ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)322-A/322/2022/56
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 27 ޖޫން 2022 13:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު 05 މުވައްޒަފުން ހޯދުން (ވަގުތީ)

 

ވަޒީފާގެ ފުރުސަތު

 

މަސައްކަތު

މަޤާމް:

05(ފަހެއް)

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

(ވަޒީފާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 06 މަސްދުވަހަށް.)

މުއްދަތު:

ގަޑިއިރަކަށް -/38 ރުފިޔާ

މަޤާމުގެ މުސާރަ:

ކައުންސިލުން ކަނޑައަޅާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެލެވަންސް:

  1. ރަށުގެ ގޭބީސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުން.
  2. ކުނިކޮށްޓަށް ގެންދެވޭ ކުނި ( ދަޅު، ފުޅި، ޕްލާސްޓިކް، ބިއްލޫރި، ދަގަނޑު.....) ކުނިމެނޭޖު ކުރުމުގައި ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ވަކިކޮށް ކުނިކޮށީގައި ބެލެހެއްޓުމާއިއެކު، ފަތްކުނި އަދި އަނދާޒާތުގެ އެހެނިހެން ކުނި، ކަނޑައެޅިފައިވާ ސަރަހައްދުގައި އެންދުން.
  3. ކުނިކޮށި އަދި ކުނިއަންދާ ސަރަޙައްދު ވިނަނޮޅައި ސާފުކުރުމާއި، ފަނާނުވާ ޒާތުގެ ކުނި ވަކިކޮށް ބެލެހެއްޓުން.
  4. ރަށުގެ އިޖްތިމާއީ ސަރަހައްދު ވިނަނޮޅާ ކުނިކަހާ، ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރުން.
  5. ރަށުތެރޭގައި ބެހެއްޓިފައިވާ ޑަސްބިންތައް ހުސްކޮށް ސާފުކޮށް ބެލެހެއްޓުން.
  6. ރަށުން ކުނިބޭރުކުރާ ދުވަސްތަކުގައި އެމަސައްކަތުގައި އުޅުން.
  7. ދިމާވާ ކުއްލިހާލަތްތަކުގައި، ކުނި މެނޭޖުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލްގެ މަޝްވަރާގެ މަތިން މަސައްކަތަށް ނުކުތުން.
  8. މީގެ އިތުރުންވެސް، ކުނިމެނޭޖުކޮށް ބެލެހެއްޓުމާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  9. ސިއްރު ހިފެހެއްޓުން.
  10. މަތީގައި ދެންނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކައުންސިލުން ހިންގާ ޚާއްސަކަންކަމުގައި ކައުންސިލުން އެދެފިނަމަ ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެއްސަކަށް ވުން.

2. ލިޔަންކިޔަން ދަތުން.

3. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

4. ހަފްތާގެ 06 ދުވަހު، ދުވާލަކު 05 ގަޑިއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. އައިޑީ ކާޑުގެ ސާފު ކޮޕީއެއް. (ދެފުށުގެ)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން. (ވަޒީފާގެ ޝަރުތު ފުރިހަމަ ނުވާނަމަ ޑިސްކޮލިފައިވާނެއެވެ. )       

3. ތަޖްރިބާ: ވަޒީފާއާ ގުޅުންހުރި ތަޖްރިބާ އަދި އެހެނިހެން ތަޖްރިބާ.

4. ލިބިފައިވާ ހުނަރު: އިންޓަރވިއު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖޫން 2022 ގެ 13:30 ގެ ކުރިން، ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 03 ޖުލައި 2022 އާއި 07 ޖުލައި 2022 އާ ދެމެދު، ބ. ހިތާދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

 

15 ޛުލްޤައިދާ 1443 ހ.

15 ޖޫން 2022