ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ވޭނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއަށް ވޭނެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)232-AG/232/2022/6 އިޢުލާނަށް ޝަރުތުހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން
- ރަޖިސްޓްރީކުރުމުގެ ސުންގަޑި: 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
- ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
- ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.
ބީލަން ހެށަހެޅުން
- ބީލަން ހުށަހެޅުން: 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 11:00
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
- ބީލަން ހުށަހަޅުއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.