ޢާންމު މަޢުލޫމާތު
ނަންބަރު: ނަންބަރު:L4C-A/2022/01
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 20:54
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތު ޤާނޫނު) ގެ 425 ވަނަ މާއްދާގެ (ހ) ދަށުން ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަމަލުކުރާނެ ގަވާއިދާއި ގުޅޭ

ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތު ޤާނޫނު) ގެ 425 ވަނަ މާއްދާގެ (ހ) ދަށުން ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަމަލުކުރާނެ ގަވާއިދާއި ގުޅޭ

2022 ޖޫން 16 ވަނަ ދުވަހުން ފެށިގެން މަދަނީ މައްސަލަތަކާގުޅޭގޮތުން މިކޯޓުން ޢަމަލުކުރަމުންގެންދާނީ، އަދި މަދަނީ މައްސަލަތަކާގުޅޭގޮތުން މިކޯޓަށް މައްސަލަތައް ހުށަހެޅުމުގައާއި، އެފަދަ މައްސަލަތަކާގުޅޭ އެހެނިހެން ކަންކަމުގައި ބޭނުންކުރާނީވެސް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SCPD-04/2022 (06 ޖޫން 2022) ގެ ޕްރެކްޓިސް ޑައިރެކްޝަނާއި އެއްކަރުދާސްކޮށް އާއްމުކޮށްފައިވާ "ނަމޫނާ މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ ތެރެއިން މިކޯޓާއި ގުޅުންހުރި ބައިތަކަށާއި، އެގަވާއިދާއި އެކުގައި އާއްމުކޮށްފައިވާ ފޯމުތަކާއި އެފަދަ އެހެނިހެން ލިޔުންތަކުގެ ތެރެއިން މިކޯޓާއި ގުޅޭ ފޯމުތަކާއި ލިޔެކިޔުންތަކަށް ކަމުގައި، އާއްމުކޮށް އަންގައި އިއުލާނުކުރީމެވެ.

15 ޛުލްޤަޢިދާ 1443 ހ

15 ޖޫން   2022 މ

15 ޖޫން 2022