ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ވަނީ 18 ޖޫން 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައެވެ.
އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2022 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނެ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.
އޭޖީއެމް ބޭއްވޭނޭ ތާރިހް:- 18 ޖޫން 2022
ގަޑި:- 16:00
ތަން:- އެމް.އެން.އައި.އެސް / ސެމިނާރ ޜޫމް
2022 ވަނަ އަޙަރީ އާންމު ޖަލްސާގެ އެޖެންޑާ
- ތައާރަފް
- 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
- 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
- 2022 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
- 2022 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
- އެހެނިހެން ކަންތައް.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 7756665 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މާލެ ސްޕޯޓްސް ކޮމްޕްލެކްސް
ފޯން: 3325503