނިމުމުން އަނެއް މައްސަލަ ވެސް ނިމޭނެ ކަމަށް ވުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި މައްސަލަ ހުށަހަޅާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ރުހުން އޮންނަން ނުޖެހޭނެއެވެ. |
|
ގުޅުންހުރި ދެ ޤަޟިއްޔާ |
|
ކޯޓަށް ހުށަހެޅިފައިވާ ދެ ޤަޟިއްޔާއަކީ ކޯޓުގެ ނަޒަރުގައި ގުޅުންހުރި |
||
ޤާނޫނީ ވަކީލުން ޢައްޔަންކުރުން |
|
(ހ) |
މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައެޅިފައިނުވާނަމަ، ޚަޞްމުން ތަމްސީލުކުރުމަށް ޤާނޫނީ ވަކީލުން ޢައްޔަންކުރުމުގައި، ޤާނޫނީ ވަކީލުން ކަމުގައި ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ހުއްދަ ލިބިފައިވާ އަންނަނިވި ފަރާތްތައް ކަނޑައެޅިދާނެއެވެ. |
|
|
|
|
(1) |
ލީގަލް ޕްރެކްޓިސް؛ |
|
|
|
(2) |
ލޯ ފަރމް؛ |
|
|
|
(3) |
ކުންފުންޏެއްގެ ނުވަތަ މުއައްސަސާއެއްގެ އިން-ހައުސް ލީގަލް ކައުންސެލް؛ |
|
|
|
(4) |
ޤާނޫނީ ޚިދުމަތް ދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއަކުން ޢައްޔަންކުރާ، ޤާނޫނީ ވަކީލުން؛ |
|
|
(ށ) |
ކުންފުންޏެއްގެ ނުވަތަ އެހެން މުއައްސަސާއެއްގެ އިން-ހައުސް ލީގަލް ކައުންސެލްއަށް އެ ހައިސިއްޔަތުން ކޯޓަށް ޙާޟިރުވެވޭނީ ހަމައެކަނި އޭނާ ވަޒީފާއަދާކުރާ ކުންފުނީގެ ނުވަތަ މުއައްސަސާގެ ފަރާތުންނެވެ. |
|
|
|
(ނ) |
ޙަޞްމެއްގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ލޯ ފާރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ޢައްޔަން ކުރެވިފައިވާނަމަ، ޤާނޫނީ ވަކީލުން ކޯޓަށް ޙާޟިރުވާނީ އެ ލޯ ފަރމްގެ ފަރާތުން ނުވަތަ ލީގަލް ޕްރެކްޓިސްގެ ފަރާތުންނެވެ. |
|
|
|
(ރ) |
މަދަނީ މައްސަލައެއްގައި ޙަޞްމެއްގެ ފަރާތުން ޤާނޫނީ ވަކީލަކު ކޯޓަށް ޙާޟިރުވާއިރު މުވައްކިލު ނުވަތަ މުވައްކިލުގެ ޤާނޫނީ ވަކީލު(ން) ފިޔަވައި އެހެން މީހަކު ކޯޓަށް ޙާޟިރުވުން ލާޒިމެއް ނޫނެވެ. |
|
|
|
(ބ) |
ޚަޞްމަކު ތަމްސީލުކުރަން ލީގަލް ޕްރެކްޓިސެއް ޢައްޔަންކުރާނަމަ ކޯޓަށް ޙާޟިރުވާނީ އެ މީހެއްގެ ނަމުގައި އެ ލީގަލް ޕްރެކްޓިސް ރަޖިސްޓްރީ ކޮށްފައިވާ ޤާނޫނީ ވަކީލެވެ. |
|
|
|
(ޅ) |
ޚަޞްމެއް ތަމްސީލުކުރަން ޢައްޔަންކުރަނީ ލޯ ފަރމެއްނަމަ، ކޯޓަށް ޙާޟިރުވާނީ އެ ލޯ ފަރމަކުން ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ. |
|
|
|
(ކ) |
ލޯ ފަރމްތަކުންނާއި ލީގަލް ޕްރެކްޓިސްތަކުންނާއި ޤާނޫނީ ވަކީލުންނަށް ކޯޓުގައި ޚަޞްމުން ތަމްސީލުކުރެވޭނީ އަންނަނިވި ގޮތްތަކުންކުރެ ކޮންމެ ވެސް އެއް ގޮތަކަށް ބާރުލިބިގެންނެވެ. |
|
|
|
|
(1) |
ޕަވަރ އޮފް އެޓަރނީ ލިބިފައި އޮތުން؛ |
|
|
|
(2) |
މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ލިޔުމަކުން ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ނުވަތަ ޤާނޫނީ ވަކީލު ޢައްޔަންކޮށްފައި އޮތުން؛ |
|
|
|
(3) |
މުއައްސަސާއެއްގެ ނުވަތަ ޤާނޫނީ ޝަޚްޞުގެ ޤަރާރަކުން ޢައްޔަންކޮށްފައި އޮތުން؛ |
|
|
(އ) |
މި މާއްދާގެ (ކ) ގެ (1)، (2)، އަދި (3) ވަނަ ނަންބަރުގައި ބުނާ ޕަވަރ އޮފް އެޓަރނީ ނުވަތަ ޢައްޔަންކުރުމުގެ ލިޔުމުގައި ނުވަތަ ޤަރާރުގައި އަންނަނިވި ބައިތައް ފުރިހަމަވާންވާނެއެވެ. |
|
|
|
|
(1) |
ޢައްޔަންކުރާ ފަރާތުގެ ނަން؛ |
|
|
|
(2) |
ޢައްޔަންކުރެވޭ ފަރާތުގެ ނަން؛ |
|
|
|
(3) |
ޢައްޔަންކުރެވޭ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފްސީލު؛ (ގަވާއިދުގެ އެޕެންޑިކްސް J ގައިވާ ގޮތަށް) |
|
|
|
(4) |
ޢައްޔަންކުރެވޭ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާއި ގުޅިގެން ކުރާ ކަންކަމާއި ކޯޓުގައި ދައްކާ ވާހަކަތައް އޭނާ އަމިއްލައަށް އެ ކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެކަންކަން ޤަބޫލުކޮށް ތަސްދީޤުކުރާކަން؛ |
|
|
|
(5) |
ޢައްޔަންކުރި ތާރީޚް؛ |
|
|
|
(6) |
ޢައްޔަންކުރި ފަރާތުގެ ސޮއި އަދި އިނގިލީގެ ނިޝާން/ރަސްމީ ތައްގަނޑު؛ |
|
|
|
(7) |
ހެކިންގެ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، އުމުރު އަދި އިނގިލީގެ ނިޝާނާއި ސޮއި ނުވަތަ، ނޯޓަރީ ޕަބްލިކުގެ ފަރާތުން ނޯޓަރައިސް ކޮށްފައި އޮތުން. |
|
|
|
(8) |
ޢައްޔަންކުރެވޭ ޤާނޫނީ ވަކީލުގެ ތަފްސީލު، ސޮއި އަދި އިނގިލީގެ ނިޝާން. |
|
|
(ވ) |
ޤާނޫނީ ވަކީލު ޢައްޔަންކުރަނީ ނުވަތަ ޕަވަރ އޮފް އެޓަރނީ ދެނީ ޤާނޫނީ ޝަޚްޞަކުން ކަމަށް ވާނަމަ، ޕަވަރ އޮފް އެޓާރނީ ނުވަތަ ޢައްޔަންކުރުމުގެ ލިޔުމާއެކު މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެނގޭނެ ގޮތަށް އެ އެ ތަނެއްގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ކޮމިޝަނުން ނުވަތަ ކައުންސިލުން އެކަމަށްޓަކައި ފާސްކޮށްފައިވާ ޤަރާރު ކޯޓަށް ހުށަހަޅަންވާނެއެވެ. |
|
ކުންފުނި، ޖަމްޢިއްޔާ، ޤާނޫނީ ޝަޚްޞުން ތަމްސީލުކުރުން |
|
(ހ) |
ކޯޓުގައި އެ ފަރާތެއް ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ބަދަލުގައި އެ ޝަޚުޞަކުން އަމިއްލައަށް ކޯޓަށް ޙާޟިރުވުމަށް އެ ޝަޚުޞުގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހަކު ޢައްޔަން ކުރާނަމަ، ނުވަތަ އެ ޝަޚުޞެއް ކޯޓުގައި ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރާނަމަ، އެ ފަރާތެއް ޢައްޔަންކުރާނީ އެ ޤާނޫނީ ޝަޚްޞަކުން ފާސްކޮށްފައިވާ ޤަރާރަކުންނެވެ. އަދި ހުއްދަކުރާ ޤަރާރުގައި އަންނަނިވި މަޢުލޫމާތު ހުންނަންވާނެއެވެ. |
|
|
|
|
(1) |
ޤާނޫނީ ޝަޚްޞުގެ ފުރިހަމަ ނަން؛ |
|
|
|
(2) |
ރަޖިސްޓްރީކުރެވިފައިވާ އެޑްރެސް އަދި ރަޖިސްޓްރީ ނަންބަރު؛ |
|
|
|
(3) |
ކުންފުންޏެއްނަމަ ޑިރެކްޓަރުންގެ ޖުމުލަ އަދަދު؛ |
|
|
|
(4) |
ޕާޓްނަރޝިޕެއްނަމަ ޕާޓްނަރުންގެ ޖުމުލަ އަދަދު؛ |
|
|
|
(5) |
މިނިވަން މުއައްސަސާއެއްނަމަ މެންބަރުންގެ ޖުމުލަ އަދަދު؛ |
|
|
|
(6) |
ކުލަބު ނުވަތަ ޖަމްޢިއްޔާއެއްނަމަ ހިންގާ ކޮމިޓީގެ މެންބަރުގެ ޖުމުލަ އަދަދު؛ |
|
|
|
(7) |
ކޯރަމް ހަމަވާ ޢަދަދު؛ |
|
|
|
(8) |
ބައްދަލުވުމުގެ ބައިވެރިންގެ އަދަދު؛ |
|
|
|
(9) |
ޖަލްސާ ބޭއްވުނު ތާރީޚާއި، ތަނާއި، ވަގުތު، އޮންލައިން ޕްލެޓްފޯމެއްގައި ކޯލް އިނީޝިއޭޓްކުރި ފަރާތާއި އިންތިޒާމުކުރި ތަން؛ |
|
|
|
(10) |
ކަނޑައެޅި ނިމިފައިވާ ގޮތް؛ |
|
|
|
(12) |
މި ޤަރާރުގެ ދަށުން ކޯޓަށް ޙާޟިރުވާ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފްސީލާއި، އެ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާއި ގުޅިގެން ކުރާ ކަންކަމާއި ކޯޓުގައި ދައްކާ ވާހަކަތައް އޭނާ އަމިއްލައަށް އެ ކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެ |
|
|
|
(13) |
ޙާޟިރުވި މެންބަރުންގެ ނަމާއި ސޮއި؛ |
|
|
|
(14) |
ސިއްކަ؛ |
|
|
|
(15) |
ފާސްކުރި ތާރީޚު؛ |
|
|
|
(16) |
ޢައްޔަންކުރެވޭ މީހާގެ މަޤާމް. |
|
|
(ށ) |
ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ޤާނޫނީ ޝަޚްޞަކުން ކޯޓުގެ ޤަޟިއްޔާއަކަށް ޙާޟިރުވާނެ ފަރާތެއް ހަމަޖެއްސުމަށް ފާސްކުރާ ރިޒޮލިއުޝަން ނުވަތަ ޤަރާރު ނުވަތަ އެކަށައަޅާ ލިޔުން ކޯޓުން ޤަބޫލުކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވާގޮތަށް އެ ލިޔުމެއް އޮތްނަމައެވެ. އަދި، އެ ޚަޞްމަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޤާނޫނީ ޝަޚްޞެއްކަމުގައި ނުވާނަމަ، އެފަދަ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅާ ޤަރާރު ނުވަތަ ނިންމުން އޮންނަންވާނީ އެ ލިޔުން ދޫކުރި ޤައުމުގެ ނޯޓަރީއަކު ނޯޓަރައިޒްކޮށްފައެވެ. |
|
|
|
(ނ) |
ފަރުދެއް ނުވަތަ ޤާނޫނީ ޝަޚްޞަކުން ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތަށް ކޯޓަށް ޙާޟިރުވުމަށް އެހެން ފަރާތެއް ހަމަނުޖެއްސޭނެއެވެ. އަދި ފަރުދެއް ނުވަތަ ޤާނޫނީ ޝަޚްޞެއް ތަމްސީލުކުރުމަށް ޢައްޔަންކުރާނެ ފަރާތެއް ހަމަޖެއްސުމުގެ ބާރު ލިބިފައިވާ މީހަކަށް އެ ބާރު އެހެން މީހަކާ ހަވާލެއް ނުކުރެވޭނެއެވެ. ނަމަވެސް، ޚަޞްމަކު ތަމްސީލުކުރުމަށް ލޯ ފާރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ނުވަތަ ހިލޭ ސާބަހަށް ޤާނޫނީ ޚިދުމަތްދޭ ޖަމްއިއްޔާއެއް ޢައްޔަންކޮށްފައިވާ ހާލަތުގައި އެ ފަރމްއެއްގެ ނުވަތަ ޕްރެކްޓިސްއެއްގެ ނުވަތަ ޖަމްއިއްޔާގެ ފަރާތުން ޙާޟިރުވާނޭ ވަކީލަކު އެ ތަނުން ކަނޑައެޅުމަކަށް ހުރަހެއް ނެތެވެ. |
|
|
|
(ރ) |
ޕަވަރ އޮފް އެޓަރނީއަކުން ނުވަތަ އެ މީހެއްގެ ޤަރާރަކުން ކޯޓަށް ޙާޟިރުވުމަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ބާރު އެ ތަނުގެ މަޤާމެއްގައި ހުންނަ މީހަކަށް، އެ ތަނެއް އުފެއްދި ޤާނޫނުގައި ނުވަތަ އެ ތަނެއްގެ ދުސްތޫރުގައި ނުވަތަ ހިންގާ ގަވާއިދުގައި ލިބިދީފައިވާނަމަ، އެ ބާރުގެ ދަށުން ޤާނޫނީ ވަކީލުން ޢައްޔަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. |
|
ޢައްޔަންވެވޭ ފަރާތް ވަކި ލިޔުމަކުން އެއްބަސްވުން |
|
ޤާނޫނީ ވަކީލު ޢައްޔަންކުރާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓުގައި ޚަޞްމު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލު ޤަބޫލުކުރާކަމަށް އެ ލިޔުމުގައި ބަޔާންކޮށް، އެ ލިޔުމުގައި ސޮއިކުރުމުގެ ބަދަލުގައި، ޚަޞްމު ތަމްސީލުކުރަން ޤާނޫނީ ވަކީލު ޤަބޫލުކުރާކަން ވަކި ލިޔުމަކުން ކޯޓަށް އެންގުމުގެ އިޚްތިޔާރު ޤާނޫނީ ވަކީލަށް ލިބިގެންވެއެވެ. |
||
ތަމްސީލު ކުރަމުންދާ މައްސަލައަކުން ތަނާޒުލުވުން |
|
(ހ) |
ޤާނޫނީ ވަކީލަކު ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޚަޞްމަކު ތަމްސީލުކުރުމަށް ހަމަޖައްސާފައިވާ ފަރާތެއް އެކަށީގެންވާ ސަބަބެއް ނެތި އަދި އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދިނުމަކާ ނުލައި އެ މައްސަލައަކުން ތަނާޒުލުވެގެން ނުވާނެއެވެ. އަދި، މައްސަލައަކުން ތަނާޒުލުވާން ޖެހިއްޖެނަމަ، އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައިވާ ދުވަހުގެ މަދުވެގެން ރަސްމީ |
|
|
|
(ށ) |
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 24 ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. |
|
|
|
(ނ) |
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޚަޞްމަކު ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، |
|
ވަކީލުން ސުލޫކީ މިންގަނޑާ ޚިލާފުވުން |
|
(ހ) |
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޚަޞްމަކު ތަމްސީލުކުރުމަށް ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަކު، ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ކަމަށް ބެލެވޭނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ށ) |
ހިނގަމުންދާ ޝަރީޢަތެއްގައި މައްސަލަ ހިންގުމަށް ޤާނޫނީ ވަކީލަކު ދަތިކުރާނަމަ ނުވަތަ މައްސަލަ ލަސްކުރާނަމަ، ނުވަތަ މައްސަލައިގެ އެކިއެކި އިޖުރާއަތުތައް ހިންގުމަށް ކޯޓުން ކަނޑައަޅާ ސުންގަޑިތަކާ އެއްގޮތަށް ކަންކަން ނުކުރާނަމަ، ނުވަތަ ކޯޓުގައި އަދަބާ ޚިލާފު ޢަމަލެއް ހިންގާނަމަ ނުވަތަ އެކަށީގެންނުވާ ބަސްމަގު ބޭނުންކުރާނަމަ، ނުވަތަ ޝަރީޢަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން މައްސަލަ ބަލާ މެޖިސްޓްރޭޓަށް ފާހަގަވެއްޖެނަމަ، ކަނޑައެޅޭ ވަކި މުއްދަތަކަށް އެ ވަކީލު އެ މައްސަލައެއްގައި ކޯޓަށް ޙާޟިރު ނުވެވޭ ގޮތް ހެދުމާއި އެ ވަކީލު ބަދަލުކުރުމަށް އެންގުމުގެ އިޚްތިޔާރު އެ މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ. އަދި އެ ފަރާތަކާމެދު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ. |
|
|
|
(ނ) |
މި ގަވާއިދުގައި ބަޔާންކުރާ ވަކީލުންގެ ސުލޫކީ މިންގަނޑު ބެލުމުގައި ކޯޓުތަކުން ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅާފައިވާ ގަވާއިދު ނަންބަރު 2021/R-118 )ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ ހަމަތަކަށެވެ. |
|
ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރާނޭ ވަގުތު |
|
(ހ) |
މަދަނީ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތުން ޤާނޫނީ ވަކީލަކު ޢައްޔަންކުރާ ލިޔުން ހުށަހަޅާނީ ދަޢުވާ ފޯމާއެކުގައެވެ. ދަޢުވާލިބޭ ފަރާތުން ޤާނޫނީ ވަކީލަކު ޢައްޔަންކުރާ ލިޔުން ކޯޓަށް ހުށަހަޅާނީ ދަޢުވާގެ ރައްދު ހުށަހަޅާ ފޯމާއެކުގައެވެ. އަދި މައްސަލައަކަށް ތަދައްޚުލުވާ ފަރާތްތަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން މައްސަލައަށް އިތުރުކުރެވޭ ޚަޞްމުން ޤާނޫނީ ވަކީލަކު ޢައްޔަންކުރާނަމަ، އެކަމަށް އެދި ހުށަހަޅާ ފޯމު ކޯޓަށް ހުށަހަޅާއިރު، ޤާނޫނީ ވަކީލު ޢައްޔަންކުރާ ލިޔުން ކޯޓަށް ހުށަހަޅަންވާނެއެވެ. |
|
|
|
(ށ) |
ޚަޞްމަކު ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅިފައިނުވާނަމަ، ކޯޓުގެ އެންމެހައި މަރުޙަލާތަކަށް އެ ޚަޞްމަކު އަމިއްލައަށް ޙާޟިރުވުމަށްޓަކައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާނީ ސީދާ އެ ޚަޞްމަށެވެ. ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިވާނަމަ ޙާޟިރުވުމުގެ އަމުރު ފޮނުވާނީ ހަމައެކަނި ޤާނޫނީ ވަކީލަށެވެ. ނަމަވެސް، ޤާނޫނީ ވަކީލަށް ޙާޟިރުވުމުގެ އަމުރު ރައްދުނުކުރެވިއްޖެނަމަ، ޙާޟިރުވުމުގެ އަމުރު ސީދާ ޚަޞްމަށް ފޮނުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. |
|
|
|
(ނ) |
ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިވާނަމަ، ޚަޞްމުގެ ފަރާތުން ކޯޓަށް ހުށަހަޅާ އެންމެހައި ލިޔުންތަކުގައި ސޮއިކުރާނީ ޤާނޫނީ ވަކީލެވެ. |
|
ތިން ލައްކަ ރުފިޔާއަށްވުރެ ކުދި މަދަނީ މައްސަލަ |
|
ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ތެރެއިން 300,000 (ތިން ލައްކަ) ރުފިޔާއަށްވުރެ ކުޑަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލަތަކުގައާއި ޚަޞްމެއްގެ ބަލި ހާލަތު ހުރިގޮތުން ކޯޓަށް ޙާޟިރުވުމަށް އުޒުރުވެރިވާ ސިއްހީ ހާލަތެއް ހުރިކަމަށް ޑޮކްޓަރަކު ބަޔާންކުރާ ހާލަތުގައި، އެ ޚަޞްމެއްގެ ދަރިއަކަށް ނުވަތަ މަންމައަށް ނުވަތަ ބައްޕައަށް ނުވަތަ އެއްބަނޑުއެއްބަފާ އުޚްތަކަށް ނުވަތަ އަޚަކަށް އެ ޚަޞްމެއް ކޯޓުގައި ތަމްސީލުކުރެވިދާނެއެވެ. މިގޮތަށް ޚަޞްމަކު ތަމްސީލުކުރާނޭ ފަރާތެއް ޢައްޔަންކުރާނަމަ، އެ ފަރާތެއް ޢައްޔަންކުރާނީ މި ގަވާއިދުގެ 42 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ލިޔުމަކުންނެވެ. |
||
ވަކީލު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތެއް ވަކިކުރުން |
|
(ހ) |
ޚަޞްމަކު ތަމްސީލުކުރަން ޢައްޔަންކޮށްފައިވާ ފަރާތް އަންނަނިވި ޙާލަތްތަކުގައި ވަކިކުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
|
(1) |
ޝަރީޢަތުގެ ނިޒާމާ ޚިލާފުވެގެން ފިޔަވަޅެއް އަޅަންޖެހުން؛ |
|
|
|
(2) |
ކޯޓުގެ ޙުރުމަތް ކެނޑުން؛ |
|
|
|
(3) |
މުވައްކިލުގެ ފަރާތުން ޝަރީޢަތަށް ދޭންޖެހޭ މަޢުލޫމާތެއް ދީފައިނުވާކަމަށް ތަމްސީލުކުރާ ފަރާތަކުން ބުނުން؛ |
|
|
|
(4) |
ތަމްސީލުކުރާ ފަރާތެއް ނުވަތަ ވަކީލު ކެންސަލްކުރުމަށް މުވައްކިލު އެދުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތަށް ތަމްސީލުކުރާ ފަރާތެއް ނުވަތަ ވަކީލު ވަކިކޮށްފިނަމަ ވަކިކުރި ސަބަބާއެކު މައްސަލައިގެ ފައިލުގައި އެކަން ނޯޓުކުރަންވާނެއެވެ. |
|
ޚަޞްމަކު ނިޔާވުން |
|
(ހ) |
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޚަޞްމަކު ނިޔާވެއްޖެނަމަ އެކަން ލަސްނުކޮށް އެ ފަރާތް ތަމްސީލުކުރާ ފަރާތުން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ. |
|
|
|
(ށ) |
ޚަޞްމަކު ނިޔާވެއްޖެކަން ކޯޓަށް އެނގޭ ދުވަހުން ފެށިގެން |
|
|
|
(ނ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މައްސަލައެއްގެ ޚަޞްމަކު ނިޔާވެއްޖެނަމަ، މަރުހޫމުގެ ވާރިޘުންގެ ފަރާތުން ވާރިޘުން ސާބިތުކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅައި އެ މައްސަލަ ކޯޓުން ނިންމާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ކޯޓަކަށް އަންގަންވާނެ އެވެ. |
|
|
|
(ރ) |
ހިނގަމުންދާ މައްސަލައިގައި ޚަޞްމަކު ނިޔާވެއްޖެނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވާރިޘުން ކަނޑައެޅުމުގެ އިޖުރާއަތު އެ މައްސަލައެއް ބަލަމުން ގެންދާ މެޖިސްޓްރޭޓް އެ މައްސަލައިގެ ތެރޭގައި ފުރިހަމަކުރުމަކީ ހުއްދަކަމެކެވެ. |
|
ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް |
|
(ހ) |
ޤާނޫނެއްގެ ދަށުން މަދަނީ ދަޢުވާތަކުން އިމްތިޔާޒް ލިބިގެންވާނަމަ ނުވަތަ ދިވެހިރާއްޖޭގައި ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާނަމަ، އެފަދަ ފަރާތެއްގެ މައްޗަށް މަދަނީ އެއްވެސް ދަޢުވާއެއް އުފުލައިގެންނުވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކުގެ މައްޗަށް މަދަނީ ދަޢުވާ އުފުލައިގެން ނުވާނެކަމުގައި ބަޔާންކޮށްފައި ވީނަމަވެސް އަންނަނިވި ޙާލަތްތަކުގައި ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ފަރާތްތަކަށް ލިބިފައިވާ |
|
|
|
|
(1) |
ކުރިން ލިޔުމުން އެއްބަސްވެފައި އޮތުން؛ |
|
|
|
(2) |
ޑިޕްލޮމެޓިކް އިމްތިޔާޒު ބޭނުންނުކޮށް ކޯޓަކަށް ދަޢުވާއެއް ހުށަހެޅުން؛ |
|
|
|
(3) |
އެ ފަރާތުގެ މައްޗަށް ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކޯޓުގެ އިޚްތިޞާޞް ޤަބޫލުކޮށް ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ޖަވާބުދިނުމަށް ޤަބޫލުކުރުން؛ |
|
|
|
(4) |
އިމްތިޔާޒު ލިބިގަތުމަށް އަޅާ ފިޔަވަޅެއް ފިޔަވައި، އެހެން އެއްވެސް ގޮތަކަށް އެ މައްސަލައަށް ތަދައްޚުލުވުންފަދަ ގޮތަކަށް އެ މައްސަލައިގައި ބައިވެރިވުން. |
ފަސްވަނަ ބައި |
||||
ދަޢުވާ ހުށަހެޅުން |
||||
ދަޢުވާކުރުމުގެ ކުރިން ނޯޓިސް ދިނުން |
|
(ހ) |
ދަޢުވާކުރާ ފަރާތުން ކޯޓަށް ދަޢުވާ ހުށަހަޅާ ތާރީޚުގެ މަދުވެގެން ރަސްމީ 7 (ހަތެއް) ދުވަސް ކުރިން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭގޮތުން ދަޢުވާ ކުރަން އެދޭކަން ހާމަކޮށް ސިޓީއަކުން ދަޢުވާ ރައްދުކުރަން ގަސްތުކުރާ ފަރާތަށް ނޯޓިސް ދޭންވާނެއެވެ. މުއާސަލާތް ނުކުރެވޭ ޙާލަތުގައި ދަޢުވާއެއް ކުރުމަށް ހުރަސްއަޅާ މާއްދާއެއް ކަމުގައި މި މާއްދާ މާނަކޮށްގެން ނުވާނެއެވެ. އަދި އަވަސް މައްސަލައެއް ކަމަށް ވާނަމަ މިފަދަ ނޯޓިހެއް ދިނުން ލާޒިމު ނުވާނެއެވެ. |
|
|
|
|
(1) |
ހުށަހަޅަން ގަސްތުކުރާ ދަޢުވާގެ ޚުލާޞާ؛ |
|
|
|
(2) |
ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ކިބައިން އެދޭގޮތް؛ |
|
|
|
(3) |
މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ ނިޔަތް އޮތްކަން. |
|
|
(ށ) |
ކޯޓުގެ ވަގުތީ ފަރުވާގެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހަޅުމުގެ ކުރިން ނުވަތަ އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކާ ގުޅިގެން ދަޢުވާކުރުމުގެ ކުރިން ފޮނުވަންޖެހޭ ނޯޓިސް ފޮނުވަން ނުޖެހޭނެއެވެ. |
|
|
|
(ނ) |
ދަޢުވާ ރައްދުކުރަން ގަސްތުވެފައި އޮތް ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހަށް ދޭ ޖަވާބުގައި މުޅި ދަޢުވާއަށް ނުވަތަ ދަޢުވާގެ ބަޔަކަށް އެއްބަސް ވެވިދާނެއެވެ. |
|
|
|
(ރ) |
ދަޢުވާ ކުރަން އެދޭކަން ހާމަކޮށް ފޮނުވާ ނޯޓިސް އާއި އޭގެ ޖަވާބާއި އެ ނޯޓިސްއާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވޭ މުވާސަލާތުތަކަކީ އިމްތިޔާޒު ލިބިގެންވާ ލިޔުންތަކެކެވެ. އަދި |
|
ދަޢުވާ |
|
(ހ) |
ކޮންމެ ދަޢުވާއެއްގައި ދަޢުވާ ބިނާކުރާ ސަބަބެއް ނުވަތަ ދަޢުވާ ބިނާކުރާ ސަބަބުތަކެއް ހުންނަންވާނެއެވެ. ދަޢުވާ ބިނާކުރާ ސަބަބަކީ އެއް ޚަޞްމަކު އަނެއް ޙަޞްމެއްގެ މައްޗަށް ކޯޓުގައި ދަޢުވާ އުފުލުމުގެ ޙައްޤު ލިއްބައިދޭ ނުވަތަ އަނެއް ޚަޞްމު ޒިންމާ އުފުލުން ލާޒިމުކުރުވާ ވާޤިޢާ ނުވަތަ ވާޤިޢާތަކެވެ. |
|
|
|
(ށ) |
އަންނަނިވި ދެ ޝަރުޠު ފުރިހަމަވާނަމަ، ކޮންމެ ދަޢުވާއެއްގައި ދަޢުވާ ބިނާކުރާ ސަބަބު އޮތް ކަމަށް ކޯޓުން ބަލަންވާނެއެވެ. |
|
|
|
|
(1) |
އަނެއް ފަރާތުން ވެފައިވާ ޚިލާފު؛ އަދި |
|
|
|
(2) |
ދަޢުވާކުރާ ފަރާތުން ހޯދަން އެދޭ ޤާނޫނީ ފަރުވާ. |
|
|
(ނ) |
އެއް ވާޤިޢާތަކެއްގެ މައްޗަށް ބިނާވެފައިވާ ނުވަތަ އެއް ހާލަތަކުން އުފެދިފައިވާ ދަޢުވާތައް އެއް ފޯމަކުން ހުށަހެޅުމަށް އިސްކަން ދޭންވާނެއެވެ. |
|
ދަޢުވާފޯމު އިޞްލާޙުކުރުން |
|
|
ދަޢުވާ ފޯމަށް ނުވަތަ މައްސަލައިގެ ބަޔާންތަކަށް އެއްވެސް އިޞްލާޙެއް ގެންނަނަމަ އެ ފޯމެއް ނުވަތަ ބަޔާނެއް ކޯޓަށް ފޮނުވާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިޞްލާޙެއް ގެންނަން ކޯޓަށް ހުށަހަޅަންވާނެއެވެ. އެ މުއްދަތަށްފަހު ދަޢުވާއަށް ނުވަތަ ދަޢުވާގެ ބަޔާނަކަށް އިޞްލާޙެއް ނުވަތަ ބަދަލެއް ގެނެވޭނީ މައްސަލަ ބަލާ މެޖިސްޓްރޭޓް އެގޮތަށް ހުއްދަދީފިނަމައެވެ. |
|
ދަޢުވާގެ ތަފްސީލު |
|
ކޮންމެ ދަޢުވާއަކާ އެކުގައި އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ފޯމުގައި ހިމަނަންވާނެއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލު ލިޔަންވާނީ ކަން ހިނގި ތާރީޚުތަކުގެ ތަރުތީބުން އަންނަނިވި މަޢުލޫމާތުތައް ހިމެނޭ ގޮތަށެވެ. |
||
|
|
(ހ) |
ދަޢުވާ ބިނާކޮށްފައިވާ ސަބަބު އެ މައްޗަށް ބަރޯސާވާ ނުވަތަ |
|
|
|
(ށ) |
ދަޢުވާލިބޭ ފަރާތުން ދިފާޢު ކުރަންޖެހޭ ދަޢުވާ ނުވަތަ ދަޢުވާތައް ދެނެގަތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދަޢުވާލިބޭ ފަރާތަށް ތުހުމަތުކުރެވޭ ވާޤިޢާތަކާބެހޭ އެކަށީގެންވާ މަޢުލޫމާތު. |
|
ދަޢުވާބިނާކުރާ ސަބަބު ބަޔާންކުރުން |
|
(ހ) |
ދަޢުވާ ބިނާކުރާ ސަބަބު ބަޔާންކޮށްފައި ނެތް ދަޢުވާއެއް ކޯޓުން ކުރިއަށް ނުގެންދެވޭނެއެވެ. |
|
|
|
(ށ) |
ދަޢުވާގެ ދިފާޢު ނުވަތަ މައްސަލައިގެ ޖަވާބު ތައްޔާރު ކުރުމަށް ބޭނުންވާ ވަރަށް މަޢުލޫމާތު ނެތްނަމަ ނުވަތަ ދަޢުވާއަކީ ކޮބައިކަން ވިސްނައި ނުގަނެވޭހާ ސާފުނޫންނަމަ ނުވަތަ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ޚުޞޫމަތެއް އޮތްކަމަށް ނުފެންނަނަމަ، އެ ދަޢުވާއަކީ ހިންގައި ގޮތެއް ކަނޑައެޅުމަށް އެކަށީގެންނުވާ ދަޢުވާއެއް ކަމުގައި ކަނޑައަޅައި، ދަޢުވާ ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ނ) |
ދަޢުވާ ބިނާކުރާ ސަބަބެއް ބަޔާންކޮށްފައި ނެތް ދަޢުވާއެއް ކަމަށް ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާއަކީ ހިންގައި ގޮތެއް ކަނޑައެޅުމަށް އެކަށީގެންނުވާ ދަޢުވާއެއް ކަމުގައި ޝަރީޢަތުން ނިންމަންވާނީ އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިންނެވެ. |
|
|
|
(ރ) |
އެ ދަޢުވާއަކީ ހިންގައި ގޮތެއް ކަނޑައެޅުމަށް އެކަށީގެންނުވާ ދަޢުވާއެއް ކަމުގައި ދަޢުވާލިބޭ ފަރާތަށް ޤަބޫލުކުރެވޭނަމަ، ނުވަތަ ދަޢުވާ ބިނާކުރާ ސަބަބެއް ދަޢުވާގެ ލިޔުންތަކުގައި ބަޔާންކޮށްފައި ނެތްނަމަ، ނުވަތަ އެ ދަޢުވާއެއް ކޯޓަށް ހުށަހަޅާފައިވަނީ ޖެއްސުމެއް ނުވަތަ ތުރާލެއް ކުރުމުގެ ގޮތުން ކަމަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެ ދަޢުވާކޮށްފައިވަނީ ކޯޓުގެ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކުރުމަށް ކަމަށް ޤަބޫލުކުރެވޭނަމަ، އެ ދަޢުވާ ބާޠިލުކުރުމަށް އެދި އިބްތިދާއީ އަޑުއެހުމުގައި ލިޔުމުން ނުވަތަ އަނގަބަހުން ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހެޅިދާނެއެވެ. މިފަދަ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމަންވާނީ އެ ނުކުތާއާބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ޚަޞްމުންނަށް ދިނުމަށްފަހުގައެވެ. |
|
|
|
(ބ) |
ފައިސާ ހޯދުމުގެ ދަޢުވާއެއްގައިނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ތަފްސީލާއި، ޚާއްޞަ ބާވަތުގެ ދަޢުވާތަކުގެ ތެރެއިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއިން 98 ވަނަ މާއްދާގައި ނިޔަލަށް ބަޔާންކޮށްފައިވާ ދަޢުވާތަކުގައި އެ މާއްދާތަކުގައި ބަޔާންކުރާ ތަފްސީލުތައް ދަޢުވާގައި ހިމަނަންވާނެއެވެ. އެފަދައިން ތަފްސީލުތައް ބަޔާން ނުކޮށް ހުށަހެޅޭ ދަޢުވާތައް ބެލެވޭނީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެކަށީގެންނުވާ ދަޢުވާއެއް ކަމުގައެވެ. |
|
އިޚްތިލާފު އޮންނަ ބާވަތުގެ މައްސަލަތައް ހުށަހަޅާ ފޯމު |
|
(ހ) |
އިޚްތިލާފު އޮންނަ ބާވަތުގެ ޢާންމު މަދަނީ ދަޢުވާ ހުށަހަޅާނީ |
|
|
|
(ށ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހެން މީހެއްގެ އިހުމާލުން ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާގެ ދަޢުވާ ހުށަހަޅަނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 14 އިންނެވެ. މި ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ހިމަނަންވާނެއެވެ. |
|
|
|
(ނ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑިޝަލް ރިވިއުގެ މައްސަލަތައް ހުށަހަޅަނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 15 އިންނެވެ. މި ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ހިމަނަންވާނެއެވެ. |
|
|
|
(ރ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އެ މައްސަލައަށް އިންސާފުވެރި ޙައްލެއް ހޯދުމަށްޓަކައި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާ ކޯޓަށް ހުށަހަޅަނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 01 އިންނެވެ. މި ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 މާއްދާ އާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. |
|
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަ ހުށަހަޅާ ފޯމު |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގެ ތެރެއިން އަންނަނިވި ބާވަތުގެ މައްސަލަތައް ހުށަހަޅާނީ ތިރީގައި މި ބަޔާންކުރާ ފޯމުތަކުންނެވެ. އަދި މައްސަލަ ހުށަހަޅާ ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 169 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. |
||
|
|
(ހ) |
ތަރިކައިގެ މައްސަލަތައް މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 16 އިން؛ |
|
|
|
(ށ) |
ބިންބައިކުރުމާއި މުދާ ވަކިކުރުމުގެ މައްސަލަތައް މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 17 އިން؛ |
|
|
|
(ނ) |
ހިބަ ނުވަތަ ވަޞިއްޔަތުން ދިނުމުގެ މައްސަލަތައް މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 18 އިން؛ |
|
|
|
(ރ) |
މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަތައް މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 19 އިން؛ |
|
|
|
(ބ) |
ބިން (ބިމުގެ މާނައިގެ ތެރޭގައި އެއްމެދު އިމާރާތާއި އެއްމެދު އިމާރާތުގެ ފްލެޓްތައް ހިމެނޭ) ވިއްކުމާއި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަތައް މި ގަވާއިދުގެ ޖަދުވަލުގައިވާ |
|
|
|
(ޅ) |
ތަރިކަ މުދަލެއްގެ ނުވަތަ ވިޔަފާރިއެއްގެ ނުވަތަ އެ ނޫން ވެސް މުދަލެއްގެ އެޑްމިނިސްޓްރޭޓަރަކު ޢައްޔަން ކުރުމުގެ މައްސަލަތައް |
|
|
|
(ކ) |
މަތީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މައްސަލަތައް ފިޔަވައި އިޚްތިލާފެއް ނެތް ބާވަތުގެ އެހެނިހެން މަދަނީ މައްސަލަތައް ހުށަހެޅުމަށާއި، އަމުރުތައް ހޯދުމަށާއި، ކޯޓުގެ ނިންމުމެއް އޮންނަންޖެހޭ ކަންކަން ނިންމައިދިނުމަށް އެދި ކޯޓަށް ހުށަހަޅާނީ |
|
ތަރިކައިގެ މައްސަލަ |
|
(ހ) |
މަޤުބޫލު އުޒުރެއް ނެތްނަމަ، މުވައްރިސު ނިޔާވި ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހައެއް) ދުވަހުގެ ތެރޭގައި ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވާރިޘުން މަސައްކަތްކުރަންވާނެއެވެ. |
|
|
|
(ށ) |
ތަރިކައިގެ މައްސަލަ ހުށަހެޅޭނީ ވާރިޘަކަށް ނުވަތަ މަޞްލަޙަތު އޮތް ފަރާތަކަށެވެ. ތަރިކައިގެ މައްސަލަ ހުށަހަޅަނީ ވާރިޘުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖެއްގެ ފަރާތުންނަމަ، އެ ކުޑަކުއްޖާގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާއަށް ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. |
|
ތަރިކައިގެ މައްސަލަ ހުށަހަޅާ ފޯމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު |
|
(ހ) |
ތަރިކައިގެ މައްސަލަ ހުށަހަޅާ ފޯމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ. |
|
|
|
(1) |
މަރުހޫމުގެ ނަމާއި، އެޑްރެހާއި އައިޑީ ކާޑު ނަންބަރު؛ |
|
|
|
(2) |
ވާރިޘުންގެ ނަމާއި އެޑްރެސް (އެނގިހުރި މިންވަރަކުން)؛ |
|
|
|
|
(3) |
މަރުހޫމުގެ މަރު ސާބިތުވާ ލިޔުމެއް ނުވަތަ ހެކި؛ |
|
|
|
(4) |
ތަރިކައިގައި ހުރި މުދަލާއި ފައިސާ އަދި ޙައްޤުތައް (އެނގިހުރި މިންވަރަކުން) |
|
|
|
(5) |
ތަރިކައިގައި ހިމެނޭ ލިބެން ހުރި ދަރަނި އަދި ދައްކަން ހުރި ދަރަނި (އެނގިހުރި މިންވަރަކުން)؛ |
|
|
|
(6) |
މަރުހޫމު ހިމެނޭގޮތުން ކޯޓެއްގައި ހިނގަމުންދާ ދަޢުވާއެއް ނުވަތަ މައްސަލައެއް އޮތްކަން އެނގޭނަމަ އެކަން؛ |
|
|
|
(7) |
ތަރިކައިގައި ހުރި މުދާ ހުރި ތަންތަނާއި އެ މުދާ ބަލަހައްޓަމުން ގެންދާ ފަރާތް (އެނގިހުރި މިންވަރަކުން)؛ |
|
|
|
(8) |
ތަރިކައިގައި ހުރި މުދަލުގެ ތެރެއިން ރަހުނެއް ނުވަތަ އެ ނޫން ވެސް އިލްތިޒާމެއް އުފެދިފައިވާ މުދަލެއް ހުރިނަމަ އެ މަޢުލޫމާތު (އެނގިހުރި މިންވަރަކުން)؛ |
|
|
|
(9) |
ތަރިކައިގައި ހިމެނޭ މުދަލުގެ ތެރެއިން އާމްދަނީ ލިބިލިބި ހުރި މުދަލެއް ހުރިނަމަ، އެ މުދަލަކާއި، އެ މުދަލެއް ބަލަހައްޓާ ފަރާތާއި، ލިބެމުންދާ އާމްދަނީގެ ތަފްސީލު (އެނގިހުރި މިންވަރަކުން). |
ވާރުތަ މުދަލުން ލިބޭ ބައި ވާރިޘުން އެކަކު އަނެކަކަށް ހަދިޔާކުރުން |
|
(ހ) |
ތަރިކައިގެ މައްސަލައިގެ ތެރޭގައި އެއް ވާރިޘުކަށް ތަރިކައިން ލިބޭ ބައި އެ ތަރިކައިގައި ހިމެނޭ އެހެން ވާރިޘަކަށް ހަދިޔާ ކުރާނަމަ، |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަރިކައިގެ މައްސަލައިގެ ތެރޭގައި އެއް ވާރިޘަކު އަނެއް ވާރިޘަކަށް ހަދިޔާކުރާނަމަ، ހަދިޔާދޭ ފަރާތުގެ ދަރަންޏެއް އޮތްތޯ ޝަރީޢަތުން ބަލަން ނުޖެހޭނެއެވެ. |
|
މިލްކުވެރިކަން ސާބިތުކުރުން |
|
އަސްލު މިލްކުވެރިޔާ މަރުވެ، އޭނާގެ ތަރިކަ ނުބަހައި ހުރުމާއެކު އެ ތަކެއްޗަކީ ވާރުތަވެރިންގެ ތަކެތިކަން ސާބިތުކުރަން އެދި ހުށަހަޅާ ޤަޟިއްޔާތައް ބެލެވޭނީ، އަސްލު މިލްކުވެރިޔާގެ ތަރިކައިގެ މައްސަލަ ބެލުމަށް ފަހުގައެވެ. |
||
ތަރިކައިގެ މައްސަލަ ރައްދުކުރުން |
|
ތަރިކައިގެ މައްސަލަތަކުގައި ދަޢުވާ ރައްދުކުރާނީ ތަރިކައިގެ އެންމެހައި ވާރިޘުންނަށެވެ. |
||
ގޯތި ބައިކުރުމުގެ މައްސަލަ ތަރިކައިގެ ޤަޟިއްޔާ ނިމުމުން ހުށަހެޅުން |
|
ތަރިކައިން ލިބޭ މުދަލުގެ ތެރޭގައި ބަންޑާރަ ގޯތި ނުވަތަ އަމިއްލަ ގޯތި ނުވަތަ އެއްމެދު އިމާރާތުގެ ބައެއް ހިމެނިގެން އެ ތަނެއް ބެހެނިވެރިންގެ މެދުގައި ބައިކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅޭނީ، އަދި ގޯތި ނުވަތަ ތަން ބައިކުރުމުގެ އިޖުރާއަތު ކޯޓުން ހިންގަންވާނީ، ތަރިކައިގެ މައްސަލަ ޝަރީޢަތުން ނިންމައި |
||
ގޯތި ބައިކުރުމަށް ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު |
|
ތަރިކައިން ލިބޭ މުދަލުގެ ތެރޭގައި ބަންޑާރަ ގޯތީގައި ހުންނަ އިމާރާތްތައް ލިބިގެން ބިމާބެހޭ އިދާރާއިން ބަންޑާރަ ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗާއި ތަރިކައިން އަމިއްލަ ގޯއްޗެއް ނުވަތަ ތަނެއް ލިބިގެން ބިމާބެހޭ އިދާރާއިން އެ ތަނެއް ރަޖިސްޓްރީކޮށްދީފައިވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓަރީކޮށްދީފައިވާ ގޯތި ނުވަތަ ތަން ބެހެނިވެރިންގެ މެދުގައި ބައިކުރުމަށް، ނުވަތަ ބިން ޢައްޔަންކުރުމަށް ނުވަތަ ބިން އެއްކުރުމަށް ކޯޓަށް ހުށަހަޅާ ފޯމާއެކު އަންނަނިވި ލިޔެކިޔުމާއި މަޢުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ. |
||
|
|
(ހ) |
ގޯތީގެ ނުވަތަ ތަނުގެ ރަޖިސްޓަރީގެ ޞައްޙަ ކޮޕީ؛ |
|
|
|
(ށ) |
ބެހެނިވެރިންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތުން ގޯތި ނުވަތަ ތަން ބައިކުރަން އެދޭ ގޮތުގެ ޗާޓު؛ |
|
|
|
(ނ) |
ގޯތި ނުވަތަ ތަން ބައިކުރަން ހުރިހާ ބެހެނިވެރިން އެއްބަސްވާ ގޮތެއް އޮތްނަމަ އެ މަޢުލޫމާތު. |
|
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް ހުށަހެޅުން |
|
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގެ މައްސަލަ ހުށަހަޅާ ފޯމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ. |
||
|
|
(ހ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މުދަލުގެ ތަފްސީލު؛ |
|
|
|
(ށ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މުދަލުގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ އެ ނޫން ވެސް އިލްތިޒާމެއް އުފެދިފައިވާ ކަން ނުވަތަ ނޫންކަން، އަދި އެއިން ކަމެއް އުފެދިފައިވާނަމަ އެކަމެއްގެ ތަފްސީލު؛ |
|
|
|
(ނ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މުދަލުގެ އަތުގެވެރިކަން އޮތް ފަރާތެއް؛ |
|
|
|
(ރ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މީހާގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިއަކު އަދި ޝަރުޢީގޮތުން ބަލަންޖެހޭ އެ ނޫން ވެސް މީހަކު ހުރިނަމަ އެކަން؛ |
|
|
|
(ބ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭ ފަރާތާ އޮތް ގުޅުން؛ |
|
|
|
(ޅ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މީހާގެ އެހެން ބިމެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހުރިކަން ނުވަތަ ނެތްކަން؛ |
|
|
|
(ކ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ފަރާތާއި ލިބޭ ފަރާތުގެ މަޢުލޫމާތު؛ |
|
|
|
(އ) |
ހިބަ ނުވަތަ ވަޞިއްޔަތުގައި ނުހިމެނޭ ފިރި، އަނބިން، ބައްޕަ، މަންމަ، ދަރިން އަދި މަރުވެފައިވާ އުފަން ދަރިއެއްގެ މަޢުލޫމާތު. |
|
ހިބަ އާއި ވަޞިއްޔަތުގެ މައްސަލައިގައި ދަޢުވާ ރައްދުކުރާ ފަރާތް |
|
ހިބައާއި ވަޞިއްޔަތުގެ މައްސަލައިގައި ދަޢުވާ ރައްދު ކުރަންވާނީ ހިބައާއި ވަޞިއްޔަތުން ލިބޭކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ. |
||
ބިމެއް ނުވަތަ ތަނެއްވިއްކުމުގެ މައްސަލަ |
|
(ހ) |
ބިމެއް ނުވަތަ ތަނެއް ވިއްކުމުގެ މައްސަލަ ހުށަހަޅާ ފޯމާއެކު އަންނަނިވި ލިޔުންތައް ހިމަނަންވާނެއެވެ. |
|
|
|
|
(1) |
ވިއްކާ ބިމުގެ ނުވަތަ ތަނުގެ ރަޖިސްޓަރީގެ ޞައްޙަ ކޮޕީއެއް؛ |
|
|
|
(2) |
ވިއްކުމުގެ ލިޔުން؛ |
|
|
(ށ) |
ބިމެއް ނުވަތަ ތަނެއް ވިއްކުމުގެ މައްސަލަ ހުށަހަޅާ ފޯމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ. |
|
|
|
|
(1) |
ވިއްކާ ތަނުގެ ތަފްސީލު؛ |
|
|
|
(2) |
ވިއްކާ ތަނުގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ރަހުނެއް ނުވަތަ އެ ނޫން ވެސް އިލްތިޒާމެއް އުފެދިފައިވާ ކަން ނުވަތަ ނޫންކަން، އަދި އެއިން ކަމެއް އުފެދިފައިވާނަމަ އެކަމެއްގެ ތަފްސީލު؛ |
|
|
|
(3) |
ވިއްކާ ތަނުގެ އަތުގެވެރިކަން އޮތް ފަރާތެއް؛ |
|
|
|
(4) |
ވިއްކާ މީހާގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިއަކު އަދި ޝަރުޢީގޮތުން ބަލަންޖެހޭ އެ ނޫން ވެސް މީހަކު ހުރިނަމަ އެކަން؛ |
|
|
|
(5) |
ވިއްކާ މީހާގެ އެހެން ބިމެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހުރިކަން ނުވަތަ ނެތްކަން. |
ހޮވައިގެން ގެނެވޭ ތަކެތި |
|
(ހ) |
ކަނޑުން ނުވަތަ އެއްގަމުން އެ އެއްޗެއްގެ ވެރިފަރާތެއް އެނގެން ނެތް އެއްޗެއް މީހަކު ހޮވައިފިނަމަ، އެ އެއްޗެއްގެ ވެރިފަރާތް ކޯޓުން ހޯދައި އެ އެއްޗެއް އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މައްސަލަތައް މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 22 އިން ކޯޓަށް ހުށަހެޅިދާނެއެވެ. އެ ފަދަ މައްސަލަތަކުގައި ކޯޓުން ވެރިފަރާތް ހޯދުމަށްޓަކައި ޢާންމުކޮށް އިޢުލާންކޮށްގެން ވެސް ވެރިއަކު ނުފެނިއްޖެނަމަ، އެ އެއްޗެއް ކޯޓުގެ ތަންފީޒީ ޑިވިޝަނުން ނީލަމުގައި ވިއްކާލުމަށްފަހު، އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ ފަރާތަކާ ހަވާލުކުރާނީއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހެޅޭނީ ހޮވައިގެން ގެނެވޭ އެއްޗަކީ އަގެއް ހުރި އެއްޗެއް ކަމަށްވާނަމައެވެ. |
|
ޙައްޤެއް ދޫކޮށްލުން |
|
އެއްވެސް ޤަޟިއްޔާއެއްގައި ތިމާއަށް ލިބިފައިވާ ޙައްޤެއް ދޫކޮށްލައިފިނަމަ، |
ހަވަނަ ބައި |
|||
ކޯޓުގެ ރަޖިސްޓްރަރ |
|||
ކޯޓުގެ ރަޖިސްޓްރަރ |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ރަޖިސްޓްރަރއަކު ހުންނަން ވާނެއެވެ. ރަޖިސްޓްރަރ ނެތް ޙާލަތެއްގައި ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާކުރާނީ ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ ރަޖިސްޓަރަރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވިފައިވާ މުވައްޒަފެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ބުނާ ކޯޓުގެ ރަޖިސްޓްރަރ ނުވަތަ ކޯޓުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވިފައިވާ މުވައްޒަފް ފިޔަވައި އެހެން މުވައްޒަފަކަށް ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެއެވެ. |
ކޯޓުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް |
|
ކޯޓުގެ ރަޖިސްޓްރަރ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. |
|
|
(ހ) |
ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީ ބަލަހައްޓައި، އަދާހަމަކޮށް، އެ ރަޖިސްޓަރީ ޢާންމުންނަށް ބެލޭނެ ގޮތަކަށް އިންތިޒާމުކުރުން. |
|
|
|
(ށ) |
ކޯޓުން ނިންމާ ނިންމުންތަކާއި ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓުތައް ޚަޞްމުންނަށް ދޫކޮށް، މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތް ޢާންމުންނަށް ބެލޭނެ ގޮތަކަށް އިންތިޒާމުކުރުން. |
|
|
(ނ) |
ކޯޓުން ބަލާ މައްސަލަތަކުގެ ފައިލުތަކާއި، އަޑާއި މަންޒަރުގެ ރެކޯޑިންތައް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލަކުން އަރްޝީފްކުރުމުގެ އިންތިޒާމް ހަމަޖެއްސޭކަން ކަށަވަރުކުރުން. |
|
|
(ރ) |
ކޯޓުގެ ޝަރީޢަތްތަކުގެ ރެކޯޑުތައް ލިޔެ ބަލަހައްޓާ ފޮތްތަކާއި، ކޭސް މެނޭޖްމަންޓުގެ އިލެކްޓްރޯނިކް ވަސީލަތްތަކާއި، މައްސަލަތަކާގުޅޭ އިލެކްޓްރޯނިކް ލިޔެކިޔުންތައް ބަދަލުކުރުމުގެ ނިޒާމު ބެލެހެއްޓުމާއި، ޝަރީޢަތާގުޅޭ އެންމެހައި ލިޔެކިޔުންތަކާއި، އިލެކްޓްރޯނިކް ނިޒާމުތައް ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ބެލުން. |
|
|
(ބ) |
ޤަޟިއްޔާތަކުގެ ޙުކުމްތަކުން ޚަޞްމުންނަށް ނަގައިދޭ ޝަރީޢަތުގެ ޚަރަދުތައް ހިސާބުކުރުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން. |
|
|
(ޅ) |
ޙުކުމް ތަންފީޒު ކުރުމުގެ ވަކި ޑިވިޝަނެއްގައި ކަނޑައެޅިފައިވާ |
|
|
(ކ) |
އަގުކުރާނޭ ޚާއްޞަ މުވައްޒަފުން ނެތް ކޯޓުތަކުގައި އަގުކުރުމުގެ މަސައްކަތް އިންތިޒާމުކުރުން. |
|
|
(އ) |
އެއް މައުޟޫޢުއެއްގައި ނުވަތަ ޤާނޫނީ އެއް ސުވާލަކާ ގުޅިގެން ކޯޓަށް ނުވަތަ އެހެން ކޯޓުތަކަށް އެއް މައްސަލައަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވޭތޯ ބަލައި، އެފަދަ މައްސަލަތަކެއް ހުށަހެޅިފައިވާނަމަ، އެކަން ދާއިރާ އިސްމެޖިސްޓްރޭޓަށް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާ ޙަވާލުވެ ހުރި މެޖިސްޓްރޭޓްގެ ސަމާލުކަމަށް ގެނައުން. |
|
|
(ވ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 404 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިނުވާ ޙާލަތެއްގައި، ކޯޓަށް ހުށަހެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރުމުގައާއި އެހެނިހެން ކަންކަމުގައި ޚަޞްމުންނަށް ކޯޓުގެ އިޖުރާއީ މަޢުލޫމާތު ދިނުމަށް ކޮންމެ ކޯޓުން މުވައްޒަފަކު ކަނޑައަޅައި، އެ މުވައްޒަފުގެ މަޢުލޫމާތާއި ގުޅޭނެ ގޮތް ޢާންމުކޮށް އެންމެންނަށް އެނގޭނެ ގޮތަށް ހަމަޖެއްސުން. |
ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހެޅުން |
|
(ހ) |
ކޯޓުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތަކީ ޝިބުހު ޤަޟާއީ މަސްއޫލިއްޔަތެއް ކަމަށް ވާތީވެ، ރަޖިސްޓަރަރ ނިންމާ ނިންމުމަކީ، އެ ނިންމުން އަލުން ބަލައިދިނުން އެދި ދާއިރާ އިސްމެޖިސްޓްރޭޓަށް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓަށް ހުށަހެޅިދާނެ ނިންމުމެކެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާނަމަ، މައްސަލަ ބަލައިގަތުމާމެދު ރަޖިސްޓަރަރ ނިންމި ގޮތް އަންގާ ލިޔުން ލިބޭތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ވާނެއެވެ. އަދި އެ ހުށަހެޅުމާމެދު ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދާއިރާ އިސްމެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓް ގޮތެއް ނިންމަންވާނެއެވެ. |
ހަތްވަނަ ބައި |
|||
ދަޢުވާއާއި މައްސަލައިގެ ފޯމު ބަލައިގަތުން |
|||
ދަޢުވާއެއް ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް |
|
(ހ) |
ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު ނުވަތަ |
|
|
(ށ) |
ދަޢުވާ ފޯމާއި މައްސަލަތަކުގެ އެހެނިހެން ލިޔުންތައް ކޯޓަށް ލިބުމާއެކު އެ ފޯމު ނުވަތަ ލިޔުން ލިބުނު ތާރީޚާއި ގަޑި އެނގޭނެ ގޮތަކަށް ކޯޓުން އެ ފޯމުގައި ނުވަތަ ލިޔުމުގައި ތައްގަނޑެއް ޖަހަންވާނެއެވެ. |
|
|
(ނ) |
ދަޢުވާ ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ މަސައްކަތު |
|
|
(ރ) |
ދަޢުވާ ފޯމު އިޞްލާޙުކުރަންޖެހޭނަމަ އެކަން ކުރަން ނުވަތަ އިތުރު ލިޔުމެއް ހުށަހަޅަންޖެހޭނަމަ ވަކި މުއްދަތެއްގައި އެކަމެއް ކުރަން ރަޖިސްޓްރަރ ނުވަތަ އެމަސްޢޫލިއްޔާތާ ޙަވާލުވެ ހުރި މުވައްޒަފު ލިޔުމަކުން އަންގަންވާނެއެވެ. ކަމެއް ކުރަން ކޯޓުގެ ރަޖިސްޓްރަރ ދޭ މުއްދަތަކީ އެކުރަންޖެހޭ ކަމެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ވާންޖެހޭނެއެވެ. |
|
|
(ބ) |
ފޯމު އިޞްލާޙުކޮށް ހުށަހެޅުމަށް ދޭ މުއްދަތުގައި އެ ފޯމު އިޞްލާޙު ނުކޮށްފިނަމަ، ނުވަތަ ފުރިހަމަކުރަން އަންގާ ކަމެއް ފުރިހަމަ ނުކޮށްފިނަމަ އެ ފޯމު ބާޠިލުކުރުމުގެ އިޚްތިޔާރު ރަޖިސްޓްރަރ ނުވަތަ އެމަސްޢޫލިއްޔާތާ ޙަވާލުވެ ހުރި މުވައްޒަފަށް ލިބިގެންވެއެވެ. މި ބަޔާންކުރި ގޮތަށް ފޯމެއް ބާޠިލުކުރުމަކީ އަލުން ދަޢުވާ ފޯމެއް ހުށަހެޅުމަށް އޮތް ހުރަހެއް ނޫނެވެ. |
|
|
(ޅ) |
މި މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކޯޓުގެ ވަގުތީ ފަރުވާގެ އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅާފައިވާނަމަ، އެފަދަ ފޯމުތަކާމެދު ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޯޓުގެ ރަޖިސްޓްރަރ ނުވަތަ އެމަސްޢޫލިއްޔާތާ ޙަވާލުވެ ހުރި މުވައްޒަފު ގޮތެއް ނިންމައި، އަދި އިތުރަށް ފުރިހަމަކުރަންޖެހޭ އެހެނިހެން އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، އެ މައްސަލައިގެ ފައިލާއެކު އެ ފޯމު ދާއިރާ އިސްމެޖިސްޓްރޭޓާ ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ. |
ރަޖިސްޓްރޭޝަން ފީ |
|
ކޯޓަށް ހުށަހަޅާ ދަޢުވާ ފޯމު ނުވަތަ އަމުރަކަށް އެދި ހުށަހަޅާ ފޯމު ނުވަތަ އެ ނޫން ވެސް ފޯމެއް ކޯޓުގައި ރަޖިސްޓަރީ ކުރުމަށްޓަކައި މި ގަވާއިދުގެ އެޕެންޑިކްސް D ގައިވާ ފީ ދައްކަންޖެހޭނަމަ، އެ ފީ ޚަޞްމުގެ ފަރާތުން ކޯޓަށް ދައްކަންވާނެއެވެ. މި ފީއަކީ ދަޢުވާ ފޯމު ފަހުން ބާޠިލުކުރިނަމަވެސް، ނުވަތަ މައްސަލަ އަނބުރާ ގެންދިޔަނަމަވެސް، އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. |
|
ފޯމު ބާޠިލުކުރުމަށް
|
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސަބަބަކަށްޓަކައި ދަޢުވާ ފޯމު ނުވަތަ މައްސަލަ ހުށަހަޅާ ފޯމު ބަލައި ނުގަތުމަށް ނުވަތަ ބާޠިލުކުރުމަށް ރަޖިސްޓްރަރ ނުވަތަ އެމަސްޢޫލިއްޔާތާ ޙަވާލުވެ ހުރި މުވައްޒަފު އެނިންމާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުދެކޭނަމަ، ސަބަބު ބަޔާންކޮށް އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ދާއިރާ އިސްމެޖިސްޓްރޭޓަށް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓަށް ހުށަހެޅިދާނެއެވެ. |
|
|
(ށ) |
މި މާއްދާގެ(ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާނަމަ، |
އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް މައްސަލަ ހުށަހެޅުން |
|
(ހ) |
މި ގަވާއިދަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، އެންމެ ކުޑަމިނުން އީމެއިލްގެ ޒަރީއާއިން، މަދަނީ މައްސަލަ ހުށަހެޅޭނެ އިންތިޒާމު މަދަނީ މައްސަލަ ބަލާ ކޮންމެ ކޯޓެއްގައި ހަމަޖައްސަންވާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ހުށަހަޅާ ދަޢުވާ ފޯމެއް އެ ތާރީޚުގައި ކޯޓަށް ހުށަހެޅި ކަމުގައި ބަލާނީ ކޯޓުގެ ރަސްމީ މަސައްކަތު ދުވަހު ކޯޓު ބަންދުކުރާ ގަޑީގެ ކުރިން އެ ފޯމެއް ފޮނުވާފައިވާނަމައެވެ. ކޯޓު ބަންދުކުރާ ގަޑީގެ ފަހުން ފޮނުވާ ފޯމުތައް ފޮނުވި ތާރީޚު ކަމުގައި ބަލާނީ ޖެހިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހުގެ ތާރީޚެވެ. |
|
|
(ނ) |
ވަގުތީ ފިޔަވަޅެއް އެޅުމަށް ނުވަތަ އަވަސް އަމުރަކަށް އެދިފައިވާ މައްސަލަތަކުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުން ލާޒިމުވެގެންނުވެއެވެ. |
|
|
(ނ) |
އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ދަޢުވާ ފޯމާއި އެހެނިހެން ލިޔެކިޔުން ކޯޓަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައި އޮތްނަމަވެސް، ކޯޓަށް ޙާޟިރުވެ ފޯމާއި ލިޔެކިޔުން ކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތެވެ. |
|
|
(ރ) |
މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޯޓަށް ހުށަހަޅާ ފޯމަށް ފައިސާ ދެއްކުމުގައި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަނޑައެޅިފައިވާ ގޮތުގެމަތިން ފައިސާ ދެއްކިދާނެއެވެ. |
އަށްވަނަ ބައި |
|||
މައްސަލަ ބަލައިގަތުމަށްފަހު ޢަމަލުކުރާ ގޮތް |
|||
މައްސަލަ ރަޖިސްޓްރީވުން މައްސަލަ ބަލާ މެޖިސްޓްރޭޓް ޢައްޔަންކުރުން |
|
(ހ) |
ކޯޓުގެ ރަޖިސްޓްރަރ މައްސަލައެއްގެ ދަޢުވާ ފޯމު ބަލައިގަނެ |
|
|
(ށ) |
ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމުގެ ކުރިން މައްސަލައެއްގައި ވަގުތީ އަމުރެއް ހޯދުމަށް އެދި ޚަޞްމަކު ކޯޓަށް ހުށަހަޅައިފިނަމަ، އެ އަމުރުގެ މައްސަލަ ވެސް ހިންގަންވާނީ ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި ގަވާއިދުން ރަޖިސްޓަރީކޮށް، ޤަޟިއްޔާ ނަންބަރެއް ދީގެންނެވެ. |
|
|
(ނ) |
މައްސަލައިގެ ފައިލު ދާއިރާ އިސްމެޖިސްޓްރޭޓަށް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓަށް ލިބުމުން ލަސްނުކޮށް މި މާއްދާގެ (ރ) ގައިވާ އުޞޫލުން އެ މައްސަލައެއް ބަލާނޭ މެޖިސްޓްރޭޓް ޢައްޔަންކުރަންވާނެއެވެ. |
|
|
(ރ) |
މައްސަލަ ބަލަން މެޖިސްޓްރޭޓުން ކަނޑައަޅާނީ، ބުރުހަމަވަންދެން ތަރުތީބުން ހުރިހާ މެޖިސްޓްރޭޓުންނަށް މައްސަލަތައް ހަމަހަމައަށް ބެހެމުންދާނޭ ގޮތަށެވެ. މައްސަލަތަކަށް މެޖިސްޓްރޭޓުން ޢައްޔަންކުރުމުގައި މި ބަޔާންކުރެވުނު ތަރުތީބަށް ޢަމަލުކުރެވޭކަން ދާއިރާ އިސްމެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓް ކަށަވަރުކުރަންވާނެއެވެ. |
މައްސަލަ ބަލަމުންދާ ގޮތް ކަށަވަރުކުރުން |
|
މައްސަލަ ބަލާ މެޖިސްޓްރޭޓް ޢައްޔަންކުރުމަށްފަހު، އެ މައްސަލަ ބަލާ މެޖިސްޓްރޭޓް މައްސަލަ ބަލަމުންދާ ގޮތް ދުރާލައި ކަނޑައެޅިފައިވާ އުޞޫލަކުން ބަލައި، މަދަނީ އިޖުރާއަތުގެ ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ މަޤުޞަދުތަކާ އެއްގޮތަށް މައްސަލަ ބަލާ މެޖިސްޓްރޭޓް ކަންކަން ކުރަމުން ގެންދޭތޯ ދާއިރާ އިސްމެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓް ބަލަމުން ގެންދަންވާނެއެވެ. |
|
ކޯޓުގައި އެއް އުޞޫލަކުން އަމަލުކުރުން |
|
ކޯޓުގައި މަސައްކަތްކުރާ އެންމެހައި މެޖިސްޓްރޭޓުން މައްސަލަތައް މެނޭޖުކުރުމުގައި އަދި ލިޔެކިޔުންތައް ފުރިހަމަކުރުމާއި އެއްކަމަކާ ގުޅޭގޮތުން އިޖުރާއަތުތައް ހިންގުމުގައި ޢަމަލުކުރަނީ އެއް އުޞޫލުތަކަކުންކަން ކަށަވަރުކުރުމަކީ ދާއިރާ އިސްމެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓްގެ މަސްއޫލިއްޔަތެކެވެ. އަދި އެކަމަށްޓަކައި ހަދަންޖެހޭ އުޞޫލުތައް ހަދައި ހިންގަންވާނެއެވެ. |
|
މައްސަލައިގެ ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތާ ޙަވާލުކުރުން |
|
(ހ) |
މައްސަލަ ބަލާ މެޖިސްޓްރޭޓަށް މައްސަލައިގެ ފައިލު ލިބުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 34 ވަނަ ބާބު (ކޯޓުގެ ލިޔެކިޔުންތައް) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، |
|
|
(ށ) |
ދަޢުވާލިބޭ ފަރާތާ ގުޅޭނެ މޮބައިލް ފޯނު ނަންބަރެއް ނުވަތަ އެ ނޫން ވެސް އެހެން އިލެކްޓްރޯނިކް ޒަރީއާއެއް އެނގެން އޮތްނަމަ، ކޯޓުން އެ ފަރާތަކަށް ފޮނުވާ ޓެކްސްޓް މެސެޖަކުން ނުވަތަ ފޯނުން ގުޅައިގެން އެ ފަރާތެއް ކޯޓަށް ޙާޟިރުކޮށް ދަޢުވާ ފޯމާއި ލިޔުންތައް ދަޢުވާލިބޭ ފަރާތާ ހަވާލުކުރަން ކޯޓުން އިސްކަންދޭންވާނެއެވެ. |
|
|
(ނ) |
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިލެކްޓްރޯނިކް ވަސީލަތަކުން ޓެކްސްޓް މެސެޖެއް ފޮނުވާނަމަ، އެ މެސެޖުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ކޯޑެއް ނުވަތަ ވެބް ލިންކެއް ފޮނުވުމުގެ ވަސީލަތް ހުރިނަމަ އެކަން އެގޮތަށް އިންތިޒާމު ކުރަންވާނެއެވެ. މި ގޮތުގެމަތިން، ކަށަވަރުކުރެވޭނެ ގޮތަކަށް ފޯނުން ނުވަތަ އެ ނޫން ވެސް އިލެކްޓްރޯނިކް ޒަރީއާއަކުން ކޯޓުން އަންގާ އެންގުމަކީ ނުވަތަ ފޮނުވާ ޙާޟިރުވުމުގެ އަމުރަކީ ކޯޓަށް ޙާޟިރުވުމަށް އަންގައި އަތުން އަތަށް ރައްދުކުރާ އެންގުމަކާ ނުވަތަ ކޯޓަށް ޙާޟިރުވުމުގެ އަމުރަކާ އެއްފަދައިން ޤާނޫނީ ބާރު ލިބިގެންވާ، އަދި ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެންގުމެއް ނުވަތަ އަމުރެކެވެ. |
|
|
(ރ) |
މި މާއްދާގެ (ށ) ގެ ބޭނުމަށް، ކޯޓުގެ ކޮންމެ މެޖިސްޓްރޭޓެއްގެ ސެކްޝަނަކަށް ސްމާޓް ފޯނަކާއި ކޯޓުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރެއް ނުވަތަ ނަންބަރުތަކެއް ހުންނަންވާނެއެވެ. އަދި ކޯޓުގެ މޮބައިލް ފޯނު ނަންބަރުތަކާއި ކޯޓާ ގުޅޭނެ އެހެން އިލެކްޓްރޯނިކް ޒަރީއާތަކުގެ މަޢުލޫމާތު ކޯޓުގެ ވެބްސައިޓުގައި ޢާންމުކޮށް ފެންނަން ހުންނަންވާނެއެވެ. |
ނުވަވަނަ ބައި |
|||
އިޚްތިލާފު އޮންނަ މައްސަލަތަކުގެ ބަޔާން ބަދަލުކުރުމުގެ މަރުޙަލާ |
|||
ބަޔާން ބަދަލު ކުރުން |
|
(ހ) |
އިޚްތިލާފު އޮންނަ ބާވަތުގެ ކޮންމެ މައްސަލައެއްގެ ދަޢުވާ ފޯމާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބުމުން، |
|
|
(ށ) |
ދަޢުވާލިބޭ ފަރާތަކީ ކުންފުންޏެއް ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚްޞެއްނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ބޭނުމަށް ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުމުގައި ސޮއިކުރަންވާނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ. |
|
|
|
|
(1) |
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނުވަތަ އެ ތަނެއް ހިންގާ ފަރާތުގެ ޤަރާރަކުން ކަނޑައަޅާފައިވާ ޤާނޫނީ ވަކީލެއް؛ ނުވަތަ |
|
|
|
(2) |
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނުވަތަ އެތަނެއް ހިންގާ ފަރާތުގެ ޤަރާރަކުން ކަނޑައަޅާފައިވާ އެ ކުންފުނީގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް. |
|
|
(ނ) |
ދަޢުވާ ފޯމާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި ލިޔެކިޔުން ލިބުމުން، ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމު ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާއަށް ރައްދުދޭންވާނެއެވެ. |
|
ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި ލިޔެކިޔުން ދަޢުވާލިބޭ ފަރާތަށް ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އަންނަނިވި ގޮތަށް ޢަމަލުކުރަންވާނެއެވެ. |
|
|
|
|
(1) |
ދަޢުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން |
|
|
|
(2) |
ކޯޓުގެ އިޚްތިޞާޞްއާމެދު ގޮތެއް ކަނޑައަޅައި ދިނުން އެދޭ ފޯމު (މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 3) ފުރިހަމަކޮށް ކޯޓަށް ފޮނުވުން. |
|
|
(ށ) |
ދަޢުވާލިބޭ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާފައިނުވާނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި ލިޔެކިޔުން ދަޢުވާލިބޭ ފަރާތަށް ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާއަށް ރައްދުދޭންވާނެއެވެ. |
|
|
|
|
ދަޢުވާއަށް ރައްދު ދިނުމަށް ދަޢުވާލިބޭ ފަރާތަށް ދަޢުވާފޯމާއެކު ހަވާލުކޮށްފައިވާ ފޯމުތަކާއި ލިޔުންތަކުގައި އިރުޝާދު ދީފައިވާ ގޮތަކުން ކުރެ ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ. މިގޮތުން |
|
|
|
|
(1) |
ދަޢުވާކުރާ ފަރާތުގެ މުޅި ދަޢުވާއަށް އެއްބަސްވުން؛ |
|
|
|
(2) |
ދަޢުވާގެ ބަޔަކަށް އެއްބަސްވެ އަނެއް ބަޔަށް އިންކާރުކުރުން؛ |
|
|
|
(3) |
މުޅި ދަޢުވާއަށް އިންކާރުކުރުން. |
ކޯޓުން ލިޔެ ކިޔުންތައް ބަލައިގަތުން |
|
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ރައްދުގައި ކޯޓަށް ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ބަލައިގަތުމަށްފަހު، އެ ލިޔުންތައް ކޯޓަށް ހުށަހެޅި ތާރީޚާއި ގަޑި އަދި ހަވާލުވި މުވައްޒަފެއް އެނގޭނޭ ގޮތަށް އޭގައި ކޯޓުގެ ތައްގަނޑެއް ޖަހަންވާނެއެވެ. |
||
ކޯޓުން ލިޔެކިޔުންތައް ދަޢުވާކުރާ ފަރާތަށް ރައްދުކުރުން |
|
ދަޢުވާއަށް ރައްދުދިނުމުގެ ގޮތުން ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅާ ލިޔުންތައް ރަސްމީ ބަންދު ނޫން 2 (ދޭއް) ދުވަސްތެރޭގައި ދަޢުވާކުރާ ފަރާތަށް ރައްދުކުރަންވާނެއެވެ. |
(1) މުޅި ދަޢުވާއަށް އެއްބަސްވުން |
||||
މުޅި ދަޢުވާއަށް އެއްބަސްވުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް އެއްބަސްވާނަމަ ދަޢުވާގެ ލިޔުންތައް ލިބޭ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ. |
|
|
|
(ށ) |
(1) |
މުޅި ދަޢުވާއަށް އެއްބަސްވާނަމަ އެއްބަސްވާކަން ބަޔާންކުރާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 4 ގައި ބަޔާންކުރާ މުޅި ދަޢުވާއަށް އެއްބަސްވާ ފޯމުންނެއެވެ. ނުވަތަ ދަޢުވާލިބޭ ފަރާތުން ކޯޓަށް ފޮނުވާ ސިޓީއަކުންނެވެ. |
|
|
|
(2) |
މުޅި ދަޢުވާއަށް އެއްބަސްވަނީ ސިޓީއަކުން ކަމަށްވާނަމަ، މުޅި ދަޢުވާއަށް އެއްބަސްވެ ކޯޓަށް އެކަން އަންގާއިރު، |
|
|
|
(3) |
މުޅި ދަޢުވާއަށް އެއްބަސްވަނީ ސިޓީއަކުން ކަމަށްވާނަމަ، ސިޓީ އޮންނަންވާނީ ދަޢުވާލިބޭ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައެވެ. އަދި އެފަރާތާ ގުޅޭނޭ މަޢުލޫމާތު ސިޓީގައި ހިމަނަންވާނެއެވެ. މި ސިޓީ އެޓޭޗްމެންޓެއްގެ ގޮތުގައި އީމެއިލްއިން ފޮނުވިދާނެއެވެ. |
|
|
(ނ) |
ސިޓީ ލިބުމުން، ސިޓީ ފޮނުވީ ދަޢުވާލިބޭ ފަރާތުންކަން ކޯޓުން އޭނާއަށް ގުޅައި ކަށަވަރުކުރަންވާނެއެވެ. |
|
|
|
(ރ) |
ސިޓީގައިވާ އިބާރާތުން މުޅި ދަޢުވާއަށް މުޠުލަޤުކޮށް އެއްބަސްވާކަން ކަށަވަރު ނުކުރެވޭނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ޢަމަލުކުރެވިދާނެއެވެ. |
|
|
|
|
(1) |
ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުކޮށް އޭނާއާ ސުވާލުކޮށް ބަޔާނެއް ނެގުން؛ |
|
|
|
(2) |
އިޢުތިރާފުވެފައި ނެތް ކަމަށް ބަލައި މައްސަލަ ޝަރީޢަތުގެ މަރުޙަލާއަށް ފޮނުވުން. |
|
|
(ބ) |
ދަޢުވާލިބޭ ފަރާތަށް ދަޢުވާއަށް އެއްބަސްވެވޭނީ، ދަޢުވާކުރާ ފަރާތަށް ޙައްޤުވާ އަދި ދަޢުވާލިބޭ ފަރާތަށް އެއްބަސްވުމުގެ އިޚްތިޔާރު އޮތް ފަރުވާއެއް ހިމެނޭ ގޮތަށެވެ. ކުޑަކުއްޖެއްގެ ފަރާތުން ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލުކުރާ ފަރާތަކަށް ދަޢުވާއަށް އެއްބަސްވެވޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ. |
|
|
|
(ޅ) |
މި މާއްދާގައި ދަޢުވާއަށް އެއްބަސްވުމަށް ވަކިގޮތެއް ބަޔާންކޮށްފައި އޮތް އޮތުމަކީ އޭގެ ފަހުގެ މަރުޙަލާއެއްގައި ދަޢުވާއަށް އެއްބަސްވުމަށް އޮތް ހުރަހެއް ނޫނެވެ. |
|
ޝަރީޢަތް ހިންގުމެއް ނެތި ޙުކުމްކޮށްދިނުމަށް އެދުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް އެއްބަސްވެއްޖެނަމަ، |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތަށް ޙުކުމްކޮށްދިނުން އެދި ދަޢުވާކުރާ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން ހުށަހަޅައިފިނަމަ، ޝަރީޢަތް ހިންގުމެއް ނެތި ދަޢުވާގެ މައުޟޫޢުގެ މައްޗަށް އެ މައްސަލައިގައި މެޖިސްޓްރޭޓް ޙުކުމްކުރަންވާނެއެވެ. މިގޮތަށް ޙުކުމްކުރާއިރު ޚަޞްމުން ކޯޓަށް ޙާޟިރުކުރާނީ ހަމައެކަނި މައްސަލައިގެ ޙުކުމް އިއްވުމަށެވެ. |
|
|
|
(ނ) |
މި މާއްދާގެ (ށ) ގައިވާ ގޮތަށް ޙުކުމްކުރާއިރު، އެއްވެސް ޚަޞްމަކު އެ ޙަޞްމެއްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރަން އެދި ކޯޓަށް ހުށަހަޅާފައިވާނަމަ، އެ މައްސަލައިގެ ޙުކުމްކުރާނީ އެގޮތަށް އެދިފައިވާ ޚަޞްމުގެ ޣައިރު ޙާޟިރުގައެވެ. |
|
|
|
(ރ) |
މި މާއްދާގެ (ށ) ގެ ދަށުން ޙުކުމްކުރަނީ ފައިސާ ދެއްކުމަށް ކަމުގައިވާނަމަ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތް އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމަ، ފައިސާ ދައްކަން ޙުކުމްކުރާނީ އަންނަނިވި ގޮތަށެވެ. |
|
|
|
|
(1) |
ފައިސާގެ އަދަދަކީ 300,000 (ތިން ލައްކަ) ރުފިޔާއަށްވުރެ ކުޑަ އަދަދެއްނަމަ، އެ ފައިސާ |
|
|
|
(2) |
ފައިސާގެ އަދަދަކީ 300,000 (ތިން ލައްކަ) ރުފިޔާ އާއި 1,000,000 (އެއް މިލިއަން) ރުފިޔާ އާ ދެމެދުގެ އަދަދެއްނަމަ، އެ ފައިސާ 6 (ހައެއް) ބަޔަށް ބަހާލުމުން ކޮންމެ މަހަކަށް ޖެހޭވަރަށްވުރެ މަދު ނޫން އަދަދެއް ކޮންމެ މަހަކު ކޯޓަށް ނުވަތަ ސީދާ ދަޢުވާކުރާ ފަރާތަށް ދައްކަމުންގޮސް އެ ފައިސާ 6 (ހައެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ދައްކައި ޚަލާޞް ކުރާ ގޮތަށް؛ |
|
|
|
(3) |
ފައިސާގެ އަދަދަކީ 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު އަދަދެއްނަމަ، އެ ފައިސާ 12 (ބާރަ) ބަޔަށް ބަހާލުމުން ކޮންމެ މަހަކަށް ޖެހޭ ވަރަށްވުރެ މަދު ނޫން އަދަދެއް ކޮންމެ މަހަކު ކޯޓަށް ނުވަތަ ސީދާ ދަޢުވާކުރާ ފަރާތަށް ދައްކަމުން ގޮސް އެ ފައިސާ |
|
|
(ބ) |
މި މާއްދާ (ރ) ގެ (1)، (2)، އަދި (3) ގެ ދަށުން ކުރާ ޙުކުމެއްގެ ދަށުން އެއްވެސް މަހަކު ދައްކަންޖެހޭ އިންސްޓޯލްމެންޓެއް ދައްކަންޖެހޭ ތާރީޚުގައި ނުދައްކައިފިނަމަ، އަދި ދެ ފަރާތުން އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމަ، ނުވަތަ ޤާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ޙުކުމަކުން އެހެން އަދަދެއް ކަނޑައަޅާފައިނުވާނަމަ، ޙުކުމާ އެއްގޮތަށް ނުދައްކައި އޮތް އަދަދުގެ މައްޗަށް ސިމްޕަލް އިންޓްރެސްޓުގެ އުޞުލުން އަހަރަކަށް 8% (އަށެއް އިންސައްތަ) ގެ މަގުން ޖަޖްމެންޓް އިންޓްރެސްޓް ދައްކަން ޖެހޭނެއެވެ. މި ބަޔާންކުރެވުނު ޖަޖްމެންޓް އިންޓްރެސްޓް އެރުން ހުއްޓޭނީ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ލަސްވެފައިވާ ފައިސާ އެކުގައި ދެއްކުމުން ނުވަތަ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ދަރަނިވެރިޔާގެ މުދާ ވިއްކުމަށް ކޯޓުން ނިންމުމުން ނުވަތަ ދަރަނިވެރިޔާ ނިޔާވުމުންނެވެ. |
|
|
|
(ޅ) |
މި މާއްދާގެ (ރ) އަދި (ބ) ގައި ބުނެވުނު އުޞޫލުތައް ފައިސާ ދައްކަން އަންގައި މަދަނީ މައްސަލަތަކުގައި ކުރާ އެންމެހައި ޙުކުމްތަކާ ގުޅިގެން ހިނގާނެއެވެ. |
|
ސާބިތު ދަރަނީގެ ރެކޯޑު ބެލެހެއްޓުން |
|
ދަރަނި ސާބިތުކޮށް ފައިސާ ދައްކަން އަންގައި ކޯޓުން ކުރާ ކޮންމެ ޙުކުމެއްގެ ސާބިތު ދަރަނީގެ ރެކޯޑު ކޯޓުން ބަލަހައްޓަންވާނެއެވެ. |
||
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވި ނަމަވެސް ޙުކުމްކުރުމަށް ކޯޓުގައި އެދިފައިނުވާ މައްސަލަތައް |
|
ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް އެއްބަސްވި ނަމަވެސް، ދެ ފަރާތުންކުރެ ފަރާތަކުން އެ މައްސަލައިގައި ޙުކުމްކޮށްދިނުމަށް އެދިފައިނުވާނަމަ، |
||
(2) ދަޢުވާގެ ބަޔަކަށް އެއްބަސްވުން |
||||
ދަޢުވާގެ ބަޔަކަށް އެއްބަސްވުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވާނަމަ، ދަޢުވާގެ ލިޔުންތައް ލިބޭ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ޢަމަލުކުރަންވާނެއެވެ. |
|
|
|
(ށ) |
ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވާނަމަ އެއްބަސްވާކަން ބަޔާންކުރާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 06 ގައި ބަޔާންކުރާ ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވާ ފޯމުންނެއެވެ. |
|
|
|
(ނ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ބަޔަކަށް އެއްބަސްވާނަމަ، |
|
|
|
|
(1) |
އެއްބަސްވި ޢަދަދު ޤަބޫލުކޮށް ޙުކުމް ކޮށްދިނުން އެދޭކަން. |
|
|
|
(2) |
އެއްބަސްވި ޢަދަދު ޤަބޫލު ނުކުރާކަން. |
|
|
|
(3) |
އެއްބަސްވި ޢަދަދު ޤަބޫލުކުރިނަމަވެސް، ފައިސާ ދައްކަން ޖެހޭ މުއްދަތު ޤަބޫލު ނުކުރާކަން. |
މައްސަލަ ނިންމައިދިނުމަށް އެދުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ބަޔަކަށް އެއްބަސްވެފައިވާނަމަ، އަދި ދަޢުވާލިބޭ ފަރާތުން އެއްބަސްވި ބަޔަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާނަމަ، ނުވަތަ ދަޢުވާލިބޭ ފަރާތުން އެއްބަސްވި ގޮތް ޤަބޫލުކޮށް މުޅި މައްސަލަ ނިންމައިދިނުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާނަމަ، ޝަރީޢަތް ނުހިންގައި އެ މައްސަލައިގައި ކޯޓުން ނިންމުމެއް ނިންމަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތަށް ދަޢުވާގެ އެއްބަސްވި ބަޔާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްފަހު، އެ ދަޢުވާގައިވާ ކަންތައްތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން އެއްބަސްނުވާ ބައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި އެ މައްސަލަ ޝަރީޢަތުގެ މަރުޙަލާއަށް ފޮނުވާނީއެވެ. ދަޢުވާގެ އެއްބަސްވި ބައިގެ މައްޗަށް ގޮތެއް ކަނޑައަޅާނީ އެ ޤަޟިއްޔާގައި ނެރޭ އަމުރެއްގެ ގޮތުގައެވެ. އެއަށްފަހު، އެ ދަޢުވާގެ އެއްބަސްނުވާ ބައިގެ ޝަރީޢަތް ކުރިއަށް ގެންދާނީ ހަމަ އެ ޤަޟިއްޔާއަށް ކުރިން ވެސް ދީފައިވާ ޤަޟިއްޔާ ނަންބަރުގެ ދަށުންނެވެ. |
(3) މުޅި ދަޢުވާއަށް އިންކާރުކުރުން |
|||
ދަޢުވާގެ ދިފާޢު |
|
(ހ) |
ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް އިންކާރުކުރާނަމަ، ޢަމަލުކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 105 ވަނަ މާއްދާ އާއި 106 ވަނަ މާއްދާގައިވާ ގޮތަށެވެ. ދަޢުވާގެ ދިފާޢު އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 07 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
|
(ށ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ މުޅި ދަޢުވާއަށް އިންކާރު ކުރާނަމަ، ދަޢުވާގެ ލިޔުންތައް ލިބޭ ތާރީޚުން ފެށިގެން |
ދިފާޢުއަށް ޖަވާބުދިނުން |
|
ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދަޢުވާގެ ދިފާޢު ދަޢުވާކުރާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ. ދަޢުވާގެ ދިފާޢު ދަޢުވާކުރާ ފަރާތަށް ލިބުމުން ދިފާޢުގެ ރައްދު 14 (ސާދަ) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލުގައިވާ |
|
ދިފާޢުގެ ޖަވާބަށް ރައްދު ދިނުން |
|
(ހ) |
ދަޢުވާކުރާ ފަރާތުން ހުށަހަޅާ ދަޢުވާގެ ދިފާޢުގެ ރައްދުގައި ދޭ ޖަވާބު ދަޢުވާލިބޭ ފަރާތަށް ފޮނުވައި، އެކަމަށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ޖަވާބު ދިނުމަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް ކޯޓުން ދީ އަންގަންވާނެއެވެ. ދަޢުވާގެ ދިފާޢުގެ ރައްދުގައި ދޭ ޖަވާބަށް ދަޢުވާލިބޭ ފަރާތުން ރައްދު ދޭނީ މި ގަވާއިދުގެ ޖަދުވަލުގައިވާ |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދިފާޢުގެ ރައްދުގައި ޖަވާބު ހުށަހަޅަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތަކުންނަމަ، ދިފާޢުއަށް ޖަވާބު ދިނުމުގެ މުއްދަތު، ދަޢުވާގެ ލިޔުންތައް ލިބޭ ތާރީޚުން ފެށިގެން ޖުމުލަ 28 (އަށާވީސް) ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތުގެމަތިން އިތުރު ކުރެވިދާނެއެވެ. |
ރައްދު ދަޢުވާ |
|
ދަޢުވާކުރާ ފަރާތުގެ މައްޗަށް ދަޢުވާލިބޭ ފަރާތުން ރައްދު ދަޢުވާއެއް ހުށަހަޅާނަމަ، އެގޮތުން ހުށަހަޅާ ރައްދު ދަޢުވާ ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 10 އިންނެވެ. ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ރައްދު ދަޢުވާ ގެ ފޯމު ހުށަހަޅާނީ ދަޢުވާގެ ދިފާޢުއާ އެކުގައެވެ. |
|
ފަހުން ރައްދު ދަޢުވާއެއް ހުށަހެޅުން |
|
ދަޢުވާގެ ދިފާޢު ހުށަހެޅުމަށްފަހު، ރައްދު ދަޢުވާއެއް ހުށަހަޅާނަމަ، ރައްދު ދަޢުވާ ހުށަހެޅުމުގެ ހުއްދައަށް އެދި މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 11 އިން ހުށަޅަންވާނެއެވެ. މިފަދަ ރައްދު ދަޢުވާއެއް ކުރިއަށް ގެންދިއުމަށް ކޯޓުން ހުއްދަ ދޭނީ، ދަޢުވާގެ ދިފާޢު ހުށަހެޅިއިރު އެފަދަ ރައްދު ދަޢުވާއެއް ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމަށް ބެލެވޭނެ ސަބަބެއް ނެތްނަމައެވެ. |
|
ޚަޞްމަކު އިތުރުކުރަން އެދޭ ފޯމު |
|
ރައްދު ދަޢުވާގައި ދަޢުވާކުރާ ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް |
|
އިތުރު ދަޢުވާ |
|
ދަޢުވާލިބޭ ގިނަ ފަރާތްތަކެއް ތިބެފައި، އެއިން ފަރާތަކުން ދަޢުވާލިބޭ ފަރާތަށް ދީފައިވާ ގެއްލުމެއްގެ ބަދަލު ދިނުމަށް އެއްބަސްވާނަމަ، އިތުރު ދަޢުވާއެއް ކޯޓަށް ހުށަހެޅިދާނެއެވެ. އިތުރު ދަޢުވާ ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 13 އިންނެވެ. |
|
ފަހުން އިތުރު ދަޢުވާއެއް ހުށަހެޅުން |
|
(ހ) |
ދަޢުވާގެ ދިފާޢު ހުށަހަޅާ ވަގުތު ފިޔަވާ އެހެން ވަގުތެއްގައި އިތުރު ދަޢުވާއެއް ހުށަހަޅާނަމަ، އެކަމުގެ ހުއްދައަށް އެދެންވާނެއެވެ. އިތުރު ދަޢުވާ ހުށަހެޅުމުގެ ހުއްދައަށް އެދޭނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 11 އިންނެވެ. މިފަދަ ދަޢުވާއެއް ކުރިއަށް ގެންދިއުމަށް ކޯޓުން ހުއްދަ ދޭނީ، ދަޢުވާގެ ދިފާޢު ހުށަހެޅިއިރު، އިތުރު ދަޢުވާއެއް ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭނެ ސަބަބެއް ނެތްނަމައެވެ. |
|
|
(ށ) |
އިތުރު ދަޢުވާއެއް ކޯޓުން ބަލައިގަންނާނީ ނުވަތަ މައުޟޫޢީ ދަޢުވާއާއެކު ކުރިއަށް ގެންދާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 159 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މައްސަލައަކީ އަސްލު މައުޟޫޢީ މައްސަލައާއެކު ހިންގެން އޮތް މައްސަލައެއް ކަމަށްވާނަމައެވެ. |
|
|
(ނ) |
ހިނގަމުންދާ މައުޟޫޢީ މައްސަލައިގައި އިތުރު ދަޢުވާއެއް ކޮށްފައިވާނަމަ، އަދި އެ ދަޢުވާއަކީ މައުޟޫޢީ މައްސަލައާއެކު ހިންގުމަށް ނިންމާ މައްސަލައެއްނަމަ، މައްސަލަ ހިންގާނެ ގޮތުގެ އިރުޝާދު ކޯޓުން ދޭންވާނެއެވެ. |
ދިފާޢު ހުށަހަޅާއިރު ރައްދު ދަޢުވާއެއް ނުވަތަ އިތުރު ދަޢުވާއެއް ހުށަހެޅުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅާއިރު، ދިފާޢު ފޯމާއެކު ރައްދު ދަޢުވާއެއް ނުވަތަ އިތުރު ދަޢުވާއެއް ހުށަހަޅައިފިނަމަ، އެ ރައްދު ދަޢުވާއަށާއި އިތުރު ދަޢުވާއަށް ދިފާޢު ހުށަހެޅުމަށް އެ ރައްދު ދަޢުވާ އަދި އިތުރު ދަޢުވާ ރައްދުވާ ޚަޞްމަށް އަންގައި، މަތީގައި ބުނެވުނު ތަރުތީބުން އެ ރައްދު ދަޢުވާއަށާއި އިތުރު ދަޢުވާއަށް ދިފާޢު ހުށަހަޅައި އެ ދިފާޢުއަށް ޖަވާބު ދިނުމަށާއި އަދި |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނު ކަންކަން ފުރިހަމަވުމުން މައްސަލައިގެ ބަޔާން ބަދަލުކުރުމުގެ މަރުޙަލާ ނިމުނީއެވެ. |
ބަޔާން ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން އެދި ހުށަހެޅުން |
|
ބަޔާން ބަދަލުކުރުމުގެ މަރުޙަލާގައި އެއްވެސް ޚަޞްމެއްގެ ފަރާތުން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، މުއްދަތު އިތުރުކޮށްދޭކަން ނުވަތަ ނޫންކަން އަދި އިތުރުކޮށްދޭ މުއްދަތު އެގޮތަށް ޚަޞްމު އެދޭ ދުވަހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ކޯޓުން ކަނޑައަޅައި އެގޮތަށް އެދި ހުށަހެޅި ޚަޞްމަށާއި މައްސަލައިގެ އަނެއް ޚަޞްމަށް އެކަން ލިޔުމުން އަންގަންވާނެއެވެ. |
ދިހަވަނަ ބައި |
|||
ޣައިރު ޙާޟިރުގައި ކުރާ ޙުކުމް |
|||
ޣައިރު ޙާޟިރުގައި ޙުކުމްކުރުން |
|
ދަޢުވާލިބޭ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 100 ވަނަ މާއްދާގެ ދަށުން، ދަޢުވާ އާއި ދަޢުވާއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާ ޙަވާލުވުމަށްފަހު، މި ޤާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ |
|
ދިފާޢު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުން |
|
(ހ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ދިފާޢެއް ހުށަހެޅުމަށް ލިބިފައިވާ 14 (ސާދަ) ދުވަހުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހަޅައި، އެ ހުއްދަ ކޯޓުން ދީފައިވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅޭނީ އެގޮތުން އިތުރުކުރެވުނު މުއްދަތު ހަމަވިއިރު ދަޢުވާގެ ދިފާޢު ހުށަހަޅާފައި ނުވާނަމައެވެ. |
|
|
(ށ) |
ބަޔާން ބަދަލުކުރުމުގެ މަރުޙަލާގައި އެއްވެސް ޚަޞްމަކު ހުށަހަޅަންޖެހޭ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގައި، ބަޔާން ކޯޓަށް ހުށަނާޅައި، މުއްދަތަށް ޢަމަލުކުރުމުގެ ވާޖިބާ ޚިލާފުވެއްޖެނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދިހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މި ގަވާއިދުގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމުން ޣައިރު ޙާޟިރުގައި އެ މައްސަލައިގައި ޙުކުމް ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ޙައްޤު، ކޯޓުގެ އެންގުމާ ޚިލާފުނުވާ ޚަޞްމަށް ލިބިގެންވެއެވެ. |
|
|
(ނ) |
މި މާއްދާގައިވާ ގޮތުގެމަތިން ޣައިރު ޙާޟިރުގައި މައްސަލަ ނިންމަންވާނީ، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލައި އަދި އެ މައްސަލައެއްގައި ޙާޟިރުވާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށް ފަހުގައެވެ. |
ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް ހުށަހެޅުން |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ދަޢުވާތަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާނަމަ، އެ ހުށަހެޅުމެއް ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 26 އިންނެވެ. |
|
|
(ށ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ދަޢުވާތަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް އެދި ހުށަހެޅޭނީ އެ ދަޢުވާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާ އާއި، 118 ވަނަ މާއްދާ އާއި، 119 ވަނަ މާއްދާ އާއި، 120 ވަނަ މާއްދާ އަދި 121 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވެ، އަދި ދަޢުވާ ފޯމާއި ދަޢުވާއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާ ޙަވާލުވުމަށްފަހު ދަޢުވާލިބޭ ފަރާތުން 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ނުވަތަ އެ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައި ނެތްނަމައެވެ. |
އަމުރު ރައްދުނުވުން |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 409 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޣައިރު ޙާޟިރުގައި މައްސަލަ ނިންމަންވާނީ، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލައި އަދި އެ މައްސަލައެއްގައި ޙާޟިރުވާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށް ފަހުގައެވެ. |
ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލު ކުރުމާއި ބަދަލުކުރުން |
|
ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލުކުރަން ނުވަތަ ބަދަލުކުރުމަށް |
އެގާރަވަނަ ބައި |
||
ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވައި މައްސަލަ ނިންމުން |
||
ޝަރީޢަތް ނުހިންގައި މައްސަލަ ނިންމުން |
|
އެ މައްސަލައަކީ ކޮންމެ ބާވަތެއްގެ މަދަނީ މައްސަލައެއް ކަމަށް ވީނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 164 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތްތަކުގައި ޝަރީޢަތް ނުހިންގައި ދަޢުވާކުރާ ފަރާތާ ދެކޮޅަށް ނުވަތަ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލައެއް ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
ޝަރީޢަތް ނުހިންގައި މައްސަލަ ނިންމައި ދިނުމަށް އެދުން |
|
ޝަރީޢަތް ނުހިންގައި މައްސަލަ ނިންމައި ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ކޯޓުން ނިންމާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 165 ވަނަ މާއްދާއާއި، 166 ވަނަ މާއްދާއާއި 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޚަޞްމަކު އެދި ހުށަހެޅުމުންނެވެ. މައްސަލައިގެ އަޑުއެހުމެއް ނެތި މައްސަލަ ނިންމައިދިނުމަށް އެދި ޚަޞްމަކު ހުށަހަޅާނަމަ ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 5 އިންނެވެ. |
ބާރަވަނަ ބައި |
||||
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގައި ދަޢުވާއަށް ރައްދު ދިނުން |
||||
މައްސަލައިގެ ލިޔެކިޔުން ރައްދުކުރުން |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 15 ވަނަ ބާބުގައި ބުނެފައިވާ އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގެ ފޯމާއި ލިޔުންތައް ކޯޓަށް ލިބުމުން، އެ ފޯމާއި ލިޔުންތައް ދަޢުވާ ރައްދުވާ ފަރާތް ނުވަތަ ފަރާތްތަކަށް ކޯޓުން ރައްދުކުރަންވާނެއެވެ. އެ ލިޔުންތަކާއެކު "އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" ދަޢުވާ ފޯމާއެކު ނުވަތަ މައްސަލަ ހުށަހަޅާ ފޯމާއެކު ދަޢުވާލިބޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ކޯޓުން ހަވާލުކުރަންވާނެއެވެ. "އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 28 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
||
އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުން |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 15 ވަނަ ބާބުގައި ބުނެފައިވާ އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގައި ނުވަތަ ދަޢުވާތަކުގައި ދަޢުވާގެ ދިފާޢެއް ނުވަތަ ރައްދެއް ވަކި ފޯމަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، ދަޢުވާލިބޭ ފަރާތަށް ދަޢުވާގެ ލިޔުންތައް ލިބުމުން، 14 (ސާދަ) ދުވަހުގެ ތެރޭގައި "އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" |
|
|
|
(ށ) |
ދަޢުވާލިބޭ ފަރާތުން ކިތާބީ ހެކި ހުށަހަޅަން އެދޭނަމަ، އެފަރާތުން "އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" ހުށަހަޅާއިރު، ކިތާބީ ހެކިވެސް ހުށަހަޅަންވާނެއެވެ. އަދި ދަޢުވާލިބޭ ފަރާތުން އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅަން ބޭނުންވާނަމަ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، އެކަން ވެސް ބަޔާންކުރަންވާނެއެވެ. |
|
|
|
(ނ) |
ތަރިކަ މުދަލަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ހުށަހަޅާ "އިޚްތިލާފެއް ނެތް ބާވަތުގެ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" ގައި އެ ވާރިޘެއްގެ މަޞްލަޙަތު އޮތް މިންވަރާއި، އެ މުދަލުގެ މައްޗަށް ދަޢުވާލިބޭ ފަރާތެއްގެ މަޞްލަޙަތު އޮތް މިންވަރާމެދު ދެބަސްވާނަމަ އެ ކަމަކާއި އެކަމުގެ ސަބަބުތައް ބަޔާންކުރަންވާނެއެވެ. އަދި ތަރިކަ މުދަލުގެ މައްޗަށް ދަޢުވާއެއް އޮތްނަމަ އެކަމެއްވެސް ބަޔާންކުރަންވާނެއެވެ. |
|
|
|
(ރ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މައްސަލައެއްގައި ދެނީ ކޮން އެއްޗެއްކަމާއި، ލިބެނީ ކޮންބަޔަކަށް ކަމާއި، އެ ދިނުމުގައި ނުހިމެނޭ އިޢުތިރާޒުކުރުމުގެ ޙައްޤު ލިބޭ މީހުންނަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ. މި ހައްޤު ލިބޭ މީހުންނަކީ ހިބައާއި ވަޞިއްޔަތުގައި ނުހިމެނޭ އަނބި/ފިރިންނާއި، އުފަންދަރިންނާއި، މަރުވެފައިވާ ދަރިންގެ އުފަންދަރިންނާއި މައިންބަފައިންނެވެ. |
|
ތޭރަވަނަ ބައި |
||||
އިޚްތިލާފު އޮންނަ ބާވަތުގެ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާ |
||||
ޝަރީޢަތުގެ މަރުޙަލާއަށް ފޮނުވާ މައްސަލަތައް |
|
ކޯޓަށް ހުށަހެޅޭ އިޚްތިލާފު އޮންނަ މަދަނީ ދަޢުވާތަކުގެ ތެރެއިން، ޝަރީޢަތުގެ މަރުޙަލާއަށް ގެންދަންވާނީ އަންނަނިވި މައްސަލަތަކެވެ. |
||
|
|
(ހ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ މުޅި ދަޢުވާއަށް އެއްބަސްވެ ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުން ދަޢުވާއަށް މުޠުލަޤު ގޮތެއްގައި އެއްބަސްވެފައިވާކަން ކަށަވަރުނުކުރެވޭ މައްސަލަތައް؛ |
|
|
|
(ށ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ބަޔަކަށް އެއްބަސްވެފައިވާ މައްސަލަތަކުގައި، އެ ދަޢުވާގައި އެއްބަސްނުވާ ބަޔާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތައް؛ |
|
|
|
(ނ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކޮށް ދިފާޢު ހުށަހަޅާފައިވާ މައްސަލަތައް؛ |
|
|
|
(ރ) |
ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ މައްސަލަތައް؛ |
|
|
|
(ބ) |
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވެފައިވާ މައްސަލަތަކުގެ ތެރެއިން، ޝަރީޢަތް ނުހިންގައި ޙުކުމްކުރުމަށް އެދިފައިނުވާ މައްސަލަތަކުގެ ތެރެއިން، ޝަރީޢަތް ނުހިންގައި ޙުކުމްކުރުމަށް ހުރަސް އެޅޭ ސަބަބެއް އޮތް ކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ޤަބޫލުކުރެވޭ މައްސަލަތައް. |
|
ޝަރީޢަތަށް ފޮނުވޭ މައްސަލަތައް ބެހިގެންވާ ބައިތައް |
|
(ހ) |
ޝަރީޢަތަށް ފޮނުވާ މައްސަލަތަކުގެ ޝަރީޢަތް ހިންގޭނީ، އަންނަނިވި ތިން ޓްރެކުންކުރެ ޓްރެކަކުންނެވެ. |
|
|
|
|
(1) |
ކުދި މައްސަލަތަކުގެ ޓްރެކް؛ |
|
|
|
(2) |
އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް؛ |
|
|
|
(3) |
ބޮޑެތި މައްސަލަތަކުގެ ޓްރެކް. |
|
|
(ށ) |
ޝަރީޢަތަށް ފޮނުވޭ މައްސަލައެއްގެ ޝަރީޢަތް ހިންގާނެ ޓްރެކް ކަނޑައަޅާނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 16 ވަނަ ބާބުގައި ބަޔާންކުރާ ގޮތުގެ މަތިން ކޯޓުންނެވެ. |
|
|
|
(ނ) |
މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމުން، އެކަން އަންގައި، މައްސަލައިގެ ޚަޞްމުންނަށް ޓްރެކް ކަނޑައެޅުމުގެ ނޯޓިސް ކޯޓުން ދޭންވާނެއެވެ. މި ނޯޓިސް އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
ސާދަވަނަ ބައި |
||||
އިޚްތިލާފު އޮންނަ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުން |
||||
އިބްތިދާއީ އަޑުއެހުން |
|
ޝަރީޢަތް ހިންގުމަށް ކަނޑައެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބާއްވަންވާނެއެވެ. އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދާނީ މެޖިސްޓްރޭޓެވެ. |
||
އިބްތިދާއީ އަޑުއެހުމުގައި ކުރަންޖެހޭ ކަންކަން |
|
(ހ) |
އިބްތިދާއީ އަޑުއެހުމުގައި އަންނަނިވި ކަންތައްތައް މެޖިސްޓްރޭޓް ކުރަންވާނެއެވެ. |
|
|
|
(1) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 185 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަން ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކަނޑައެޅުން؛ |
|
|
|
(2) |
މައްސަލަ ކުރިއަށް ދާނެ ގޮތުގެ އިރުޝާދު ދިނުން؛ |
|
|
|
|
(3) |
މައްސަލައިގެ އަޑުއެހުން ނިންމާނެ ތާރީޚު ބަޔާންކޮށް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާވަލު އެކުލަވާލައި އިޢުލާންކުރުން؛ އަދި އެ ތާވަލު ލިޔުމުން ޚަޞްމުންނާ ހަވާލުކުރުން. |
|
|
(ށ) |
މައްސަލައިގެ ވަކީލުންނާއި މެޖިސްޓްރޭޓުން ޗުއްޓީ ނެގުމުގައި |
|
ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެދި ހުށަހެޅުން |
|
(ހ) |
އިބްތިދާއީ ބައްދަލުވުމުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެ ޚަޞްމުން އެއްބަސްވެއްޖެނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް އެ ފުރުޞަތު އެ ފަރާތްތަކަށް ދެވިއްޖެ ކަމުގެ ނޯޓިސް ޚަޞްމުންނަށް ދޭންވާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓުން ދޭންޖެހޭ ނޯޓިހާއި، |
|
|
|
(ށ) |
މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ބޭނުންވާނަމަ ޢަމަލުކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 މާއްދާގައިވާ ގޮތަށެވެ. |
|
|
|
(ނ) |
ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުޞަތު ނުދިނުމަށް ކޯޓުން ނިންމައިފިނަމަ، އެކަމުގެ ނޯޓިސް މައްސަލައިގެ ޚަޞްމުންނަށް ދޭންވާނެއެވެ. މި ނޯޓިސް އޮންނަންވާނީ |
|
ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރެވުނުކަން ނުވަތަ ނޫންކަން އެންގުން |
|
(ހ) |
ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެވުނު ފުރުޞަތުގައި މައްސަލަ ހައްލުވެއްޖެކަން ނުވަތަ ނުވާކަމުގެ ނޯޓިސް، އެންމެ ލަސްވެގެން އެ މުއްދަތު ހަމަވާ ދުވަހު ނުވަތަ އޭގެ ކުރިން ދަޢުވާކުރާ ފަރާތުން ކޯޓަށް ފޮނުވަންވާނެއެވެ. މި ނޯޓިސް އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. ބަޔާންކުރެވުނު މުއްދަތުގައި ނޯޓިސް ދީފައި ނެތްނަމަ، ކޯޓުން މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ޚަޞްމުންނަށް އެންގުމަށްޓަކައި އިރުޝާދު ދިނުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ. |
|
|
|
(ށ) |
ދެ ޚަޞްމުން އެއްބަސްވާނަމަ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެވުނު ފުރުޞަތު އިތުރުކޮށްދެވިދާނެއެވެ. ނުވަތަ މުއްދަތު ކުރުކޮށްދެވިދާނެއެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެވުނު ފުރުޞަތު އިތުރުކޮށްދެވޭނީ ދެ ފަރާތުން އެކަމަށް އެދި ކޯޓަށް ސިޓީ ފޮނުވާފައިވާނަމައެވެ. މި ގޮތަށް ފޮނުވާ ސިޓީގައި އިތުރުކޮށްދޭން އެދި ހުށަހަޅާ މުއްދަތު ބަޔާންކުރަންވާނެއެވެ. |
|
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރަން އެދި ހުށަހެޅުން |
|
ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި، ކޯޓު މަރުޙަލާގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތަކަށް މައްސަލައިގެ ޚަޞްމުންނަށް އިބްތިދާއީ އަޑުއެހުމުގައި އެދެވިދާނެއެވެ. |
||
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމުގެ އިޖުރާއަތު |
|
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމަށް ހުށަހެޅޭ ހާލަތުގައި، |
||
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމުގައި ޢަމަލުކުރާނެ ގޮތް |
|
(ހ) |
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރަން، މައްސަލަ ބަލާ މެޖިސްޓްރޭޓް ނިންމައިފިނަމަ ތިރީގައި މިވާގޮތަށް ކޯޓުން ޢަމަލުކުރަންވާނެއެވެ. |
|
|
|
|
(1) |
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރަން ނިންމިކަމުގެ ނޯޓިސް ޚަޞްމުންނަށް ދިނުމާއެކު މައްސަލައިގެ ފައިލު ދާއިރާ އިސްމެޖިސްޓްރޭޓަށް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓަށް ފޮނުވުން. |
|
|
|
(2) |
މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭނޭ މެޖިސްޓްރޭޓެއް ކޯޓުގެ މެޖިސްޓްރޭޓުންގެ ތެރެއިން ޢައްޔަންކޮށް، |
|
|
|
(3) |
މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭ މެޖިސްޓްރޭޓް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 18 ވަނަ ބާބުގައިވާ ގޮތަށް މައްސަލަ ހައްލުކުރުމުގެ އިޖުރާއަތު ކުރިއަށް ގެންދިއުން. |
|
|
(ށ) |
އެއް މެޖިސްޓްރޭޓަކު މަސައްކަތްކުރާ ނުވަތަ ހަވާލުވެފައިވެފައިވާ ކޯޓެއްގައި، ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމުގައި ޚަޞްމުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރާނީ |
|
|
|
(ނ) |
މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭނޭ މެޖިސްޓްރޭޓުން ޢައްޔަންކޮށް އެގޮތުން ހަވާލުކުރެވޭ މައްސަލަތަކުގެ ވަކި ރަޖިސްޓަރީއެއް ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭނޭ މެޖިސްޓްރޭޓުންގެ މަސައްކަތް ނިމެމުންދާ ވަރަކަށް ގަވާއިދުން މި ރަޖިސްޓަރީ އަދާހަމަކުރަމުން ގެންދަންވާނެއެވެ. |
|
މައްސަލަ ޙައްލުކުރުމުގެ ބައްދަލުވުމުގެ ނޯޓިސް ދިނުން |
|
(ހ) |
މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭ މެޖިސްޓްރޭޓަށް މައްސަލައިގެ ފައިލު ލިބުމުން މައްސަލަ ހައްލުކުރުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވުމުގެ ނޯޓިސް ޚަޞްމުންނަށް ދޭންވާނެއެވެ. |
|
|
|
(ށ) |
ކޯޓު މަރުޙަލާގެ މައްސަލަ ހައްލުކުރުމުގެ ފުރަތަމަ ބައްދަލުވުމަށް ހާޟިރުވާއިރު މައްސަލައިގެ ޚަޞްމުންގެ ފަރާތުން މައްސަލައިގެ ޚުލާޞާއެއް ތައްޔާރުކޮށް ހުށަހަޅަން ވާނެއެވެ. އެ ޚުލާޞާގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ. |
|
|
|
|
(1) |
ޚަޞްމުންގެ ނަންތައް؛ |
|
|
|
(2) |
ޚަޞްމުންގެ އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް؛ |
|
|
|
(3) |
ދަޢުވާ އަދި ދިފާޢު ބިނާކޮށްފައިވާ ވާޤިޢާތައް؛ |
|
|
|
(4) |
ވަކީލަކު ޢައްޔަނުކޮށްފައިވާނަމަ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް؛ |
|
|
|
(5) |
ހައްލުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވާ ފަރާތަކީ ކޮބައިކަން؛ އަދި |
|
|
|
(6) |
ހައްލުގެ މަރުޙަލާގައި ދެފަރާތުން ބަރޯސާވާން ގަސްދުކުރާ ލިޔުންތައް؛ |
|
|
|
(7) |
މައްސަލަ ހައްލުކުރަން ބޭނުންވާ ގޮތްތައް. |
|
|
(ނ) |
ޙަޞްމެއްގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައިވާ ވަކި މަޢުލޫމާތަކީ މައްސަލަ ހައްލުވުމަށް އެހީތެރިވެދާނެ މަޢުލޫމާތެއް ކަމަށް މެޖިސްޓްރޭޓަށް ޤަބޫލުކުރެވޭ ހާލަތެއްގައި، އެ މަޢުލޫމާތެއް އަނެއް ފަރާތަށް ހާމަނުކުރާގޮތަށް، މެޖިސްޓްރޭޓަށް ހިއްސާކުރުމަށް އެދެވިދާނެއެވެ. |
|
|
|
(ރ) |
މައްސަލަ ހައްލުކުރުމުގެ ބައްދަލުވުމަށް ޚަޞްމުން ޙާޟިރުނުވާނަމަ އަންނަނިވި ގޮތަށް ޢަމަލުކުރެވިދާނެއެވެ. |
|
|
|
|
(1) |
އަޑުއެހުން ފަސްކުރުން. |
|
|
|
(2) |
ހައްލުކުރަން ބޭނުން ނުވަނީ ކަމުގައި ބަލައި ހައްލުކުރުމުގެ މަސައްކަތް ނިންމުން. |
މައްސަލަ ހައްލުކުރުމުގެ މަރުޙަލާ ނިމުން |
|
(ހ) |
މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭ މެޖިސްޓްރޭޓުގެ މަސައްކަތް ނިމުމުން އެ މަސައްކަތް ދިޔަގޮތުގެ ރިޕޯޓާއެކު މައްސަލައިގެ ފައިލު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓްއާ ހަވާލުކުރާނީއެވެ. |
|
|
|
(ށ) |
މައްސަލަ ހައްލުވެފައި ނުވާނަމަ، ނުވަތަ މައްސަލައިގެ ބައެއް ހައްލުވެފައި ނުވާނަމަ، އެ މައްސަލައިގައި ނުވަތަ މައްސަލައިގެ ހައްލުނުވެ އޮތް ބައިގައި ޝަރީޢަތްކުރުމަށްޓަކައި، މައްސަލަ ބަލާނެ މެޖިސްޓްރޭޓަކު ޢައްޔަންކުރުމަށް، އެ މައްސަލަ ކުރިން ބަލަމުން ގެންދިޔަ މެޖިސްޓްރޭޓު މައްސަލައިގެ ފައިލު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓް ހަވާލުކުރާނީއެވެ. |
|
ޚުޞޫމަތު ނިންމުމަށް އެއްބަސްވުން |
|
(ހ) |
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުވެއްޖެނަމަ، ދެ ފަރާތުން މައްސަލަ ހައްލުކުރަން އެއްބަސްވި ގޮތުގެ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގައި ޚަޞްމުން ސޮއިކުރަންވާނެއެވެ. އަދި އެ އެއްބަސްވުމުގައި މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭ މެޖިސްޓްރޭޓް ސޮއިކުރަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ޚަޞްމަކު ޢަމަލުނުކޮށްފިނަމަ، އެ އެއްބަސްވުން ކޯޓުގެ ޙުކުމެކޭ އެއްގޮތަށް ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ޑިވިޝަނުން ތަންފީޒުކޮށްދޭންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނު އެއްބަސްވުން އޮންނަންވާނީ މި ގަވާއިދުގެ އެޕްންޑިކްސް E ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
ޓްރެކް ކަނޑައެޅުން |
|
(ހ) |
މައްސަލަ ޙައްލުކުރަން ބޭނުން ނުވާކަމަށް އިބްތިދާއީ އަޑުއެހުމެއްގައި ޚަޞްމުން ބުނެފިނަމަ، ނުވަތަ ކޯޓުން ބޭރުގައި ނުވަތަ ކޯޓުގެ މަރުޙަލާގައި މައްސަލަ ހައްލުނުވެއްޖެނަމަ، ނުވަތަ އެ މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 187 ވަނަ މާއްދާގެ ދަށުން ހައްލެއް ހޯދުމަށް އެކަށޭނަ މައްސަލައެއް ނޫންކަމަށް މެޖިސްޓްރޭޓަށް ޤަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި، އިބްތިދާއީ އަޑުއެހުމެއް ބާއްވައި، މައްސަލައިގައި ހިމެނޭ ޚަޞްމުންނާ މެޖިސްޓްރޭޓް މަޝްވަރާކުރަންވާނެއެވެ. |
|
|
|
(ށ) |
ކޯޓު މަރުޙަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުޞަތު ނުދިނުމަށް ކޯޓުން ނިންމައިފިނަމަ އެކަމުގެ ނޯޓިސް މައްސަލައިގެ ޚަޞްމުންނަށް ދޭންވާނެއެވެ. އެ ނޯޓިސް އޮންނަންވާނީ |
|
|
|
(ނ) |
ޓްރެކް ކަނޑައެޅުމާ ބެހޭގޮތުން ކޯޓުގައި ޚަޞްމުންނާ މަޝްވަރާކުރުމުގެ ބަދަލުގައި ޓްރެކް ކަނޑައެޅުމަށްޓަކައި ސާފުކުރާ ފޯމެއް ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެ ފޯމު އޮންނާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
ޝަރީޢަތުގެ ބޭރުން ބޭއްވޭ ބައްދަލުވުންތައް |
|
(ހ) |
އިބްތިދާއީ އަޑުއެހުންތަކާއި ޚަޞްމުންނަށް އިރުޝާދު ދިނުމަށް ބާއްވާ އަޑުއެހުންތަކާއި މައްސަލަ ތަރުތީބު ކުރުމަށް ބާއްވާ އަޑުއެހުންތައް ބާއްވާނީ ނުރަސްމީ ސިފައެއްގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައެވެ. ނަމަވެސް މިއިން ކޮންމެ އަޑުއެހުމެއްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތެކެވެ. މިގޮތުން ލިޔެވޭ ޔައުމިއްޔާ ލިޔެ މެޖިސްޓްރޭޓް ސޮއިކުރުމަށްފަހު ދުވަހުން ދުވަހަށް މައްސަލައިގެ ފައިލުގައި ފައިލުކުރަންވާނެއެވެ. |
|
|
|
(ށ) |
ކޯޓުގެ މަރުޙަލާގައި މައްސަލަ ހައްލުކުރުމަށް ބާއްވާ އަޑުއެހުންތައް ބާއްވާނީ ނުރަސްމީ ސިފައެއްގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައެވެ. ނަމަވެސް މިއިން ކޮންމެ އަޑުއެހުމެއްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ މެޖިސްޓްރޭޓްގެ މަސްއޫލިއްޔަތެކެވެ. މި ގޮތުން ލިޔެވޭ ޔައުމިއްޔާ ލިޔެ މެޖިސްޓްރޭޓް ސޮއިކުރުމަށްފަހު ދުވަހުން ދުވަހަށް މައްސަލައިގެ ފައިލުގައި ފައިލުކުރަންވާނެއެވެ. |
|
ފަނަރަވަނަ ބައި |
||||
އިޚްތިލާފު އޮންނަ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް |
||||
ޝަރީޢަތްކުރެވޭ ބަސް |
|
(ހ) |
ދިވެހިރާއްޖޭގައި ހިންގާ މަދަނީ މައްސަލަތަކުގެ ޝަރީޢަތްތައް ކުރެވޭނީ ދިވެހި ބަހުންނެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުން ބަލައިގަތުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތަށް ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުމުގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހެޅުމަށް ކޯޓުން އަންގައިފިނަމަ އެ ލިޔުމެއްގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހަޅަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް ބިދޭސީއެއްގެ ހެކިބަސް އިނގިރޭސި ބަހުން ނެގުމަށް ނުވަތަ އިނގިރޭސިބަހުން ހެކިބަހުގެ ބަޔާނެއް ނުވަތަ އެފިޑެވިޓެއް ހުށަހެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
|
|
|
(ރ) |
ދިވެހި ބަސް ނޭނގޭ ޚަޞްމުންނާއި އަޑުއިވުމާއި ވާހަކަ ދެއްކުމުން މަޙުރޫމްވެފައިވާ ޚަޞްމުން، ތަރުޖަމާނަކު ހޯދުމަކީ އެ ޚަޞްމަކު އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. |
|
|
|
(ބ) |
ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ބިދޭސީއެއްގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ނެގުމަށް ޚަޞްމަކު ހުށަހަޅާފައިވާނަމަ، ތަރުޖަމާކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ހެއްކަކު ހުށަހެޅި ފަރާތުންނެވެ. |
|
|
|
(ޅ) |
މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް، ބިދޭސީ ބަހަކުން ކޯޓު އަމުރެއް ނެރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
|
ސޯޅަވަނަ ބައި |
||||
އިޚްތިލާފު ނެތް ބާވަތުގެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުމާއި ޝަރީޢަތް |
||||
އިޚްތިލާފެއް ނެތް މައްސަލަތަކުގެ އިރުޝާދު ދިނުމުގެ އަޑުއެހުން |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޚްތިލާފު ނެތް ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ލިޔުންތަކާއި، އޭގެ ރައްދުގައި ދަޢުވާލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ "އިޚްތިލާފެއް ނެތް މައްސަލަތަކުގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" ކޯޓަށް ލިބުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން ކޯޓުން ޚަޞްމުންނަށް އިރުޝާދު ދިނުމަށްޓަކައި އިބްތިދާއީ އަޑުއެހުމެއް ބާއްވަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބުނެފައިވާ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތާބެހޭގޮތުން ޚަޞްމުންނާ މަޝްވަރާކުރުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ތާވަލެއް އެކުލަވާލައި، އެ ތާވަލު ކޯޓުން ޚަޞްމުންނާ ހަވާލުކުރަންވާނެއެވެ. މީގެ އިތުރުން އިބްތިދާއީ އަޑުއެހުމުގައި އަންނަނިވި ކަންކަން ކުރެވިދާނެއެވެ. |
|
|
|
|
(1) |
ވަކި ކަމަކަށް ކިތާބީ ހެކި ބޭނުންވާނަމަ އެ ކަމެއް ބަޔާންކުރުން. |
|
|
|
(2) |
ޝަފަހީ ހެކި ހުށަހަޅަން އެދޭނަމަ އެ ކަމަށް ފުރުޞަތު ދޭކަން ނުވަތަ ނޫންކަން ބަޔާންކުރުން. |
|
|
|
(3) |
ތަރިކައާއި، ހިބައާއި، ވަޞިއްޔަތުގެ މައްސަލައިގައި އިއުތިރާޒު ކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކުން އެ ފަރާތްތަކުގެ ބަޔާން އަދި ވާރިޘުންނަށް އެ ފަރާތްތަކުގެ ބަޔާން ނޮޓޮރައިޒް ކޮށްފައިވާ ބަޔާނަކުން ހުށަހަޅަން ބޭނުންވާނަމަ، އެފަދައިން ހުށަހެޅުމަށް ފުރުޞަތު އޮތްކަން ވެސް ބަޔާން ކުރުން. |
|
|
|
(4) |
މައްސަލައިގައި އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުމަށް ހޭދަވާނެ މުއްދަތަކީ ކޮބައިކަން ބަޔާންކޮށްދީ، |
|
|
|
(5) |
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކަކީ ލިޔެކިއުންތަކުގެ މައްޗަށް ނިންމުމަށް އިސްކަންދޭ ބާވަތުގެ މައްސަލަތަކެއް ކަމުގައިވުމުން ޝަރީޢަތަކާ ނުލައި ޙުކުމްކުރުމަށް އެދެވިދާނެކަން ބަޔާންކުރުން. |
|
|
|
(6) |
ކޮންމެހެން ހެކިން ޝަރީޢަތަށް ހާޟިރުކުރަން ޖެހޭނަމަ އެކަން ކުރާނެ ތާރީޚަކާ ބެހޭގޮތުން ގޮތެއް ކަނޑައެޅުން. |
|
|
(ނ) |
އިބްތިދާއީ އަޑުއެހުމުގައި މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ފަދައިން ޚަޞްމުން އެދޭނަމަ ނުވަތަ އިއުތިރާޒު ނުކުރާނަމަ، ޝަރީޢަތް އިތުރަށް ކުރިއަށް ނުގެންގޮސް، ހުށަހެޅިފައިވާ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމައި، މައްސަލައިގެ ޙުކުމް ކުރަންވާނެއެވެ. |
|
|
|
(ރ) |
އިރުޝާދު ދިނުމުގެ އަޑުއެހުމުގައި ޚަޞްމުންނާ މަޝްވަރާކުރުމަށްފަހު، އެ މައްސަލައަކީ އިޚްތިލާފެއް ނެތް މައްސަލަތަކުގެ އިޖުރާއަތުގެ ދަށުން ހިންގޭނެ ދަޢުވާއެއް ނޫންކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ދަޢުވާއެއް އިޚްތިލާފު އޮންނަ ބާވަތުގެ މައްސަލަތައް ބަލާ އިޖުރާއަތުން ބެލުމަށްޓަކައި، ކަމާބެހޭ ފޯމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އަންގައި |
|
|
|
(ބ) |
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ނިންމާނެ ތާރީޚެއް ކަނޑައަޅައި ލިޔުމުން ޚަޞްމުންނަށް އަންގަންވާނެއެވެ. |
|
ތަރިކައިގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް |
|
(ހ) |
ތަރިކައިގެ މައްސަލައެއްނަމަ، އަދި އެ ތަރިކައިގައި އާމްދަނީ ލިބިލިބި ހުރި މުދަލެއް ނުވަތަ ވިޔަފާރިއެއް ހިމެނޭނަމަ، އިބްތިދާއީ އަޑުއެހުމުގައި އަންނަނިވި ކަންކަން ކޯޓުން ހަމަޖައްސަންވާނެއެވެ. |
|
|
|
|
(1) |
ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާ ހަމައަށް، ތަރިކައިގައި ހިމެނޭ މުދަލުގެ ތެރެއިން އާމްދަނީ ލިބިލިބިހުރި މުދާ ނުވަތަ ވިޔަފާރި ހުރިނަމަ އެ މުދައު ނުވަތަ ވިޔަފާރި ހިންގައި ބަލަހައްޓާނޭ އެޑްމިނިސްޓްރޭޓަރަކު ނުވަތަ އެޑްމިނިސްޓްރޭޓަރުން ޢައްޔަންކުރުން؛ |
|
|
|
(2) |
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ބުނެވުނު އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތާއި ވާޖިބު ކަނޑައަޅައި ބަޔާންކުރުން؛ |
|
|
|
(3) |
ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާ ހަމައަށް، ތަރިކައިގައި ހުރި މުދާ ބަލަހައްޓާނޭ އުޞޫލެއް ކަނޑައެޅުން؛ |
|
|
|
(4) |
ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާ ހަމައަށް، ތަރިކައިގެ ތެރޭގައި ހިމެނޭ މުދަލުން ލިބޭ އާމްދަނީއިން އެ މުދަލެއް އިންޝުއަރކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސާނެކަން ކަށަވަރުކުރުން؛ |
|
|
|
(5) |
މަރުހޫމުގެ ދަރަނިތަކާމެދު ޢަމަލުކުރާނޭ އުޞޫލެއް ކަނޑައެޅުން؛ |
|
|
|
(6) |
މަރުހޫމު ޝަރުޢީގޮތުން ބަލަހައްޓަންޖެހޭ މީހުންނާއި ދަރިންގެ ޒަރޫރީ ބޭނުންތަކަށް ފައިސާ ނަގާނެ ގޮތާއި އެކަމަށް ކުރަންޖެހޭ ހޭދައިގެ އަދަދު ކަނޑައެޅުން؛ |
|
|
|
(7) |
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނެވުނު އެޑްމިނިސްޓްރޭޓަރުގެ މަސައްކަތަށް ފީއެއް ނަގާނަމަ، އެގޮތުން ނަގާނޭ ފީގެ މިންވަރު ކަނޑައެޅުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީ ލިބިލިބި ހުރި މުދަލުގެ ގޮތުގައި ކުންފުންޏެއްގައި ހުންނަ ހިއްސާ ހިމެނޭ ހާލަތެއްގައި ތަރިކައިގެ މައްސަލަ ނިމެންދެން އެކުންފުނީގައި ހިއްސާދާރެއްގެ ގޮތުން ތަމްސީލުކުރާނޭ ވާރިޘަކު ނުވަތަ ވާރިޘަން ނުވަތަ ކޯޓުން ކަނޑައަޅާ މިނިވަން އެޑްމިނިސްޓްރޭޓަރަކު ޢައްޔަންކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައަޅާ ކަނޑައެޅުންތައް މުރާޖަޢާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ރ) |
ތަރިކައިގައި ހުރި މުދާ ހިންގައި ބެލެހެއްޓުމަށް އެޑްމިނިސްޓްރޭޓަރު ކަމަށް މީހަކު ޢައްޔަންކުރާއިރު، އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި ވާރިޘުންގެ ތެރެއިން މީހަކު ޢައްޔަންކުރުމަށް ކޯޓުން އިސްކަންދޭންވާނެއެވެ. ވާރިޘުންގެ މެދުގައި އެޑްމިނިސްޓްރޭޓަރަކާ މެދު އެއްބަސްނުވެވިއްޖެނަމަ، ވާރިޘުންގެ ތެރެއިން ނުވަތަ ވާރިޘެއް ނޫން ޕްރޮފެޝަނަލް ފަރާތެއް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ޢައްޔަންކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ބ) |
ތަރިކައިގެ މައްސަލަ ހުށަހެޅުމުގެ ކުރިން ވެސް ތަރިކައިގައި ހުރި މުދާ ނުވަތަ ވަކި މުދަލެއް ހިންގައި ބެލެހެއްޓުމަށް އެޑްމިނިސްޓްރޭޓަރަކު ޢައްޔަންކޮށްދިނުން އެދި މައްސަލަ ހުށަހެޅުމުގެ ޙައްޤު ވާރިޘުކަށް ނުވަތަ ވާރިޘުންނަށް ލިބިގެންވެއެވެ. |
|
|
|
(ޅ) |
ތަރިކައިގައި ހުރި މުދާ ނުވަތަ ވަކި މުދަލެއް ހިންގައި ބެލެހެއްޓުމަށް ޢައްޔަންކުރާ އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު ދެމިއޮންނާނީ ތަރިކައިގެ މައްސަލައިގައި ކޯޓުން ޙުކުމްކުރަންދެން ނުވަތަ ކޯޓުން ކަނޑައަޅާ މުއްދަތަކަށެވެ. |
|
|
|
(ކ) |
ތަރިކައިގައި ހުރި މުދާ ނުވަތަ ވަކި މުދަލެއް ހިންގައި ބެލެހެއްޓުމަށް ޢައްޔަންކުރާ އެޑްމިނިސްޓްރޭޓަރުގެ މައްޗަށް އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ ވާޖިބު އޮންނާނެއެވެ. އަދި މި ބަޔާންކުރި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ ވާޖިބާ ޚިލާފުވުމުގެ ސަބަބުން ވާރުތަ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމަކަށް އެޑްމިނިސްޓްރޭޓަރު އަމިއްލައަށް ޒިންމާ އުފުލަންވާނެއެވެ. |
|
|
|
(އ) |
ތަރިކައިގެ މައްސަލަތައް ހިންގާއިރު އެ ތަރިކައިން ލިބޭ މީހަކު ނުވަތަ ބަޔަކު މަރުވެފައިވާނަމަ، އެ މީސްމީހުންގެ ތަރިކައިގެ މައްސަލަތައް އެ ޤަޟިއްޔާގެ ތެރޭގައި ބެލުމުގެ ބަދަލުގައި |
|
ވާރިޘުން ސާބިތުކުރިގޮތުގެ ސެޓްފިކެޓް |
|
ތަރިކައިގެ މައްސަލަ ނިންމުމުގެ ކުރިން ވާރިޘުން ސާބިތުކުރި ގޮތުގެ ސެޓްފިކެޓެއް ހޯދުމަށް އެދި ވާރިޘުކު ކޯޓަށް ހުށަހަޅައިފިނަމަ، ތަރިކައިގެ މައްސަލަ ކޯޓުން ނިމުމުގެ ކުރިން، ވާރިޘުން އެނގޭނޭ ގޮތުގެ ސެޓްފިކެޓެއް ވާރިޘުންނަށް ދޫކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. |
||
ތަރިކައިން ލިބޭބައި ހަދިޔާކުރުން |
|
ތަރިކައިގެ މައްސަލަތަކުގައި އެއް ވާރިޘަކު އަނެއް ވާރިޘަކަށް އެ މީހެއްގެ ބައި ހަދިޔާކުރާނަމަ އެ ޤަޟިއްޔާގެ ތެރޭގައި އެކަން ކުރެވިދާނެއެވެ. އަދި މިގޮތަށް ތަރިކައިގެ ބައެއް ހަދިޔާކުރާއިރު މުދާ ހަދިޔާކުރާ ފަރާތުގެ ދަރަންޏެއް އޮތްތޯ ބަލަން ނުޖެހޭނެއެވެ. |
||
|
|
(ހ) |
މީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިވާ އެއްވެސް ބިމެއް ދައުލަތަށް ނެގުމަށް ހުށަހަޅާނަމަ އެ ފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅަންވާނީ އެ ބިމެއް ނެގުމުގެ ބާރު ޤާނޫނަކުން ދީފައިވާ ފަރާތުންނެވެ. |
|
|
|
(ށ) |
މީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިވާ އެއްވެސް ބިމެއްގެ މިލްކުވެރިކަން ދައުލަތަށް ބަދަލުކޮށްދޭންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލެއް އެ ފަރާތަކަށް ދިނުމަށްފަހުގައެވެ. |
|
|
|
(ނ) |
މީސްމީހުންނަށް ހަވާލުކުރެވޭ ބިންބިމާއި ގޯތީގައި ހުންނަ ރުއްގަހަށް ބަދަލު ދިނުމުގެ މައްސަލަތަކުގައި މިލްކުވެރިކަން ބަދަލުވެއްޖެކަމަށް ނިންމާނީ ޝަރީޢަތުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ ތަކެތީގެ ވެރިފަރާތަށް ދިނުމަށްފަހުއެވެ. ޢަދުލުވެރި ބަދަލަކާމެދު ދެ ފަރާތުން އެއްބަސްނުވާނަމަ، ރުއްގަހުގެ ޢަދުލުވެރި ބަދަލެއްގެ މިންވަރު ކަނޑައަޅާނީ ކޯޓުގެ އަގު ކޮމިޓީންނެވެ. ނުވަތަ އެކަމަކާ ގުޅިގެން ޢަމަލުކުރާ އުޞޫލުތަކުގައި ބަޔާންކުރާ އަގު ކޮމިޓީންނެވެ. |
|
އަމުރުތައް ނެރުމުގެ ބާރު |
|
ތަރިކައިގެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، ތަރިކަ މުދާ ހިމާޔަތްކުރުމަށާއި ވާރިޘުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ނެރެންޖެހޭ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
||
ތަރިކައިން ލިބުނުގޮތް ބަޔާންކުރުން |
|
ތަރިކައިގެ މައްސަލަތަކުގައި ތަރިކަ ބެހުނުގޮތާއި ކޮންމެ މީހަކަށް ލިބުނު ބައި އެނގޭގޮތް ސާފުކޮށް މައްސަލައިގެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި ކޮންމެ މީހަކަށް ތަރިކައިން ޙައްޤުވާ ބައި ބައިކުޅަބައިން ނުވަތަ އިންސައްތައިން ބަޔާންކުރަންވާނެއެވެ. |
||
ގޯތި ބައިކުރުމުގެ މައްސަލަތައް |
|
ގޯތި ބައިކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅޭނީ، އަދި ގޯތި ނުވަތަ ތަން ބައިކުރުމުގެ އިޖުރާއަތު ކޯޓުން ހިންގަންވާނީ، ތަރިކައިގެ މައްސަލަ ޝަރީޢަތުން ނިންމައި އެ ގޯއްޗެއް ރަޖިސްޓަރީކޮށްދޭ މީސްމީހުންގެ ނަމުގައި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ނުވަތަ ތަނުގެ ރަޖިސްޓަރީ ހަދައި ދިނުމުންނެވެ. |
||
ގޯތި ނުވަތަ ތަން ބައިކުރުމުގެ މައްސަލަތަކުގައި ކޯޓުން ޢަމަލުކުރާނެ ގޮތް |
|
ގޯތި ނުވަތަ ތަން ބައިކުރުމަށް ހުރިހާ ބެހެނިވެރިން އެއްބަސްނުވާނަމަ، އެފަދަ މައްސަލަތަކުގައި ކޯޓުން ޢަމަލުކުރާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ. |
||
|
|
(ހ) |
ހުރިހާ ބެހެނިވެރިން އެއްބަސްވާ ޞުލްޙަވެރި ގޮތެއް އޮތްތޯ ބަލައި އެގޮތަކަށް؛ |
|
|
|
(ށ) |
ހުރިހާ ބެހެނިވެރިން އެއްބަސްވާ ޞުލްޙަވެރި ގޮތެއް ނުފެނުނުނަމަ، ގުރުއަތުލައިގެން؛ ނުވަތަ |
|
|
|
(ނ) |
ގުރުއަތުލުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ނުވާ ހާލަތެއް ނުވަތަ ޢަދުލުވެރި ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ އެގޮތަކަށް. |
|
ބިމާބެހޭ ޗާޓު ހޯދުން |
|
ބިމެއް ބައިކުރުމާމެދު ނުވަތަ ބިން ޢައްޔަންކުރުމާމެދު ބެހެނިވެރިން ހުށަހަޅާ ގޮތްތަކާމެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ބިމާބެހޭ އިދާރާއިން ތައްޔާރުކުރެވިފައިވާ ޗާޓު ހޯދަންވާނެއެވެ. |
||
ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަނޭޅުން |
|
"އިޚްތިލާފެއް ނެތް މައްސަލަތަކުގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" ދަޢުވާލިބޭ ފަރާތަކުން ނުވަތަ ފަރާތްތަކުން ހުށަހަޅާފައި ނުވާނަމަ ދަޢުވާ ފޯމާ ހަވާލުވިކަމުގެ ލިޔުން ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުން މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ހުރިހާ ޚަޞްމުންނަށް ކޯޓު އަމުރު ފޮނުވަންވާނެއެވެ. |
||
ހެކިބަސް ކަށަވަރުކުރުން |
|
އިޚްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކުގައި ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާހައި ހިނދަކު ޝަފަހީ ހެކި ހުށަހަޅާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 28 ވަނަ ބާބުގައި ބަޔާންކުރާ ގޮތަށް ހެކިބަޔާން ހުށަހަޅައިގެންނެވެ. ހެކި ބަޔާނަކަށް އެއްވެސް ޚަޞްމަކު އިންކާރުކުރާނަމަ ހެކިވެރިޔާ ކޯޓަށް ޙާޟިރުކޮށް ހެކިބަސް ކަށަވަރުކުރަންވާނެއެވެ. |
||
އިއުތިރާޒުކުރުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ ބަސް ހުށަހެޅުން |
|
(ހ) |
ހިބައާއި ވަޞިއްޔަތާ ގުޅިގެން އިއުތިރާޒުކުރުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުންނާއި، ތަރިކައިގައި ވާރިޘުންނަށް ނޮޓަރައިޒް ކޮށްފައިވާ ބަޔާނަކުން ނުވަތަ ލިޔުމަކުން އެ މީހުންގެ ބަސް ހުށަހަޅަން ބޭނުންނަމަ ހުށަހެޅިދާނެއެވެ. މިގޮތަށް މައްސަލައިގެ ދަޢުވާލިބޭ ހުރިހާ ޚަޞްމުން އެ މީހުންގެ ބަސް ހުށަހަޅާ ހާލަތުގައި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމިދާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ބަޔާންތައް ކޯޓަށް ޙާޟިރުކޮށް ނުވަތަ ޓެލެކޮށްފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް ނެގިދާނެއެވެ. ނަމަވެސް މައްސަލައިގެ ޙުކުމްކުރުމުގެ ކުރިން އެ ފަރާތްތަކުން ދޭ ބަޔާން އެ ފަރާތްތަކަށް ފޮނުވައިގެން ސޮއިކުރުމަށްފަހު އަނބުރާ އެ ބަޔާންތައް ކޯޓަށް ހުށަހަޅަންވާނެއެވެ. |
|
ޣައިރު ޙާޟިރުގައި ޙުކުމްނުކުރުން |
|
(ހ) |
ތަރިކަ އާއި ހިބަ އާއި ވަޞިއްޔަތާއި، ވިއްކުމާއި، މި ނޫންވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުމާއި، މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަތަކުގައި ދަޢުވާ ފޯމު ރައްދުނުކުރެވުމުން ނުވަތަ ދަޢުވާ ފޯމާ ހަވާލުވިކަމުގެ ލިޔުން ހުށަނޭޅުމުން ނުވަތަ ދިފާޢެއް ހުށަހަޅާފައި ނުވުމުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްގެންނުވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން ބަޔާންވެފައި ވީނަމަވެސް ތަރިކައިގެ މައްސަލައިގައި ވާރިޘެއްގެ ބަޔާން ނުވަތަ ބައިކުރުމުގެ މައްސަލައެއްގައި ބެހެނިވެރިއެއްގެ ބަޔާން ނެގުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށްފަހު އޭނާގެ ބަޔާން ނުނެގުނުނަމަ އޭނާއަށް ޙައްޤުވާ މިންވަރެއް ލިބިދީ މައްސަލަ ނިންމުމަށް ހުރަހެއްނެތެވެ. |
|
|
|
(ނ) |
ހިބަ ނުވަތަ ވަޞިއްޔަތުގެ މައްސަލައެއްގައި އިއުތިރާޒު ކުރުމުގެ ޙައްޤު ލިބިފައިވާ ފަރާތަކުން ބަޔާންދިނުމަށް އިންކާރުކޮށްފިނަމަ ނުވަތަ އެކަށީގެންވާ ގޮތަކަށް ކޯޓުން މަސައްކަތްކުރުމަށްފަހު އޭނާގެ ބަޔާން ނުނެގުނުނަމަ، އޭނާގެ ބިމުގެ ތަނަވަސްކަން ހުރިގޮތެއް ކަމާބެހޭ އިދާރާތަކުން ބެލުމަށްފަހުގައި އެ ހިބަ އާއި ވަޞިއްޔަތުގެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް މި މާއްދާ ހުރަހެއްނާޅައެވެ. |
|
ދަޢުވާ އަނބުރާ ނުގެންދެވުން |
|
ތަރިކައާއި، ވަޞިއްޔަތް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ދަޢުވާ އަނބުރާ ނުގެންދެވޭނެއެވެ. |
||
ޞައްޙަކަން ކަނޑައެޅުން |
|
(ހ) |
ހިބައާއި، ވަޞިއްޔަތާއި، ލާޖެއްސުމާއި، ވިއްކުމުގެ މައްސަލަތަކުގައި އެ ކަމެއް ޞައްޙަކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިން އަންނަނިވި ކަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރަންވާނެއެވެ. |
|
|
|
|
(1) |
އޮޅުމެއް ނުވަތަ އޮޅުވާލުމެއް ނުވަތަ މަކަރެއް ނުވަތަ ހީލަތެއް ނުވަތަ މަޖުބޫރެއް ނެތްކަން؛ |
|
|
|
(2) |
ދޭ ފަރާތަށް ނުވަތަ ވިއްކާ ފަރާތަށް އެކުރެވޭ ކަމެއް އެނގޭކަން ނުވަތަ ނޫންކަން؛ |
|
|
|
(3) |
ޤާނޫނުތައް ލާޒިމުކުރާ ކަންކަން ފުރިހަމަކޮށްފައިވާކަން. |
ދަޢުވާކުރާ ފަރާތެއް ހުރިތޯ ބެލުމަށް އިޢުލާނުކުރުން |
|
(ހ) |
ވިއްކުމަކުން، ދިނުމަކުން ނުވަތަ އެ ނޫން ވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުކުރާ މައްސަލަތަކުގައި، އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އިޢުލާންކޮށް، އެ މުދަލާމެދު ދަޢުވާކުރާ ފަރާތެއް ހުރިކަން ނުވަތަ ނޫންކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ. މިގޮތުން ކުރާ އިޢުލާނުގައި މުދަލުގެ މައްޗަށް ދަޢުވާއެއް އޮތް ފަރާތަކުން ދަޢުވާކުރުމަށް މަދުވެގެން ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަސް ދޭންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބުނާ މައްސަލަތަކުގައި މުދަލުގެ މައްޗަށް ހައްޤެއް އޮތް ކަމަށް ދެކޭ ކޮންމެ ފަރާތަކުން މައްސަލައިގެ ތެރެއަށް ތަދައްޚުލުވެވިދާނެއެވެ. ނަމަވެސް ތަދައްޚުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އޭނާއަށް ލިބިގެންވާ ޙައްޤު ސާބިތުކުރުމަށް ހެކި ހުށަހަޅަންވާނެއެވެ. |
|
|
|
(ނ) |
މުދަލެއްގެ މައްޗަށް ދައުލަތުގެ ފަރާތުން ރަޖިސްޓަރީއެއް ހަދާދީފައިވާ ހާލަތުގައި އެ ރަޖިސްޓަރީގައި ބަޔާންކޮށްދޭ މިލްކުވެރި ފަރާތަކީ އެ މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތް ނޫންކަން ސާބިތުކުރެވޭނީ އެ ރަޖިސްޓަރީ ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ މަކަރާއި ހީލަތަކުން ނުވަތަ އޮޅުވާލުމަކުންކަން ނުވަތަ އޮޅުމަކުންކަން ނުވަތަ އެ ފަރާތުގެ ނަމުގައި އެ މުދަލެއް ރަޖިސްޓަރީ ކޮށްފައިވަނީ ޓްރަސްޓީއެއްގެ ހައިސިއްޔަތުންކަން ސާބިތުކޮށްދީފިނަމައެވެ. |
|
ދަރަންޏެއް އޮތްތޯ ބެލުން |
|
(ހ) |
ވިއްކުމަކުން، ހިބައަކުން، ވަޞިއްޔަތަކުން ނުވަތަ ލާޖެއްސުމުގެ މުޢާމަލާތަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ކޯޓު މެދުވެރިވެގެން ރަޖިސްޓަރީ ކުރެވިފައިވާ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ ކުރިން މުދަލުގެ މިލްކުވެރިކަން ބަދަލުކުރަން އެދޭ ފަރާތުން ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮތްތޯ ކޯޓުން ބަލަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަންޏެއް އޮތްތޯ ބަލާނީ، މިނިސްޓްރީ އޮފް ފިނޭންސް އަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔެގެންނާއި ޢާންމު އިޢުލާނުކޮށްގެންނެވެ. |
|
އިއުތިރާޒު ނެތްކަމުގެ ލިޔުމެއް ހޯދުން |
|
ބަންޑާރަބިން ލާޖެއްސުމުގެ މައްސަލަތަކާއި، ރަޖިސްޓްރީކޮށްފައިވާ އުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ ޤާނޫނު ނަންބަރު 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ދިން ފަރާތުގެ އިއުތިރާޒު ނެތްކަމުގެ ލިޔުމެއް މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން ކޯޓުން ހޯދަންވާނެއެވެ.
|
||
ސަތާރަވަނަ ބައި |
||||
ކޯޓު އަމުރު |
||||
ކޯޓު އަމުރު |
|
(ހ) |
ކޯޓަށް ދަޢުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުމުގެ ކުރިން ނުވަތަ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ދަޢުވާއަކާ ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ ބާބުގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހެޅިދާނެއެވެ. |
|
|
|
(ށ) |
ހިނގަމުންދާ ދަޢުވާއަކާ ނުވަތަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރަކަށް އެދޭނަމަ އެ އަމުރަކަށް އެދި ދަޢުވާ ހުށަހަޅާނީ |
|
|
|
(ނ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ ބާބުގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 31 އިންނެވެ. އެ ފޯމާއެކު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 236 ވަނަ މާއްދާގެ (ށ) ގައިވާ ލިޔުންތަކާއި މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
އަށާރަވަނަ ބައި |
||||
ވަގުތީ ފަރުވާ އާއި ރައްކާތެރިކަމުގެ އަމުރު |
||||
ވަގުތީ އަމުރު |
|
(ހ) |
ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ހޯދުމަށް އެދި ޚަޞްމަކަށް ހުށަހެޅިދާނެއެވެ. |
|
|
|
(ށ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގެއި އެހެންގޮތެއް ކަނޑައަޅާފައި ނުވާނަމަ، މައްސަލައެއްގެ ޝަރީޢަތެއް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތުގެ ތެރޭގައި ނުވަތަ ޙުކުމްކުރުމަށްފަހުގައި ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ވަގުތީ އަމުރަކަށް އެދެވިދާނެއެވެ. ޝަރީޢަތް ފެށުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދެވޭނީ ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމައެވެ. |
|
|
|
(ނ) |
ޢާންމު އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދޭނީ ދަޢުވާ ފޯމު ހުށަހަޅާއިރު އެ ފޯމާއެކުގައެވެ. ދަޢުވާލިބޭ ފަރާތުން ވަގުތީ އަމުރަކަށް އެދޭނީ ދަޢުވާގެ ދިފާޢު ހުށަހަޅާއިރު ނުވަތަ ދަޢުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުމާއެކުގައެވެ. |
|
|
|
(ރ) |
ވަގުތީ އަމުރެއް ހޯދުމަށް އެދި ހުށަހަޅާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިންނެވެ. |
|
|
|
(ބ) |
ވަގުތީ އަމުރަކަށް އެދޭނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ ޢިބާރާތް އޮންނަން އެދޭ ގޮތް ބަޔާންކުރަންވާނެއެވެ. |
|
މުދާ ބަލައި ފާސްކުރުމުގެ އަމުރު |
|
ޝަރީޢަތް ފެށުމުގެ ކުރިން މުދާ ބަލައި ފާސްކުރުމުގެ އަމުރެއް ހޯދަން ބޭނުންވާނަމަ އެފަދަ އަމުރެއް ހޯދުމަށް އެދޭނީ މަދަނީ އިޖުރާއަތުގެ |
||
ފައިސާ ދެއްކުމުގެ ވަގުތީ އަމުރު |
|
ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ހޯދަން ބޭނުންވާނަމަ އެފަދަ އަމުރެއް ހޯދުމަށް އެދޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 246 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިންނެވެ. |
||
ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީ ހޯދުމުގެ އަމުރު |
|
ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގާ އަމުރެއް ހޯދަން ބޭނުންވާނަމަ އެފަދަ އަމުރެއް ހޯދުމަށް އެދޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 251 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 32 އިންނެވެ. |
||
އެއްޚަޞްމުގެ ޣައިރު ޙާޟިރުގައި އަމުރު ނެރުން |
|
(ހ) |
މި ބާބުގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް އެ އަމުރު ރައްދުވާ ޚަޞްމުގެ ޣައިރު ޙާޟިރުގައި ޝަރީޢަތުގެ ކުރިން ނުވަތަ ޝަރީޢަތުގެ ތެރޭގައި ނުވަތަ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ނެރެދެވިދާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް ހޯދަން އެދިފައިވަނީ އަނެއް ޚަޞްމުގެ ޣައިރު ޙާޟިރުގައި ކަމަށް ވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު އަމުރު ރައްދުވާ ފަރާތަށް ފޮނުވައި ހުށަހެޅުމާމެދު އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދަން ނުޖެހޭނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް އެއް ޚަޞްމުގެ ޣައިރު ޙާޟިރުގައި އަމުރެއް ނެރެދޭންވާނީ އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ކަމަށް މެޖިސްޓްރޭޓަށް ޤަބޫލުކުރެވޭނަމައެވެ. |
|
|
|
|
(1) |
އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށްވުން؛ ނުވަތަ |
|
|
|
(2) |
ހެކި ނައްތާލަފާނެ ކަމުގެ ބިރު އޮތުން؛ ނުވަތަ |
|
|
|
(3) |
ފައިސާއެއް ޤައުމުން ބޭރަށް ނުވަތަ އެހެން ފަރާތަކަށް ތަހުވީލުކުރުމުގެ އިހްތިމާލު އޮތުން؛ ނުވަތަ |
|
|
|
(4) |
މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އިހްތިމާލު އޮތުން؛ ނުވަތަ |
|
|
|
(5) |
އެފަދަ އަމުރެއް ޣައިރު ޙާޟިރުގައި ނެރެންޖެހޭ އެހެން ވެސް ސަބަބެއް އޮތްކަމަށް މެޖިސްޓްރޭޓަށް ޤަބޫލުކުރެވުން. |
|
|
(ރ) |
މި މާއްދާގެ ދަށުން ޣައިރު ޙާޟިރުގައި ނެރޭ އަމުރެއް އެ އަމުރު ރައްދުވާ ފަރާތަށް ލިބުމުން، އެ އަމުރު މުރާޖަޢާ ކޮށްދިނުން އެދި ހުށަހަޅާނަމަ، އެ އަމުރު ނެރުނު ކޯޓަށް ހުށަހެޅިދާނެއެވެ. އެފަދަ އަމުރެއް މުރާޖަޢާކޮށް ދިނުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 33 އިންނެވެ. މި އުޞޫލުން މުރާޖަޢާކުރުމަށް އެދި ހުށަހަޅާ މައްސަލައެއް މުރާޖަޢާ ކުރާނީ އެ އަމުރު ނެރުނު މެޖިސްޓްރޭޓް ނުވަތަ އެ މައްސަލައާ ހަވާލުވެހުރި މެޖިސްޓްރޭޓެވެ. |
|
|
|
(ބ) |
ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ނެރެފައިވާ އަމުރެއް މުރާޖަޢާ ކުރެވޭނީ ތިރީގައި މި ބަޔާންކުރާ ފަދަ ސަބަބެއް އޮތްނަމައެވެ. |
|
|
|
|
(1) |
ޣައިރު ޙާޟިރުގައި އަމުރެއް ނެރެދިނުމަށް ހުށަހެޅި ހުށަހެޅުމުގައި ހާމަކުރަންޖެހޭ ޙަޤީޤަތެއް ހާމަނުކޮށް އޮތުން؛ ނުވަތަ |
|
|
|
(2) |
އަމުރަށް އެދިފައިވާ ފަރާތުން އެ އަމުރުގައިވާ ޝަރުޠަކާ ޚިލާފުވުން؛ ނުވަތަ |
|
|
|
(3) |
މައްސަލައިގެ ހާލަތަކަށް ބަދަލު އައުން؛ ނުވަތަ |
|
|
|
(4) |
އަމުރެއް ނެރެދިނުމަށް މައްސަލައިގެ ހާލަތުތައް ތަންދޭ ކަމަށް ނުފެނުން؛ ނުވަތަ |
|
|
|
(5) |
އަމުރު ނެރެދިނުމަށްފަހު އަމުރަށް އެދުނު ފަރާތުން މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް ފިޔަވަޅު ނޭޅުން؛ ނުވަތަ |
|
|
|
(6) |
އަމުރު ނެރުމުގެ ސަބަބުން ޙައްޤުނޫން ބުރައެއް އެއްވެސް ފަރާތަކަށް އުފުލަން ޖެހުން. |
|
|
(ޅ) |
އަމުރު ނެރުނުއިރު ހިނގަމުންދާ މައްސަލައެއް ނެތްނަމަ، މިފަދަ އަމުރެއް މުރާޖަޢާކުރުމުގެ މައްސަލަތައް ބަލާނީ ވަކި ޤަޟިއްޔާއަކުންނެވެ. |
|
|
|
(ކ) |
ވަގުތީ އަމުރަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅަށް އެދޭ ފޯމުގައި ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވާގޮތް ބަޔާންކުރަންވާނެއެވެ. |
ނަވާރަވަނަ ބައި |
||||
ދަޢުވާ އަނބުރާ ގެނައުން |
||||
ދަޢުވާ އަނބުރާ ގެންދިއުމަށް ހުށަހެޅުން |
|
(ހ) |
ދަޢުވާކުރާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތުން ކޮށްފައިވާ ދަޢުވާ އެކުގައި ނުވަތަ އެ ދަޢުވާއިން ބައެއް އަނބުރާ ގެންދިއުމަށް ހުށަހެޅިދާނެއެވެ. |
|
|
|
(ށ) |
ދަޢުވާއެއް ނުވަތަ ދަޢުވާއިން ބައެއް އަނބުރާ ގެނައުމަށް އެދޭނަމަ، އެކަމަށް އެދި ހުށަހަޅާނީ މި ގަވާއިދު ޖަދުވަލުގައިވާ ފޯމު 34 އިންނެވެ. ދަޢުވާ އަނބުރާ ގެނައުމަށްޓަކައި، ދަޢުވާގައި ހިމެނޭ ޚަޞްމެއްގެ ރުހުން ހޯދަންޖެހޭ ހާލަތުގައި، އެ ރުހުން ލިބިފައިވާކަމުގެ ލިޔުން މި ފޯމާއެކު ހުށަހަޅަންވާނެއެވެ. |
|
|
|
(ނ) |
ދަޢުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދަޢުވާތަކުގައި، ދަޢުވާކުރާ ފަރާތުން އަނބުރާ ގެންނަނީ އޭގެ ތެރެއިން ކޮން ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ދަޢުވާއެއްކަން، އެކަމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ބަޔާންކުރަންވާނެއެވެ. |
|
|
|
(ރ) |
ދަޢުވާކުރާ ފަރާތުން ދަޢުވާ އަނބުރާ ގެނައުމަށް ހުށަހަޅާ ޙާލަތުގައި، އެ ހުށަހެޅުން ބާޠިލުކޮށްދިނުމަށް އެދި ދަޢުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ. |
|
|
|
|
(1) |
ދަޢުވާ އަނބުރާ ގެނައުމުގެ ހުށަހެޅުމެއް ބާޠިލުކުރަން އެދޭނަމަ، އެކަމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 35 އިންނެވެ. ދަޢުވާ އަނބުރާ ގެނައުމުގެ ހުށަހެޅުމެއް ބާޠިލުކުރުމަށް ދަޢުވާލިބޭ ފަރާތުން އެދޭނަމަ، ދަޢުވާ އަނބުރާ ގެންނަކަމުގެ ލިޔުން |
|
|
|
(2) |
ދަޢުވާ އަނބުރާ ގެންނަން ހުށަހެޅި ހުށަހެޅުން ބާޠިލުކުރުމަށް އެދި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިނުވާނަމަ، ދަޢުވާ އަނބުރާ ގެންނަކަމުގެ ލިޔުން ދަޢުވާލިބޭ ފަރާތަށް ލިބޭ ތާރީޚުގައި ދަޢުވާ އަނބުރާ ގެނައީ ކަމުގައި ބެލޭނެއެވެ. |
|
|
|
(3) |
މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، މައްސަލަ މުޅިން ނިމުނީ ކަމުގައި ބެލޭނީ ދަޢުވާ އަނބުރާ ގެންނަކަމުގެ ލިޔުން ދަޢުވާލިބޭ ފަރާތަށް ލިބޭ ތާރީޚުން ފެށިގެން ދަޢުވާ ބާޠިލުކުރުމަށް އެދި ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުންނެވެ. |
|
|
(ބ) |
މި މާއްދާގެ (ހ) ގައި ބުނާފަދަ ހުށަހެޅުމެއް ކޯޓަށް ލިބިއްޖެނަމަ، މައްސަލައިގެ އެހެން ޚަޞްމުންނަށް އެ ހުށަހެޅުމުގެ ކޮޕީއެއް ކޯޓުން ފޯރުކޮށްދޭންވާނެއެވެ. |
|
|
|
(ޅ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އަންނަނިވި ޙާލަތްތަކުގައި ދަޢުވާ ނުވަތަ ދަޢުވާގެ ބައެއް އަނބުރާ ގެންދެވޭނީ ކޯޓުގެ ހުއްދަ ލިބިގެންނެވެ. |
|
|
|
|
(1) |
އެ ދަޢުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިވުން؛ |
|
|
|
(2) |
އެ ދަޢުވާއާ ގުޅިގެން ދަޢުވާގެ އެއްވެސް ޚަޞްމަކު ވަކި ކަމަކަށް ކޯޓުގައި އެއްބަސްވެފައިވުން؛ |
|
|
|
(3) |
ދަޢުވާއާ ގުޅިގެން ދަޢުވާކުރާ ފަރާތަށް އެހާ ތަނަށް އެއްވެސް ފައިސާއެއް ލިބިފައިވުން. |
|
|
|
(4) |
ދަޢުވާކުރާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދަޢުވާއެއްނަމަ، ދަޢުވާ އަނބުރާ ގެނައުމާމެދު އޭނާ ފިޔަވައި ދެންތިބި ދަޢުވާކުރާ ފަރާތްތަކުގެ ރުހުން ލިޔުމުން ލިބުމުން؛ |
|
|
(ކ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ތަރިކައިގެ މައްސަލައެއް އަނބުރާ ނުގެންދެވޭނެއެވެ. |
|
|
|
(އ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ހުރިހާ ޚަޞްމުން އެ މައްސަލަ ހައްލުކުރަން އެއްބަސްވެގެން މެނުވީ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް އެ ދަޢުވާއެއް ނުވަތަ |
|
ދަޢުވާ އަނބުރާ ގެނައުމަށްފަހު އަލުން އެ ދަޢުވާ ކުރުމުގެ ހުއްދަ ހޯދުން |
|
ދަޢުވާ އަނބުރާ ގެނައުމަށްފަހު އަލުން އެ ދަޢުވާ ލިބުނު ފަރާތުގެ މައްޗަށް ދަޢުވާއެއް ކުރާނަމަ، އަންނަނިވި ޙާލަތްތަކުގައި އެކަމަށްޓަކައި ކޯޓުގެ ހުއްދަ ހޯދަންވާނެއެވެ. |
||
|
(ހ) |
ދަޢުވާ އަނބުރާ ގެނައީ ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވުމަށް ފަހުގައި ކަމަށްވުން؛ |
||
|
|
(ށ) |
އަލުން ހުށަހަޅަން ބޭނުންވާ ދަޢުވާ އެ މައްޗަށް ބިނާވެފައިވާ ވާޤިޢާތަކާއި އަނބުރާ ގެނައި ދަޢުވާ ބިނާވެފައިވާ ވާޤިޢާތައް އެއްގޮތްވުން ނުވަތަ ދެ ދަޢުވާގެ ވާޤިޢާތަކަކީ ދާދި އެއްގޮތް ވާޤިޢާތަކަކަށްވުން. |
|
ދަޢުވާލިބޭ ފަރާތުން ޚަރަދު ނަގައިދިނުމަށް އެދުން |
|
(ހ) |
ދަޢުވާކުރާ ފަރާތުން ދަޢުވާ އަނބުރާ ގެނައި ނަމަވެސް، |
|
|
|
(ށ) |
ދަޢުވަކުރާ ފަރާތުން އަނބުރާ ގެންނަން އެދެނީ ދަޢުވާގެ ބައެއް ކަމުގައިވާނަމަ، ދަޢުވާކުރާ ފަރާތުން ޒިންމާވާންޖެހޭނީ ހަމައެކަނި އަނބުރާ ގެންނަ ބަޔަކާ ގުޅިގެން ހިނގާފައިވާ ޚަރަދުތަކަށެވެ. އަދި އެ ޙާލަތުގައި ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދަޢުވާކުރާ ފަރާތުން ދައްކަންޖެހޭ ޚަރަދުތައް ބަލައި ވަޒަންކުރާނީ، މުޅި ދަޢުވާ އެކުގައި ބަލައި ގޮތެއް ކަނޑައެޅުމަށްފަހުގައެވެ. |
|
|
|
(ނ) |
ދަޢުވާކުރާ ފަރާތުން ދަޢުވާގެ ބައެއް އަނބުރާ ގެނައުމުގެ ސަބަބުން، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތަކަށް ޒިންމާވާންޖެހޭ ހާލަތުގައި، އެ ޚަރަދު ދެއްކުމަށް ދަޢުވާކުރާ ފަރާތަށް ކޯޓުން އަންގާފައިވާ ތާރީޚުން ފެށިގެން، ނުވަތަ އެ ޚަރަދުގެ މިންވަރާ ގުޅޭގޮތުން ދަޢުވާގެ ޚަޞްމުން އެއްބަސްވި ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ދަޢުވާކުރާ ފަރާތުން އެ ޚަރަދު ދައްކާފައިނުވާނަމަ، އެ ފަރާތުން ދައްކަންޖެހިފައިވާ ޚަރަދު ދައްކަންދެން އެ ދަޢުވާއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބައިތަކާގުޅޭ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލެވިދާނެއެވެ. |
|
|
|
(ރ) |
މި މާއްދާގެ (ނ) ގެ ދަށުން މައްސަލަ ކުރިއަށް ގެންދިޔުން މަޑުޖައްސާލުމަށް ދަޢުވާލިބޭ ފަރާތުން އެދޭނަމަ، އެކަމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އަޑުއެހުމަކާ ނުލައި ކޯޓަށް އެކަމާމެދު ގޮތެއް ނިންމިދާނެއެވެ. |
|
|
|
(ބ) |
ކުދި މައްސަލަތަކުގެ ޓްރެކުން ކުރިއަށްގެންދާ މައްސަލަތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ. |
|
ވިހިވަނަ ބައި |
||||
ޙުކުމްކުރުން |
||||
ޙުކުމްކުރުން |
|
(ހ) |
ޝަރީޢަތް ހިންގައިގެން ޙުކުމްކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ޙުކުމް ކުރަންވާނެއެވެ. މައްސަލައިގެ އަޑުއެހުންތައް ނިމުމާއެކު ވަގުތުން ޙުކުމް ނުކުރާނަމަ، އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ. |
|
|
|
|
(1) |
ޙުކުމް ކުރާނެ ތާރީޚެއް، ޝަރީޢަތުގެ އެންމެ ފަހު އަޑުއެހުމުގައި ޚަޞްމުންނަށް އެންގުން. |
|
|
|
(2) |
ޝަރީޢަތުގެ ފަހު އަޑުއެހުމުގައި ޙުކުމްކުރާނެ ތާރީޚެއް ކަނޑައެޅެން ނެތްނަމަ، އެ އަޑުއެހުން ބާއްވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ޙުކުމްކުރާނެ ތާރީޚެއް ކަނޑައަޅައި، ޚަޞްމުންނަށް އެންގުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ޙުކުމްކުރުމަށް ކަނޑައަޅާ ތާރީޚަކީ، ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީޚެއް ކަމުގައި ވެގެންނުވާނެއެވެ. |
|
|
|
(ނ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިވާ ޙާލަތުގައި މެނުވީ، މަދަނީ ކޮންމެ މައްސަލައެއްގައި ކޯޓުން ޙުކުމްކުރަންވާނީ، މައްސަލައިގެ ފުރިހަމަ ޝަރީޢަތެއް ހިންގުމަށްފަހު، ހުށަހެޅިފައިވާ ދަޢުވާއަށާއި، ދިފާޢަށާއި، ހުށަހެޅުނު ހެއްކަށް ރިޢާޔަތްކުރުމަށްފަހު، ހުޅުވާލެވިފައިވާ ޝަރީޢަތުގެ އަޑުއެހުމެއްގައެވެ. ޙުކުމްކުރުމުގެ މަޖިލީހުގައި މެޖިސްޓްރޭޓް އިއްވާ ޙުކުމަކީ ލިޔެ ތައްޔާރުކޮށްފައިވާ ޙުކުމެއްނަމަ، މުޅި ޙުކުމް އެކުގައި އިއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، ޙުކުމް އިއްވުމަށްފަހު، މައްސަލައިގެ ޙުކުމުގެ އަސްލު، ވަގުތުން ޚަޞްމުންނަށް ދޭންވާނެއެވެ. |
|
|
|
(ރ) |
މަދަނީ މައްސަލައަކާމެދު ގޮތެއް ކަނޑައަޅައި ކުރާ ޙުކުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާންވާނެއެވެ. އަދި ކޯޓުން ކުރާ ޙުކުމެއްގައި، ފައިސާ ދެއްކުމަށް ކަނޑައަޅާނަމަ، އެ ޙުކުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ. |
|
|
|
(ބ) |
ޤަޟިއްޔާތައް ނިންމުމުގައި އެ ޤަޟިއްޔާގައި ހިމެނޭ ބާވަތުގެ ފައިސާއިން ނުވަތަ ދެ ފަރާތުން އެއްބަސްވާ ކޮންމެ ބާވަތެއްގެ ފައިސާއަކުންވިޔަސް ޙުކުމްކުރެވިދާނެއެވެ. |
|
ޙުކުމުގެ ތަންފީޒީ ބާރު ހިނގަން ފެށުން |
|
(ހ) |
އަންނަނިވި ޙާލަތްތަކުގައި މެނުވީ، ޙުކުމްކުރި ތާރީޚުގައި ޙުކުމުގެ ތަންފީޒީ ބާރު ހިނގަން ފަށާނެއެވެ. |
|
|
|
(1) |
ޙުކުމް ނުވަތަ ޙުކުމުގައިވާ އަމުރު ތަންފީޒުކޮށް ނިންމަންޖެހޭ ވަކި ތާރީޚެއް އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވުން؛ ނުވަތަ |
|
|
|
|
(2) |
ޙުކުމް ނުވަތަ އަމުރު ތަންފީޒުކޮށް ނިންމަންޖެހޭ ވަކި ތާރީޚެއް އެ ޙުކުމުގައި ނުވަތަ އަމުރުގައި ކަނޑައަޅާފައިވުން (އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން ފައިސާ ދައްކަންޖެހޭނަމަ އެކަން ހިމެނޭގޮތުން)؛ ނުވަތަ |
|
|
|
(3) |
ޙުކުމް ތަންފީޒުކުރުން ކޯޓުން ފަސްކޮށްފައިވުން؛ ނުވަތަ |
|
|
|
(4) |
ޙުކުމް ކުރި ކޯޓަކީ ފުރަތަމަ މަރުޙަލާގެ ކޯޓަކަށްވެފައި، އަދި ޙުކުމަކީ ވަގުތީ ފަރުވާގެ ޙުކުމެއް ނުވަތަ އަމުރެއް ކަމުގައިވާނަމަ، އަދި ވަގުތީ ފަރުވާގެ އެ ޙުކުމަކީ ނުވަތަ އަމުރަކީ އަމުރަށް އެދޭ ފަރާތުން ސެކިއުރިޓީއެއް ބަހައްޓަންޖެހޭ ބާވަތުގެ އަމުރެއް ނުވަތަ ޙުކުމެއްނަމަ، އަމުރަށް އެދޭ ފަރާތުން އެކަށީގެންވާ ސެކިއުރިޓީއެއް ބަހައްޓާފައިނުވުން؛ |
|
|
|
(5) |
އަމުރަށް އެދޭ ފަރާތުން ސެކިއުރިޓީއެއް ބަހައްޓާފައިނުވާ ޙާލަތުގައި، އަމުރު ރައްދުވާ ފަރާތުން އެކަށީގެންވާ ސެކިއުރިޓީއެއް ބެހެއްޓުމުގެ ސަބަބުން ޙުކުމުގެ ތަންފީޒީ ބާރު ފަސްކޮށްފައިވުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެނުވީ، ފައިސާގެ ޢަދަދެއް ދެއްކުމަށް ކޯޓުން ކޮށްފައިވާ ޙުކުމެއް، ނުވަތަ އަމުރެއް އެ ޙުކުމެއް ނުވަތަ އަމުރެއް ކުރާ ތާރީޚުން ފެށިގެން |
|
ޙުކުމް ނުވަތަ އަމުރު ރައްދުކުރުން |
|
އެ މީހަކީ މައްސަލައިގެ ޚަޞްމަކަށް ނުވިނަމަވެސް، ޙުކުމުގައި ނުވަތަ އަމުރުގައިވާ ކަމެއްގެ ސަބަބުން އެ މީހެއްގެ ޙައްޤަކަށް އަސަރުކޮށްފާނޭ ކޮންމެ މީހަކަށް ޙުކުމުގެ ނުވަތަ އަމުރުގެ ކޮޕީއެއް އެކަމަށް އެދުނު ކޮންމެ ފަރާތަކަށް ކޮންމެ ވަގުތެއްގައި ވެސް ރައްދުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
||
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން |
|
މައްސަލައިގެ ޙުކުމްކުރާ ދުވަހު ޝަރީޢަތް ނިންމިގޮތް (ފުލް ޖަޖްމަންޓް) ޚަޞްމުންނަށް ދޫކުރަންވާނެއެވެ. އަދި މައްސަލަ ނިންމި ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރަންވާނެއެވެ. |
|
|
|
|
އެކާވީސްވަނަ ބައި |
|||
ނިހާއީ ޙުކުމް މުރާޖަޢާ ކުރެވޭނެ ޙާލަތްތައް |
|||
ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރުން |
|
(ހ) |
ޙުކުމް އިއްވުމަށް ފަހު، ހިސާބު ޖެހުމުގައި އަރާފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް އިޞްލާޙުކުރުން ފިޔަވައި ކޯޓުން ކޮށްފައިވާ ޙުކުމަކަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 27 ވަނަ ބާބުގައި ބަޔާންކުރާ އިސްތިސްނާ ޙާލަތްތަކުގައި، ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރަން އެދި، |
|
|
(ނ) |
ނިހާއީ ޙުކުމެއް މުރާޖަޢާކުރަން އެދި ހުށަހަޅުމުން، |
|
|
(ރ) |
މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ މައްސަލައެއް ބަލާނީ |
|
|
(ބ) |
ނިހާއީ ޙުކުމަކީ އެ ޙުކުމެއް އިސްތިއުނާފުކުރުމުގެ އެންމެހައި މަރުޙަލާއެއް ނިމިފައިވާ ނުވަތަ އިސްތިއުނާފުކުރުމަށް އޮތް އެންމެހައި ފުރުޞަތު ބަންދުވެފައިވާ ޙުކުމްތަކެވެ. |
ނިހާއީ ޙުކުމެއް މުރާޖަޢާ ކުރުމަށް އެދި ހުށަހެޅޭނެ މުއްދަތު |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 292 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް އޮވެގެން، ނިހާއީ ޙުކުމެއް މުރާޖަޢާކުރަން އެދޭނަމަ، އެ ޙުކުމް މުރާޖަޢާކުރަން ހުށަހަޅާ ޙާލަތު ނުވަތަ ސަބަބު މެދުވެރިވިތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. އަދި އެ މުއްދަތު ފާއިތުވުމަށް ފަހު ހުށައެއްނޭޅޭނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ނިހާއީ ޙުކުމް ނިސްބަތްވާ މައްސަލައިގެ ޚަޞްމާ ދެކޮޅަށް މަދަނީ މައްސަލަ ނިމިފައިވަނީ، ހިނގާފައިވާ ޖިނާއީ ކުށެއްގެ ސަބަބުން ކަމަށް، ޝަރީޢަތަށް ސާބިތުވުމުގެ ސަބަބުން ކަމުގައިވާނަމަ، އެ ޙުކުމްކުރާތާ ގިނަވެގެން 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެކުރިން ޙުކުމް މުރާޖަޢާކޮށް ދިނުމަށް އެދި ހުށަހެޅިދާނެއެވެ. |
|
|
(ނ) |
މުރާޖަޢާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކީ ހަރުދަނާ ޤާނޫނީ ނުކުތާތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުމަކަށްވާނަމަ، މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމު ނުވަތަ ޚަޞްމުން ޖަވާބުދާރީވުމަށްޓަކައި، ޖަވާބުދާރީވުމަށް ދެވޭ މުއްދަތު ކަނޑައަޅައި، ކޯޓުން އެ ފަރާތްތަކަށް އެ ހުށަހެޅުން ފޮނުވަންވާނެއެވެ. |
|
|
(ރ) |
ނިހާއީ ޙުކުމެއް އަލުން މުރާޖަޢާ ކުރުމަށް އެދި ކޯޓަށް ހުށަހެޅުމެއް ލިބޭތާ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޙުކުމެއް އަލުން މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަތުމާމެދު ކޯޓުން ގޮތެއް ނިންމައި، ކޯޓުން ނިންމާގޮތެއް އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. |
|
|
(ބ) |
ނިހާއީ ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ބަލައިގަނެ، މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ފޮނުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި |
|
|
(ޅ) |
ކޯޓުން އެ ނޫން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ނިހާއީ ޙުކުމެއް މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، |
ނިހާއީ ޙުކުމެއް މުރާޖަޢާ ނުކުރުމަށް ނިންމާ ނިންމުން އިސްތިއުނާފު ނުކުރެވުން |
|
ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރުމާމެދު ކޯޓުން ނިންމާ ނިންމުމަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫނެވެ. |
ބާވީސްވަނަ ބައި |
||||
ޝަރީޢަތުގެ ޚަރަދު ނަގައިދިނުން |
||||
ޝަރީޢަތުގެ ޚަރަދު ނަގައިދިނުން |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ޢާންމު އުޞޫލުން، ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނީ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ދަޢުވާ ކާމިޔާބުކުރާ ފަރާތަށެވެ. ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި އަންނަނިވި ކަންކަން ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
|
(1) |
އެއް ޚަޞްމުގެ ފަރާތުން އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދުތައް ދައްކަންޖެހޭކަން ނުވަތަ ނޫންކަން؛ |
|
|
|
(2) |
ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު؛ |
|
|
|
(3) |
ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަންޖެހޭ މުއްދަތު. |
|
|
(ށ) |
ޝަރީޢަތުގެ އިބްތިދާއީ މަރުޙަލާއަށް ދާނީ ހަމައެކަނި ދަޢުވާގެ ދިފާޢެއް ހުށަހަޅާފައިވާ މައްސަލަތަކުގައި ކަމަށްވާތީ، |
|
|
|
(ނ) |
މައްސަލައެއްގެ އިބްތިދާއީ މަރުޙަލާއަށް ދިއުމަށްފަހު، ދެ ފަރާތުން މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން އެދޭނަމަ، ނުވަތަ ކޯޓުގެ މަރުޙަލާގައި މައްސަލަ ހައްލުކުރަން އެދޭނަމަ، ޝަރީޢަތުގެ ޚަރަދާމެދު ޢަމަލުކުރާނީ ޚަޞްމުން އެއްބަސްވާ ގޮތަކަށެވެ. |
|
ޝަރީޢަތުން ޚަރަދު ނަގައިނުދެވޭނެ މައްސަލަތައް |
|
ޢާއިލާއާބެހޭ މައްސަލަތަކާއި، ތަރިކައިގެ މައްސަލަތަކުގައާއި، ތަރިކައިން ލިބިފައިވާ ބިން ބައިކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ޚަރަދު ނަގައި ނުދެވޭނެއެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި، ހިބައިގެ މައްސަލަތަކާއި ވަޞިއްޔަތުގެ މައްސަލަތައް ފަދަ މައްސަލަތައް ބެލެވޭނީ އެއީ ޢާއިލާއާބެހޭ މައްސަލަތައް ކަމުގައެވެ. |
||
ޝަރީޢަތުގެ ޚަރަދާމެދު މުވައްކިލަށް ލަފާ ދިނުން |
|
ކޮންމެ ވަކީލަކުމެ މަދަނީ މައްސަލައަކާ ޙަވާލުވުމާއެކު، އެ މައްސަލައެއްގައި ހިނގާނެ ޝަރީޢަތުގެ ޚަރަދާމެދު އަދި ޝަރީޢަތުގެ ޚަރަދުކުޑަކުރެވޭނެ ގޮތްތަކާމެދު އޭނާ ތަމްސީލުކުރާ މުވައްކިލަށް ލަފާދޭންވާނެއެވެ. |
||
ޝަރީޢަތުގެ ޚަރަދު ލިބޭނެ ޚާލަތްތައް |
|
ޝަރީޢަތުގެ ޚަރަދު ލިބޭނީ އަންނަނިވި ހާލަތްތަކުގައެވެ. |
||
|
|
(ހ) |
ކޯޓުން ޚަރަދު ދިނުމުގެ އަމުރެއް ކޮށްފައި އޮތުން؛ ނުވަތަ |
|
|
|
(ށ) |
ޚަރަދާމެދު ދެފަރާތުން އެއްބަސްވާ ގޮތެއް އޮތުން؛ ނުވަތަ |
|
|
|
(ނ) |
މި ގަވާއިދުގެ ދަށުން ކޯޓުގެ އަމުރެއް ނެތް ނަމަވެސް އެ ޚަރަދަކީ ދޭންޖެހޭނެ ޚަރަދެއް ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައި އޮތުން. |
|
ޝަރީޢަތުގެ ޚަރަދު ހޯދަން އެދޭގޮތް |
|
ޝަރީޢަތުގެ ޚަރަދު ހޯދަން އެދެނީ މި ގަވާއިދުގައި ޚަރަދު ނަގައިދިނުމަށް ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮން ގޮތަކަށްކަން ދަޢުވާ ހުށަހަޅާ ފޯމުގައި ދަޢުވާކުރާ ފަރާތުން ބަޔާންކުރަންވާނެއެވެ. ނަމަވެސް ޚަރަދު ނަގައިދިނުމުގައި މި ގަވާއިދުގައި ވަކި ގޮތެއް ކަނޑައެޅިފައިވާ މައްސަލަތަކުގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ޢަމަލުކުރާނީ އެގޮތަކަށެވެ. ޝަރީޢަތުގެ ޚަރަދު ހޯދަން އެދެނީ މި ގަވާއިދުގައި ޚަރަދު ނަގައިދިނުމަށް ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮން ގޮތަކަށްކަން ކޯޓަށް ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގައި ދަޢުވާލިބޭ ފަރާތުން ބަޔާންކުރަންވާނެއެވެ. ނަމަވެސް ޚަރަދު ނަގައިދިނުމުގައި މި ގަވާއިދުގައި ވަކި ގޮތެއް ކަނޑައެޅިފައިވާ މައްސަލަތަކުގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ޢަމަލުކުރާނީ އެގޮތަކަށެވެ. |
||
ޚަރަދާމެދު ކޯޓުން ނިންމާގޮތް |
|
ޝަރީޢަތުގެ ޚަރަދާމެދު ކޯޓުގެ ޙުކުމުގައި އެއްވެސް ގޮތެއް ކަނޑައަޅައި ބަޔާންކޮށްފައި ނެތްނަމަ، ބެލެވޭނީ ޚަރަދު ނަގައިދިނުމަށް ކޯޓުން ބޭނުންނުވަނީ ކަމަށެވެ. ޝަރީޢަތް ނިމުނު ގޮތް (ޖަޖްމެންޓު) ގައި ކޯޓުން ކުރާ އަމުރުތަކުގެ ތެރޭގައި ޙުކުމުގައި ޚަރަދާމެދު ކޯޓުން އަމުރުކުރާ ގޮތް ބަޔާންކުރަންވާނެއެވެ. |
||
ޚަރަދު ނަގައިދެވޭނެ ގޮތް |
|
(ހ) |
ޝަރީޢަތުގެ ޚަރަދުތައް ނަގައިދިނުމުގެ ޢާންމު އުޞޫލަކީ، ދަޢުވާ ކާމިޔާބުކުރާ ފަރާތުން ޝަރީޢަތުގެ ކަންކަމަށް ކުރަންޖެހުނު ޚަރަދު، މައްސަލަ ގެއްލުނު ފަރާތުގެ އަތުން ނަގައިދިނުން ކަމަށްވީނަމަވެސް، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ނިންމާ ނިންމުމުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް |
|
|
|
|
(1) |
އަނެއް ޚަޞްމުގެ ޝަރީޢަތުގެ ޚަރަދުގެ ބައެއް ދެއްކުމަށް؛ |
|
|
|
(2) |
އަނެއް ޚަޞްމުގެ ޚަރަދުގެ ތެރެއިން ވަކި މިންވަރެއް ދެއްކުމަށް؛ |
|
|
|
(3) |
ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކި ތާރީޚެއްގެ ނިޔަލަށް ހިނގާފައިވާ ޚަރަދު ދެއްކުމަށް؛ |
|
|
|
(4) |
ޝަރީޢަތް ފެށުމުގެ ކުރިން ހިނގި ޚަރަދު ދެއްކުމަށް؛ |
|
|
|
(5) |
ޝަރީޢަތުގައި ވަކި މަރުޙަލާތަކުގައި ހިނގި ޚަރަދު ދެއްކުމަށް؛ |
|
|
|
(6) |
ޝަރީޢަތުގެ ވަކި ބަޔަކާ ގުޅިގެން ހިނގި ޚަރަދު ދެއްކުމަށް؛ |
|
|
|
(7) |
ޙުކުމް ކުރެވުނު ތާރީޚު ހިމެނޭގޮތުން، ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކި ތާރީޚެއްގެ ނިޔަލަށް އިންޓްރެސްޓް ދެއްކުން؛ |
|
|
|
(8) |
ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކި ތާރީޚަކާ ހަމައަށް ޚަރަދުގެ ޖޫރިމަނާ ދެއްކުމަށް؛ |
|
|
|
(9) |
ޝަރީޢަތުގެ ކުރިންނާއި، ޝަރީޢަތުގެ މަރުޙަލާތަކުގައި، ޚަޞްމުގެ ނުވަތަ ޚަޞްމުގެ ވަކީލުގެ ޢަމަލުތައް ހުރިގޮތުން އެ ޚަޞްމަށް ޚަރަދު ނަގައި ނުދިނުމަށް ނުވަތަ އުނިކުރުމަށް. |
|
|
(ށ) |
ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި އަންނަނިވި ކަންކަން ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
|
(1) |
އެއް ޚަޞްމުގެ ފަރާތުން އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދުތައް ދައްކަންޖެހޭކަން ނުވަތަ ނޫންކަން؛ |
|
|
|
(2) |
ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު؛ އަދި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަންޖެހޭ މުއްދަތު. |
|
|
(ނ) |
ޝަރީޢަތުގެ ޚަރަދުތައް އެއް ޚަޞްމަކު އަނެއް ޚަޞްމަކަށް ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. |
|
|
|
|
(1) |
ދަޢުވާ ހުށަހެޅުމާއި، ދަޢުވާއަށް ދިފާޢު ހުށަހެޅުމާއި، މައްސަލައިގެ ބަޔާންތައް ހުށަހެޅުމުގައި ޢަމަލުކޮށްފައިވާ ގޮތް ހިމެނޭގޮތުން، ޚަޞްމުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތް؛ |
|
|
|
(2) |
ޚަޞްމަކަށް މުޅި މައްސަލަ ކާމިޔާބުނުވި ކަމުގައިވީނަމަވެސް، ދަޢުވާގެ ބައެއް ކާމިޔާބުވެފައިވުން؛ |
|
|
|
(3) |
މައްސަލަ ޙައްލުކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެކަން؛ |
|
|
|
(4) |
ހުށަހެޅިފައިވާ ދަޢުވާ ހުރިހާ ޚަޞްމުންނަށް ވެސް މުހިންމުވާ މިންވަރު؛ |
|
|
|
(5) |
މައްސަލައިގެ އުނދަގޫ ކަމާއި، މައްސަލައިގައި ނަގާފައިވާ ޤާނޫނީ ސުވާލުތަކުގެ މުހިންމުކަން؛ |
|
|
|
(6) |
މައްސަލައަށް ހޭދަވި ވަގުތު؛ |
|
|
|
(7) |
މައްސަލައަކީ މުދަލެއް ހިމެނޭ މައްސަލައެއްނަމަ، |
|
|
|
(8) |
މައްސަލައިގައި ޚަޞްމަކު ޢަމަލުކޮށްފައިވާ ގޮތުން، ޝަރީޢަތް ހިންގުން ނުވަތަ ޝަރީޢަތުގެ މަރުޙަލާތައް ފުރިހަމަ ކުރުމުގައި އެއްވެސް ލަސްވުމެއް މެދުވެރިވެފައިވާނަމަ އެކަން؛ |
|
|
|
(9) |
އެ ނޫން ވެސް މައްސަލައިގެ ވަށައިގެންވާ އެފަދަ އެންމެހައި ކަންކަން. |
|
|
(ރ) |
މައްސަލައެއްގެ އިބްތިދާއީ މަރުޙަލާއަށް ދިއުމަށްފަހު، މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ޚަޞްމަކު އެދުމަށްފަހު، ނުވަތަ ކޯޓުގެ މަރުޙަލާގައި މައްސަލަ ހައްލުކުރަން ހުށަހެޅުމަށްފަހު، |
|
ޝަރީޢަތުގެ ޚަރަދުގެ އަމުރެއް ނެރުމާއެކު ލަސްނުކޮށް އެކަން މުވައްކިލަށް އެންގުން |
|
ޝަރީޢަތުގެ ޚަރަދުގެ އަމުރެއް ޙަޞްމެއްގެ މައްޗަށް ނެރުމާއެކު، |
||
ކުދި މައްސަލަތަކުގައި ޚަރަދު ނަގައިދެވިދާނެ ހާލަތްތައް |
|
ޢާންމު އުޞޫލަކީ ކުދި މައްސަލަތަކުގައި ޝަރީޢަތުގެ ޚަރަދު ނަގައި ނުދިނުމެވެ. ނަމަވެސް، ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި އެ މައްސަލައެއްގައި އެއް އަޑުއެހުމަށްވުރެ ގިނަ އަޑުއެހުން ބާއްވަންޖެހޭނަމަ ނުވަތަ ދަޢުވާކުރާ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން އެ މައްސަލައެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރަންޖެހޭ ހާލަތުގައި ޚަރަދު ނަގައިދިނުމުގެ އިޚްތިޔާރު މެޖިސްޓްރޭޓަށް ލިބިގެންވެއެވެ. އެގޮތުން |
||
|
|
(1) |
މައްސަލައިގެ ޚަޞްމަކު ދަޢުވާ ފޯމު ހުށަހެޅުމުގެ ގޮތުން ކޯޓަށް ދައްކާފައިވާ ފީ؛ |
|
|
|
(2) |
ދަޢުވާ ފޯމު ހުށަހެޅުމަށް ދެއްކި ފީގެ އިތުރުން، ކޯޓަށް ދައްކާފައިވާ އެހެން ފީއެއްވާނަމަ އެ ފީ؛ |
|
|
|
(3) |
ވަކި ކަމެއް ހިންގުން ހުއްޓުވުމަށް ނުވަތަ ވަކި ކަމެއް ކުރުވުމަށް ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއްނަމަ، އަދި ޚަޞްމު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިވާނަމަ، އެ ޤާނޫނީ ވަކީލު ފޯރުކޮށްދީފައިވާ ޚިދުމަތަށް ނަގައިދިނުމަށް |
|
|
|
(4) |
ކޯޓަށް ޙާޟިރުވުމުގެ ގޮތުން، ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށާއި، އެ ރަށެއްގައި ހުރުމަށް ކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޚަރަދު؛ |
|
|
|
(5) |
ކޯޓަށް ޙާޟިރުވުމުގެ ގޮތުން، ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު ދަތުރުކުރަންޖެހުމުގެ ސަބަބުން ނުވަތަ ރަށުން ބޭރުގައި ހުންނަންޖެހުމުގެ ސަބަބުން އެފަރާތެއް އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އެކަށީގެންވާ ޢަދަދު؛ |
|
|
|
(6) |
ޚަބީރަކު ޙާޟިރުކުރުމަށް ހިނގި އެކަށީގެންވާ މިންވަރެއްގެ ޚަރަދު؛ |
|
|
|
(7) |
އެ ޚަޞްމުގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން މައްސަލައިގައި ހިނގާފައިވާ އިތުރު ޚަރަދު ކަމަށް ކޯޓުން ހަދާ އެސެސްމަންޓަކުން ކަނޑައަޅާ ޢަދަދު. |
|
މުވައްކިލުގެ ޚަރަދާއި ވަކީލު ޒިންމާކުރުވުން |
|
ބައެއް ހާލަތްތަކުގައި މުވައްކިލު ދައްކަންޖެހޭ ޚަރަދު ދެއްކުމަށް ވަކީލުގެ މައްޗަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ޚަޞްމަކު ހުށަހަޅާ ހުށަހެޅުމަކަށް ނުވަތަ ކޯޓުގެ އިސްނެގުމަކަށް މިފަދަ އަމުރެއް ނެރެދެވިދާނެއެވެ. މިގޮތަށް މުވައްކިލު ދައްކަންޖެހޭ ޚަރަދަށް ވަކީލު ޒިންމާ އުފުލަން އަމުރުކުރާނީ ވަކީލުގެ ފުށުން ނުރަނގަޅު ކަމެއް ނުވަތަ އެކަށީގެންނުވާ ކަމެއް ކޮށްފިނަމަ، ނުވަތަ ފަރުވާކުޑަވެފައިވާނަމަ ނުވަތަ ވަކީލު ކުރަންޖެހޭކަމެއް ނުކޮށް ދޫކޮށްލާފައިވާނަމައެވެ. މިފަދަ އަމުރެއް ކޯޓުން ނެރޭނަމަ، ވަކީލު ކޯޓަށް ޙާޟިރުކޮށް އެފަދަ އަމުރެއް އޭނާގެ މައްޗަށް ނުނެރެންވީ ސަބަބެއް އޮތްތޯ ކޯޓުން ސާފުކުރަންވާނެއެވެ. |
||
ޚަރަދު ދެއްކުމުގެ މުއްދަތު |
|
(ހ) |
ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރެއްގައި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭނެ މިންވަރެއް ކަނޑައަޅާފައިވާނަމަ، އަދި މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ، |
|
|
|
(ށ) |
ޚަޞްމަކު ދައްކަންޖެހޭ ޝަރީޢަތުގެ ޚަރަދު ދައްކަންޖެހޭ މުއްދަތުގައި ނުދައްކައި އޮވެއްޖެނަމަ ބެލެވޭނީ އެއީ ނުދައްކައި އޮތް ސާބިތު ދަރަންޏެއް ކަމުގައެވެ. |
|
ކޯޓުގެ އަމުރަކާ ނުވަތަ އެންގުމަކާ ޚިލާފުވުމުން ޚަރަދު ނަގައިދިނުން |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 273 ވަނަ މާއްދާގެ ދަށުން ކޯޓުން ދައްކަންޖެހޭ ޚަރަދުގެ މިންވަރު ކަނޑައެޅުމަށް ހަދާ ހިސާބު ހެދުމުގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ނުވަތަ އޭގެ ކުރިން ވެސް، ޚަޞްމަކު ނުވަތަ |
||
އަޅައިކަނޑާލުން ނުވަތަ ފަސްކުރުން |
|
ޝަރީޢަތުގެ ޚަރަދު ނަގައިދެވޭ ފަރާތުން، ހަމަ އެ ޝަރީޢަތުގައި ޚަރަދުގެ ފައިސާ ދައްކަންޖެހޭނަމަ، އެ މިންވަރުތަކަށް ރިޢާޔަތްކޮށް އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ޢަމަލުކުރުމަށް ކޯޓުން އެފަރާތަށް އެންގިދާނެއެވެ. |
||
|
|
(ހ) |
ޚަރަދުގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ މިންވަރު، އެ ފައިސާ ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށްފަހު، ބާކީ އޮތް މިންވަރު ދެއްކުމަށް؛ |
|
|
|
(ށ) |
ޚަރަދުގެ ގޮތުގައި އެ ޚަޞްމަކަށް ފަހުން ލިބެންޖެހޭ ފައިސާ ދެއްކުމަށް ކޯޓުން އަންގާ އެންގުން، އެފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރަންދެން މަޑުޖެއްސުމަށް. |
|
ދަޢުވާ އަނބުރާ ގެންދާ މައްސަލަތަކުގައި ޚަރަދު ނަގައިދިނުން |
|
މައްސަލައެއްގެ ދަޢުވާ އަނބުރާ ގެންގޮސްފިނަމަ، ދަޢުވާ އަނބުރާ ގެންދިޔަ ފަރާތުން އަނެއް ޚަޞްމުގެ ޝަރީޢަތުގެ ޚަރަދު ދޭން ކޯޓުން އެ ޚަޞްމަކަށް އަމުރުކުރަންވާނެއެވެ. އަދި ދަޢުވާ އިސްލާހުކުރަން ދަޢުވާ އަނބުރާ ގެންދިޔަނަމަވެސް، ނުވަތަ ޚަޞްމަކު ހުށަހަޅާފައިވާ ދިފާޢަކަށް ނުވަތަ ބަޔާނަކަށް ބަދަލުގެނައުމުގެ ސަބަބުން ކޯޓުގެ އިޖުރާއަތު ދެމިގެންދާނަމަ އެކަމުގެ ސަބަބުން އިތުރަށް ހިނގާ ޚަރަދަށް އެ ފަރާތަކުން ޒިންމާ އުފުލަންވާނެއެވެ. |
||
ޚަރަދު ދެއްކުން ފަސްކުރުމަށް އެންގުން |
|
މައްސަލައެއް އިސްތިއުނާފު ކުރެވިއްޖެނަމަ، އެ މައްސަލަ އިސްތިއުނާފީ ކޯޓުން ނިންމަންދެން ޝަރީޢަތުގެ ޚަރަދު ދެއްކުން ފަސްކުރުމަށް އެންގުމުގެ ބާރު އިސްތިއުނާފީ ކޯޓަށް ލިބިގެންވެއެވެ. |
||
ޝަރީޢަތުގެ ޚަރަދުގެ ބާވަތްތައް |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނު ތަންފީޒުކުރުމުގެ މަޤުޞަދަށްޓަކައި ޝަރީޢަތުގެ ޚަރަދުތައް ބެހިގެންވަނީ ތިރީގައި ބަޔާންކުރާ |
|
|
|
|
(1) |
ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ ޚަރަދު؛ |
|
|
|
(2) |
އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ ޚަރަދު؛ |
|
|
|
(3) |
ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ ޚަރަދު؛ |
|
|
(ށ) |
ޝަރީޢަތުގެ ޚަރަދުތައް ހޯދުމަށް ދަޢުވާ ހުށަހަޅާ ފޯމުގައި ނުވަތަ ދަޢުވާގެ ދިފާޢު ހުށަހަޅާ ފޯމުގައި ޚަރަދު ހޯދުމަށް އެދޭއިރު ޚަރަދު ހޯދަން އެދެނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚަރަދުގެ ބާވަތްތަކުގެ ތެރެއިން ކޮންގޮތަކަށްކަން ކޯޓަށް ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ނަގައިދެވޭނެ ޚަރަދުތައް ތިރީގައި އެވަނީއެވެ. |
|
|
|
|
(1) |
ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ނަގައިދޭނެ ޚަރަދުތައް މި ގަވާއިދުގެ އެޕެންޑިކްސް A ގައި؛ |
|
|
|
(2) |
އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ނަގައިދޭނެ ޚަރަދުތައް މި ގަވާއިދުގެ އެޕެންޑިކްސް B ގައި؛ |
|
|
|
(3) |
ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ނަގައިދޭނެ ޚަރަދުތައް މި ގަވާއިދުގެ އެޕެންޑިކްސް C ގައި. |
ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދޭ ފޯމު |
|
(ހ) |
މައްސަލައިގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޚަރަދު ހޯދަން އެދޭ ޚަޞްމުގެ ފަރާތުން މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 37 ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންވާނެއެވެ. ޚަރަދު ހޯދަން އެދޭ ޚަޞްމުގެ ފަރާތުން ހޯދަން އެދި ހުށަހަޅާ ޚަރަދުތަކުގެ ތަފްސީލު ބަޔާންކޮށް ކޯޓަށް ހުށަހެޅުމުން، އެ ޚަރަދުތައް އެއީ ނަގައިދެވިދާނެ އެކަށީގެންވާ ޚަރަދެއްތޯ ކަނޑައަޅާނީ ކޯޓުގެ ރަޖިސްޓްރަރ ނުވަތަ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު ކޯޓުގައި އަދާކުރާ މުވައްޒަފެކެވެ. |
|
|
|
(ށ) |
ރަޖިސްޓްރަރ ނުވަތަ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު ކޯޓުގައި އަދާކުރާ މުވައްޒަފު، ޚަޞްމުގެ ފަރާތުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމާއެކު، ޝަރީޢަތުގެ ޚަރަދުގެ އަމުރެއް ދެފަރާތަށް ދޫކުރަންވާނެއެވެ. އެ އަމުރުގައި ކޯޓުގެ މެޖިސްޓްރޭޓަކު ސޮއިކޮށް ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ. މި ބަޔާންކުރެވުނު ޚަރަދުގެ އަމުރުގައިވާ ޚަރަދު ދޭންޖެހޭ ފަރާތުން ނުދީފިނަމަ، އެ ޚަރަދު ޙުކުމް ތަންފީޒުކުރުމުގެ އިޖުރާއަތުގެ ތެރެއިން ތަންފީޒުކޮށްދޭން ވާނެއެވެ. |
|
ކޯޓުން ޚަރަދު ބަލައި ވަޒަންކުރުން |
|
(ހ) |
ކޯޓުން ޚަރަދު ބަލައި ވަޒަންކޮށް ޚަރަދުގެ އަދަދު ކަނޑައެޅުމުގައި ޝަރީޢަތުގެ ޚަރަދު ހިސާބުކުރުމުގެ ބޭނުމަށް ޚަޞްމުން ޙާޟިރުކޮށް ނުވަތަ އެ ނޫން ވެސް ގޮތްގޮތަށް ހެކި ހޯދުމުގެ ބާރު ރަޖިސްޓްރަރ ނުވަތަ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފަށް ލިބިގެންވެއެވެ. |
|
|
|
(ށ) |
ޚަރަދަށް އެދި ފޯމު ހުށަހެޅި ފަރާތުން އެ ފޯމު ހުށަހެޅި ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓުން ބަލައި ވަޒަންކޮށް ކަނޑައަޅާ ޚަރަދުގެ އަދަދު، ރަޖިސްޓްރަރ ނުވަތަ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފު ކަނޑައަޅައި ނިންމަންވާނެއެވެ. |
|
ޚަރަދުގެ އަމުރު މުރާޖަޢާ ކޮށްދިނުމަށް އެދުން |
|
ޚަރަދުގެ އަމުރުގައިވާ އަދަދާމެދު ހިތްހަމަ ނުޖެހޭނަމަ ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓަށް އެ އަމުރު މުރާޖަޢާކޮށްދިނުން އެދި ހުށަހެޅިދާނެއެވެ. މިގޮތުން ކުރެވޭ މުރާޖަޢާގައި ނިންމާ ނިންމުމަކީ ޚަރަދާބެހޭ ގޮތުން ނިންމާ އެންމެ ފަހު ނިންމުމެވެ. |
||
ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ހިނގާ ޝަރީޢަތުގެ ޚަރަދުތައް |
|
ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ހިނގާ ޝަރީޢަތުގެ ޚަރަދުތައް ޙުކުމާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ފަރާތުން އެ މައްސަލައިގެ އަނެއް ޚަޞްމަށް ދޭންވާނެއެވެ. ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ނަގައިދޭނީ އެ މައްސަލަ ނިސްބަތްވާ ޓްރެކުގެ މައްސަލަތަކަށް ނަގައިދޭ ބާވަތުގެ ޚަރަދެވެ. |
||
އިޚްތިޞާޞްގެ މައްސަލަތަކުގެ ޚަރަދު |
|
އެ މައްސަލައެއް ބެލުމަށް ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާ ކަމަށް އިއުތިރާޒު ކޮށްގެން ބެލެވޭ މައްސަލަތަކުގައި ވެސް ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. |
||
ޝަރީޢަތުގެ ޚަރަދުދިނުމަށް ކަނޑައަޅާގޮތް |
|
ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި މައްސަލައިގެ ޙުކުމުގައި ބަޔާންކުރާނީ ހަމައެކަނި އެ މައްސަލައިގައި ޚަރަދު ދޭންޖެހޭނެތޯ އާއި ޚަރަދު ދޭންޖެހޭ ޚަޞްމަކީ ނުވަތަ ޚަޞްމުންނަކީ ކޮބައ ކަމާއި ޚަރަދު ދޭންޖެހޭ ގޮތެވެ. ޚަރަދުގެ އަދަދު ބަޔާންކުރާނީ ޚަރަދުގެ އަމުރުގައެވެ. |
||
ތޭވީސްވަނަ ބައި |
||||
ހެކިހާމަކުރުން |
||||
އިޚްތިލާފެއް ނެތް މައްސަލަތަކާއި ކުދި މައްސަލަތަކުގައި ހެކި ހާމަކުރުން |
|
(ހ) |
އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކާއި ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރާނީ އަންނަނިވި ގޮތަށެވެ. |
|
|
|
|
(1) |
ދަޢުވާ ފޯމާއެކު ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތައް ހުށަހެޅުން؛ |
|
|
|
(2) |
އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބަލާ މެޖިސްޓްރޭޓް އަންގާ ގޮތަކަށް އަދި އަންގާ މުއްދަތުގައި ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތައް ހުށަހެޅުން. |
ހެކިހާމަކުރުމުގެ އިސްތިސްނާ ޙާލަތް |
|
(ހ) |
އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކާއި ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 313 ވަނަ މާއްދާގައިވާ އުޞޫލުން ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުން ފިޔަވައި އެހެން މަދަނީ މައްސަލަތަކުގައި، ޚަޞްމުން ހެކި ހާމަކުރާނެ ވަގުތާއި ގޮތް |
|
ހެކި ހާމަކުރުމުގެ އިޖުރާއަތު |
|
(ހ) |
މި ބާބުގެ ދަށުން ހެކި ހާމަކުރާނީ، މި ގަވާއިދުގެ ޖަދުވަލުގެ |
|
|
|
(ށ) |
ލިޔުންތަކުގެ ލިސްޓުގައި ހިމަނާނީ އެ މައްސަލައާ ގުޅުން ހުރި އެންމެހައި ލިޔުންތަކެވެ. އެ މައްސަލައާ ގުޅުން ހުރި އެންމެހައި ލިޔުންތަކަކީ، އެ ޚަޞްމަކު އެ މައްޗަށް ބަރޯސާވާ ލިޔުންތަކާއި، އެ ފަރާތުން ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ލިޔުންތަކާއި، އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރުކޮށްފާނެ ލިޔުންތަކާއި އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔުންތަކާއި، ޤާނޫނެއްގެ ދަށުން އެ ފަރާތުން ހާމަކުރަންޖެހޭ ލިޔުންތަކެވެ. |
|
|
|
(ނ) |
މި މާއްދާގެ (ނ) ގައި ބަޔާންކުރެވުނު ލިސްޓުގައި ހިމަނަންޖެހޭ އެއްވެސް ލިޔުމެއް ގަސްތުގައި ހާމަނުކޮށް ވަންހަނާ ކުރުމާއި ދޮގު މަޢުލޫމާތު ހިމެނުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެކެވެ. |
|
|
|
(ރ) |
ލިޔުންތަކުގެ ލިސްޓުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 305 ވަނަ މާއްދާގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ތަރުތީބުން ފުރިހަމަކޮށް، އަދި އެ ލިޔުމުގެ ލިސްޓުގައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހެކި ހާމަކުރިކަމުގެ ބަޔާން ލިޔެ އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ. |
|
ޚަޞްމުންނަށް ލިޔުންތަކުގެ ލިސްޓު ކޯޓުން ރައްދުކުރުން |
|
ލިޔުންތަކުގެ ލިސްޓު ޚަޞްމުން ކޯޓަށް ހުށަހެޅުމުން ލަސްނުކޮށް |
||
ހެކި ހާމަކުރުމުގެ ޚާއްޞަ އުޞޫލުގެ އިޖުރާއަތު |
|
(ހ) |
ހެކި ހާމަކުރުމުގެ އުޞޫލުން ޚަޞްމު ހާމަކޮށްފައިވާ ހެއްކަކީ މައްސަލައިގައި ހެކި ބޭނުންވާ މިންވަރަށްވުރެ މަދު ހެކި ކަމުގައިވާނަމަ، ނުވަތަ ބައެއް ލިޔުން ހާމަކޮށްފައި ނުވާނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 307 ވަނަ މާއްދާގެ (ށ) ގައިވާ ކަމެއް އަނެއް ޚަޞްމުގެ ފަރާތުން ކުރުވުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދި ޚަޞްމަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. މި ބާވަތުގެ އަމުރަކަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިންނެވެ. މި ފޯމުގައި ޚަޞްމު އެދޭގޮތުގެ ތަފްސީލު އަދި އަމުރުކުރަން އެދޭ ގޮތް ބަޔާންކުރަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރުމާމެދު ކޯޓުން ގޮތެއް ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ ކަންކަމަށާއި، އެ ލިޔުމުގެ މުހިންމު ކަމުގެ މައްޗަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 302 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ. |
|
ޚަޞްމަކަށް ނުވާ ފަރާތެއްގެ މައްޗަށް ހެކި ހާމަކުރުމަށް ކުރާ އަމުރު |
|
ދަޢުވާއެއްގެ ޚަޞްމަކަށް ނުވާ ފަރާތެއްގެ ކިބައިގައި ނުވަތަ އެ ފަރާތުގެ ހިޔާޒަތުގައި، ނުވަތަ ބެލުމުގެ ދަށުގައި، ނުވަތަ ބާރުގެ ދަށުގައި މައްސަލައާ ގުޅިގެން އުފެދޭނެ މައުޟޫޢަކާ ގުޅުން ހުރި ލިޔުންތަކެއް ހުންނާނެކަމަށް ބެލެވޭ ކޮންމެ މީހެއްގެ މައްޗަށް، އެ ލިޔުމެއް ފޯރުކޮށްދިނުމަށް އަމުރުކޮށް ދިނުމަށް އެދި މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 ކޯޓަށް ހުށަހެޅިދާނެއެވެ. |
||
ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން |
|
ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމަށް ކޯޓުގައި އެދުމަށް ޤާނޫނަކުން ހުއްދަކުރާ ހާލަތުގައި، މައްސަލައެއްގެ ޚަޞްމަކަށް ވާނެކަމަށް ބެލެވޭ މީހެއްގެ މައްޗަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 311 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމުގެ އަމުރަކަށް އެދޭނަމަ، އެފަދަ އަމުރަކަށް އެދޭނީ |
||
ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުމާބެހޭ ޚާއްޞަ އިޖުރާއަތު |
|
ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ އެންމެހައި މައްސަލަތަކުގައި، ހެކި ހާމަކުރުމާ ގުޅޭގޮތުން ޢަމަލުކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 313 ވަނަ މާއްދާގެ (ށ) ފެށިގެން އެ މާއްދާގައި ބަޔާންކޮށްފައިވާ ޚާއްޞަ އިޖުރާއަތާ އެއްގޮތަށެވެ. |
||
ލިޔުމެއް ހުއްޓުވުމުގެ އަމުރަކަށް އެދުން |
|
ލިޔުމެއް ނުވަތަ ލިޔުމެއްގެ ބައެއް ހާމަކޮށްފިނަމަ އޭގެ ސަބަބުން ޢާންމު މަޞްލަޙަތަށް އުނިކަން އަތުވެދާނެނަމަ، އެ ލިޔުމެއް ހާމަކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ކޮންމެ ފަރާތަކަށްވެސް އެދެވިދާނެއެވެ. އެފަދަ އަމުރަކަށް އެދޭނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 31 އިންނެވެ. |
||
ސައުވީސްވަނަ ބައި |
||||
ހެއްކާގުޅޭ ޢާންމު އުޞޫލުތައް |
||||
ހެކިބަހާބެހޭ ޢާންމު އުޞޫލު |
|
ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސް ހުށަހަޅާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާ އަނގަބަހުން ހެކިބަސް ދީގެންނެވެ. ޝަރީޢަތުގެ އަޑުއެހުމެއް ފިޔަވައި، އެ ނޫން އަޑުއެހުމެއްގައި، ހެކިބަސް ހުށަހަޅާނީ ހެކިބަސްދޭ މީހާގެ ލިޔުމަކުން ދީފައިވާ ހެކިބަހުގެ ބަޔާނަކުންނެވެ. |
||
ހެކިބަހުގެ ބަޔާން އޮންނަންވީ ގޮތް |
|
(ހ) |
ވަކި ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސް ބޭނުންވާ ކަންކަމާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސްދޭނެ ފަރާތްތައް ހުށަހެޅޭނެ މިންވަރާއި، ޝަރީޢަތުގައި އަނގަބަހުން ހެކިބަސްދޭނެ ފަރާތްތަކާއި، ލިޔެފައިވާ ހެކިބަހުގެ ބަޔާނުން ހެކިބަސްދޭ ފަރާތްތަކާއި، ހެކިބަހުގެ ބަޔާނުން ހެކިބަސްދޭނަމަ، ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ ދިގުމިނާއި ބަޔާން އޮންނަންވީގޮތް އިބްތިދާއީ އަޑުއެހުމުގައި މެޖިސްޓްރޭޓަށް ކަނޑައެޅިދާނެއެވެ. |
|
|
|
(ށ) |
ހެކިބަހުގެ ބަޔާން އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ |
|
|
|
|
(1) |
މައްސަލަ ނުވަތަ ޤަޟިއްޔާ ނަންބަރު؛ |
|
|
|
(2) |
މައްސަލައިގެ ޚަޞްމުންގެ މަޢުލޫމާތު؛ |
|
|
|
(3) |
ހެކިބަސްދެނީ ކޮން ޚަޞްމެއްގެ ފަރާތުންކަން؛ |
|
|
|
(4) |
ހެކިބަސްދޭ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ކާކުކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ނަންބަރު، ސޮއި އަދި އިނގިލީގެ ނިޝާން؛ |
|
|
|
(5) |
ހެކިބަހުގެ ބަޔާނުގައި ޙަވާލާދީފައިވާ ކޮންމެ އެގްޒިބިޓެއްގެ ނަންބަރު؛ |
|
|
|
(6) |
ބަޔާން ދީފައިވާ ތާރީޚް. |
ވީޑިއޯ ކޮންފަރެންސިންމެދުވެރިކޮށް ދެވޭ ހެކި |
|
(ހ) |
ހެކިބަސްދޭ ފަރާތް ކޯޓަށް ސީދާ ޙާޟިރުވުމުގެ ބަދަލުގައި، ޚާއްޞަ ޙާލަތްތަކުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެފަރާތުން ހެކިބަސް ދިނުމަށް ކޯޓަށް ހުއްދަ ދެވިދާނެއެވެ. މިގޮތުން ހެކިބަސްދޭ މީހާ ހުރީ ޝަރީޢަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ބޭރު ޤައުމެއްގައި ކަމަށްވެފައި އޭނާ ޝަރީޢަތަށް ޙާޟިރުވުމަށް ދިގު މުއްދަތެއް ނެގުމުގެ ސަބަބުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ދިގު މުއްދަތެއް ނެގުމުގެ ސަބަބުން، މައްސަލަ ލަސްވާކަމަށް މެޖިސްޓްރޭޓަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި މިފަދަ ޙާލަތްތަކަކީ ޚާއްޞަ ޙާލަތްތައް ކަމުގައި ބެލިދާނެއެވެ. |
|
|
|
(ށ) |
ހެކިބަސްދޭ މީހާ ހުރީ ޝަރީޢަތް ހިނގަމުންދާ ރަށް ނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެ ރަށެއްގެ ކޯޓަށް އެ މީހާ ޙާޟިރުކޮށް، އެ މިހަކީ ކާކުކަން ޔަޤީންކުރުމަށްފަހު، މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ހުވައި ކުރުމަށްފަހުގައެވެ. |
|
|
|
(ނ) |
ހެކިބަސްދޭ މީހާ ހުރީ ބޭރު ގައުމެއްގައި ކަމަށްވާނަމަ، އަދި އެމީހާ އަކީ ކާކުކަން މައްސަލަ ބަލާ ކޯޓަށް ކަށަވަރުކުރެވޭނަމަ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެމީހެއްގެ ހެކިބަސް ނެގުމަށް ހުރަހެއް ނެތެވެ. |
|
ދޮގު މަޢުލޫމާތު ދިނުން |
|
އެ ލިޔުމަކީ ނުވަތަ ހެކިބަހުގެ ބަޔާނަކީ ތެދުކަމަށްބުނެ އިޤުރާރުވެ ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައިވެފައި، އެ ލިޔުމުގައި ދޮގު މަޢުލޫމާތު ދީފިނަމަ، އެމީހަކު ކޯޓުގެ ޙުރުމަތް ކެނޑީ ކަމުގައި ބަލައި، ކޯޓުގެ ޙުރުމަތް ކެނޑުމުގެ ކުށަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅަންވާނެއެވެ. |
||
އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައި ރިޢާޔަތްކުރެވޭ ހެކި |
|
ޚަޞްމަކު ހުށަހަޅާފައިވާ ހެކިބަހުގެ ބަޔާނަށް މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި ރިޢާޔަތްކޮށްދިނުމަށް އެ ބަޔާން ހުށަހެޅި ޚަޞްމުގެ ފަރާތުން ބޭނުންވާނަމަ، ކޯޓުން އެ ނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތް ޙާޟިރުކޮށް އޭނާގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް ކޯޓުގައި އެދެންވާނެއެވެ. އެ ނޫން ގޮތަކަށް ޝަރީޢަތުގެ މަރުޙަލާގައި ހެކިބަހުގެ ބަޔާނަށް ރިޢާޔަތްކުރެވޭނީ އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައެވެ. |
||
އެފިޑަވިޓަކުން ހެކިބަސް ހުށަހެޅުން |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނަކުން ލާޒިމުކުރާ ހާލަތުގައި ނުވަތަ ކޯޓުން އެފަދައިން ކަނޑައަޅައިފި ހިނދެއްގައި ހެކިބަސްދޭ ފަރާތުގެ ހެކިބަހުގެ ބަޔާނުގެ ބަދަލުގައި ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ އިތުރުން ހެކިބަސްދޭ ފަރާތެއްގެ ހެކިބަސް ކޯޓަށް ހުށަހެޅޭނީ އެފިޑަވިޓް މެދުވެރިކޮށެވެ. |
||
އެފިޑަވިޓްގެ ބޭނުމަށް ހުވާކުރުން |
|
(ހ) |
އެފިޑަވިޓްގެ ބޭނުމަށްޓަކައި ހުވާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކުގެ ކުރިމަތީގައެވެ. |
|
|
|
|
(1) |
ފަނޑިޔާރަކު؛ |
|
|
|
(2) |
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ނުވަތަ ބޭރު ގައުމެއްގައި ނަމަ އެ ގައުމެއްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ، ނޯޓަރީ ޕަބްލިކް؛ ނުވަތަ |
|
|
|
(3) |
ޤާނޫނެއްގައި ކަނޑައަޅާފައިވާ އެހެން ފަރާތެއް. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހެކިބަހުގެ ބަޔާނުގެ ބޭނުމަށްޓަކައި ހުވައިކުރުމަށް މި ކޯޓަށް ހުށަހަޅިދާނެއެވެ. |
|
ހެކިބަސްދޭ މީހާގެ ޝަރުޠު ފުރިހަމަވުން |
|
މައްސަލައެއްގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދޭ މީހަކީ ޤާނޫނުން ނުވަތަ ޝަރުޢީ ގޮތުން ހެކިބަސް ދިނުމަށް ޝަރުޠު ފުރިހަމަވާ މީހަކުކަން ކޯޓުން ކަށަވަރުކުރަން ވާނެއެވެ. |
||
ހެކިބަސް ދިނުމުގެ ކުރިން ހުވައިކުރުން |
|
(ހ) |
ހެކިބަސް ދިނުމުގެ ކުރިން ހެކިބަސް ދޭ މީހާ ޚަތިމުގައި އަތްލައިގެން އަންނަނިވި އިބާރާތުން ހުވައި ކުރަންވާނެއެވެ. |
|
|
|
(ށ) |
ޚަތިމުގައި އަތްނުލެވޭ ޙާލަތުގައި ހުރި މީހަކުނަމަ، އެ މީހަކު ހުވައި ކުރާއިރު ޚަތިމު އޭނާގެ ކުރިމަތީގައި ބޭއްވިދާނެއެވެ. |
|
|
|
(ނ) |
ހެކިބަސްދޭން ހުރީ ޣައިރު މުސްލިމެއްނަމަ، ހެކިބަސް ނަގަންވާނީ ތެދުބުނުމަށް އޭނާ އިޤްރާރުވާ ކަމަށާއި، ދޮގު ވާހަކައެއް ބުނެފިނަމަ، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަން އޭނާއަށް އެނގޭކަން ބަޔާންކޮށް، އޭނާގެ ބަޔާން ނެގުމަށްފަހުއެވެ. |
|
ފަންސަވީސްވަނަ ބައި |
||||
ހެއްކާގުޅޭ ޚާއްޞަ އުޞޫލުތައް |
||||
ވަކި ކަމެއް އިވުނުކަމަށް ބުނެ ދޭ ހެކި |
|
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތިރީސްވަނަ ބާބުގެ ބޭނުމަށްޓަކައި، ވަކިކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކިބަހަކީ ޝަރީޢަތަށް ހެކިބަސްދޭ މީހަކަށް ސީދާ ފެނުނު އެއްޗެއް ނުވަތަ އިވުނު އެއްޗެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް އެމީހަކު ބުނި ބުނުމެއް، ހެކިބަސްދޭ މީހާއަށް އަޑުއިވުނު ކަމަށް ބުނެ ދޭ ހެކިބަހެވެ. |
||
އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ލިޔެކިޔުން |
|
(ހ) |
ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމަކީ އެ ލިޔުމެއްގެ ޞައްޙަކަމާއި އެ ލިޔުމުން ދޭހަވާ ކަންކަން އިތުރަށް ސާބިތުކުރުމަކާ ނުލައި ހެކީގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވޭނެ ލިޔުމެކެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި ލިޔުމަކީ ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް ބެލެވޭނީ، އެ ލިޔުމެއް ނިސްބަތްވާ ވިޔަފާރިއެއް ނުވަތަ އިދާރާއެއްގެ އޮފިސަރަކު/ހުއްދަދެވިފައިވާ މުވައްޒަފެއް |
|
|
|
(ނ) |
މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ވަކި ލިޔުމަކާ ގުޅޭގޮތުން މި މާއްދާގެ (ހ) އަދި/ނުވަތަ (ށ) އަށް ޢަމަލުނުކުރެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ. |
|
ސައްބީސްވަނަ ބައި |
||||
ޚަބީރުން |
||||
ޚަބީރުންގެ ހެކި ބަސް ނެގުމުގައި ޢަމަލުކުރާނެ ގޮތް |
|
(ހ) |
މަދަނީ މައްސަލަތަކުގައި ޝަރީޢަތުގައި ހެކިބަސް ނެގުމަށްޓަކައި ޚަބީރަކު ޙާޟިރުކުރެވޭނީ، އަދި މައްސަލައިގެ ހެކީގެ ތެރޭގައި، ޚަބީރެއްގެ ރިޕޯޓު ހިމެނޭނީ ކޯޓުގެ ހުއްދައާއެކުގައެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާނީ އަންނަނިވި ކަންކަން ހިމެނޭގޮތަށް، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 40 އިންނެވެ. |
|
|
|
|
(1) |
ޚަބީރުގެ ހެކިބަސް ނެގުމަށް ހިނގާނެ ޚަރަދުގެ އަންދާޒާ؛ |
|
|
|
(2) |
ޚަބީރުގެ ހެކިބަސް ބޭނުންވާ ދާއިރާ؛ |
|
|
|
(3) |
ހެކިބަސް ނަގަނީ ކޮންކަންތައްތަކަކާ ގުޅިގެންކަން؛ އަދި |
|
|
|
(4) |
ޚަބީރުގެ ނަން. |
ޚަބީރުގެ ޝަރުޠު/ އިލްމީ ސަނަދު |
|
މި ބާބުގެ ދަށުން ހެކިބަސް ނެގުމަށް ހުށަހެޅޭ ޚަބީރަކީ، އެ ޚަބީރެއްގެ ހެކިބަސް ނެގުމަށް ހުށަހެޅިފައިވާ ދާއިރާގައި ރެޖިސްޓަރީ ކުރެވިފައިވާ ނުވަތަ ހުއްދަލިބިފައިވާ ފަރާތެއް ނުވަތަ އެ ދާއިރާއެއްގެ ޢިލްމާއި ތަޖުރިބާ ހުރި ފަރާތެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ފަރާތަކަށް ވާންވާނެއެވެ. |
||
ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގައި ޚަބީރުން ހެކިބަސް ނެގުން |
|
(ހ) |
ޚާއްޞަ ޙާލަތެއް މެދުވެރިވެގެން މެނުވީ ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލައެއްގައި، ޚަބީރެއްގެ ހެކި ހުށަހެޅުމުގެ ހުއްދަ ކޮންމެ ޚަޞްމަކަށް ދެވޭނީ، ކަނޑައަޅާފައިވާ ވަކި ކަމަކާ ގުޅިގެން އެންމެ ޚަބީރެއްގެ ހެކި ހުށަހެޅުމަށެވެ. |
|
|
|
(ށ) |
ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލައެއްނަމަ، އެ މައްސަލައެއްގައި އިންޞާފު ޤާއިމުކުރުމަށްޓަކައި ޚަބީރު ޝަރީޢަތަށް ޙާޟިރުކުރުމަށް ކޮންމެހެން ބޭނުންވާކަމަކަށް މެޖިސްޓްރޭޓަށް ޤަބޫލުކުރެވޭނަމަ، ޚަބީރުގެ ހެކިބަސް ނެގުމަށް މައްސަލައިގެ އަޑުއެހުމަކަށް އޭނާ ޙާޟިރުކުރެވިދާނެއެވެ. |
|
ޚަބީރުގެ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް |
|
ޚަބީރުގެ ރިޕޯޓުގެ ނިންމުމުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ. |
||
|
|
(ހ) |
ކޯޓުގެ މައްޗަށް ޚަބީރަށް އޮތް ޒިންމާތައް އެނގޭކަން؛ |
|
|
|
(ށ) |
އެ ޒިންމާތަކާ އެއްގޮތަށް ޢަމަލުކުރިކަން އަންގައިދޭ ބަޔާނެއް؛ އަދި |
|
|
|
(ނ) |
ރިޕޯޓު އެ މައްޗަށް ބިނާކޮށްފައިވާ އިރުޝާދުތައް. |
ހަތާވީސްވަނަ ބައި |
||||
ޙުކުމް ތަންފީޒުކުރުން |
||||
ތަންފީޒީ ޑިވިޝަން |
|
(ހ) |
މި ކޯޓުގައި ތަންފީޒީ ޑިވިޝަނެއް ހުންނަންވާނެއެވެ. |
|
|
|
(ށ) |
ކޯޓުގެ ތަންފީޒީ ޑިވިޝަނަށް ހުށަހެޅޭ ތަންފީޒީ މައްސަލަތައް ބަލާނީ ކޯޓުގެ މެޖިސްޓްރޭޓުންގެ މެދުގައި މައްސަލަތައް ހަމަހަމައަށް ބެހިގެންދާނޭ އުޞޫލަކުން ކޯޓުގެ ހުރިހާ މެޖިސްޓްރޭޓުންނެވެ. އަދި، ތަންފީޒީ ޑިވިޝަންގެ މަސައްކަތްތައް ވިލަރެސް ކުރާނީ ދާއިރާ އިސްމެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓެވެ. |
|
|
|
(ނ) |
ތަންފީޒީ މައްސަލަތަކުގެ އަދަދު ބެލުމަށްފަހު، ތަންފީޒީ ޑިވިޝަނަށް ނުވަތަ ތަންފީޒީ މަސައްކަތް ކުރުމަށް އިތުރު މެޖިސްޓްރޭޓުން ޢައްޔަން ކުރުމަށް ހުރަހެއް ނެތެވެ. |
|
|
|
(ރ) |
ތަންފީޒީ ޑިވިޝަނުން އެ ޑިވިޝަނުގެ މަސައްކަތް ހިންގި ގޮތާއި ހުށަހެޅުނު މައްސަލަތަކާއި ތަންފީޒު ކުރެވުނު އަދި ތަންފީޒު ނުކުރެވި ހުރި މައްސަލަތަކެއް ހުރިނަމަ ހުރި ސަބަބު ބަޔާންކޮށް ކޮންމެ 6 (ހައެއް) މަހަކުން ދާއިރާ އިސްމެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓު ހިންގުމާއި ޙަވާލުވެ ހުރި މެޖިސްޓްރޭޓަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. |
|
|
|
(ބ) |
ކޯޓުގެ ތަންފީޒީ ޑިވިޝަނަށް އެހީތެރިވެދޭނީ ޖުޑީޝަލް ދާއިރާގެ އަގުކުރާ ކޮމިޓީންނެވެ. ކޮންމެ ދާއިރާއެއްގެ އަގުކުރާ ކޮމިޓީގައި މަދުވެގެން އެއް ޕްރޮފެޝަނަލް އެކައުންޓަންޓަކު ހުންނަންވާނެއެވެ. |
|
|
|
(ޅ) |
މި ކޯޓުގެ ތަންފީޒީ މަސައްކަތް ކުރާނީ، މި ކޯޓު ހިމެނޭ ޖުޑިޝަލް ދާއިރާއަށް ޢައްޔަންކުރެވޭ، ތަންފީޒީ އޮފިސަރުންގެ ތެރެއިން އެ މަސައްކަތް ކުރުމަށް ޢައްޔަން ކުރެވޭ 3 (ތިނެއް) ތަންފީޒީ އޮފިސަރުންނެވެ. މި ކޯޓުގެ ތަންފީޒީ އޮފިސަރުންގެ މަސައްކަތާއި އަގުކުރާ ކޮމިޓީގެ މަސައްކަތް ކުރުމަށް އެއް މުވައްޒަފުންތަކެއް ހަމަޖެއްސުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެންވެއެވެ. |
|
|
|
(ކ) |
ތަންފީޒީ މަސައްކަތް ކުރުމަށް ޢައްޔަން ކުރެވޭ ތަންފީޒީ އޮފިސަރުންނަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެކަށޭނަ ތަމްރީން ދޭންވާނެއެވެ. |
|
|
|
(އ) |
ތަންފީޒީ މަސައްކަތްކުރާ މުވައްޒަފަކު ޙުކުމެއް ތަންފީޒުކުރުމުގެ ބޭނުމުގައި މީހެއްގެ ގޮވަތި ގެދޮރަށް، ނުވަތަ އޮފީހަކަށް ވަންނަނަމަ، ނުވަތަ އުޅަނދަކަށް އަރާނަމަ، ނުވަތަ ތަނެއް ބަލައި ފާސްކުރާނަމަ، ނުވަތަ މުދަލެއް ހިފަހައްޓާނަމަ އެކަމެއް ކުރަންވާނީ ތަންފީޒީ މެޖިސްޓްރޭޓް ސޮއިކޮށް ދޫކޮށްފައިވާ ކޯޓު އަމުރެއް އޮވެގެންނެވެ. މި ކޯޓު އަމުރު އޮންނަންވާނީ |
|
ތަންފީޒު ކޮށްދިނުމަށް އެދުން |
|
(ހ) |
ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒުކޮށްދިނުމަށް އެދޭނީ |
|
|
|
(ށ) |
ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކޮށްދިނުމަށް އެދެވޭނީ ކޯޓުން ކޮށްފައިވާ ޙުކުމުގައި ނުވަތަ ނެރެފައިވާ އަމުރުގައި އެ ކަމަކަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުންނެވެ. |
|
|
|
(ނ) |
ތަންފީޒު ކުރަން އެދެނީ ރަހުނެއް ނުހިމެނޭ ފައިސާގެ ޙުކުމެއްނަމަ، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން ދަރަނިވެރިޔާގެ މިލްކުގައި ހުރި މުދަލުގެ ތަފްސީލު ހޯދުމަށް ވީ ވަރަކުން އަރަނިވެރިޔާ މަސައްކަތް ކުރަންވާނެއެވެ. އަދި އެގޮތުން ލިބޭ ތަފްސީލު ޙުކުމް ތަންފީޒުކުރުމަށް އެދޭ ފޯމުގައި ބަޔާންކުރަންވާނެއެވެ. |
|
ތަންފީޒު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް |
|
ޙުކުމް ތަންފީޒުކުރުމަށް އެދޭ ފޯމާއެކު އަންނަނިވި ލިޔުންތަކާއި މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
||
|
|
(ހ) |
ތަންފީޒުކޮށްދިނުމަށް އެދޭ ޙުކުމް ނުވަތަ އަމުރުގެ ކޮޕީ. |
|
|
|
(ށ) |
ތަމްސީލުކުރާނޭ ފަރާތެއް ނުވަތަ ޤާނޫނީ ވަކީލަކު ޢައްޔަންކުރާނަމަ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު. |
|
|
|
(ނ) |
ޤާނޫނީ ޝަޚްޞެއްނަމަ ތަމްސީލުކުރުމަށް ކަނޑައަޅާ ފަރާތެއް ޢައްޔަންކޮށް ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަން ނުވަތަ ޤަރާރު ފަދަ ލިޔުންތައް. |
|
|
|
(ރ) |
ޕަވަރ އޮފް އެޓަރނީއެއް ލިބިގެން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ކޮޕީ. |
|
|
|
(ބ) |
ދަރަނިވެރިޔާގެ މުދާ ހުރި ތަނާބެހޭ މަޢުލޫމާތު ފަދަ ތަންފީޒުކުރުމަށް އެހީއަކަށްވާނެ ކަމަށް އަރަނިވެރިޔާއަށް ޤަބޫލުކުރެވޭ މަޢުލޫމާތު. |
|
|
|
(ޅ) |
ތަންފީޒުކުރަން އެދޭ ޙުކުމަކީ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމެއްނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 372 ވަނަ މާއްދާގެ ދަށުން އަޅައިދިނުމަށް އެދޭ ފިޔަވަޅުތައް. |
|
ފޯމާމެދު ގޮތެއް ނިންމުން |
|
(ހ) |
ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކޮށްދިނުމުގެ މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ 03 (ތިނެއް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމަންވާނެއެވެ. |
|
|
|
(ށ) |
ޙުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ކޯޓުން ނިންމާ ނިންމުން އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
ފޯމެއް ހުށަހެޅުމެއްނެތި ތަންފީޒުކުރަންޖެހޭ ޙުކުމްތަކާއި އަމުރުތައް |
|
ޙުކުމް ނުވަތަ އަމުރު ތަންފީޒު ކޮށްދިނުމަށް އެދި ހުށަހަޅާފައި ނުވިނަމަވެސް، ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކުރުމަށް މަތީ މަރުޙަލާއެއްގެ ކޯޓަކުން އަމުރުކޮށްފިނަމަ، އެ ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކުރުމުގެ މަސައްކަތް ކޯޓުން ފަށަން ވާނެއެވެ. |
||
ތަންފީޒުކުރަން ހުށަހެޅިކަން އެންގުން |
|
(ހ) |
ޙުކުމް ތަންފީޒުކުރުމަށް އެދި މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަން ދަޢުވާލިބޭ ފަރާތަށް އަންގަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ އެންގުން އަންގައި ފޮނުވާ ނޯޓިސް އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 30 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. އަރަނިވެރިޔާ ޙުކުމް ތަންފީޒު ކުރުމަށް އެދޭ ފޯމުގައި އަޅައި ދިނުމަށް އެދިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދަރަނިވެރިޔާގެ ޣައިރު ޙާޟިރުގައި އަޅައިދޭން އެދިފައިވާ ފިޔަވަޅުތައް |
|
ތަންފީޒު ކުރުމުގެ ނޯޓިސް ރައްދުކުރުން |
|
އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ޢަމަލުކޮށްފިނަމަ ބަލާނީ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި ފޮނުވަންޖެހޭ ނޯޓިސް ނުވަތަ ކޯޓަށް ޙާޟިރުވުމުގެ އަމުރު ދަޢުވާލިބޭ ފަރާތަށް ރައްދުކުރެވިފައިވާ ކަމަށެވެ. |
||
|
|
(ހ) |
ދަޢުވާލިބޭ ފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކަށް ނޯޓިސް ނުވަތަ އަމުރު ރައްދުކުރުން. |
|
|
|
(ށ) |
ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ކަމަށް ދަޢުވާލިބޭ ފަރާތުން ކޯޓަށް އަންގާފައިވާ އެޑްރެހަކަށް ނޯޓިސް ނުވަތަ އަމުރު ރައްދުކުރުން. |
|
|
|
(ނ) |
ދަޢުވާލިބޭ ފަރާތުގެ ޕޯސްޓް ނުވަތަ އީ-މެއިލް އެޑްރެހެއްކަމަށް ދަޢުވާލިބޭ ފަރާތުން ކޯޓަށް އަންގާފައިވާ ޕޯސްޓް ނުވަތަ އީމެއިލް އެޑްރެހަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން. |
|
|
|
(ރ) |
ދަޢުވާލިބޭ ފަރާތަށް ލިޔުމެއް ރައްދުކުރެވޭނެ ނަންބަރެއް ކަމަށް މައުޟޫޢީ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުން ކޯޓަށް އަންގާފައިވާ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން. |
|
|
|
(ބ) |
ދަޢުވާލިބޭ ފަރާތަކީ ޤާނޫނީ ޝަޚްޞެއްނަމަ، އެ ފަރާތުގެ ރަޖިސްޓްރީ އެޑްރެސް ކަމަށް އެ ޝަޚްޞެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުން ދީފައިވާ އެޑްރެހަކަށް ނުވަތަ އީ-މެއިލްއަކަށް ނުވަތަ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން. |
|
|
|
(ޅ) |
މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނޯޓިސް ނުފޮނުވިއްޖެ ޙާލަތެއްގައި ޤާނޫނީ ޝަޚްޞުގެ މަސްއޫލުވެރިއަކަށް ނުވަތަ އެ ފަރާތެއްގެ އެޑްރެހަކަށް ނުވަތަ އީ-މެއިލްއަކަށް ނުވަތަ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން. |
|
|
|
(ކ) |
މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނޯޓިސް ނުފޮނުވިއްޖެ ޙާލަތެއްގައި ކުންފުންޏެއްނަމަ އެ ކުންފުނީގެ ޑައިރެކްޓަރއެއްގެ އެޑްރެހަށް ނުވަތަ އީމެއިލްއަށް ނުވަތަ ނަންބަރަކަށް ނޯޓިސް ނުވަތަ އަމުރު ފޮނުވުން. |
|
ޤާނޫނީ ޝަޚްޞެއްގެ މަސްއޫލުވެރިން ކަމުގައި ބަލާނެ މީހުން |
|
ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކުރުމުގެ ބޭނުމަށް ޤާނޫނީ ޝަޚްޞެއްގެ މަސްއޫލުވެރިން ކަމުގައި ބަލާނީ އަންނަނިވި މީހުންނެވެ. |
||
|
|
(ހ) |
ކުންފުންޏެއްނަމަ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުން. |
|
|
|
(ށ) |
ޕާޓްނަރޝިޕެއްނަމަ މެނޭޖިންގ ޕާޓްނަރ ނުވަތަ ޕާޓްނަރުން. |
|
|
|
(ނ) |
ކްލަބެއް ނުވަތަ ޖަމްޢިއްޔާއެއްނަމަ ރައީސް ނުވަތަ ހިންގާ ކޮމިޓީގެ މެންބަރުން. |
|
|
|
(ރ) |
ސިޔާސީ ޕާޓީއެއްނަމަ ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ފަރާތް. |
|
|
|
(ބ) |
މި މާއްދާގެ (ރ) ގައި ބުނާފަދަ ފަރާތެއް ރަޖިސްޓްރީކޮށްފައި ނުވާނަމަ، ސިޔާސީ ޕާޓީގެ ރައީސް ނުވަތަ ޗެއަރޕަރސަން ނުވަތަ ނައިބު ރައީސް ނުވަތަ ސެކްރެޓަރީ ޖެނެރަލް. |
|
|
|
(ޅ) |
ރާއްޖޭގައި ރީ-ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްނަމަ، ކުންފުނީގެ ލޯކަލް ރެޕްރެޒެންޓޭޓިވް. |
|
|
|
(ކ) |
މިނިވަން މުއައްސަސާއެއްނަމަ، އެ ތަނެއްގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ މެންބަރުން. |
|
ޙުކުމް ނުވަތަ އަމުރު ތަންފީޒު ކުރާނެ ގޮތް |
|
(ހ) |
ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާ ޙުކުމްތަކާއި އަމުރުތައް ތަންފީޒު ކުރާނީ އެ ޙުކުމެއް ނުވަތަ އެ އަމުރެއްގައި ބަޔާންކޮށްފައިވާ ގޮތަށެވެ. |
|
|
|
(ށ) |
އާބިޓްރޭޝަނުގެ އެވޯޑު ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައެއްގައި ނެރެފައިވާ އަމުރުތައް ތަންފީޒު ކުރާނީ ދިވެހިރާއްޖޭގެ އާބިޓްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތަށެވެ. |
|
ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ބެހިގެންވާ ގޮތް |
|
ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅޭ މައްސަލަތައް ބެހިގެންވަނީ އަންނަނިވި ގޮތަށެވެ. |
||
|
(ހ) |
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ. |
||
|
|
(ށ) |
ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ. |
|
|
|
(ނ) |
ފައިސާ ނުހިމެނޭ ޙުކުމް ނުވަތަ އަމުރު ތަންފީޒުކުރުމުގެ މައްސަލަ. |
|
ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ޢާންމު އުޞޫލު |
|
(ހ) |
ޙުކުމް ނުވަތަ އަމުރު ތަންފީޒުކުރުމަށް ހުށަހެޅޭ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ވެސް އިސްކަންދޭން ވާނީ އަރަނިވެރިޔާގެ މަޞްލަޙަތަށެވެ. ތަންފީޒު ކުރުމުގެ މަރުޙަލާގެ އެއްވެސް ހިސާބަކުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުޞަތެއް ކޯޓުން ދޭންވާނެއެވެ. |
|
|
|
(ށ) |
ދަޢުވާކުރާ ފަރާތުން ދޭ ލުއިގެ ސަބަބުން ކޯޓުގެ ވަގުތު އެކަށިގެންނުވާ ގޮތެއްގައި ގެއްލިގެންދާކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި ދަޢުވާކުރާ ފަރާތުން ދޭ ފުރުޞަތު ކޯޓު އަމުރަކުން ނުދިނުމުގެ އިޚްތިޔާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ. |
|
ދަޢުވާކުރާފަރާތުން ދޭން ބޭނުންނުވާ ފުރުޞަތެއް ކޯޓުން ނުދިނުން |
|
(ހ) |
ޙުކުމް ނުވަތަ އަމުރު ތަންފީޒުކުރުމުގެ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން އިންކާރުކުރާ ފުރުޞަތެއް ކޯޓުން ދީގެން ނުވާނެއެވެ. |
|
|
|
(ށ) |
ޙުކުމް ނުވަތަ އަމުރާ އެއްގޮތަށް ޢަމަލު ނުކޮށްގެން ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތުގެ މަޖިލިސް އޮންނަ ދުވަހު ނުވަތަ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ޙުކުމް ނުވަތަ އަމުރު ތަންފީޒު ކުރާނެ ކަމަށް ދަޢުވާލިބޭ ފަރާތުން ކޯޓުގައި ބުނެފިނަމަ އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތު ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. |
|
ޙުކުމް ތަންފީޒު ކުރުން ފަސްކުރުން |
|
(ހ) |
ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްފިނަމަ، ޙުކުމް ނުވަތަ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލައި، ތަންފީޒު ކުރުމުގެ ގޮތުން އަޅާފައިވާ އެންމެހައި ފިޔަވަޅުތައް ދޫކޮށްލެވޭނެއެވެ. ނުވަތަ ވަކި ގޮތަކަށް ޢަމަލުކުރުމަށް މަތީ މަރުޙަލާގެ ކޯޓުން އަންގާފައިވާނަމަ، އެ ގޮތަށް ޢަމަލުކުރެވޭނެއެވެ. |
|
|
|
(ށ) |
ޙުކުމް ނުވަތަ އަމުރެއްގެ ވަކި ބައެއް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށް، ތަންފީޒު ކުރުމުގެ ދަޢުވާގައި ހިމެނޭ އެހެން ބައެއް ތަންފީޒުކުރަން މަތީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްފައިވާ ޙާލަތުގައި، ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކޮށްފައިނުވާ ބައި ތަންފީޒު ކުރުމުގެ މަސައްކަތް ކޯޓުން ކުރިއަށް ގެންދަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެ ބައެއް ތަންފީޒުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް ކޯޓުން އަޅަންވާނެއެވެ. |
|
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ |
|
(ހ) |
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އަންނަނިވި ފިޔަވަޅުތައް އަޅަންވާނެއެވެ. |
|
|
|
|
(1) |
ރަހުނުކުރެވިފައިވާ މުދާ ހުރި ތަނާއި ޙާލަތު ލިޔުމަކުން ބަޔާން ކޮށްދިނުމަށް ރަހުނު ބެހެއްޓި ފަރާތަށް އެންގުން. |
|
|
|
(2) |
ރަހުނުކުރެވިފައިވާ މުދަލުގެ އެއިރެއްގެ އަގަކީ ކޮބައިކަމާމެދު ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް އޮތްތޯ ބެލުން. |
|
|
|
(3) |
ރަހުނުކުރެވިފައިވާ މުދަލުގެ އެއިރެއްގެ އަގަކީ ކޮބައިކަމާމެދު ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް ނެތްނަމަ، އަގުކުރުމަށް ދެ ފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ވޭތޯ ބެލުން. |
|
|
|
(4) |
ރަހުނުކުރެވިފައިވާ މުދަލުގެ އެއިރެއްގެ އަގަކީ ކޮބައިކަމާމެދު ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް ނެތިފައި، އަގުކުރުމަށް ދެ ފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ނެތްނަމަ ތަންފީޒީ ޑިވިޝަނުގެ ނުވަތަ ޖުޑިޝަލް ދާއިރާގެ އަގު ކޮމިޓީ މެދުވެރިކޮށް ރަހުނުކުރެވިފައިވާ މުދަލުގެ އެއިރުގެ އަގު ހޯދުން. |
|
|
|
(5) |
ރަހުނުކުރެވިފައިވާ މުދާ އެއްފަރާތަށްވުރެ ގިނަ ފަރާތުގައި ރަހުނުކުރެވިފައިވޭތޯ ދަރަނިވެރިޔާގެ ފަރާތުންނާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކުރުން. |
|
|
|
(6) |
އެއް މުޢާމަލާތާ ގުޅިގެން އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކުރެވިފައިވާނަމަ ވިއްކާލުމުގެ ހުއްދަ ދޭނެ މުދަލާއި، ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު ކަނޑައެޅުން. |
|
|
|
(7) |
ރަހުނުކުރެވިފައިވާ މުދަލަކީ ބައިކޮށްގެން ވިއްކޭފަދަ މުދަލެއްނަމަ އެ މުދަލުން ވިއްކުމުގެ ހުއްދަދޭނެ މިންވަރެއް ކަނޑައެޅުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅޭ ތާރީޚުން ފެށިގެން |
|
ރަހުނު ހިމެނޭ މައްސަލައެއްގައި ދަޢުވާލިބޭފަރާތާމެދު އެހެން ފިޔަވަޅެއް ނޭޅުން |
|
(ހ) |
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި އެ މުދަލެއް ވިއްކައިގެން ދަރަނި އަދާކުރެވޭނެ ރަހުނެއް ހުރިނަމަ، އެ ދަރަނި ނުދައްކައިގެން ބަންދުކުރުމުގެ ނުވަތަ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެގެންނުވާނެއެވެ. |
|
|
|
(ށ) |
ދަރަނި ނުދެއްކުން ފިޔަވައި އެހެން ގޮތަކަށް ކޯޓުގެ ޙުރުމަތް ކަނޑައިގެން، ކޯޓުގެ ޙުރުމަތްކެނޑި ފަރާތަކާމެދު ފިޔަވަޅެއް އެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. |
|
|
|
(ނ) |
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި، ޙުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅުމުގެ ގަސްތުގައި ފިލައިފިނަމަ، ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ހިނގައްޖެނަމަ ނުވަތަ އެ ނޫން ވެސް ގޮތަކަށް ޙުކުމް ތަންފީޒުކުރުމަށް ގަސްތުގައި ހުރަސް އަޅަމުންދާނަމަ، އެ މީހެއްގެ ޣައިރު ޙާޟިރުގައި އެ މުދަލެއް ނީލަމުގައި ވިއްކައިގެން އެ ޙުކުމް ތަންފީޒުކުރަންވާނެ އެވެ. |
|
ދަރަންޏަށް ޒިންމާކުރުވުން |
|
ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތާއި ގެރަންޓަރުންގެ މެދުގައި އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމަ، ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އެ ދަރަންޏަކާ ގުޅިގެން ޕާރސަނަލް ގެރެންޓީ ދީފައިވާ ގެރަންޓަރެއް ނުވަތަ ގެރަންޓަރުންތަކެއް ތިބިނަމަ، ގެރަންޓަރުންގެ މައްޗަށް ޙުކުމް ތަންފީޒު ކުރާނީ، ރަހުނު ކުރެވިފައިވާ މުދާ ވިއްކައިގެން ދަރަނި އެކުގައި ޚަލާޞް ނުވިނަމައެވެ. އެ ހާލަތުގައި |
||
ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުން |
|
(ހ) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދެވޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވުމުން ކަމަށް ރަހުނު ހިމެނޭ ފައިސާގެ މައުޟޫޢީ މައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވާނަމަ، ރަހުނު ވިއްކާލުމުގެ ހުއްދަ ދޭންވާނީ އެ ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެފައި އޮތްނަމަވެސް ރަހުނު ބެހެއްޓި ފަރާތުން ރަހުނު ސަލާމަތްކުރުމަށް އެދޭނަމަ ރަހުނު ވިއްކާލުމުގެ ހުއްދަ ދޭންވާނީ އެ ނުކުތާއާމެދު ރަހުނު ހިފި ފަރާތާއެކު މުޢާމަލާތްކުރުމަށް ރަހުނު ބެހެއްޓި ފަރާތަށް މަދުވެގެން 2 (ދޭއް) މަސް ދުވަހުގެ ފުރުޞަތު ދިނުމަށްފަހުއެވެ. |
|
|
|
(ނ) |
ރަހުނު ވިއްކާލުމުގެ ހުއްދަ އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 43 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
|
|
|
(ރ) |
ރަހުނު ވިއްކާލުމުގެ ހުއްދައިގައި މަދުވެގެން އަންނަނިވި މަޢުލޫމާތު ހިމެނިފައި ވާންވާނެއެވެ. |
|
|
|
|
(1)
|
ޤަޟިއްޔާ ނަންބަރު. |
|
|
|
(2) |
މައުޟޫޢީ ޤަޟިއްޔާގެ ނަންބަރު. |
|
|
|
(3) |
ރަހުނު ބެހެއްޓިފަރާތާއި ރަހުނު ހިފިފަރާތް. |
|
|
|
(4) |
ރަހުނުކުރެވިފައިވާ މުދަލަކީ ކޮބައިކަން. |
|
|
|
(5) |
ރަހުނުކުރެވިފައިވާ މުދަލުގެ ވެރިފަރާތް. |
|
|
|
(6) |
ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދުނުފަރާތް. |
|
|
|
(7) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ތާރީޚާ ހަމައަށް ދަރަނީގެ ބާކީގައި އޮތް މިންވަރު. |
|
|
|
(8) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދޭންޖެހޭ ސަބަބު. |
|
|
|
(9) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދެމިއޮންނާނެ މުއްދަތު. |
|
|
|
(10) |
ރަހުނު ވިއްކާލައިގެން ލިބުނު ފައިސާއާމެދު ޢަމަލުކުރިގޮތާއި، މުޢާމަލާތް ނިމުނުއިރު ދަރަނި ޚަލާޞްވެފައިވާކަން ނުވަތަ ނޫންކަން ކޯޓަށް އެންގުމަށް ހުއްދަ ދެވޭ ފަރާތުގެމައްޗަށް އަމުރުކުރެވިފައިއޮތުން. |
|
|
|
(11) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ގޮތް. |
|
|
(ބ) |
އެހެން ގޮތަކަށް ޚަޞްމުންގެ މެދުގައި އެއްބަސްވެފައި ނުވާނަމަ، ދަރަންޏަކާ ގުޅިގެން އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކޮށްފައިވާނަމަ، އަދި އޭގެ ތެރެއިން ބައެއް މުދާ ވިއްކައިގެން ދަރަނި އަދާކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭނަމަ، ފުރަތަމަ ވިއްކާލަން ހުއްދަދޭނީ އެ ދަރަނި އަދާކުރެވޭނެ މިންވަރުގެ އަގެއް ހުރިކަމަށް ޤަބޫލުކުރެވޭ މިންވަރަށްވާ މުދަލެވެ. |
|
މުދަލަކުން ލިބޭ ކުލި ކޯޓަށް ދެއްކުން |
|
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހެޅޭއިރު، އެ މުދާ ނުވަތަ ރަހުނުކުރެވިފައިވާ އެއްވެސް މުދަލެއް ހުރީ އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައި ކަމަށްވާނަމަ، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއެކު، އެ މުދަލަކުން ލިބޭ ކުލި ކޯޓަށް ދައްކަމުން ގެންދިއުމަށް އެ މުދަލެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެވެ. |
||
ރަހުނު ތަންފީޒުވަންދެންޤަޟިއްޔާގައި ޙުކުމެއް ނުކުރުން |
|
(ހ) |
ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިންނަމަވެސް، ރަހުނު ވިއްކާލެވި، ރަހުނުގެ އެއްބަސްވުން ނިމުމަކަށް އަންނަންދެން އެ ޤަޟިއްޔާގައި ޙުކުމް ކޮށްގެން ނުވާނެއެވެ. |
|
|
|
(ށ) |
އެ ޤަޟިއްޔާއެއްގައި ހިމެނޭ ރަހުނު ވިއްކާލުމުގެ އިޖުރާއަތާއި ގުޅިގެން ހުށަހެޅޭ ކަންކަން ބަލައި، އެފަދަ ކަމަކާ ގުޅިގެން ކޯޓުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެ ޤަޟިއްޔާގައި ނެރޭ އަމުރުތަކާއި ދޭ ނޯޓިސްތަކުންނެވެ. |
|
|
|
(ނ) |
ރަހުނު ހިފި ފަރާތުން ރަހުނު ވިއްކާލަނީ އެކަށީގެންވާ އަގެއްގައި ނޫންކަމަށް ރަހުނު ބެހެއްޓި ފަރާތުން ހުށަހަޅައިފިނަމަ ރަހުނު ވިއްކާލުމުގެ ބީލަން ފަށަންޖެހޭ އަގު ކަނޑައެޅުމުގައި އަސްލަކަށް ބަލާނީ ޚަބީރަކު ދީފައިވާ އަގެވެ. |
|
ރަހުނު ވިއްކާލުމުގެ ހުއްދަ ދެވުނު މުއްދަތު އިތުރުކުރުން |
|
(ހ) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދެވުނު މުއްދަތުގައި ރަހުނު ވިއްކާލެވިފައި ނުވަނީ ރަހުނު ވިއްކުމުގެ ހުއްދަ ދެވުނު ފަރާތުގެ ފަރުވާކުޑަކަމުން ނުވަތަ އިހުމާލަކުން ކަމުގައި ނުވާނަމަ ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ. |
|
|
|
(ށ) |
ރަހުނު ވިއްކާލުމުގެ ހުއްދަ ދެވުނު މުއްދަތުގައި ރަހުނު ވިއްކާލެވިފައިނުވަނީ ރަހުނު ވިއްކުމުގެ ހުއްދަ ދެވުނު ފަރާތުގެ ފަރުވާކުޑަކުރުމެއް ނުވަތަ އިހުމާލެއް އޮވެގެން ކަމަށް ވެފައި، ދަރަނި ދައްކައިގެން ރަހުނުކުރި މުދާ ސަލާމަތްކުރުމަށް ރަހުނު ބެހެއްޓި ފަރާތުން ނުވަތަ ރަހުނުގެ ވެރިފަރާތުން އެދޭނަމަ މުދާ ސަލާމަތް ކުރުމަށް އެދުނު ފަރާތަށް މަދުވެގެން |
|
ރަހުނު ވިއްކާލައިގެން ދަރަނި އަދާވުން |
|
(ހ) |
ރަހުނު ކުރެވިފައިވާ މުދާ ނުވަތަ މުދަލުން ބައެއް ވިއްކާލައިގެން އެ ދަޢުވާގައި ހިމެނޭ ދަރަނި ޚަލާޞްވެއްޖެނަމަ ދަރަނި ޚަލާޞްވެއްޖެ ކަމަށް ކަނޑައަޅައި ޙުކުމްކުރަންވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ޙުކުމްކުރާނީ ރަހުނު ވިއްކާލައިގެން ދަރަންޏާއި ރަހުނު ވިއްކާލުމުގެ ޚަރަދު ކަނޑައި ބާކީ ފައިސާ ހުރިނަމަ އެ ފައިސާ ރަހުނުކުރި ފަރާތަށް ލިބުމަށްފަހުއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ކުރާ ޙުކުމުގައި ރަހުނުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ބަޔާންކުރަންވާނެއެވެ. |
|
ރަހުނު ވިއްކާލައިގެން ދަރަނި އަދާ ނުވުން |
|
(ހ) |
ރަހުނު ކުރެވިފައިވާ މުދަލުން ބައެއް ވިއްކާލައިގެން އެ ދަޢުވާގައި ހިމެނޭ ދަރަނި ޚަލާޞްނުވިނަމަ އިތުރު މުދާ ވިއްކުމުގެ ހުއްދަ ދޭންވާނެއެވެ. |
|
|
|
(ށ) |
ރަހުނު ކުރެވިފައިވާ އެންމެހައި މުދާ ވިއްކައިގެން ވެސް ދަޢުވާގައި ހިމެނޭ ދަރަނި ޚަލާޞް ނުވިނަމަ ދަރަނީގައި ބާކީއޮތް މިންވަރަކީ ރަހުނު ނުހިމެނޭ ސާބިތު ދަރަންޏެއްކަމަށް ކަނޑައަޅައި ޙުކުމްކުރަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ށ) ގެ ދަށުން ކުރާ ޙުކުމުގައި ރަހުނުގެ އެއްބަސްވުން ނިމިފައިވާކަމަށް ބަޔާންކުރަންވާނެއެވެ. |
|
އިންޓްރެސްޓް ނިމުން |
|
(ހ) |
ދަރަނިވެރިޔާއާއި އަރަނިވެރިޔާ އެހެން ގޮތަކަށް އެއްބަސްވެފައިނުވާ ނަމަ، ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުން ނުވަތަ ރަހުނު ހަވާލުކުރުމުން ރަހުނު ހިމެނޭ ދަރަންޏަކާ ގުޅިގެން ޚަޞްމުގެ ފަރާތުން ބޭންކަށް ނުވަތަ މާލީ އިދާރާއަށް އެ ދަރަންޏާ ގުޅިގެން ދައްކަން އެއްބަސްވެފައިވާ އިންޓްރެސްޓް ހިނގުން ހުއްޓޭނެއެވެ. |
|
|
|
(ށ) |
ރަހުނު ހިމެނޭ ދަރަންޏަކާ ގުޅިގެން ހުކުމާއެއްގޮތަށް ދަރަނިވެރިޔާ ދައްކަންޖެހޭ ދަރަނި ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ހާލަތުގައި، ދެ ފަރާތުން އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމަ، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ދުވަހުން ފެށިގެން |
|
ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ |
|
ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހެޅުމުން، ލަސްނުކޮށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގައިވާ ގޮތަށް ދަރަނިވެރިޔާގެ މާލީ ހާލަތު ބެލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޯޓުން ފަށަންވާނެއެވެ. |
||
އަޅަންވާނެ ފިޔަވަޅުތައް |
|
ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އަރަނިވެރިޔާގެ އެދުމުގެ މަތިން ޙުކުމް ތަންފީޒު ކުރުމުގައި ކޯޓުން އެޅިދާނެ ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ވަގުތު އެޅެން ހުރި އެންމެހައި ފިޔަވަޅުތައް ވަގުތުން އަދި އެއްފަހަރާ ކޯޓުން އަޅަންވާނެއެވެ. ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އަޅާނެ ފިޔަވަޅުތަކުގެ ޗެކްލިސްޓެއް ކޮންމެ މައްސަލައެއްގެ ފައިލުގައި އޮންނަންވާނެއެވެ. އަދި ފިޔަވަޅު އަޅަމުންދިއުމުގައި އެ ޗެކް ލިސްޓު އަދާހަމަކުރަންވާނެއެވެ. |
||
|
|
(ހ) |
ދަރަނިވެރިޔަކީ އަމިއްލަ ފަރުދެއްނަމަ، އަދި ދަރަނިވެރިޔާގެ އަތުގައި ދަރަނި އަދާކުރާނޭ މުދަލާއި ފައިސާ ހުރިކަމަށް ޤަބޫލުކުރެވޭ ހާލަތުގައި، ކޯޓުގެ ޙުކުމް ތަންފީޒުކުރަން ހުރަސް އެޅުމުގެ ގޮތުން ދަރަނިވެރިޔާ ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރެވޭ ސަބަބެއް އޮތްނަމަ، އެ މީހާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުން. |
|
|
|
(ށ) |
ދަރަނިވެރިޔާގެ މިލްކިއްޔާތުގައި ހުރި ވިޔަފާރި އާއި އުފުލޭ މުދަލާއި ނުއުފުލޭ މުދަލުގެ ތެރެއިން ވިއްކާލެވެން ހުރި މުދާތައް ވިއްކުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އަމުރެއް ނެރުން؛ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ހިފެހެއްޓޭ މުދާ ވިއްކުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ޢައްޔަން ކުރުން. |
|
|
|
(ނ) |
ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ދަރަނިވެރިޔާގެ ނަމުގައި ފައިސާ ހުރިނަމަ ހުރި ފައިސާއަކުން ދަރަނި ޚަލާޞްކުރުމަށް ބޭނުންވާ މިންވަރަށް ފައިސާ ހިފަހައްޓައި ކޯޓަށް ފޮނުވުމަށް އަމުރުކުރުން. |
|
|
|
(ރ) |
ދައުލަތުގެ އިދާރާއެއްގައި ނުވަތަ އެހެން މީހެއްގެ އަތުގައި ދަރަނިވެރިޔާގެ ނަމުގައި ފައިސާ ހުރިނަމަ ހުރި ފައިސާއަކުން ދަރަނި ޚަލާޞްކުރުމަށް ބޭނުންވާ މިންވަރަށް ފައިސާ ހިފަހައްޓައި ކޯޓަށް ފޮނުވުމަށް އަމުރުކުރުން. |
|
|
|
(ބ) |
ދަރަނިވެރިޔާއަކީ ވަޒީފާ އަދާކުރާ މީހެއްނަމަ ދަރަނިވެރިޔާއަށް ލިބޭ މުސާރައިގެ ތެރެއިން މެޖިސްޓްރޭޓް ކަނޑައަޅާ މިންވަރެއް، ކޯޓަށް ފޮނުވުމަށް ވަޒީފާދިން ފަރާތުގެ މައްޗަށް އަމުރުކުރުން. |
|
|
|
(ޅ) |
ދަރަނިވެރިޔާގެ ނަމުގައި ހުރި މުދަލުގެ ތެރެއިން އެ ދަރަނި އަދާކުރެވޭނެ މިންވަރަށް ދަރަނިވެރިޔާގެ މުދަލުގެ މިލްކުވެރިކަމުގެ މައްޗަށް އޮތް ޙައްޤަކަށް ބަދަލު އަންނާނެ ކަމެއް ނުކުރުމަށް މުދަލުގެ ވެރިފަރާތަށާއި އެ މުދަލެއް ރަޖިސްޓަރީ ކޮށްދިން ފަރާތުގެ މައްޗަށް އަމުރުކުރުން. |
|
|
|
(ކ) |
ދަރަނިވެރިޔާގެ މުދަލެއް އެހެން ފަރާތަކަށް ކުއްޔަށްދީ، ނުވަތަ ހިބަކޮށްދީ، ނުވަތަ ވިއްކާ، ނުވަތަ ރަހުނު ކޮށްފައިވަނީ ދަރަނި ސާބިތުވި ފަހުން ކަމުގައި ވާނަމަ ނުވަތަ ދަރަނީގެ މައުޟޫޢީ މައްސަލަ ކޯޓުން ނިންމުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން ކަމުގައި ވެފައި، އެ ކަމަކީ އަރަނިވެރިޔާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ ހީލަތްތެރި ގޮތެއްގައި ކޮށްފައިވާ މުޢާމަލާތެއްކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ އަދި އެ ކަމަކީ އަދާލަތުގެ ހަމަތަކުގެ މަތިން ކުރެވިދާނެ ކަމެއް ކަމަށްވާނަމަ، |
|
|
|
(އ) |
އެ މުދަލަކުން ދަރަނިވެރިޔާއަށް އާމްދަނީ ނުވަތަ ކުލި ލިބޭ މުދަލެއްގެ އާމްދަނީ ނުވަތަ ކުލި ކޯޓަށް ދެއްކުމަށް ކުއްޔަށް ހިފާ ފަރާތަށް ނުވަތަ ކުލި ދައްކާ ފަރާތަށް އަމުރުކުރުން. |
|
|
|
(ވ) |
ދެ ދަރަނިވެރިންގެ ދަރަނި، އެއް ދަރަނި އަނެއް ދަރަންޏާ އަޅާކެނޑުން. |
|
|
|
(މ) |
ދަރަނިވެރިޔާގެ މިލްކުގައި ހުރި ވިޔަފާރި އާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ދަރަނީގެ މިންވަރު ކޯޓަށް ޖަމާކުރާ ގޮތަށް މުދާ ކޯޓުގެ ބެލުމުގެ ދަށުން ވިއްކުމަށް އަމުރުކުރުން. |
|
ޙުކުމާއެއްގޮތަށް ފައިސާ ނުދެއްކުމުގެ އަދަބު |
|
(ހ) |
ދަރަނިވެރިޔާގެ މާލީ އަދި މުދަލުގެ ތަނަވަސްކަން ހުރިނެތްގޮތް ތަޙްޤީޤުކޮށް ބެލުމަށްފަހު، ޙުކުމާއެއްގޮތަށް ފައިސާ ދެއްކުމުގެ ތަނަވަސްކަން ހުރި ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ހާލަތުގައި ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއް ކަމުގައި ބަލައި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބެއް ދަރަނިވެރިޔާގެ މައްޗަށް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
|
|
(ށ) |
ދަރަނިވެރިޔަކީ ކުންފުންޏެއް ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚުޞަކަށްވާ ހާލަތުގައި ދަރަނިވެރިޔާގެ މާލީ އަދި މުދަލުގެ ތަނަވަސްކަން ހުރިނެތްގޮތް ތަޙްޤީޤުކޮށް ބެލުމަށްފަހު، ޙުކުމާ އެއްގޮތަށް ފައިސާ ދެއްކުމުގެ ތަނަވަސްކަން ހުރިކަމަށް ކޯޓަށް ޤަބޫލުކުރެވޭ ހާލަތުގައި އެ ކުންފުނިން ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ، އެ ކުންފުނީގެ ނުވަތަ ޤާނޫނީ ޝަޚުޞުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުގެ ތެރެއިން އެކަމަށް ޒިންމާ އުފުލަންޖެހޭ ޑިރެކްޓަރަކު ނުވަތަ ޑިރެކްޓަރުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ޢަމަލެއްކޮށްފި ކަމުގައި ބަލައި އެ ކުށުގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބެއް އެއިން ފަރާތެއްގެ މައްޗަށް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. |
|
ދަރަނި އަދާނުކުރެވޭ ހާލަތުގައި ކުންފުނި އުވާލުން |
|
ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒުގެ މައްސަލަތަކުގައި ދަރަނިވެރިޔަކީ ޤާނޫނީ ޝަޚްޞެއްނަމަ، އަދި އަރަނިވެރިޔާ އެގޮތަށް ކޯޓުގައި އެދިއްޖެނަމަ، އެ ކުންފުންޏަކީ ދަރަނި އަދާކުރެވެން ނެތް ކުންފުންޏެއް ކަމަށް ކަނޑައަޅައި ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކޯޓުން ފަށަންވާނެއެވެ. |
||
ޙުކުމް ތަންފީޒުކުރުމަށް އަންގާ ޗިޓު |
|
ޙުކުމާ އެއްގޮތަށް ޢަމަލު ނުކޮށްގެން ފަރުދެއްގެ މައްޗަށް ބަންދުގެ އަމުރެއް ނެރޭނަމަ، ޙުކުމް ތަންފީޒުކުރުމަށް އަންގާ ޗިޓު އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 44 ގައިވާ ނަމޫނާއާ އެއް ގޮތަށެވެ. |
||
އަދަބު ކަނޑައަޅާފައިވަނިކޮށް ޙުކުމާއެއްގޮތަށް ޢަމަލުކުރުން |
|
ޙުކުމް ތަންފީޒުނުކޮށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ ސަބަބުން އެއްވެސް މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިފައި ވަނިކޮށް، އަދަބު ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފިނަމަ ޙުކުމް ތަންފީޒުކުރުމަށް އަންގައި ކޮށްފައިވާ އަމުރު ނުވަތަ ޙުކުމް ތަންފީޒުކުރުމަށް އަންގާ ޗިޓު ބާޠިލުކުރަންވާނެއެވެ. |
||
ޕާސްޕޯޓު ދޫކޮށްލުން |
|
މިގަވާއިދުގެ ދަށުން ދަރަނިވެރިޔާ ޕާސްޕޯޓު ހިފެހެއްޓިފައިވަނިކޮށް، |
||
|
|
(ހ) |
ރާއްޖެއިން ފަރުވާކުރެވެން ނެތް ބައްޔަކަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ޑޮކްޓަރެއްގެ ލިޔުމުން އެނގެން އޮތުން. |
|
|
|
(ށ) |
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދައުލަތުގެ ސޯޝަލް މެޑިކަލް ސްކީމަކުން ފަރުވާގެ ޚަރަދު ހަމަޖެހިފައި އޮތުން. |
|
ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ނިވާފަތްގަނޑު ނެގުމުގެ މައްސަލަ ނުބެލުން |
|
ކުންފުންޏެއްގެ މައްޗަށް ހުށަހަޅާ ދަޢުވާއެއްގައި އެ ކުންފުނީގެ ނިވާފަތްގަނޑު ނަގައި، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފަރުވާ ދިނުމަށް ކުންފުނީގެ ޑައިރެކްޓަރުން ނުވަތަ ޑައިރެކްޓަރަކު ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅައިދޭން ދަޢުވާކުރާ ފަރާތުން އެދިފައި ނުވާނަމަ، އެ މައްސަލައެއްގެ ތަންފީޒީ މަރުޙަލާގައި ދަޢުވާލިބޭ ކުންފުނީގެ ނިވާފަތްގަނޑު ނަގައިދިނުމުގެ މައްސަލަ ބަލައެއް ނުދެވޭނެއެވެ. |
||
ޝަރީޢަތުން މުދާ ވިއްކުން |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 385 ވަނަ މާއްދާގެ ދަށުން މުދާ ވިއްކާނެ ފަރާތެއް ޢައްޔަންކުރުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތަށެވެ. |
|
|
|
|
(1) |
މުދާ ވިއްކުމަށް ޙަވާލުކުރުމަށް ދެ ފަރާތް އެއްބަސްވާ ފަރާތެއް ހުރިނަމަ މުދާ ވިއްކުމުގެ މަސައްކަތް |
|
|
|
(2) |
މި މާއްދާގެ (ހ) ގެ (1) ގައި ބުނާފަދަ ފަރާތެއް ނެތިފައި، މުދާ ހިފެހެއްޓުނު ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތަކީ މާލީ އިދާރާއެއްނަމަ މުދާ، ވިއްކުމުގެ މަސައްކަތް އެފަރާތާ ޙަވާލުކުރުން. |
|
|
|
(3) |
މި މާއްދާގެ (ހ) ގެ (1) އަދި (2) ގައި ބުނާފަދަ ފަރާތެއް ނެތްނަމަ މުދާ ވިއްކާނީ ކޯޓުގެ ތަންފީޒީ ޑިވިޝަނުންނެވެ. |
މުދާ ވިއްކުމުގެ ނޯޓިސް |
|
(ހ) |
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 385 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ މުދާ ވިއްކުމުގެ ނޯޓިސް ދިނުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތަށެވެ. |
|
|
|
|
(1) |
ދަރަނިވެރިޔާއަށް ނޯޓިސް ފޮނުވާނީ މި ގަވާއިދުގައި ބުނެފައިވާ ގޮތަށެވެ. |
|
|
|
(2) |
އަރަނިވެރިޔާއަށް ނޯޓިސް ފޮނުވާނީ ދަޢުވާ ހުށަހެޅުމުގައި އަރަނިވެރިޔާއަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ބަޔާންކޮށްފައިވާ ގޮތަށެވެ. |
|
|
|
(3) |
މުދަލާގުޅޭގޮތުން ދަޢުވާއެއް ކޮށްފައިވާ އެ ދަޢުވާގެ ޚަޞްމުންނަށް ނޯޓިސް ފޮނުވާނީ ދަޢުވާ ހުށަހެޅުމުގައި ޚަޞްމުންނަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ބަޔާންކޮށްފައިވާ ގޮތަށެވެ. |
|
|
|
(4) |
މުދަލާ ގުޅޭގޮތުން ޙައްޤެއް އޮތްކަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ނޯޓިސް ފޮނުވާނީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމުގައި އެ ފަރާތަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ފޮނުވުމަށް ބަޔާންކޮށްފައިވާ ގޮތަށެވެ. |
|
|
(ށ) |
މުދާ ވިއްކާލުމުގެ ނޯޓިހުގައި މަދުވެގެން އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ. |
|
|
|
|
(1) |
މުދަލުގެ ބާވަތާއި ނަން. |
|
|
|
(2) |
ރަޖިސްޓަރީކޮށްފައިވާ މުދަލެއްނަމަ ރަޖިސްޓަރީ ކުރި ތާރީޚް. |
|
|
|
(3) |
މުދާ ވިއްކުމަށް ކަނޑައަޅާފައިވާ ގޮތް. |
|
|
|
(4) |
ބީލަން ނުވަތަ ނީލަމުގެ އުޞޫލުން ވިއްކާނަމަ ބީލަން ނުވަތަ ނީލަން ފެށޭ އަގާއި، ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ މިންވަރު. |
|
|
|
(5) |
ބީލަން ނުވަތަ ނީލަން ކާމިޔާބުކުރި ފަރާތް ކަންޑައަޅާނެ ގޮތާއި، ފައިސާ ދެއްކުމަށް އެ ފަރާތަށް ދޭނެ މުއްދަތު. |
|
|
|
(6) |
ޝަކުވާ ހުށަހަޅާނެ ގޮތާއި، ޝަކުވާ ބަލައިގަންނާނެ އެންމެ ފަހު ތާރީޚާއި ގަޑި. |
ދަރަނިވެރިންގެ ފައިސާ ހިފެހެއްޓުން |
|
ދަރަނިވެރިންގެ މުދާ ވިއްކައިގެންނާއި، ކޯޓުން ހިފަހައްޓާ ފައިސާއާއި، އެހެނިހެން ގޮތްގޮތުން ކޯޓަށް ލިބޭ ދަރަނިވެރިންގެ ފައިސާ ކޯޓުގައި ހިފަހައްޓާނީ އަންނަނިވި ހާލަތްތަކުގައެވެ. |
||
|
|
(ހ) |
ފައިސާ ހިފެހެއްޓުމަށް މަތީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްފައި އޮތުން. |
|
|
|
(ށ) |
އަރަނިވެރިޔާ އެހެން ފަރާތަކަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ޙުކުމުގައިވާ ގޮތަށް އެ ފައިސާ ދައްކަމުން ނުދިއުން. |
|
|
|
(ނ) |
ސާބިތު ދަރަންޏަކާ ގުޅިގެން ދައްކާފައިވާ ފައިސާ ލިބެންވާ ފަރާތަށް ދޫނުކުރުމަށް ޝަރީޢަތުން އަންގާފައި އޮތުން. |
|
ކޯޓަށް ގެނެވޭ ފައިސާ އަރަނިވެރިންނަށް ދޫކުރުން |
|
އެއްވެސް ފަރާތެއްގެ ނަމުގައި ހުރި ފައިސާއެއް ވަކި ޤަޟިއްޔާއަކާ ގުޅިގެން ކޯޓަށް ގެނައިނަމަވެސް އެފައިސާ ދޫކުރަންވާނީ ދަރަނިވެރިޔާގެ ނަމުގައި ސާބިތުވެފައިވާ ދަރަނިތަކަކީ ކޮބައިކަން ބަލައި، އެދަރަންޏެއްގެ ނިސްބަތުން ހުރިހާ އަރަނިވެރިންނަށްވެސް ފައިސާ ލިބޭނެ ގޮތަށެވެ. ނަމަވެސް ރަހުނެއް އޮންނަ ހާލަތުގައި އެ ރަހުނަށް އިސްކަންދޭންވާނެއެވެ. |
||
ދަރަނިވެރިޔާގެ މާނަ |
|
މި ގަވާއިދުގެ ދަށުން ދަރަންޏެއް އޮތް މީހަކު ކަމުގައި ބެލެވޭނީ، ކޯޓުގެ ޙުކުމަކުން އެ މީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެ، އެ ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް ނުވަތަ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަކަށް، ފައިސާ ދައްކަންޖެހި ނުދައްކައި އޮތް ނަމައެވެ. |
||
ބޭރު ޤައުމުތަކުގެ ޙުކުމްތައް ތަންފީޒުކުރުން |
|
(ހ) |
ބޭރު ޤައުމުތަކުގެ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގައި ޢަމަލުކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ ބާބު އަދި މި ގަވާއިދުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޙުކުމް ތަންފީޒުކުރުމަށް އެކަށައެޅިފައިވާ ގޮތަށެވެ. |
|
|
|
(ށ) |
ބޭރު ގައުމެއްގެ ކޯޓެއްގެ ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒުކޮށްދިނުމަށް އެދޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 394 ވަނަ މާއްދާއާ އެއްގޮތަށް މި ގަވާއިދުގެ ޖަދުވަލުގެ ފޯމު 45 ގައިވާ "ބޭރު ޤައުމުތަކުގެ ޙުކުމް ތަންފީޒުކުރުމަށް އެދޭ ފޯމު" އިންނެވެ. |
|
ކުށުގެ މައްސަލަތަކުގެ ޖުރުމާނާގެ ފައިސާއާއި ޙުކުމުގެ ފައިސާ |
|
ޖނާއީ މައްސަލަތަކުގައި އެކިއެކި ފަރާތްތަކުން ދައުލަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ޙުކުމުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކައިފިނަމަ، ދައުލަތުގެ ފަރާތުން އެ ޙުކުމް ތަންފީޒުކުރުމަށް ހުށަހަޅާނީ މި ގަވާއިދުގެ މި ބައިގައި ބަޔާންކޮށްފައިވާ ގޮތަށެވެ. |
||
އަށާވީސްވަނަ ބައި |
||||
ލިޔެކިޔުން ތައްޔާރުކުރުމާއި ކޯޓަށް ހުށަހެޅުން |
||||
ކޯޓަށް ހުށަހަޅާ ލިޔުންތައް |
|
(ހ) |
ކޯޓަށް ހުށަހަޅާ ލިޔުންތައް ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލުތަކުގައިވާ ނަމޫނާތަކާ އެއްގޮތަށް ތައްޔާރުކުރާ ލިޔުމަކުންނެވެ. |
|
|
|
(ށ) |
ކޯޓަށް ހުށަހަޅާ ލިޔުން އޮންނަންވާނީ ވަކި ޝަރުޠެއް ފުރިހަމަވާ ގޮތަށް ނުވަތަ ތެދުކަމަށް ކަށަވަރުކޮށްފައި ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މި ގަވާއިދުގައި ބުނެފައިވާނަމަ، އެ ލިޔުމެއް އޮންނަންވާނީ އެ ޝަރުޠު ފުރިހަމަވާ ގޮތަށެވެ. |
|
|
|
(ނ) |
ކޯޓަށް ހުށަހަޅާ ލިޔެކިޔުންތަކާއި ފޯމާއެކު ވަކި ލިޔުންތަކެއް ހުށަހަޅަންޖެހޭ ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ |
|
|
|
(ރ) |
ކޯޓުން ޚަޞްމަކަށް އެއްވެސް އެންގުމެއް އަންގާނަމަ އެ އެންގުން އަނެއް ޚަޞްމަށް ކޮޕީ ކުރަންވާނެއެވެ. |
|
|
|
(ބ) |
ވަކިކަމެއް ކުރުމަށް ކޯޓުން ޚަޞްމަކަށް ދީފައިވާ މުއްދަތެއް އިތުރުކުރުމަށް ނުވަތަ އެ ނޫން ވެސް އެފަދަ ކަމަކު އެއްވެސް ޚަޞްމަކު ކޯޓަށް ސިޓީއެއް، އީމެއިލްއެއް، ލިޔުމެއް ނުވަތަ ނޯޓިހެއް ފޮނުވާނަމަ، އެ އެއްޗެއްގެ ކޮޕީ އަނެއް ޚަޞްމަށް ފޮނުވަންވާނެއެވެ. |
|
|
|
(ޅ) |
ކޯޓުން މައްސަލައެއްގެ ޝަރީޢަތާބެހޭ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އަމިއްލަ ފަރާތަކަށް އެއްވެސް ކަމެއް އޮޅުން ފިލުވަން ސިޓީއެއް ނުވަތަ ލިޔުމެއް ފޮނުވާނަމަ، އެކަން |
|
|
|
(ކ) |
މި މާއްދާގެ (ރ)، (ބ)، އަދި (ޅ) ގައި އެހެން އޮތް ނަމަވެސް އެއް ޚަޞްމުގެ ޣައިރު ހާޒިރުގައި ނެރޭ ވަގުތީ އަމުރުތަކާއި، އެފަދަ ވަގުތީ އަމުރުތައް ނެރެދިނުން އެދޭކަން، ނުވަތަ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ވަކިބާވަތެއްގެ އަމުރަކަށް އެދޭކަން ނުވަތަ އެފަދަ އަމުރެއް ކޯޓުން ނެރޭކަން ނުވަތަ މީހެއްގެ މިލްކިއްޔާތުގައި ހުރި ތަކެތި އޮޅުން ފިލުވަން ފޮނުވާ އަމުރުތަކާއި ލިޔުންތައް އަނެއް ޚަޞްމަށް އަންގަން ނުޖެހޭނެއެވެ. |
|
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އިލެކްޓްރޯނިކްގޮތަކުން އެދުން |
|
(ހ) |
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އިލެކްޓްރޯނިކް ވަސީލަތެއް ނުވަތަ އީ-މެއިލް މެދުވެރިކޮށް ކޯޓަށް ހުށަހެޅިދާނެއެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދެންވާނީ ކޯޓުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޓްރޯނިކް ވަސީލަތަކުން ނޫންގޮތަކަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭނަމަ ކޯޓުން އެ ލިޔުން ދޫކުރާނީ މި ގަވާއިދުގެ އެޕެންޑިކްސްD ގައި ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ. |
|
ނަވާވީސްވަނަ ބައި |
||||
ކޯޓުން ޚަޞްމުންނަށް ލިޔެކިޔުން ރައްދުކުރުން |
||||
ލިޔެކިޔުން ރައްދުކުރުން |
|
ކޯޓުން މައްސަލަތަކާބެހޭ ލިޔެކިޔުން ޚަޞްމުންނަށް ރައްދުކުރާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 24 ވަނަ ބާބުގެ ދެވަނަ ބައިގައި އަދި މި ގަވާއިދުގައި ބުނެފައިވާ ގޮތަށެވެ. |
||
ތިރީސްވަނަ ބައި |
||||
ޚަޞްމުންނާއި ވަކީލުންގެ ޗުއްޓީ |
||||
ޚަޞްމު ނުވަތަ ޤާނޫނީ ވަކީލު ރަށުން ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން |
|
ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާއެއްގައި ކަނޑައެޅިފައިވާ އަޑުއެހުންތަކާއި އެހެނިހެން އިޖުރާއަތުތަކުގެ ތާވަލު ކަނޑައެޅުމަށްފަހު، އެ ތާވަލާ ޚިލާފުވާނޭ ގޮތަކަށް ރަށުން ބޭރަށް ފުރައިގެން ގޮސްގެންނުވާނެއެވެ. |
އެއްތިރީސްވަނަ ބައި |
|||
މައްސަލަ ބަލާ މެޖިސްޓްރޭޓް، މައްސަލައިގެ ފައިލު އަދި ލިޔެލިޔުން |
|||
މައްސަލަ ބަލާނެ މެޖިސްޓްރޭޓުންގެ އަދަދު |
|
(ހ) |
ޤާނޫނެއްގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި ކޯޓުގައި މައްސަލަ ބަލައި ޝަރީޢަތް ކުރާނީ އެންމެ މެޖިސްޓްރޭޓެކެވެ. |
|
(ށ) |
މައްސަލަ ބެލުމަށް މެޖިސްޓްރޭޓަކު ޢައްޔަން ވުމަށްފަހު، |
|
|
|
(ނ) |
މައްސަލަ ބަލަމުން ގެންދާ މެޖިސްޓްރޭޓް ބަދަލުކުރެވޭނީ ހަމައެކަނި ޤާނޫނުގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތެއްގައެވެ. |
|
|
(ރ) |
ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މައްސަލަ ބަލާ މެޖިސްޓްރޭޓަށް މައްސަލަ ބެލެން ނެތިގެން، އެ މައްސަލަ ބެލުމަށް އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރެވިއްޖެ ހިނދެއްގައި އޭނާ އެ މައްސަލަ ހިންގަންވާނީ އެ މައްސަލައެއް އެއިރަކު ގޮސްފައިވާ ހިސާބަކުން ފެށިގެންނެވެ. |
|
|
(ބ) |
ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މައްސަލަ ބަލާ މެޖިސްޓްރޭޓަށް މައްސަލަ ބެލެން ނެތިގެން، އެ މައްސަލަ ބެލުމަށް އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރެވިއްޖެ ހިނދެއްގައި އޭނާއާއި މައްސަލަ ހަވާލުކުރެވުމުގެ ކުރިން ޙާޟިރުކުރެވިފައިވާ ހެކިން އަލުން ޙާޟިރުކުރަން ނުޖެހޭނެއެވެ. |
މައްސަލައިގެ އަޑުއެހުންތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިން ބެލެހެއްޓުމާއި އަރުޝީފުކުރުން |
|
(ހ) |
ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުންތަކާއި ޝަރީޢަތްތަކުގެ އަޑުއެހުންތަކުގެ އޯޑިއޯ/ވީޑިއީ ރެކޯޑުކޮށް ޑިޕާޓްމަންޓު |
|
|
(ށ) |
ކޮންމެ މައްސަލައެއްގެ ފައިލުގައި ހުންނަ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެވަގުތަކު އެ ފައިލަކާއި ހަވާލުވެހުރި މީހެއްގެ ޒިންމާއެކެވެ. |
|
|
(ނ) |
މައްސަލައެއްގެ ފައިލު އެކަކު އަނެކަކަށް ހަވާލުކުރަންވާނީ ފައިލުގައި އޮންނަ ލިޔުމަކުން އެ ފައިލުގެ ކަސްޓަޑީ އެ ވަގުތަކު އޮންނަ މީހެއް އެނގޭނެ ގޮތަށެވެ. |
|
|
(ރ) |
ފައިލު އެ ވަގުތު އަތުގައި ނެތް ފަރާތަކުން ފައިލުގައި އޮތް ލިޔުމެއް ނެގުމަކީ މަނާކަމެކެވެ. |
|
|
(ބ) |
ފައިލުގައި އޮންނަ ލިސްޓަކުން ފައިލުގައި ހުރީ ކޮން ލިޔުންތަކެއްކަން އެނގެންވާނެއެވެ. |
|
|
(ޅ) |
ފައިލު އިލެކްޓްރޯނިކް ވަސީލަތަކުން ބަލަހައްޓާނަމަ، ރައްކާތެރި އެހެން ތަނެއްގައި އެ ފައިލުގެ ބެކަޕްއެއް އޮންނަންވާނެއެވެ. |
އިސްމެޖިސްޓްރޭޓްގެ މަސްއޫލިއްޔަތު |
|
(ހ) |
ކޯޓުގެ އިސްމެޖިސްޓްރޭޓް ކޯޓުގެ އެހެން މެޖިސްޓްރޭޓުންނަށް ދޭ އިރުޝާދުތަކާއި އެންގުންތައް އަންގަން ވާނީ ލިޔުމަކުންނެވެ. |
|
|
(ށ) |
ކޯޓުގެ ހުރިހާ މެޖިސްޓްރޭޓުން މައްސަލަތައް ހިންގުމުގައި ޢަމަލުކުރަނީ އެއްގޮތް އިޖުރާއަތުތަކަކަށްކަން ކަށަވަރުކުރުމަކީ އިސްމެޖިސްޓްރޭޓުގެ މަސްއޫލިއްޔަތެކެވެ. |
|
|
(ނ) |
ކޯޓުގެ ތަންފީޒީ ޑިވިޝަނުގެ މަސައްކަތްތަކާއި ރަޖިސްޓްރަރަގެ މަސްއޫލިއްޔަތު އަދާ ކުރާ މުވައްޒަފުގެ މަސައްކަތްތައް ސުޕްވައިޒްކޮށް އިރުޝާދު ދިނުމަކީ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަސްއޫލިއްޔަތެކެވެ. |
މައްސަލައިގެ ފައިލް އަރުޝީފުކުރުން |
|
މައްސަލައެއްގެ އޮރިޖިނަލް ފައިލު ކޯޓުގެ އިމާރާތުން ނެރުމަކީ މަނާކަމެކެވެ. މައްސަލަ ނިމި މައްސަލައިގެ ލިޔުންތައް އަރުޝީފުކުރަން މައްސަލައިގެ ފައިލު ގެންދިއުން މީގެ ތެރޭގައި ނުހިމެނެއެވެ. |
|
ބާތިލު ލިޔުމެއް ހޯދުމަށް އެދުން |
|
ބާޠިލްކޮށްފައިވާ އެއްވެސް ޝަރުޢީ ލިޔުމެއް ހޯދުމަށް އެއްވެސް ފަރާތަކުން އެދިއްޖެނަމަ އެލިޔުމެއް ކޯޓުން ދޫކުރަންވާނީ، މި ވެނި ތާރީޚެއްގައި އެ ލިޔުމެއް ބާޠިލުކުރެވިފައިވާކަން ބަޔާންކޮށް ކޯޓުގެ ތައްގަނޑެއް ޖަހައި ކޯޓުގެ ކަމާބެހޭ މުވައްޒަފެއް ސޮއިކުރުމަށްފަހުއެވެ. |
|
ތަހުވީލުކުރެވޭ މައްސަލަތައް |
|
އިސްތިއުނާފީ ކޯޓަކުން ތަހުވީލުކުރެވޭ މައްސަލަތަކާއި ކޯޓެއްގެ އެއް މެޖިސްޓްރޭޓަކު ކުރެން އަނެއް މެޖިސްޓްރޭޓަކަށް ތަހުވީލުކުރެވޭ މައްސަލަ ބަލާނޭ އުޞޫލެއް ކޮންމެ ކޯޓެއްގައި ލިޔެފައި އޮންނަންވާނެއެވެ. |
|
ބައްތިރީސްވަނަ ބައި |
|||
ލިޔެކިޔުން ރަޖިސްޓަރީ ކުރުމާއި ތަޞްދީޤުކުރުން |
|||
އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް ކޯޓުގައި ރަޖިސްޓްރީ ކުރުން |
|
އެކި އެކި ފަރާތްތަކުގެ މެދުގައިވެވޭ އެއްބަސްވުމާއި ސޮއިކުރެވޭ އެހެނިހެން ލިޔުންތައް ކޯޓުގައި ރަޖިސްޓްރީ ކޮށްދޭނީ މި ގަވާއިދުގެ އެޕްނެޑިކްސް D ގައިވާ ފީ ދެއްކުމުންނެވެ. |
|
ތެއްތިރީސްވަނަ ބައި |
|||
އެހެނިހެން ކަންކަން |
|||
ކޯޓު ގެޒެޓް |
|
(ހ) |
މި ގަވާއިދުގެ ދަށުން ކޯޓުތަކުން ކުރަންޖެހޭ އިޢުލާންތަކާއި ނޯޓިސްތަކާއި ޢާންމު އެންގުންތައް ޝާއިޢުކުރުމަށްޓަކައި |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ކޯޓު ގެޒެޓުގައި އިޢުލާންޖެހުމުގެ ކަންކަން އިންތިޒާމު ކުރަންވާނީ ކޯޓުން އަމިއްލައަށް އިޢުލާން ޝާއިޢުކުރުމުގެ ކަންކަން ކުރާ ގޮތަށެވެ. |
|
|
(ނ) |
ކޯޓުގެ އިޢުލާނެއް ރޭޑިއޯއިން ނުވަތަ ޓީވީއަކުން ކުރާނަމަ، |
ކޯޓުގެ ވެބްސައިޓް |
|
މި ކޯޓުގެ ވެބްސައިޓުން އަންނަނިވި މަޢުލޫމާތު ޢާންމުންނަށް ލިބެން ހުންނާނެއެވެ. |
|
|
|
(ހ) |
ކޯޓާ ގުޅޭނެ ގޮތް. |
|
|
(ށ) |
ކޯޓަށް ހުށަހެޅި ނުނިމި ހުރި މައްސަލަތައް. |
|
|
(ނ) |
ކޯޓުގެ ނިންމުންތައް. |
|
|
(ރ) |
ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތަކުގެ ތާވަލް. |
ޖަދުވަލު އަދި އެޕެންޑިކްސް |
|
މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކުގައިވާ ފޯމުތަކާއި އެޕެންޑިކްސްތަކަކީ |
|
ގަވާއިދަށް ޢަމަލުކުރަންފެށުން |
|
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
|
މި ގަވާއިދު މުރާޖަޢާކުރުން |
|
މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަސްވުމުގެ ކުރިން މި ގަވާއިދު މުރާޖަޢާކުރަންވާނެއެވެ. |