ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2022/30
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 19 ޖޫން 2022 00:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތު ހޭޅިމަތީ ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމާބެހޭ

            މިރަށު ދެކުނުފަރާތު ހޭޅި ސަރަހައްދުން މިރަށު ކަސްތޫރި ވިލާއިން ފެށިގެން ހުޅަނގަށް މިރަށު ބީޗް ފްލާވަރ ގޯއްޗާއި ދެމެދު ފެންހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ކޮނުމަށް ވަނީ ބޭނުންވެފައެވެ.

            ވީމާ މި ސަރަހައްދުގައި ބަހައްޓާފައި ހުރި އަމިއްލަ ފަރާތްތަކުގެ އެންމެހާ ތަކެތި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށް އަންގަމެވެ. މި މުއްދަތު ހަމަވާއިރު މި ސަރަހައްދުގައި ނުނަގާހުންނަ އަމިއްލަ ފަރާތްތަކުގެ އެންމެހާތަކެތި މިކައުންސިލުން ނަގާނެ ވާހަކަ ދަންނަވަމެވެ. މިކައުންސިލުން މިފަދަ ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗައްވާ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަވެސް ދަންނަވަމެވެ.

13 ޖޫން 2022