ދިވެހިރާއްޖެ
މި ފެށޭ ދިރާސީ އައު އަހަރު 2023-2022 ދަނބިދޫ ޕްރީސްކޫލްގެ ބޭބީ ނާސަރީ އާއި ނާސަރީ އަށް ކުދިން
ވައްދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކިޔަވައި ދިނުން ހަމަޖެހިފައިވަނީ ސްކޫލުގައި
ރަޖިސްޓްރީވާ ކޮންމެދަރިވަރެއްގެ އަތުން މަހަކު -/150 ރުފިޔާ ގެ ފީ އެއް ނަގާގޮތަށްށެވެ. ޕްރީސްކޫލަށް ކުދިން
ވެއްދުމަށް ބޭނުންވެލައްވާ ފަރާތް ތަކުން ކައުންސިލްގައި ރަޖިސްޓްރީ ކުރުން 14 ޖޫން 2022 އިން 30 ޖޫން 2022
ވާ ބުރާސްފަތި ދުވަހުގެ 13:30 ހަމައަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ގްރޭޑް |
2022 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ބޭބީ ނާސަރީ |
01 އޮގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
01 އޮގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ކުދިން ޕްރީސްކޫލަށް ވައްދަން ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ
ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނެވެރިޔާގެ އައި.ޑީ.ކާޑް ކޮޕީ ފޯމާއެކު ހުށަހަޅުއްވަން ވާނެއެވެ.