ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2022/144
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:44
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓް ބާޠިލްކުރުމާ ގުޅޭ

އިޢުލާން

ވަރކް ޕަރމިޓް ބާޠިލްކުރުމާ ގުޅޭ

 

 ޚިދުމަތް ލިބިގަތުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއިއެކު ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ  ވަރކް ޕަރމިޓް ބާޠިލްކުރުމުގެ ޚިދުމަތް ވަގުތުން ލިބޭނެ އިންތިޒާމް ހަމަޖެފައިވާކަމުގައި ދެންނެވީމެވެ.

މިގޮތުން، ވަރކް ޕަރމިޓް ބާޠިލް ކުރުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ޕަރމިޓްތައް، 2022 ޖޫން 19 ވަނަ ދުވަހުން ފެށިގެން، ވަގުތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބާޠިލްކޮށްދެވޭނެކަމުގައި ދެންނެވީމެވެ.

އެކްސްޕެޓް ސިސްޓަމް (xpat.egov.mv) ގައި އާންމުކުރެވިފައިވާ "ވަރކް ޕަރމިޓް ކެންސަލޭޝަން ޔޫސަރ ގައިޑް" ގައި މިދެންނެވު ބަދަލުގެ ތަފްސީލްތައް ބަޔާންކޮށްފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ޖޫން 2022