ބީލަން
ނަންބަރު: (IUL)425-A2/1/2022/174
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 22 ޖޫން 2022 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ މުނިސިޕަލް މަސައްކަތްތަކުގައި ބޭނުންކުރަމުންދާ ވެހިކަލްތައް ބާވެފައި އަދި ކުރީގެ މޮޑެލްތަކުގެ ވެހިކަލްތަކުގެ ސްޕެއަރ ލިބުމުގައި ދަތިތައް ކުރިމަތިވާތީވެ، މުނިސިޕަލް ޚިދުމަތްތަކަށް މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ބޭނުންވާ ވެހިކަލްތައް ހޯދުމާއިގުޅޭ،

މިކައުންސިލްގެ މުނިސިޕަލް މަސައްކަތްތަކުގައި ބޭނުންކުރަމުންދާ ވެހިކަލްތައް ބާވެފައި އަދި ކުރީގެ މޮޑެލްތަކުގެ ވެހިކަލްތަކުގެ ސްޕެއަރ ލިބުމުގައި ދަތިތައް ކުރިމަތިވާތީވެ، މުނިސިޕަލް ޚިދުމަތްތަކަށް މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

16 ޖޫން 2022

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

22 ޖޫން 2022

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  
  • އިތުރު މަޢުލޫމާތު: 
  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]
14 ޖޫން 2022