މަސައްކަތް
ނަންބަރު: 134-PRO/I/2022/43
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 22 ޖޫން 2022 01:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޫއްޑޫގައި 6 ކޮޓަރިއާއި ސިޓިންގްރޫމެއް ހިމެނޭ އިމާރާތެއް ޢިމާރާތްކުރުމާއި މިހާރު ހުރި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން

 އިޢުލާން ނަންބަރު:134-PROC/I/2022/43

އިޢުލާން

15 ޖޫން 2022

 

ކޫއްޑޫގައި 6 ކޮޓަރިއާއި ސިޓިންގްރޫމެއް ހިމެނޭ އިމާރާތެއް ޢިމާރާތްކުރުމާއި މިހާރު ހުރި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން

މިއީ ގއ. ކޫއްޑޫގައި މިހާރު ހުރި އެކޮމޮޑޭޝަން އިމާރާތަށް އިތުރު ކުރެވޭ 5 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް، މިފްކޯއިންދޭ ކުރެހުމަކާއި އެއްގޮތަށް އިމާރާތް ކުރުމާއި މިހާރު ހުރި އިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ސާމާނުގައި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް

[email protected]

 19 ޖޫން 2022

 މެންދުރު 12:00ގެ ކުރިން

މަޢުލޫމާތު ކަރުދާސް

ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލްއަށް

 19 ޖޫން 2022

މެންދުރުފަހު  02:00ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

އީމެއިލް މެދުވެރިކޮށް

[email protected]

 22 ޖޫން 2022

މެންދުރު 01.00ގެ ކުރިން

ބިޑް ހުޅުވުން

އަނދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

 22 ޖޫން 2022

 

މެންދުރުފަހު  02:00ގައި

 

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 

15 ޖޫން 2022