ދިވެހިރާއްޖެ
ނަންބަރު:GS-49/IU/2022/07
އިޢުލާން
އިޢުލާން ނަންބަރ GS-49/IU/2022/05 ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މާވަށު ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާ ގުޅޭ
07 އޮގަސްޓް 2022މ. ން 31 ޖުލައި 2027މ. އަށް (5 އަހަރު ދުވަހަށް) މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ބެލެނިވެރިންނަށް ފޯރުކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 12 ޖޫން 2022 އިން 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (6800010) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 22 ޖޫން 2022 ވާ ބުދަ ދުވަހުގެ 10:00 ގައި މާވަށު ސުކޫލުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.