ދިވެހިރާއްޖެ
އިޢުލާން
ދިދަ ދަނޑި އަދި ދިދަ ހަރުކުރާ ސްޓޭންޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ 300 ދިދަ ދަޑި އަދި 150 ދިދަ ހަރުކުރާ ސްޓޭންޑް މިއިދާރާއިން ފޯރުކޮށްދޭ މަޢުލާމާތާއި އެއްގޮތަށް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖޫން 2022 އިން 19 ޖޫން 2022 އަށް ތިރީގައި ދެންނެވިފައިވާ މުއްދަތުގައި މި އިދާރާއަށް ވަޑައިގެން ރަޖިސްޓަރ ކުރުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
13 ޖޫން 2022 އިން 19 ޖޫން 2022 އަށް |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
26 ޖޫން 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ރަޖިސްޓްރްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތުގެ ބީ.އޯ.ކިއު، ބިޑްހުށަހަޅުއްވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް، ބީލަން ފޯމް އަދި މަސައްކަތާއި ގުޅުންހުރި ކުރެހުންތައް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.