ދިވެހިރާއްޖެ
ހިލޭސާބަހަށް ގދ. މަޑަވެލި ޤަބުރުސްތާނުގެ ވަށައިފާރު ރާނައި ގޭޓް އަރުވައިދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހިލޭސާބަހަށް ގދ. މަޑަވެލި ޤަބުރުސްތާނުގެ ވަށައިފާރު ރާނައި، ގޭޓް އަރުވައިދޭނެ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މަޑަވެލި ޤަބުރުސްތާނުގެ ވަށައިފާރު ރާނައި، ގޭޓް އަރުވައިދިނުމާއިބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިދާރާއިގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، ހިލޭސާބަހަށް ގދ. މަޑަވެލި ޤަބުރުސްތާނުގެ ވަށައިފާރު ރާނައި، ގޭޓް އަރުވައިދޭނެ ބޭނުންވާ ފަރާތްތަކުން އެކަން ބަޔާންކޮށް، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅާ ޕްރޮޕޯސަލް މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ މަޑަވެލި ކައުންސިލްގެ: [email protected] އަށެވެ. އަދި، މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6840006 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.