ނީލަން
ނަންބަރު: 196/2014-އެމް.ބީ
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:59
ސުންގަޑި: 25 ސެޕްޓެންބަރު 2014 10:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ދަންނަވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

އިޢުލާން

   މިކުންފުނީގެ މި ދަންނަވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ހަލާކުވެގެން ރޫޅާލާފައިވާ ފެންޕްލާންޓުގެ ބައިތަކެއް:
  • ސައުންޑް ޕްރޫފް ޓިނުތަކެއް:
  • ބައުދަނގަޑު ތަކެއް:

   މިތަކެތީގެ ނީލަންފެށޭ އަގަކީ 75,000.00ރ (ހަތްދިހަ ފަސްހާސް ރުފިޔާ) އެވެ. މި އަގަށް އިތުރު ކުރެވޭނީ މަދުވެގެން 5,000.00ރ (ފަސްހާސް ރުފިޔާ) އެވެ.

   ވީމާ، މިތަކެތީގެ ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ސިޓީއުރައެއްގައި ބަންދުކޮށް 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކުންފުނީގެ 02 ވަނަ ފަންގިފިލާގެ ބައްދަލު ކުރާ ކޮޓަރިއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ނީލަން ނިމޭތާ ގިނަވެގެން 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ތަން ސާފުކުރައްވަން ވާނެއެވެ. މި މުއްދަތުގައި މި މަސައްކަތް ނުނިމިއްޖެނަމަ ނީލަން ބާޠިލްކޮށް އަލުން މިތަކެތި ނީލަމަށް ލެވޭނެއެވެ.

     26 ޛުލްޤަޢިދާ 1435  

21 ސެޕްޓެންބަރު 2014