ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2022/026
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 14 ޖޫން 2022 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

އޮފިސަރ - ޕްރޮކިއުމަންޓް

ޑިޕާޓްމަންޓް:

ޕްރޮކިއުމަންޓް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ގަތުމުގައި އެހީތެރިވުން.

-          ކުންފުނީގެ އެކިއެކި ބީލަންތަކަށް ބޭނުންވާ ލިޔެކިޔުމާއި ރިޕޯޓު ތައް ތައްޔާރު ކުރުން.

-          ސަޕްލަޔަރ ޑޭޓާބޭސް ތައްޔާރުކޮށް ބެލެހެއްޓުން.

-          ޕާޗޭސް އޯޑާރ އަދި ކޮންޓްރެކް ތައްޔާރުކުރުން

ޝަރުތުތައް:

ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން

މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މުސާރަ:

11،000ރ އާއި 12،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

މަޤާމް:

އޮފިސަރ - ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

02

މަސައްކަތުގެ ބާވަތް:

-          އެކައުންޓް ރިޝީއަބުލް އަދި ޕޭއަބުލްއާއި ގުޅުންހުރި މަސައްކަތްތައް.

-          ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުން.

-          ބަޖެޓް އަދި ކޯސްޓާ ގުޅުންހުރި މަސައްކަތްތައް.

-          ސްޓޮކް ކައުންޓިން.

-          ކުރިޑިޓް އެގްރީމަންޓް އަދި ކަސްޓަމަރުންގެ ރިކޯޑް ބެލެހެއްޓުން.

-          ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

ޝަރުތުތައް:

އޯލެވެލް މަދުވެގެން 4 ފާސް

ދިވެހި އަދި އިންގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން

މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މަހު މުސާރަ:

10،000ރ އާއި 11،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ފައިނޭންސް ޑިޕާޓްމަންޓް

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 14 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސް 4 ވަނަ ފަންގިފިލާ އިންނެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

09 ޖޫން 2022