ކުއްޔަށް ދިނުން
ނަންބަރު: (IUL)391-FI/391/2014/1010
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 20 އޮކްޓޫބަރު 2014 11:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއްޔަށް ދޭ 3 ޢިމާރާތް

ތިމަރަފުށީ ރައްޔިތުންގެ ވައިޖެހޭގެ ( 4221 އަކަފޫޓުގެ ގޯތި ) ، ކާޑުގެ ( 4698 އަކަފޫޓުގެ ގޯތި ) ، ހަރުގެ ( 3016 އަކަފޫޓުގެ ގޯތި ) މި 3 ޢިމާރާތް ވަކިވަކިން ބިޑް އުސޫލުން ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް މި ކައުންސިލުން ނިންމައިފީމެވެ. ވީމާ، މި ޢިމާރާތްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 11:00 ގައި މި އިދާރާގައި އޮންނަ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއިން ވިއްކާ ބިޑް ފޯމު ފުރިހަމަކުރައްވައި 28 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާގައި އޮންނަ ބިޑް ބަލައިގަތުމުގެ ބައްދަލުވުމަށް ދުރުވެ ބިޑް ހުށަހެޅުއްވުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ގެންނަ ފަރާތްތަކުގެ ބިޑް ބަލައިނުވަނެވޭނެ ވާހަކަ ދަންނަވަމެވެ.

21  ޛުލްޤަޢިދާ  1435

16 ސެޕްޓެންބަރު 2014