ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 ޖޫން 2022 11:00 ގައި ބާތިލް ކުރެވިފައެވެ.
މި ސްކޫލުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުދިނަށްދޭނެ ދަބަސް ގަންނަން ބޭނުންވާތީ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
*(ބޭނުންވާ ދަބަސްގެ އަދަދު: 1500)
*(ބޭނުންވާ ދަބަސްގެ ކުލަ: ކަޅުކުލަ)
* މި އިއުލާންއާއި އެއްކޮށް ދަބަހުގެ ފޮޓޯ އެއް ކަރުދާސްކޮށްފައިވާނެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖޫން 13 ވާ ހޯމަ ދުވަހު 14:00 ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. [email protected]
- އިތުރުމައުލޫމާތު ހޯދުމަށް 7602085 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.