ތަމްރީނު
ނަންބަރު: N09/2022
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 30 ޖޫން 2022 15:00
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓެނިސް އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯހަށް ފުރުޞަތު ހުޅުވާލުން

މިއެސޯސިއޭޝަންގެ ފަރާތުން ޓެނިސް އަމްޕަޔަރުން ޓްރެއިން ކުރުމުގެ ސެްޓްފިކެޓް ލެވެލް ކޯހެއް ހިންގުމަށް ވަނީ ނިންމާފައެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މިއެސޯސިއޭޝަންއިން އިންތިޒާމް ކުރާ މުބާރާތްތަކުގައި އަމްޕަޔަރުކަން ކުރެވޭނެއެވެ.  މުބާރާތުގެ އަމްޕަޔަރުންނަށް އެކަށީގެންވާ އެލަވަންސް ލިބޭނެއެވެ. މިކަމުގެ އިތުރުން ޓެނިސް އޮފިޝިއޭޓިންގްގެ ރޮގުން ކުރިއަށްދާން ޝައުގުވެރިވާ އެކަމަށް ޤާބިލް ފަރާތްތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އިތުރަށް ޓްރެއިން ވުމުގެ ފުރުޞަތު ހޯދައިދެވޭނެއެވެ. އެއަށްފަހު އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން އަދި އޭޝިއަން ޓެނިސް ފެޑެރޭޝަންއިން އިންތިޒާމް ކުރާ މުބާރާތްތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހި ކޮށްދެވޭނެއެވެ.

ވީމާ މިކޯހުގައި ބައިވެރިވުމަށް ޝައުވެރިވާ އުމުރުން 15 އަހަރު ފުރިފައިވާ ފަރާތްތަކުން ނަން ނޯޓް ކުރެއްވުމަށް ފުރިހަމަ ނަމާއި ގުޅޭނެ ނަމްބަރު އެސްއެމްއެސް މެދުވެރިކޮށް 7937018 އަށް ފޮނުވައިދެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ ސުންގަޑިއަކީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 2022 އެވެ. މިކޯހުގައި ކިޔަވައިދެނީ އިނގިރޭސި ބަހުން ކަމުން އިނގިރޭސި ބަހަށް ފަރިތަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

14 ޖޫން 2022