ދިވެހިރާއްޖެ
އިޢުލާން
ށ. ގޮއިދޫ ކައުންސިލުން އިމާރާތް ކުރަމުންދާ 08 ކޮޓަރީގެ އެކަމަޑޭޝަންގެ ފިނިޝިންގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުން އިމާރާތް ކުރަމުންދާ 08 ކޮޓަރީގެ އެކަމަޑޭޝަންގެ ފިނިޝިންގ މަސައްކަތް، ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށަހަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލްތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
16 ޖޫން 2022 ( ބުރާސްފަތި ) ން 23 ޖޫން 2022 ( ބުރާސްފަތި )
މަޢުލޫމާތު ސާފުކުރުން
30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
އަންދާސީ ހިސާބު ހުށަހެޅުން
06 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00 އަށް
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
15 ޖޫން 2022