ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ކޮންސަލްޓަންސީ މަސައްކަތެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް
ސާރކް ޑިވެލޮޕްމަންޓް ފަންޑުގެ އެހީގައި ހިންގަމުންދާ މަޝްރޫއު ކަމުގައިވާ
“Strengthening health system to effectively respond Covid-19 situation; through early detection and, appropriate care and support for vulnerable and disadvantaged populations” ޕްރޮޖެކްޓަކީ ބިދޭސީންގެ ސިއްޙަތަށް ހާއްސަކުރެވިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ސިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ކޮވިޑް-19 މެނޭޖްމަންޓާއި އެހެން ގައިންގަޔަށް އަރާ ބަލިތައް ކަމުގައިވާ ޓީ.ބީ، އެޗް.އައި.ވީ، ވަރިރަލް ހެޕިޓައިޓިސް، އެސްޓީ.އައި އަދި ޑެންގީފަދަ ބަލިތަކާ ބެހޭ ގޮތުން ހާއްސަ ތަމްރީންތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުގައި މައިގްރެންޓު ހެލްތު ދާއިރާ އިތުރަށް ހަރުދަނާ ކޮށް، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން WHO ގެ
“Refugees and migrant health: Global Competency Standards for health workers” ގެ ބައި ހިމަނައިގެން ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް (ބަޖެޓާއެކު) 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން އެޗް.ޕީ.އޭ އަށް ހުށަހަޅައިދެއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ. ކޮންސަލްޓެންސީ TOR މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3014470 އަށް ގުޅާދެއްވުންއެދެމެވެ.
14 ޛުލްޤައިދާ 1443