ދިވެހިރާއްޖެ
ޕްލާސްޓިކު ގޮނޑި ގަތުމަށް ބޭނުންވެއްޖެ
ސްކޫލްތަކަށް ބޭނުންވާ ޕްލާސްޓިކު ގޮނޑި ގަތުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2014/152) އިޢުލާނާ ގުޅިގެން ބިޑް ކާމިޔާބުކުރި ފުރަތަމަ ފަރާތާއި ދެވަނަ ފަރާތުންވެސް ހުށަހަޅާފައިވާ ސާމްޕަލް ގޮނޑީގެ ކޮލިޓީ ދަށްކަމަށް ރިކްއެސްޓް ކުރި ސެކްޝަނުން އަންގާފައިވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން ގޮނޑި ގަތުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
28 ސެޕްޓެންބަރު 2014 (އާދީއްތަ) ދުވަހުގެ 14:00 އަށް |
09 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
23 ޛުލްޤަޢިދާ 1435