މަސައްކަތް
ނަންބަރު: (IUL)30-C/30/2022/209
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:09
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަަންދާސީ ހިސާބު

މިމިނިސްޓްރީގެ ޕްލާންޓް ޕްރޮޓެކްޝަން ޔުނިޓްއިން ކުރިއަށްގެންދާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2022 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282އަދި 3339209 ނަންބަރު ފޯނަށެވެ.

13 ޖޫން 2022