ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)333/333/2022/40
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 16 ޖޫން 2022 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

ތުލުސްދޫ ފެރީ ތަރިކަ 2އަށް ފަޅުވެރިއެއްގެ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.  

މަގާމު

ފަޅުވެރި

ގިންތި

ދާއިމީ

ރޭންކް

ކޮމިއުނިޓީ ކައުންސިލް އެސިސްޓަންޓް (އެސް އެސް 1)

ބޭނުންވާ އަދަދު

02 (ދޭއް)

މުސާރަ

-/3100 ރުފިޔާ

އެލަވަންސް

ސަރވިސް އެލަވަންސް -/1000 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް -/1917 ރުފިޔާ

ކޯ އެލަވަންސް -/1200

ކޮއްތު އެލަވަންސެއްގެ ގޮތުގައި ދަތުރުކުރާ ކޮންމެ ދުވަހަކަށް -/140

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ ދެވޭނެއެވެ. 

ވަޒީފާ އަދާކުރަންޖެހޭ ތަން

 ތަރިކަ 2 ފެރީ / ކ.ތުލުސްދޫ

ޝަރުތު

1-      އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގޭ ފަރާތެއް ކަމުގައިވުން .

2-      ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

3-      ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

4-      ފުރާދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަޙްލުވެރިފަރާތެއްކަމުގައިވުން.

5-      އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

6-      ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

7-      ގިނަވަގުތު މަސައްކަތްކުރެވޭނެ އަދި ރަށުންބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހެއްކަމުގައިވުން.

8-      މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1-      ކައުންސިލުން ޝެޑިއުލްކޮށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ބަޔަކު ކުއްޔަށް ދޯނިނަގައިފިނަމަ، އެދަތުރެއް ކުރުން.

2-      އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.

3-      ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން.

4-      ދަތުރުފަތުރު ކުރުމުގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން.

5-      އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައްޔާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

6-      އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ކެޕްޓަނަށް ރިޕޯޓްކުރުން.

7-       ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.

8-      ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

އަސާސީ ޝަރުތު ހަމަވުން

%50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

%5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

%5

އިންޓަރވިއު

%40

ހުށަހަޅަން ޖެހޭތަކެތި

  • ވަޒީފާއެދި ހުށައަޅާ ފޯމް (މިކައުންސިލުން ލިބެންހުންނާނެ)
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (ދޫކުރިފަހުން 03މަސް ހަމަނުވާ)
  • މަސައްކަތު ތަޖުރިބާ ދެނެގަނެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު) ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން،މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2022 ޖޫން 19 އާއި 2022 ޖޫން 27  އާ ދެމެދު، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ(ގެ ޖަލްސާ ކުރާ މާލަމު ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6640183  އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2022