ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2022/41
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 16 ޖޫން 2022 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެމްޕްލޯއީ ރިލޭޝަންސް އެގްޒެކެޓިވް

މަޤާމު:

އެމްޕްލޯއީ ރިލޭޝަންސް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-352087

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ސިވިލް ސަރވިސް ކޮމިޝަނާއި ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ކޮމިޝަނުގެ މަސައްކަތާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ދިރާސާކޮށް  ގެންނަންޖެހޭ އިސްލާޙްތައް ގެނައުމާއި ލަފާދިނުމާއި  ކޮމިޝަނުން ދައުވާކުރާ އަދި ކޮމިޝަނަށް ދައުވާރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓުތަކުގައި ކޮމިޝަން ތަމްސީލު ކުރުމަށްޓަކައި އެ ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލީގަލް އެފެއާޒް އެންޑް ސިވިލް ސަރވިސް އެމްޕްލޯއީ ރިލޭޝަންސް ޑިވިޜަނުގެ އެންމެހައި އިދާރީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  2. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ ގަވާއިދާ ހިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން އެފަދަ މައްސަލައެއް އެއޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  3. ކޮމިޝަނުން ހިންގާ ތަހުގީގުތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  4. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދައުވާ ކުރުމަށާއި، ދައުވާ ބަލައިގަތުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  5. ކޯޓް/ޓްރައިބިއުނަލުގެ މައްސަލަތަކުގެ އަމުރުތައް ކަމާބެހޭ މުވައްޒަފާ ހަވާލުކޮށް، އަމުރުތަކާ ގުޅޭގޮތުން ކޯޓަށް/ޓްރައިބިއުނަލަށް ދާންޖެހޭ ދުވަސްތައް ތާވަލްކޮށް، އެދުވަސްދުވަހު ކަމާބެހޭ މުވައްޒަފުގެ ސަމާލުކަމަށް ދުރާލާ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުން.
  6. ޑިވިޜަނަށް ލިބޭ/ފޮނުވާ އެންމެހާ ލިޔެކިޔުންތައް ހަރުދަނާ (އެންޓްރީ/ޑިސްޕެޗް) ނިޒާމެއްގެ ދަށުން  ގެންދިއުމާއި، އެ ލިޔެކިއުންތައް ހަމަޖެހިފައިވާ އުޞޫލުން މުވައްޒަފުންނަށް ހަވާލުކުރަމުން ގެންދިއުން.
  7. ޑިވިޜަނުގެ މަސައްކަތްތައް ރާވައި ހިންގާނެ ގޮތުގެ މެނުއަލް އާއި އަތްމަތީފޮތް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  8. ސިވިލް ސރވިސްގެ ގަވާއިދުގެ އިސްލާޙުތައް ޑްރާފްޓްކުރުމުގައި ޑިވިޜަނުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުމާއި، ޑިވިޜަނުގެ ވަކީލުންގެ ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  9. ޑިވިޜަނުން ބަލަހައްޓާ ކޭސްތައް މެނޭޖްކުރުމުގެ އުސޫލުތައް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  10. ޑިވިޜަނުން މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގެންގުޅޭނެ ގައިޑްލައިންތައް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  11. ޑިވިޜަނަށް ހުށަހެޅޭ، ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ އާއްމު މައްސަލަތަކުގެ ތެރެއިން ސުޕަވައިޒަރު ހަވާލުކުރާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބުދިނުން.
  12. ޑިވިޜަނުގެ ފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކޮށް، ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  13. ޑިވިޜަނުގެ އެކްޝަން ޕްލޭން އެކުލަވާލައި، ޕްރޮގްރެސް ރިވިއު ރިޕޯޓުތައް އެކުލަވާލުން.
  14. ޑިވިޜަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި އެ މައްސަލަތައް ނިމިގެން ގޮސްފައިވާ ގޮތްތަކާބެހޭ ގޮތުން ތަފާސްހިސާބު ހިމެނޭގޮތަށް ރިޕޯޓްތައް އެކުލަވާލުން.
  15. ޑިވިޜަނުގެ އެންމެހާ ލިޔެކިޔުންތައް ފަސޭހައިން ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ދަށުން ފައިލްކޮށް އަދާހަމަކޮށް ބެލެހެއްޓުން.
  16. ކޮމިޝަނުގެ އަހަރީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޑިވިޜަނުން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް އެއްގޮތަށް، ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ކަނޑައެޅޭ މުއްދަތުތަކުގައި އެ މައުލޫމާތުތައް ކަމާބެހޭ ޑިވިޝަން/ސެކްޝަން/އުނިޓް ތަކަށް ފޯރުކޮށްދިނުން.
  17. އެސައިން ކުރެވޭ ކޭސްތައް އަދި ޓާސްކްތަކުގެ ޕްރޮގްރެސް ދުވަހުން ދުވަހަށް ވެޔޮ އަދި ސައްލާގައި ރެކޯޑް ކުރަމުންގެންދިޔުން.
  18. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން. އަދި ޚާއްސަ ޙާލަތްތަކާއި ގުޅިގެން ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށް،  މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 19 ޖޫން 2022 އާ 30 ޖޫން 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307359/3307357 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

12 ޖޫން 2022