ކުއްޔަށް ހިފުން
ނަންބަރު: 372-B2/2014/27
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި:
25 ސެޕްޓެންބަރު 2014 14:30
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދޯންޏެއް ހޯދުމަށް
އެއްއަހަރު ދުވަހުގެ މުއްދަތަށް ބިކޯކާއައުޓްޕޯސްޓުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް މި ކައުންސިލުގެ އިދާރާއަށް ތިރީގައިއެވާ ޝަރުޠުތައް ފުރިހަމަވާ ދޯންޏެއް ހޯދުމަށް ބޭނުންވެއެވެ.
- ދޯނީގައި އެއްފަހަރާ 30 ފަސިންޖަރުން އުފުލެންވާނެއެވެ.
- ދޯނި ހުންނަންވާނީ ހިޔާކޮށް ސަންޑެގް ބޭނުންކުރެވޭ ގޮތަށެވެ.
- ދޯނީގައި ފާޚާނާ ކުރެވެން ހުންނަންވާނެއެވެ.
- ދޯނީގައި އެއްފަހަރާ މަދުވެގެން 30 ފުޅި އޮކްސިޖަން ސިލިންޑަރ އުފުލޭ ގޮތަށް ހުންނަންވާނެއެވެ.
- ދޯނީގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ޤަބޫލުކުރާ ފެންވަރަށް ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.
- ދޯނީގައި މަދުވެގެން 1 ކެޕްޓަނާއި 1 ފަޅުވެރިޔަކު ހުންނަންވާނެއެވެ.
ވީމާ، ދޯނި ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ކުއްޔަށްދޭން ބޭނުންވާ އަގު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީގައި ދޯނީގެ ވެރި ފަރާތުގެ ސޮޔާއި ތިރީގައިއެވާ މަޢުލޫމާތާއި ތަކެތި ހުންނަންވާނެއެވެ.
- ކުއްޔައް ދޭ ދޯނީގެ ރަޖިސްޓަރީގެ ކޮޕީއާއި ސަލާމަތީ ސެޓުފިކެޓުގެ ކޮޕީ
- ވެރި ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
- އަގު ހުށަހަޅާއިރު ޑީސަލް ދިނުމުން ކުއްޔައް ދޭ އަގާއި އަދި ދޯނީގެ ވެރިފަރާތުގެ ޑީސަލްގައި ކުއްޔަށްދޭ އަގު ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
20 ޛުލްޤަޢިދާ 1435
15 ސެޕްޓެންބަރު 2014