މަސައްކަތް
ނަންބަރު: IUL/E8C/2022/03
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 30 ޖޫން 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދެފާޚާނާ މަރާމާތުކުރުމާއި އިމާރާތުގެ އެތެރޭގައި ޖަހާފައިވާ ސީލިންގ ނަގާ އައު ސީލިންގް އަޅައިދިނުން.

މި އިޢުލާންވަނީ 05 ޖުލައި 2022 08:42 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: IUL/E8C/2022/03

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިކޯޓުގެ މުވައްޒަފުން ބޭނުންކުރާ ދެފާޚާނާ މަރާމާތުކުރުމާއި އިމާރާތުގެ އެތެރޭގައި ޖަހާފައިވާ ސީލިންގ ނަގާ އައު ސީލިންގއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  ނަމްބަރު IUL/E8C/2022/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ބިޑެއް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ކޯޓަށް ދުރުވެ، ނުވަތަ 6580284 އަދި 6580424 އަށް ގުޅައިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި 21 ޖޫން 2022 ވާ އަަންގާރަ ދުވަހުގެ 13:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމަންޓް، ޕާޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާ މީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި އަދި އަންދާސީ ހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

އަދި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

15 ޛުލްޤަޢިދާ 1443

14 ޖޫން 2022

14 ޖޫން 2022