ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/2014/88
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 31 ޑިސެންބަރު 2014 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސްޕެއަރޕާޓްސްގެ ގޮތުގައި ރާއްޖެ އެތެރެކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމާބެހޭ

ސްޕެއަރޕާޓްސްގެ ގޮތުގައި ރާއްޖެ އެތެރެކުރާ އުޅަނދުތައް މީގެ ކުރިން ރަޖިސްޓަރީކޮށްދެމުން އައި ނަމަވެސް 15 އޮކްޓޫބަރު 2013 ގެ ފަހުން ސްޕެއަރޕާޓްސްގެ ގޮތުގައި ރާއްޖެ އެތެރެކުރާ އުޅަނދުގެ ބައިތައް އެއްކޮށްގެން، އުޅަނދުގެ ގޮތުގައި ރަޖިސްޓަރީ ކުރުން ހުއްޓާލައި IUL)202-L/202/2013/4)ފ(25 ސެޕްޓެންބަރު 2013) އިއުލާނުން މިކަން ވަނީ އެންގިފައެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި އެކިއެކި ސަބަބުތަކާހުރެ ރަޖިސްޓަރީ ކުރުމަށް ހުށަނޭޅި ބައެއް އުޅަނދު ހުރުމާއެކު އިތުރު ފުރުޞަތަކަށް އެދި މިއޮތޯރިޓީއަށް ހުށަހަޅަމުން ގެންދާތީ މިފަދަ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން، 31 ޑިސެންބަރު 2014 ގެ ކުރިން އެފަދަ އުޅަނދުތައް ރަޖިސްޓަރީކޮށް ނިންމުމަށް އަންގައި އިޢުލާން ކުރަމެވެ. އަދި މިފުރުޞަތަކީ މިގޮތުން ދެވޭ އެންމެފަހުގެ ފުރުޞަތުކަމަށްވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މި މުއްދަތުގެ ތެރޭގައި މި ދެންނެވި ފަދަ އުޅަނދެއް ހުރިނަމަ ރަޖިސްޓަރީކޮށް ނިންމުމަށް ދެންނެވީމެވެ.

22 ޛުލްޤަޢިދާ 1435

17 ސެޕްޓެންބަރު 2014