ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)421/421/2022/28
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 22 ޖޫން 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:

 

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/28

ތާރީޚް

‏ 14 ޛުލްޤައިދާ 1443

 14 ޖޫން 2022

މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:

 

         01 ޖޫންް 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މިރަށު މިސްކިތްތަކަށް ވޭޖް އުސޫލުން  ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ: (IUL)421/421/2022/22( 17 މެއި 2022) އިއުލާގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

މަޤާމް:                 މަސައްކަތު ( މިސްކިތްތަކަށް )

ބޭނުންވާ ޢަދަދު:            03

މަޤާމުގެ ރޭންކް:           އެސްއެސް 01

މަޤާމުގެ ގިންތި:           ވަގުތީ

މަޤާމުގެ މުއްދަތު:          06 ( މަސް ދުވަސް )

މަޤާމުގެ ކްލެސިފިކޭޝަން:     ވޭޖް އުސޫލުން ގެންގުޅޭ މަސައްކަތު މީހުން

މުސާރަ:                މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/45 ( ސާޅީސް ފަސް ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:      އަސާސީ ފެންވަރަށް ތަކެތި ދަތުމާއެކު މިސްކިތު މަސައްކަތްކުރެވޭނެ ޖިސްމާނީ ގާބިލްކަން ހުރުމާއެކު އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމް:                 އިމާމް / މުދިމް ( ވޭޖް )

ބޭނުންވާ ޢަދަދު:            03

މަޤާމުގެ ރޭންކް:           ޖީ،އެސް 01

މަޤާމުގެ ގިންތި:           ވަގުތީ

މަޤާމުގެ މުއްދަތު:          06 ( މަސް ދުވަސް )

މަޤާމުގެ ކްލެސިފިކޭޝަން:     ވޭޖް އުސޫލުން ގެންގުޅޭ މުދިމުން

މުސާރަ:                އިމާމް ( ސަނަދުއޮތް ) – މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/61 ( އެކާހައްޓި ރުފިޔާ )

                        މުދިމް ( ސަނަދު ނެތް )- މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/53 ( ތޭވަންނަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:      އިމާމް ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ ޤާރީސެޓްފިކެޓް ލިބިފައިވުން ނުވަތަ ނަމާދުކުރެވޭވަރަށް ޤުރުއާން ތަޖުވީދުމަގުން ކިޔަވަން ދަންނަ މީހަކު ކަމުގައިވުން.

 

       ވީމާ،މިވަޒީފާއަށް އެދިލައްވާފަރާތްތަކުން 22 ޖޫން 2022 ވާ ބުދަ  ދުވަހުގެ 13:00 ގެކުރިން އައިޑީކާޑުގެ ފޮޓޯ ކޮޕީ އަކާއި ލިބިފައިވާ ސެޓްފިކެޓްތަކާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ. މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %50 އަށްވުރެ މަތިން އެންމެގިނަ މާކްސް ލިބޭ ފަރާތްތައްް ހޮވާ ގޮތަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

‏14‏ ޛުލްޤަޢިދާ‏ 1443

‏14‏ ޖޫން‏ 2022

                              

 

                      

                                                        ޙާޝިރު މުޙައްމަދު

                                                       (ކައުންސިލްގެ ނާއިބް)

14 ޖޫން 2022