ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/29 |
ތާރީޚް |
15 ޛުލްޤައިދާ 1443 |
|
15 ޖޫން 2022 |
ެެ
އެގްރޯނެޓް ކުންފުނީގައި ދަނޑުވެރިން ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން
ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން އުފައްދާފައިވާ އެގްރޯ ނެޓް ކުންފުނިން މިރަށު ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި،އަލަށް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެކުންފުނީގައި ރަޖިސްޓްރީވެގެން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވާލާފައެވެ.އެގޮތުން އެކުންފުނީގައި ރަޖިސްޓްރީވެގެން ދަނޑުވެރިކަނކުރާ ފަރާތްތަކަށް ތިރީގައި މިދަންނަވާ ލުއިފަސޭހަތައް ލިބިގެންދާނޭ ކަމުގައި އެކުންފުނީގެ ފަރާތުންވަނީ އަންގަވާފައެވެ.
- ދަނޑުވެރިކަންކުރުމަށް ބޭނުންކުރާ ބޭސް ފޯރުކޮށްދިނުން
- ދަނޑުވެރިކަމުން އުފައްދާތަކެތި އެފަރާތުން ކަނޑައަޅާ އަގެއްގައި ދާއިމީކޮށް ގަތުން
- ދަނޑުވެރިކަމާބެހޭ ތަޖުރިބާ ކާރުންގެނެސްގެން ދަނޑުވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުން
ވީމާ،ދަނޑުވެރިންނާއި،ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެގްރޯނެޓް ގައި ރަޖިސްޓްރީވެގެން ދަނޑުވެރިކަން ކުރުމަށްބޭނުންވާ ފަރާތްތަކުން މިހިނގާ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ދުރުވެ ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.
15 ޛުލްޤަޢިދާ 1443
15 ޖޫން 2022
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް