މުބާރާތް
ނަންބަރު: 411-B/IUL/2022/30
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 26 ޖޫން 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި އިޢުލާންވަނީ 15 ޖޫން 2022 08:22 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

 

ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1443" 15 ޖުލައި 2022 އިން 18 ޖުލައި 2022 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 26 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13.00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        14  ޛުލްޤައިދާ  1443 

                        14  ޖޫން     2022    

14 ޖޫން 2022