ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)396-A/2022/42
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 20 ޖޫން 2022 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

 

މަޤާމު:

މަސައްކަތު

ބޭނުންވާ ޢަދަދު:

1

މަގާމުގެ ގިންތި:

 ކޮންޓްރެކްޓް ( 01 އަހަރު)   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ

މުސާރާ:

 3100.00  ރުފިޔާ

އެލަވަންސް:

ސަރވިސް އެލަވަންސް 1000.00 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 1200.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް 1917.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޟާން މަހުގެ އިނާޔަތު ފައިސާ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1.      ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ޕްރީސްކޫލް ކްލާސްރޫމާއި ބޭރުފެންޑާގެ ތަޅުން ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. 2.      ޕްރީސްކޫލްގެ ކުޑަދޮރުތަކާއި ބޮޑު ދޮރުތައް އަދި  ފެންލައިޓްތައް ފުހެ ސާފުކުރުން.
  3. 3.   ކޮންމެ ދުވަހަކު ކްލާސްރޫމްގެ ތެރެއާއި ފެންޑާ ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕް އެޅުން.
  4. 4.         ފާޚާނާ އާއި ތަޅުން ސާފުކޮށް ބެލެހެއްޓުން
  5. 5.      އެއަރކޯން ލެވިފައިވާ ކުލާހެއްނަމަ  އެއަރކޯންތައް ސާފްކޮށް ބެލެހެއްޓުން.
  6. 6.      ޕްރީސްކޫލް ގެ ގޯތި ތެރެއާއި ސްކޫލުގެ ވަށާއިގެންވާ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  7. 7.      ކުލާސް ރޫމުގެ ފަންކާތައް ހިރަފުސް އެރިޔަނުދީ ހަފްތާއަކު އެއްފަހަރު ސާފުކުރުން.
  8. 8.      ސްކޫލުގެ  ފުރާޅާއި ދިޔަދޮވި ރަގަޅަށް ސާފުކޮށް ބެލެހެއްޓުން.
  9. 9.      ކުލާސް ރޫމްގަ ފޮތް ހަރުގަނޑުތައް ހުރިނަމަ ފުހެ ސާފުކުރުން.
  10. 10.  ޕްރީސްކޫލްގެ ހިފާގެންގުޅޭ ސާމާނު ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  11. 11.   ޕްރީސްކޫލުގައި އިންތިޒާމުކުރާ ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.
  12. 12.  ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން ޕްރީސްކޫލުން ނެގޭ ކުނި އުކާލުން.
  13. 13.  ސްކޫލުގެ ގޯތިތެރޭގައި ގަސް އިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ ފެންދީ ބެލެހެއްޓުމާއި ،އިންދާފައިހުންނަ ގަސްތައްކޮށާ ބެލެހެއްޓުން.
  14. 14.  ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަތަކާތްތަކުގައި ބައިވެރިވުމާއި ،މުނާސަބަތު ތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.

މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ މިނޫންވެސް މަސައްކަތްތަކާއި އަދާކުރަންޖެހޭ އެހެނިހެން ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާ ކުރުމާއި ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން.

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

 ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާ އަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ނުވަތަ ސްކްރީންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށުވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަ ހަޅާ ފޯމް
  1. 2.      ވަޒީފާއަށް އެދޭފަރާތުގެ ،މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ އަސްލާ އެއްގޮތް ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތައުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް އާއި،ލިޔެކިޔުންތައް ހުށަހަޅާނީ 20  ޖޫން 2022    ބުރާސްފަތި ދުވަހުގެ  13:00  ގެ ކުރިން ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް އާއި،ލިޔެކިޔުންތައް އީމެއިލް [email protected]މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.   ( މިފަދަ ލިޔުންތައް ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.) އަދި އިޢުލާންނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް އާއި،ލިޔެކިޔުންތައް   ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ޖޫން   2022 އާއި 26 ޖޫން 2022 އާ ދެމެދު، ލ. ހައްދުންމަތީ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800724 އަށެވެ. އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 

13 ޖޫން 2022