ބީލަން
ނަންބަރު: (IUL)232-AG/232/2022/18
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 26 ޖޫން 2022 10:30
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއަށް ކާރެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)232-AG/232/2022/5 އިޢުލާނަށް ޝަރުތުހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި: 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
  • މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
  • ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.

ބީލަން ހެށަހެޅުން

  • ބީލަން ހުށަހެޅުން: 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 10:30
  • ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
  • ބީލަން ހުށަހަޅުއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

12 ޖޫން 2022