ވަޒީފާގެ ފުރުޞަތު
ނަންބަރު: MFMC/I/2022/23
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 16 ޖޫން 2022 16:00
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Project Manager - Re-Advertisement

މި ކުންފުނިން 01 ޖޫން 2022 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ނަންބަރު:21 ވަނަ އިޢުލާނަށް އެކަށީގެންވާވަރަށް ފޯމް ހުށަހަޅާފައިނުވާތީ، އަލުން މި މަޤާމަށް އިޢުލާނު ކުރަމެވެ. އަދި ބަޔާންކޮށްފައިވާ އިޢުލާނާއި ގުޅިގެން ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް، މި އިޢުލާނާއި ގުޅިގެން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

އެމް.އެފް.އެމް.ސީ ކެޕިޓަލްގެ ފަރާތުން ހިންގަމުންގެންދާ "EU Support for a Resilient Recovery of SME Tourism Industry in the Maldives" ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖަރ މަޤާމަށް އަލުން އިޢުލާން ކޮށްލަމެވެ. އެގޮތުން މިމަޤާމާއި ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ ޓީ.އޯ.އާރް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ މި މަޤާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމް (https://form.jotform.com/213531409438454) ފުރިހަމަ ކުރުމަށް އެދެމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

13 ޖޫން 2022