ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މުވައްޒަފުންގެ 300 ޔުނީފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މުވައްޒަފުންގެ 300 ޔުނީފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
15 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި (ނަންނޯޓް ކުރުމަށް ރަޖިސްޓްރޭސަން ފޯރމް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. |
މައުލޫމާތު ދިނުން |
23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
29 ޖޫން 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00 |
މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.