މަސައްކަތް
ނަންބަރު: (IUL)387/387/2022/30
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 23 ޖޫން 2022 11:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ.

އިޢުލާން

 

ތ. ކަނޑޫދޫ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ.

 

         މިއިދާރާއިން ތަކެތި ދިނުމުން ތ. ކަނޑޫދޫ މަގުތަކުގައި ޖަހާފައިވާ މަގުބައްތިތަކުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަސައްކަތްކުރުމަށް ބޭނުންވާ އެންމެހާ ތަކެތި (ޓޫލްސް) ހޯދުމަކީ މަސައްކަތް ކުރާ ފަރާތަކުގެ ކަމެކެވެ.

 

  1. ހޮޅިދަނޑި މަރާމާތު ކުރުން.
  2. ހޮޅިދަނޑީ ލައިޓް ބަދަލުކުރުން.
  3. ހޮޅިދަނޑީ ފޮޓޯ ސްވިޗު ހަރުކުރުން ނުވަތަ ބަދަލުކުރުން.

 

       ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 23 ޖޫން 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކޮންމެ މަސައްކަތެއްގެ އަގު ވަކިވަކިން އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދި ނުވަތަ މެދުފަންތީގެ ވިޔަފާރިއަށް ރަޖިސްޓްރީ ވެފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓު ހުށަހަޅުއްވާއިރު އެފަދަ ފަރާތެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ. އެނޫން ފަރާތަކުން ހުށަހަޅުއްވާ އެސްޓިމޭޓުތައް ބާތިލް ކުރެވޭނެއެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

              13 ޛުލްގައިދާ 1443

              13 ޖޫން    2022

13 ޖޫން 2022